Jonas 4

ކިތާބުލް މުޤައްދަސް (DIV) vs NVT

Sair da comparação
NVT Nova Versão Transformadora
1 މާތްކަލާނގެ އިރާދަފުޅު ބަދަލު ކުރެއްވީތީ ޔޫނުސްގެފާނު ނުރުހުންވެ ރުޅިގަދަ ވެއްޖެއެވެ.
1 Isso tudo deixou Jonas aborrecido e muito irado.
2 އެކަލޭގެފާނު ޝަކުވާ ދެންނެވިއެވެ. ”⁠މިއަޅާ ރަށުން ފުރުމުގެ ކުރިން ވެސް ދެންނެވީމު ނޫންތޯ؟ އިނބަރަސްކަލާނގެ އަކީ ކޯފާ މަޑު ކުރައްވާ ކެއްތެރިވެ ވޮޑިގަންނަވާ އޯގާވަންތަ ރަސްކަލާނގެއޭ. އިނބަރަސްކަލާނގެ އެކަކަށް ވެސް ކޯފާއެއް ފޮނުއްވުމަށް އަވަސްވެ ވޮޑިއެއް ނުގަންނަވާނެޔޭ. އެކަމެއް ނުކުރައްވައި ދޫކޮށްލައްވައިފާނެޔޭ. އެފަހަރު ވެސް މިރަށަށް ނައިސް، ތަރްޝީޝްއަށް ދިއުމަށް މި އަޅާ ދަތުރުކުރީ އެހެންވީމައޭ. އިނބަ ރަސްކަލާނގެއަކީ މީސްތަކުންގެ މައްޗަށް ލޯބިވެ ވޮޑިގަންނަވާ ރަސްކަލާނގެ ކަން މިއަޅާއަށް އެނގޭ.
2 Então, orou ao S enhor : “Antes de eu sair de casa, não foi isso que eu disse que tu farias, ó S enhor ? Por esse motivo fugi para Társis! Sabia que és Deus misericordioso e compassivo, lento para se irar e cheio de amor. Estás pronto a voltar atrás e não trazer calamidade.
3 މިއަޅާ ބުނިގޮތަށް އެކަންތައް ނުވާނަމަ މިއަޅާ މަރުގެންނެވުން ވެސް މާހެޔޮ.⁠“
3 Agora tira minha vida, S enhor ! Para mim é melhor morrer que viver desse modo”.
4 މާތްރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވިއެވެ. ”⁠ކަލޭގެފާނު މި ކަމާ ނުރުހުންވުމަށް ކަލޭގެފާނަށް އޮތީ ކޮން ޙައްޤެއްތަ؟⁠“
4 O S enhor respondeu: “Você acha certo ficar tão irado assim?”.
5 ދެން ޔޫނުސްގެފާނު އެރަށުގެ އިރުމަތީފަރާތަށް ވަޑައިގެން އެތަނުގައި ފިޔަފާޅިގަޑެއް ޖައްސަވައި އެތާ އިންނަވައި އެރަށަށް ވާގޮތެއް ބައްލަވަމުން ގެންދެވިއެވެ.
5 Então Jonas foi até um lugar a leste de Nínive e construiu um abrigo para sentar-se à sua sombra enquanto esperava para ver o que aconteceria à cidade.
6 އެކަލޭގެފާނު އެހެން އިންނަވަނިކޮށް މަތިވެރި މާތްރަސްކަލާނގެ އަމުރުފުޅަށް ބިޔަ ވެޔޮގަހެއް އެތަނުގައި ހެދި އެކަލޭގެފާނަށް ހިޔާ ޖެހި ފިނިކަން ލިބޭނެ ގޮތް މެދުވެރި ވެއްޖެއެވެ. މިކަމާ އެކަލޭގެފާނު ވަރަށް އުފާފުޅު ވިއެވެ.
6 O S enhor Deus fez crescer ali uma planta, que logo espalhou suas folhas grandes sobre a cabeça de Jonas e o protegeu do sol. Isso aliviou o desconforto de Jonas, e ele ficou muito grato pela planta.
