Gênesis 44

ކިތާބުލް މުޤައްދަސް (DIV) vs NVT

Sair da comparação
NVT Nova Versão Transformadora
1 ޔޫސުފުގެފާނު އެކަލޭގެފާނުގެ ގަނޑުވަރުގެ އިސްވެރިއަކަށް ހުރި ޚާދިމަށް މިފަދައިން އަމުރުކުރެއްވިއެވެ. ”⁠އެބައިމީހުންނަށް އުފުއްލެވޭނެ ވަރަކަށް އެބައިމީހުންގެ ގޯނިތަކަށް ގޮވާން އަޅައި ފުރާލާ. އަދި އެއިން ކޮންމެ މީހަކު ގެނައި ފައިސާ އެމީހެއްގެ ގޯނީގެ ތެރެއަށްލާ.
1 Então José deu a seguinte ordem ao administrador do palácio: “Coloque nos sacos que eles trouxeram todo o cereal que puderem carregar, e coloque o dinheiro de cada um de volta no saco.
2 އަދި އެބައިމީހުންގެ އެންމެ ހަގު ކޮއްކޮގެ ގޯނީގެ ތެރެއަށް އޭނާގެ ފައިސާއާއި އެކުގައި އަހަރެންގެ އަމިއްލަ ރިހި ތަށި ވެސްލާ.⁠“ ގަނޑުވަރުގެ ކަންތައްތަކާއި ހަވާލުވެ ހުރި ޚާދިމު ޔޫސުފުގެފާނު ވިދާޅުވި ފަދައިން ކަންތައް ކުރިއެވެ.
2 Depois, coloque meu copo de prata na boca do saco de mantimento do mais novo, junto com o dinheiro dele”. O administrador fez tudo conforme José ordenou.
3 ފަތިހުގެ ވަގުތުގައި އެބައިމީހުންގެ ހިމާރުތަކުގެ މަތީގައި ދަތުރަށް ފެށިއެވެ.
3 Assim que amanheceu, os irmãos se levantaram e partiram com os jumentos carregados.
4 އެބައިމީހުންނަށް އަވަށާއި މާދުރަށް ނުދެވެނީސް ޔޫސުފުގެފާނު އެކަލޭގެފާނުގެ ގަނޑުވަރުގެ އިސް ޚާދިމަށް މިފަދައިން ވިދާޅުވިއެވެ. ”⁠އެބައިމީހުންގެ ފަހަތުންދޭ. އަދި ތިބާ އެބައިމީހުންނާއި ހަމައަށް ދެވުމުން މިފަދައިންބުނޭ. ’⁠ހެޔޮ ކަމުގެ ބަދަލުގައި ތިޔަފަދަ ނުބައިކަމެއް ތިޔަ ކުރީ ކީއްވެ؟
4 Quando haviam percorrido apenas uma distância curta e mal haviam saído da cidade, José disse ao administrador do palácio: “Vá atrás deles e detenha-os. Quando os alcançar, diga-lhes: ‘Por que retribuíram o bem com o mal?
5 މިއެއް ނޫންތަ އަހަރެންގެ ސާހިބުމީހާ ފާލުބައްލަވަން ގެންގުޅުއްވާ ޖޯޑުތައްޓަކީ؟ މިއީ ކަލޭމެން ކުރި ކިހާ ނުބައި ކަމެއްތަ؟⁠‘⁠“
5 Por que roubaram o copo de prata do meu senhor, que ele usa para prever o futuro? Vocês agiram muito mal!’”.
6 ވުމާއެކު، ޚާދިމުކަލޭގެ އެބައިމީހުންގެ ފަހަތުން ގޮސް އެބައިމީހުން އަތުލައިގަތެވެ. އަދި އެބައިމީހުންނަށް ޔޫސުފުގެފާނު ވިދާޅުވުމަށް އެންގެވި ފަދައިން ޚާދިމުކަލޭގެ އެބައިމީހުންނަށް ބުންޏެވެ.
6 Quando o administrador do palácio alcançou os homens, repetiu para eles as palavras de José.
7 ނަމަވެސް ޔޫސުފުގެފާނުގެ އަޚުން ޚާދިމުކަލޭގެއާއި މުޚާތަބުކޮށް މިފަދައިން ބުންޏެވެ. ”⁠ތިޔަފަދައިން ވާހަކަ ތިޔަދައްކަނީ ކީއްވެ؟ ތިޔަފަދަ ކަމެއް އަހަރެމެން ނުކުރަމު!
7 “Do que o senhor está falando?”, disseram os irmãos. “Somos seus servos e jamais faríamos uma coisa dessas!
