Provérbios 7
ކިތާބުލް މުޤައްދަސް (DIV) vs NVT
1 ދަރިފުޅާއެވެ. އަހަރެން މިބުނާ ބަސްތަކަށް ސަމާލުކަން ދޭށެވެ. މިއަމުރުފުޅުތައް ހަނދާން ނައްތާ ނުލާށެވެ.
1 Meu filho, siga meu conselho; guarde meus mandamentos como um tesouro.
2 އަހަރެން މިބުނާގޮތް ހަދައިފިނަމަ ކަލޯ ދިރި ހުންނާނެއެވެ. އަހަރެންގެ މި އިރުޝާދުތަކާއި ނަސޭހަތް ކަލޯގެ ލޮލުގެ ކޮއިހެން ރައްކާތެރިކޮށް ބަލަހައްޓާށެވެ.
2 Obedeça a meus mandamentos e viva; cuide de minhas instruções como da menina de seus olhos.
3 މި ބަސްތައް ކަލޯގެ އަތުގެ އިނގިލިތަކުގައިއާއި ކަލޯގެ ހިތުގެ ފުންމިނުގައި ހަރުލައްވާށެވެ.
3 Amarre-as aos dedos como lembrança e escreva-as no fundo do coração.
4 ބުއްދިއަކީ ކަލޯގެ ދައްތަ ކަމުގައި ބަލާށެވެ. ހަމަވިސްނުމަކީ ކަލޯގެ އެންމެގާތް ރަޙުމަތްތެރިޔާ ކަމަށް ބަލާށެވެ.
4 Ame a sabedoria como se fosse sua irmã e faça do discernimento um membro da família.
5 މި ބަސްތައް ވަގުފިރިން ގެންގުޅޭ އަންހެނާގެ އަތްދަށުން ކަލޯ ސަލާމަތް ކޮށްދޭނެއެވެ. އަދި ހިލޭ އަންހެނާގެ ޝަހުވަތުގެ ބަސްތަކުން ސަލާމަތް ކޮށްދޭނެއެވެ.
5 Eles o guardarão da mulher imoral, das palavras sedutoras da promíscua.
6 އަހަރެންގެ ގޭގެ ކުޑަދޮރުގެ ފަރުދާ ހިއްލާފައި އެއްފަހަރަކު ބޭރު ބެލީމެވެ.
6 Enquanto estava à janela de minha casa e olhava pela cortina,
7 އަހަންނަށް ފެނުނީ ހޭނުޖެހޭ ޒުވާނުންތަކެކެވެ. އޭގެ ތެރޭން އެކަކީ އަދި މާ މޮޔަ ސޮރެކެވެ.
7 vi alguns rapazes ingênuos e percebi um entre eles que não tinha juízo.
8 އެ ވިޔާނުދާ އަންހެނާގެ ގޭދޮށުގައި އެސޮރު މުގޯލި އަޅަމުން ދިޔައެވެ.
8 Ele atravessava a rua, perto da esquina onde morava certa mulher, e caminhava em direção à casa dela.
9 އޭރު އިރުއޮއްސި އަނދިރި ވެއްޖެއެވެ.
9 Era o crepúsculo, o anoitecer, quando caía a escuridão profunda.
10 އެ އަންހެނާ ހުރީ ކަސްބީންގެ ހެދުމުގައެވެ. ހިތުގައި އޮތީ އެންމެ މަގުސަދެކެވެ.
10 A mulher se aproximou dele, com roupas provocantes e coração malicioso.
11 މީނާއަކީ އަޑުގަދަ ލަދުކުޑަ އަދި މުޅި މަގުމަތީގައި ގިނަވެގެން އުޅޭ އަންހެނެކެވެ.
11 Era ousada e inquieta, do tipo que nunca para em casa.
12 ގޯޅިގޯޅި ކަން މަތީގައިއާއި ބާޒާރު މަތީ ފިރިހެނުން އަތުއަޅުވަން އުޅޭ އަންހެނެކެވެ.
12 Está sempre nas ruas e nos mercados, à espreita em cada esquina.
13 މިއަންހެނާ އައިސް އެސޮރުގެ ކަނދުރާއަށް އަތް މަހާފައި ދޮނެއް ނެގިއެވެ. އަދި ލަދެއްނެތި ބުންޏެވެ.
13 Abraçou o rapaz e o beijou e, sem a menor vergonha, lhe disse:
14 ”މިއަދު އަހަރެން ގުޅުންބަދަހި ކުރުމުގެ ޤުރުބާނީ ކަތިލައި ނަދުރު ފުއްދުމަށް ތައްޔާރު ކުރި ޖާފަތުގެ ބާކީ ކާނާ ގޭގައި އެބަހުރި.
