Jonas 4
ކިތާބުލް މުޤައްދަސް (DIV) vs NAA
1 މާތްކަލާނގެ އިރާދަފުޅު ބަދަލު ކުރެއްވީތީ ޔޫނުސްގެފާނު ނުރުހުންވެ ރުޅިގަދަ ވެއްޖެއެވެ.
1 Mas Jonas ficou muito aborrecido e com raiva.
2 އެކަލޭގެފާނު ޝަކުވާ ދެންނެވިއެވެ. ”މިއަޅާ ރަށުން ފުރުމުގެ ކުރިން ވެސް ދެންނެވީމު ނޫންތޯ؟ އިނބަރަސްކަލާނގެ އަކީ ކޯފާ މަޑު ކުރައްވާ ކެއްތެރިވެ ވޮޑިގަންނަވާ އޯގާވަންތަ ރަސްކަލާނގެއޭ. އިނބަރަސްކަލާނގެ އެކަކަށް ވެސް ކޯފާއެއް ފޮނުއްވުމަށް އަވަސްވެ ވޮޑިއެއް ނުގަންނަވާނެޔޭ. އެކަމެއް ނުކުރައްވައި ދޫކޮށްލައްވައިފާނެޔޭ. އެފަހަރު ވެސް މިރަށަށް ނައިސް، ތަރްޝީޝްއަށް ދިއުމަށް މި އަޅާ ދަތުރުކުރީ އެހެންވީމައޭ. އިނބަ ރަސްކަލާނގެއަކީ މީސްތަކުންގެ މައްޗަށް ލޯބިވެ ވޮޑިގަންނަވާ ރަސްކަލާނގެ ކަން މިއަޅާއަށް އެނގޭ.
2 Ele orou ao Senhor e disse: — Ah!
3 މިއަޅާ ބުނިގޮތަށް އެކަންތައް ނުވާނަމަ މިއަޅާ މަރުގެންނެވުން ވެސް މާހެޔޮ.“
3 Agora, Senhor , peço que me tires a vida, porque para mim é melhor morrer do que viver.
4 މާތްރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވިއެވެ. ”ކަލޭގެފާނު މި ކަމާ ނުރުހުންވުމަށް ކަލޭގެފާނަށް އޮތީ ކޮން ޙައްޤެއްތަ؟“
4 E o Senhor disse: — Você acha que é razoável essa sua raiva?
5 ދެން ޔޫނުސްގެފާނު އެރަށުގެ އިރުމަތީފަރާތަށް ވަޑައިގެން އެތަނުގައި ފިޔަފާޅިގަޑެއް ޖައްސަވައި އެތާ އިންނަވައި އެރަށަށް ވާގޮތެއް ބައްލަވަމުން ގެންދެވިއެވެ.
5 Então Jonas saiu da cidade e sentou-se num lugar a leste da mesma. Ali construiu um abrigo, sentou-se na sombra, para ver o que aconteceria com a cidade.
6 އެކަލޭގެފާނު އެހެން އިންނަވަނިކޮށް މަތިވެރި މާތްރަސްކަލާނގެ އަމުރުފުޅަށް ބިޔަ ވެޔޮގަހެއް އެތަނުގައި ހެދި އެކަލޭގެފާނަށް ހިޔާ ޖެހި ފިނިކަން ލިބޭނެ ގޮތް މެދުވެރި ވެއްޖެއެވެ. މިކަމާ އެކަލޭގެފާނު ވަރަށް އުފާފުޅު ވިއެވެ.
6 Então o Senhor Deus fez crescer uma planta por cima de Jonas, para que fizesse sombra sobre a sua cabeça, a fim de o livrar do seu desconforto. E Jonas ficou muito contente por causa da planta.
7 އެހެންނަމަވެސް އެރޭފަތިހު އެގަސް ކާލާނެ ފަންޏެއް ފޮނުއްވައި ގަސް މަރުވެ ނެތިދާނެ ގޮތް މާތްކަލާނގެ މެދުވެރި ކުރައްވައިފިއެވެ.
7 Mas no dia seguinte, ao amanhecer, Deus enviou um verme, que atacou a planta, e ela secou.
8 ހެނދުނު އިރު އެރުމާއި އެކު އެކަލާނގެ އަމުރުފުޅަށް ހޫނު ގަދަވެ އިރުމަތީ ފަރާތުން ހޫނު ވައެއް އަތުވެއްޖެއެވެ. މި އައި ގަދަ ދިލަހޫނު އަވި އެކަލޭގެފާނުގެ އިސްތަށިފުޅަށް އެޅި އެކަލޭގެފާނު އަނބުރައިގަންނަ ވަރުވެއްޖެއެވެ. ދެން އެކަލޭގެފާނު މަރަށް ތައްޔާރުވެ ވަޑައިގަތެވެ. އެކަލޭގެފާނު ދުޢާ ދެންނެވިއެވެ. ”މިގޮތުގައި ދިރިހުރުމަށް ވުރެން އަޅުގަނޑުގެ ފުރާނަ ގެންދެވުން ވެސް މާ ހެޔޮ.“
8 Quando o sol nasceu, Deus fez soprar um vento leste muito quente. O sol bateu na cabeça de Jonas, de maneira que ele quase desmaiou. Então pediu para morrer, dizendo: — Para mim é melhor morrer do que viver!
9 ދެން މާތްކަލާނގެ ޔޫނުސްގެފާނާ ސުވާލު ކުރެއްވިއެވެ. ”އޭ ޔޫނުސް! އެ ގަސް މަރުވީތީ އެކަމާ ކަލޭގެފާނު ރުޅިއަންނަން އޮތީ ކޮން ޙައްޤެއް؟“ ޔޫނުސްގެފާނު ދެންނެވިއެވެ. ”ރުޅިއާދެވޭ! އެގަސް މަރުވީތީ މިއަޅާ މަރުވާހާ ވަރަށް އެބަ ރުޅި އާދެވޭ.“
9 Então Deus perguntou a Jonas: — Você acha que é razoável essa sua raiva por causa da planta? Jonas respondeu: — É tão razoável que até quero morrer!
10 މާތްރަސްކަލާނގެ އިޖާބަ ދެއްވިއެވެ. ”އެގަހަކީ ކަލޭގެފާނު ކުރެއްވި އެއްވެސް ކަމަކާ ނުލާ މިތަނުގައި އެއްދުވަހު ހެދި އަނެއް ދުވަހު މަރުވެ ދިޔަ ގަހެއް. އެކަމަކު އެގަސް މަރުވީމަ އެކަމާ ކަލޭގެފާނު ތިޔަ ޝަކުވާ ކުރަނީތަ؟
10 E o Senhor disse: — Você tem compaixão da planta que não lhe custou nenhum trabalho. Você não a fez crescer. Numa noite ela nasceu e na noite seguinte desapareceu.
11 އެކަމަކު ނީނަވާގައި ޣާފިލު ކަމުތެރޭގައި ތިބި އެއްލައްކަ ވިހިހާސް މީހުންނާއި ގެރިބަކަރި ޖަނަވާރު އެބަތިބި. ވީއިރު އެފަދަ ބޮޑު ރަށަކާ މެދު ތިމަންކަލާނގެ އޯގާވެރިވެ ވޮޑިނުގަންނަންވީ ކީއްވެތަ؟“
11 E você não acha que eu deveria ter muito mais compaixão da grande cidade de Nínive, em que há mais de cento e vinte mil pessoas, que não sabem distinguir entre a mão direita e a mão esquerda, e também muitos animais?
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Jonas 4, comparar traduções ou montar um estudo — tudo direto pelo WhatsApp.