8 އަހަރެމެންގެ ގޯނިތަކުގައި ވީ ފައިސާ އަހަރެމެންނަށް ކަންޢާނުން ފެނުނު ހިނދު، އެ ފައިސާ އަނބުރާ އަހަރެމެން ގެނެސް ދިނީމު. ވީމާ، ތިބާގެ ސާހިބާގެ ގަނޑުވަރުން ރަންކޮޅެއް ވެސް ރިހިކޮޅެއް ވެސް އަހަރެމެން ވަގަކަށް ނުނަގަމު.
8 Por acaso não devolvemos o dinheiro que encontramos nos sacos? Nós o trouxemos de volta da terra de Canaã. Por que roubaríamos ouro ou prata da casa do seu senhor?
9 ތިބާ ތިޔަ ބުނާ ރިހި ތަށި އަހަރެމެންގެ މީހެއްގެ ގޯނީގެ ތެރެއިން ފެނިއްޖެނަމަ، އެމީހަކު މަރާލާ. އަދި އަހަރެމެން އެންމެންނަކީ އަބަދަށް ތިބާގެ ސާހިބާގެ އަޅުންކަމުގައި ހަދާ.⁠“
9 Se encontrar o copo de prata com um de nós, que morra quem estiver com ele! E nós, os restantes, seremos seus escravos.”
10 ޚާދިމްކަލޭގެ މިފަދައިން ބުންޏެވެ. ”⁠ތިޔަބައިމީހުން ބުނިފަދައިން އަހަރެން އަމަލުކުރާނަން. ނަމަވެސް އަޅެއްގެ ގޮތުގައި ވާނީ އެ ތަށި ނެގި މީހެއް. އެހެނިހެން އެންމެން މިނިވަން ކަމާއިއެކު ދިއުމަށް ދޫކޮށްލެވޭނެ.⁠“
10 “Sua proposta é justa”, respondeu ele. “Mas apenas aquele que roubou o copo de prata se tornará meu escravo. Os outros estarão livres.”
11 އެއަށް ފަހު، އެބައިމީހުން (ޔޫސުފުގެފާނުގެ އަޚުން) ނުހަނު އަވަހަށް ހިމާރުތަކުގެ މަތިން ގޯނިތައް ބިންމައްޗަށް ބާލައި ގޯނިތައް ހުޅުވިއެވެ.
11 Sem demora, eles descarregaram os sacos e os abriram.
12 ޚާދިމްކަލޭގެ ގޯނިތައް ބަލަމުން ގެންދިޔައީ އެންމެ ދޮށީ ކުއްޖާއިން ފެށިގެން އެންމެ ހަގު ކުއްޖާއަށެވެ. އެންމެފަހުން އެ ތަށި ބަންޔާމީންގެ ގޯނީގެތެރެއިން ފެނިއްޖެއެވެ.
12 O administrador do palácio examinou a bagagem de cada um, começando pelo mais velho até o mais novo. E o copo foi encontrado no saco de mantimento de Benjamim.
13 އެބައިމީހުންނަށް މިތަން ފެނި ގަތް ބިރުންނާއި ވީ ދެރައިން އެބައިމީހުންގެ އަންނައުނުތައް ވީދަންފެށިއެވެ. އެއަށް ފަހު، ހިމާރުތަކުގެ ބުރަކަށިމައްޗަށް ގޯނިތައް އަރުވައިގެން އެނބުރި އަވަށުގެ ތެރެއަށް އެބައިމީހުން ދިޔައެވެ.
13 Quando os irmãos viram isso, rasgaram as roupas. Depois, colocaram a carga de volta sobre os jumentos e retornaram à cidade.
14 ޔަހޫޛާ އާއި އެހެނިހެން އަޚުން ޔޫސުފުގެފާނުގެ ގަނޑުވަރަށް ދިޔަ ހިނދު ޔޫސުފުގެފާނު އެކަލޭގެފާނުގެ ގަނޑުވަރުގައި ހުންނެވިއެވެ. އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެބައިމީހުން މޫނު ބިންމަތީގައި ޖައްސާ ގުދުވެ ކުރުނީސްކުރިއެވެ.
14 José ainda estava em seu palácio quando Judá e seus irmãos chegaram, e eles se curvaram até o chão diante dele.
15 ޔޫސުފުގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ކުރީ ކޮންފަދަ ކަމެއް؟ އަހަރެން ކަހަލަ ފާލުބަލާ މީހަކަށް އެކަހަލަ ސިއްރެއް ދެނެގަނެވިދާނެކަން ކަލޭމެންނަކަށް ނޭނގޭތަ؟⁠“
15 “O que vocês fizeram?”, exigiu ele. “Não sabem que um homem como eu é capaz de prever o que vai acontecer?”