7 އެހެންނަމަވެސް އެރޭފަތިހު އެގަސް ކާލާނެ ފަންޏެއް ފޮނުއްވައި ގަސް މަރުވެ ނެތިދާނެ ގޮތް މާތްކަލާނގެ މެދުވެރި ކުރައްވައިފިއެވެ.
7 No dia seguinte, porém, ao amanhecer, Deus também mandou uma lagarta. Ela comeu o talo da planta, que secou.
8 ހެނދުނު އިރު އެރުމާއި އެކު އެކަލާނގެ އަމުރުފުޅަށް ހޫނު ގަދަވެ އިރުމަތީ ފަރާތުން ހޫނު ވައެއް އަތުވެއްޖެއެވެ. މި އައި ގަދަ ދިލަހޫނު އަވި އެކަލޭގެފާނުގެ އިސްތަށިފުޅަށް އެޅި އެކަލޭގެފާނު އަނބުރައިގަންނަ ވަރުވެއްޖެއެވެ. ދެން އެކަލޭގެފާނު މަރަށް ތައްޔާރުވެ ވަޑައިގަތެވެ. އެކަލޭގެފާނު ދުޢާ ދެންނެވިއެވެ. ”⁠މިގޮތުގައި ދިރިހުރުމަށް ވުރެން އަޅުގަނޑުގެ ފުރާނަ ގެންދެވުން ވެސް މާ ހެޔޮ.⁠“
8 Quando o calor do sol se intensificou, Deus mandou um vento leste quente soprar sobre Jonas. O sol bateu em sua cabeça até ele sentir-se tão fraco que desejou morrer. “Para mim é melhor morrer que viver desse modo”, disse ele.
9 ދެން މާތްކަލާނގެ ޔޫނުސްގެފާނާ ސުވާލު ކުރެއްވިއެވެ. ”⁠އޭ ޔޫނުސް! އެ ގަސް މަރުވީތީ އެކަމާ ކަލޭގެފާނު ރުޅިއަންނަން އޮތީ ކޮން ޙައްޤެއް؟⁠“ ޔޫނުސްގެފާނު ދެންނެވިއެވެ. ”⁠ރުޅިއާދެވޭ! އެގަސް މަރުވީތީ މިއަޅާ މަރުވާހާ ވަރަށް އެބަ ރުޅި އާދެވޭ.⁠“
9 Deus perguntou a Jonas: “Você acha certo ficar tão irado por causa da planta?”. Jonas respondeu: “Sim, acho certo ficar tão irado a ponto de querer morrer!”.
10 މާތްރަސްކަލާނގެ އިޖާބަ ދެއްވިއެވެ. ”⁠އެގަހަކީ ކަލޭގެފާނު ކުރެއްވި އެއްވެސް ކަމަކާ ނުލާ މިތަނުގައި އެއްދުވަހު ހެދި އަނެއް ދުވަހު މަރުވެ ދިޔަ ގަހެއް. އެކަމަކު އެގަސް މަރުވީމަ އެކަމާ ކަލޭގެފާނު ތިޔަ ޝަކުވާ ކުރަނީތަ؟
10 Então o S enhor disse: “Você tem compaixão de uma planta, embora não tenha feito coisa alguma para que ela crescesse. Ela depressa apareceu e depressa murchou.
11 އެކަމަކު ނީނަވާގައި ޣާފިލު ކަމުތެރޭގައި ތިބި އެއްލައްކަ ވިހިހާސް މީހުންނާއި ގެރިބަކަރި ޖަނަވާރު އެބަތިބި. ވީއިރު އެފަދަ ބޮޑު ރަށަކާ މެދު ތިމަންކަލާނގެ އޯގާވެރިވެ ވޮޑިނުގަންނަންވީ ކީއްވެތަ؟⁠“
11 Nínive, porém, tem mais de 120 mil pessoas que não sabem decidir entre o certo e o errado, sem falar de muitos animais. Acaso não devo ter compaixão dessa grande cidade?”.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jonas 4, comparar traduções ou montar um estudo — tudo direto pelo WhatsApp.