14 “Hoje apresentei uma oferta de paz e cumpri meus votos.
15 އަހަރެން މި ނުކުތީ ކަލޭ ބަލައިދާން. ނުކުތްތަނުން މިއޮތް ދިމާވީ.
15 Por isso, estava à sua procura; saí para encontrá-lo, e agora o achei!
16 އަހަރެންގެ އެނދުގައި އަޅާފައި ހުރީ މިޞްރުން ގެނަސްފައިވާ ކުލަގަދަ ބެޑްޝީޓްތަކެއް.
16 Estendi lindas cobertas sobre minha cama e lençóis coloridos de linho egípcio.
17 އެ ބެޑްޝީޓްތަކުގައި މީރު ވަސް ދުއްވަން މުއްރިއާއި އޫދުއާއި ފޮނިތޮށީގެ އަތަރު އުނގުޅާފައިވާނެ.
17 Perfumei minha cama com mirra, aloés e canela.
18 ގެއަށް ގޮސް އެކަކުއަނެކެއްގެ އަތުތެރޭގައި ލޯބިކުޅައުމުގައި މުޅި ރޭގަނޑު ހޭދަކޮށްލަމާ ހިނގާ.
18 Venha, vamos nos embriagar de amor até o amanhecer! Vamos desfrutar as carícias um do outro,
19 އަހަރެންގެ ފިރިމީހާވީ ދަތުރަކު ގޮސްފަ. އޭނާ ހުރީ ދުރު ހިސާބެއްގާ.
19 pois meu marido não está em casa. Ele partiu numa longa viagem;
20 އޭނާ ދިޔައީ ގިނަ ފައިސާތަކެއް ހިފައިގެން. މަސް ދެބައި ނުވަނީހެއް ނާންނާނެ.“
20 levou consigo uma bolsa cheia de dinheiro e só voltará no fim do mês”.
21 މި ފަދަ ފޮނި އެތައް ބަސްތަކަކުން އެ އަންހެނާ އެސޮރު ހައްލާލިއެވެ.
21 Assim ela o seduziu com palavras agradáveis e com elogios doces o atraiu.
22 ހަމަ ވަގުތުން އެސޮރު އެއަންހެނާގެ ފަހަތުން ހިނގައިގަތެވެ. ކަތިލެވެންދާ ގެރިއެއް ފަދައިންނެވެ. މަޅިގަނޑަކާ ދިމާއަށް ދާ ފުއްލާއެއް ފަދައިންނެވެ.
22 Ele a acompanhou de imediato, como boi que vai para o matadouro, como cervo que caiu na armadilha
23 ރުވާފައި ދޫކޮށްލި ތީރު އޭނާގެ ހިތަށް އަމާޒުވިއެވެ. މަޅިފައްޗަކާ ދިމާއަށް ދާ ދޫންޏެއް ފަދައިން އޭނާ ދިޔައެވެ. އޭނާގެ ދިރިއުޅުން ނުރައްކަލަށް ވެއްޓުނުކަމެއް އޭނާ ނުދެނެހުއްޓެވެ.
23 à espera da flecha que lhe atravessará o coração, como o pássaro que voa direto para o laço, sem saber que lhe custará a vida.
24 މަގޭ ދަރިފުޅާއެވެ. މި ބުނި ބަސްތައް ދަރިފުޅު ކަނުލައި އަހާށެވެ.
24 Portanto, meu filho, ouça-me; preste atenção às minhas palavras.
25 އެކަހަލަ އަންހެނެއްގެ މަތިން ހިތަށް ވެސް ނާރުވާށެވެ. އެފަދަ އަންހެނެއްގެ ގޭދޮށު މަގަށް ވެސް ނާރާށެވެ.
25 Não deixe que seu coração se desvie para ela, não se perca em seus caminhos tortuosos.
26 މިފަދަ އަންހެނުންގެ މަޅީގައި ޖެހި ގިނަ ބައެއްގެ ޙަޔާތް ބަރުބާދުވެ ގޮސްފައިވެއެވެ.
26 Pois ela causou a ruína de muitos; não são poucas as suas vítimas.
27 އެއަންހެނާގެ ގެއަށް ދާ މަގަކީ އެއްކޮޅަށް ދެވޭ މަގެކެވެ. އެއީ މަރާދިމާއަށް ދާން އޮންނަ ކުރު ރާސްތާއެކެވެ.
27 Sua casa é o caminho para a sepultura, seu quarto é a câmara da morte.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Provérbios 7, comparar traduções ou montar um estudo — tudo direto pelo WhatsApp.