16 ޔަހޫޛާ ޔޫސުފުގެފާނަށް މިފަދައިން ދެންނެވިއެވެ. ”⁠ސާހިބާ އަޅުގަނޑުމެން ދަންނަވާނީ ކީކޭތޯ؟ އަދި އަޅުގަނޑުމެން ކުށެއް ނުކުރާކަން ދައްކުވައިދޭނީ ވެސް ކިހިނަކުން؟ އަޅުގަނޑުމެންގެ ފާފައިގެ ސަބަބުން މާތްކަލާނގެ އަޅުގަނޑުމެންނަށް ޝަޒާ ދެއްވައިފި. ވީމާ، ސާހިބާގެ އަޅެއްގެ ގޮތުގައި ވާނީ ހަމައެކަނި ބަންޔާމީން އެކަންޏެއް ނޫން. އަޅުގަނޑުމެން އެންމެންނަކީ ވެސް މަނިކުފާނުގެ އަޅުން.⁠“
16 Judá respondeu: “Meu senhor, o que podemos dizer? Que explicação podemos dar? Como podemos provar nossa inocência? Deus está nos castigando por causa de nossa maldade. Todos nós voltamos para ser seus escravos, todos nós, e não apenas nosso irmão com quem foi encontrado o copo de prata”.
17 ނަމަވެސް ޔޫސުފުގެފާނު މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަ އެންމެންތަކުން އަހަރެންގެ އަޅުންނަށް ނުހަދާނަމު! ހަމައެކަނި އަހަރެންގެ އަޅެއްގެ ގޮތުގައި ވާނީ އެ ތަށި ވަގަށް ނެގި މީހާ. ދެން ތިބި އެންމެން މިނިވަންކަމާއެކު ތިޔަބައިމީހުންގެ ބަފައިކަލުންގެ ކައިރިއަށް ރަށަށްދޭ.⁠“
17 José, no entanto, disse: “Eu jamais faria uma coisa dessas! Apenas o homem que roubou o copo será meu escravo. Os outros podem voltar em paz para a casa de seu pai”.
18 އެއަށް ފަހު، ޔަހޫޛާ ޔޫސުފުގެފާނުގެ އަރިހަށް ގޮސް މިފަދައިން ދެންނެވިއެވެ. ”⁠ސާހިބާ އަޅުގަނޑު ސާފުސީދާކޮށް މިފަދައިން ދެންނެވުމުގެ ހުއްދަ ދެއްވާ. އަދި އަޅުގަނޑާއިމެދު ކޯފާވެވަޑައި ނުގަންނަވާ. މިޞްރުގެ ރަސްގެފާނާއި އެއްފަދައިން މަނިކުފާނަށް ވެސް ބާރުފުޅު ލިބިވަޑައިގެންވާކަން އަޅުގަނޑު ދަންނަމު.
18 Então Judá deu um passo à frente e disse: “Por favor, meu senhor, permita que seu servo lhe diga apenas uma palavra. Peço que não perca a paciência comigo, embora o senhor seja tão poderoso quanto o próprio faraó.
19 އަޅުގަނޑުމެން މީގެކުރިން މިތަނުގައި ތިބި ފަހަރެއްގައި އަޅުގަނޑުމެންގެ ބައްޕަ ދުނިޔޭގައި ހުންނެވިތޯ އާއި އަޅުގަނޑުމެންގެ އިތުރު ކޮއްކޮއަކު ހުންނެވިތޯ މަނިކުފާނު އެއްސެވީމު.
19 “Meu senhor perguntou a nós, seus servos: ‘Vocês têm pai ou irmão?’.
20 އަދި އަޅުގަނޑުމެން ޖަވާބުގައި އަޅުގަނޑުމެންގެ މުސްކުޅި ބަފަޔަކު ހުންނަ ކަމުގައްޔާއި އަދި އަޅުގަނޑުމެންގެ ބައްޕަ އުމުރުފުޅުން ޢަޖޫޒުވެފައިވީ ހިނދު ލިބިވަޑައިގެންނެވި އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ ހުންނެވި ކަމުގައި އަޅުގަނޑުމެން ދެންނެވީމު. އަދި އޭނާ އާއި އެއްބަޑު އަނެއް ކޮއްކޮ ވަނީ ނިޔާވެފައި ކަމުގައި ވެސް ދެންނެވީމު. ވީމާ، އެ ކޮއްކޮ އާއި އެއްބަނޑު އޭނާ ނޫން ދެވަނަ ކުއްޖަކު ނުވާކަމުގައި ވެސް ދެންނެވީމު. އަދި އަޅުގަނޑުމެންގެ ބައްޕަ އެ ކޮއްކޮ ދެކެ ނުހަނު ލޯބިފުޅުވާ ކަމުގައި ވެސް ދެންނެވީމު.
20 E nós respondemos: ‘Sim, meu senhor, nosso pai é idoso e tem um filho mais novo, nascido em sua velhice. O irmão desse filho, por parte de pai e mãe, morreu. Ele é o único filho de sua mãe, e nosso pai o ama muito’.
21 އެއަށް ފަހު، މަނިކުފާނު އަޅުގަނޑުމެންގެ އެ ކޮއްކޮ ދުށުމަށް އެދިވަޑައިގެންވާތީވެ، މަނިކުފާނުގެ އަރިހަށް ގެނެސް ދިނުމަށް އަޅުގަނޑުމެންގެ ކިބައިން މަނިކުފާނު އެދިވަޑައިގަތީމު.
21 “O senhor nos disse: ‘Tragam-no aqui para que eu possa vê-lo com os próprios olhos’.
22 ނަމަވެސް ބައްޕަ ދޫކޮށްފައި އޭނާ އަތުވެއްޖެނަމަ ބައްޕަ އަވަހާރަވުމާއި އެއްފަދަވާނެ ކަމުގައި އަޅުގަނޑުމެން މަނިކުފާނަށް ދެންނެވީމު.
22 E nós respondemos: ‘Meu senhor, o rapaz não pode deixar o pai, pois, se o fizesse, o pai morreria’.
23 ނަމަވެސް އޭނާ ނުލައި އަޅުގަނޑުމެން މި ރަށަށް އައި ކަމުގައި ވިޔަސް މަނިކުފާނާއި ބައްދަލުނުވާނޭ ކަމުގައި މަނިކުފާނު ވިދާޅުވީމު.
23 Mas o senhor nos disse: ‘Vocês não me verão novamente se não trouxerem seu irmão’.
24 ވީމާ، އަޅުގަނޑުމެން އެނބުރި ރަށަށް ގޮސް މަނިކުފާނު ވިދާޅުވި ފަދައިން ހުރިހާ ވާހަކަތަކެއް އަޅުގަނޑުމެންގެ ބަފައިކަލުންނަށް ދެންނެވީމު.
24 “Assim, voltamos para seu servo, nosso pai, e contamos a ele o que o senhor tinha dito.
25 އެއަށް ފަހު، ކެއުމަށްޓަކައި ގޮވާންކޮޅެއް ގަތުމަށް ދެވަނަ ފަހަރަށް މި ރަށަށް އައުމަށް އަޅުގަނޑުމެންގެ ބަފައިކަލުން ވިދާޅުވި.
25 Passado algum tempo, quando ele disse: ‘Voltem e comprem mais mantimentos’,
26 އެ ހިނދު އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ ނުލާ އަޅުގަނޑުމެން ނުދާނޭ ކަމުގައި އާއި އަދި އަޅުގަނޑުމެންގެ ކޮއްކޮއާ ނުލާ އަޅުގަނޑުމެން ދިޔަކަމުގައި ވިޔަސް އަޅުގަނޑުމެންނަށް އަމީރުގެ ފައިންޕުޅު ނުފެންނާނޭ ކަމުގައި މަނިކުފާނު އަޅުގަނޑުމެންނަށް އަންގަވާފައިވާ ކަމުގައި އަޅުގަނޑުމެންގެ ބަފައިކަލުންނަށް ދެންނެވީމު.
26 nós respondemos: ‘Só poderemos voltar se nosso irmão mais novo nos acompanhar. Não temos como ver o homem outra vez, a menos que nosso irmão mais novo esteja conosco’.
27 އެއަށް ފަހު، އަޅުގަނޑުމެންގެ ބަފައިކަލުން މިފަދައިން ވިދާޅުވި. ’⁠އަހަރެންގެ އަނބި ރާޙީލްގެ ފަރާތުން އަހަރެންނަށް ލިބިފައި ވަނީ އެންމެ ދެދަރިންނޭ.
27 “Então meu pai nos disse: ‘Como vocês sabem, minha mulher teve dois filhos,
28 އޭގެތެރެއިން އެއް ކުއްޖަކު ވަނީ ގެއްލިފައޭ. އޭނާ ނެތި ދިޔައީ ވަލުޖަނަވާރެއްގެ ޝިކާރައިގައި ޖެހިގެންނޭ. އަދި އޭގެ ފަހުން އަހަރެން އޭނާއެއް ނުދެކެމޭ.
28 e um deles foi embora e nunca mais voltou. Sem dúvida, foi despedaçado por algum animal selvagem, e eu nunca mais o vi.
29 މިހާރު ކަލޭމެން ތިޔަ އެދެނީ މި ދަރިފުޅު ވެސް އަހަރެންނާއި ވަކިކޮށްލާށޭ. ނަމަވެސް އެއްވެސް ކަހަލަ ނިކަމެތިކަމެއް އޭނާއަށް ކުރިމަތި ވެއްޖެނަމަ އަހަރެން ނިމިދާނީ ވެސް ހިތާމަ ކުރުމުގައޭ.⁠‘
29 Se agora vocês levarem de mim o irmão dele e lhe acontecer algum mal, vocês me mandarão velho e infeliz para a sepultura’.
30 ވީއިރު، އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ އާއި ވަކިން އަޅުގަނޑުމެން ބަފައިކަލުންގެ އަރިހަށް ރަށަށް ދާނީ ކިހިނަކުން؟ އަޅުގަނޑުމެންގެ ބައްޕަ ދިރިހުރުމުގެ މުހިންމު ބޭނުމަކީ އޭނާ.
30 “E agora, meu senhor, não posso voltar para a casa de meu pai sem o rapaz. A vida de nosso pai está ligada à vida do rapaz.
31 އަޅުގަނޑުމެންނާއި އެކުގައި ކޮއްކޮ ނެތްކަން އެނގިއްޖެނަމަ ބަފައިކަލުން މަރު ވެދާނެ. އަދި އެއީ އަޅުގަނޑުމެންނަށް ހެދޭނެ ވަރަށް ބޮޑު ގޯހެއް ވެސްމެ. އޭރުން އަޅުގަނޑުމެންގެ ބަފައިކަލުންނަށް އެފަދަ ހިތާމައެއް ކުރިމަތި ކުރުވައި އަވަހާރަކޮށްލީ އަޅުގަނޑުމެން ކަމުގައިވާނެ.
31 Quando ele vir que o rapaz não está conosco, morrerá. Nós, seus servos, seremos, de fato, responsáveis por mandar para a sepultura seu servo, nosso pai, em profunda tristeza.
32 މި ޒުވާން ކޮއްކޮއަށް ރައްކާތެރިކަން ދޭނޭ ކަމުގައި ޚުދު އަޅުގަނޑު ބަފައިކަލުންނަށް ޔަޤީންކަން ދިނީމު. އަޅުގަނޑު ބަފައިކަލުންނަށް މިފަދައިން ދެންނެވީމު. ’⁠އަޅުގަނޑުމެންގެ މި ކޮއްކޮ އާއި ވަކިން އަޅުގަނޑުމެން އެނބުރި ބަފައިކަލުންގެ އަރިހަށް އަތުވެއްޖެނަމަ، އަޅުގަނޑުގެ މުޅި އުމުރު ދުވަހު އެކަމުގެ ބަދުނާމު އަޅުގަނޑުގެ ބޮލުގައި އަޅުއްވާށޭ ދެންނެވީމު.⁠‘
32 Meu senhor, garanti a meu pai que levaria o rapaz de volta. Disse-lhe: ‘Se não o trouxer de volta, carregarei a culpa para sempre’.
33 ވީމާ، އަޅުގަނޑު މިތަނުގައި ކަލޭގެފާނުގެ އަޅެއްގެ ގޮތުގައި ހުރުމުގެ ހުއްދަ ދެއްވާ. އަދި ބޭބެމެންނާއި އެކުގައި ކޮއްކޮ އެނބުރި ރަށަށް ފޮނުއްވުމަށް އެދި އަޅުގަނޑު ނުހަނު އާދޭސް ދަންނަވަން.
33 “Por isso, peço ao senhor que me permita ficar aqui como escravo no lugar do rapaz e que o deixe voltar com os irmãos dele.
34 ކޮއްކޮ އާއި ވަކިން އަޅުގަނޑަށް އެނބުރި ބަފައިކަލުންގެ އަރިހަށް ދާކަށް ނުކެރޭނެ. މިކަމުގެ ސަބަބުން އަޅުގަނޑުގެ ބަފައިކަލުން އުފުއްލަވާނޭ ހިތާމަތައް ދުށުމަކީ އަޅުގަނޑަށް ކެތް ކުރެވޭނެ ކަމެއް ނޫން.⁠“
34 Pois, como poderei voltar a meu pai sem o rapaz? Não suportaria ver a angústia que isso lhe causaria!”.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Gênesis 44, comparar traduções ou montar um estudo — tudo direto pelo WhatsApp.