Gênesis 44
ކިތާބުލް މުޤައްދަސް (DIV) vs BKJ
1 ޔޫސުފުގެފާނު އެކަލޭގެފާނުގެ ގަނޑުވަރުގެ އިސްވެރިއަކަށް ހުރި ޚާދިމަށް މިފަދައިން އަމުރުކުރެއްވިއެވެ. ”އެބައިމީހުންނަށް އުފުއްލެވޭނެ ވަރަކަށް އެބައިމީހުންގެ ގޯނިތަކަށް ގޮވާން އަޅައި ފުރާލާ. އަދި އެއިން ކޮންމެ މީހަކު ގެނައި ފައިސާ އެމީހެއްގެ ގޯނީގެ ތެރެއަށްލާ.
1 E ele ordenou ao administrador de sua casa, dizendo: Enche os sacos dos homens com alimento, tanto quanto eles puderem carregar, e põe o dinheiro de cada homem na boca de seu saco.
2 އަދި އެބައިމީހުންގެ އެންމެ ހަގު ކޮއްކޮގެ ގޯނީގެ ތެރެއަށް އޭނާގެ ފައިސާއާއި އެކުގައި އަހަރެންގެ އަމިއްލަ ރިހި ތަށި ވެސްލާ.“ ގަނޑުވަރުގެ ކަންތައްތަކާއި ހަވާލުވެ ހުރި ޚާދިމު ޔޫސުފުގެފާނު ވިދާޅުވި ފަދައިން ކަންތައް ކުރިއެވެ.
2 E põe o meu copo, o copo de prata, na boca do saco do mais jovem, e o dinheiro do seu trigo. E ele fez conforme a palavra que José havia falado.
3 ފަތިހުގެ ވަގުތުގައި އެބައިމީހުންގެ ހިމާރުތަކުގެ މަތީގައި ދަތުރަށް ފެށިއެވެ.
3 Assim que raiou a luz da manhã, os homens foram enviados, eles e seus jumentos.
4 އެބައިމީހުންނަށް އަވަށާއި މާދުރަށް ނުދެވެނީސް ޔޫސުފުގެފާނު އެކަލޭގެފާނުގެ ގަނޑުވަރުގެ އިސް ޚާދިމަށް މިފަދައިން ވިދާޅުވިއެވެ. ”އެބައިމީހުންގެ ފަހަތުންދޭ. އަދި ތިބާ އެބައިމީހުންނާއި ހަމައަށް ދެވުމުން މިފަދައިންބުނޭ. ’ހެޔޮ ކަމުގެ ބަދަލުގައި ތިޔަފަދަ ނުބައިކަމެއް ތިޔަ ކުރީ ކީއްވެ؟
4 E quando haviam saído da cidade, e ainda não estavam distantes, José disse a seu administrador: Levanta-te, segue os homens, e quando os alcançares, dize-lhes: Por que pagastes o bem com o mal?
5 މިއެއް ނޫންތަ އަހަރެންގެ ސާހިބުމީހާ ފާލުބައްލަވަން ގެންގުޅުއްވާ ޖޯޑުތައްޓަކީ؟ މިއީ ކަލޭމެން ކުރި ކިހާ ނުބައި ކަމެއްތަ؟‘“
5 Isso não é o que o meu senhor usa para beber, e pelo qual ele adivinha? Fizestes mal em fazer isso.
6 ވުމާއެކު، ޚާދިމުކަލޭގެ އެބައިމީހުންގެ ފަހަތުން ގޮސް އެބައިމީހުން އަތުލައިގަތެވެ. އަދި އެބައިމީހުންނަށް ޔޫސުފުގެފާނު ވިދާޅުވުމަށް އެންގެވި ފަދައިން ޚާދިމުކަލޭގެ އެބައިމީހުންނަށް ބުންޏެވެ.
6 E ele os alcançou e lhes falou as mesmas palavras.
7 ނަމަވެސް ޔޫސުފުގެފާނުގެ އަޚުން ޚާދިމުކަލޭގެއާއި މުޚާތަބުކޮށް މިފަދައިން ބުންޏެވެ. ”ތިޔަފަދައިން ވާހަކަ ތިޔަދައްކަނީ ކީއްވެ؟ ތިޔަފަދަ ކަމެއް އަހަރެމެން ނުކުރަމު!
7 E eles lhe disseram: Por que meu senhor diz estas palavras? Deus proíbe que teus servos façam conforme esta coisa.
8 އަހަރެމެންގެ ގޯނިތަކުގައި ވީ ފައިސާ އަހަރެމެންނަށް ކަންޢާނުން ފެނުނު ހިނދު، އެ ފައިސާ އަނބުރާ އަހަރެމެން ގެނެސް ދިނީމު. ވީމާ، ތިބާގެ ސާހިބާގެ ގަނޑުވަރުން ރަންކޮޅެއް ވެސް ރިހިކޮޅެއް ވެސް އަހަރެމެން ވަގަކަށް ނުނަގަމު.
8 Eis que o dinheiro que encontramos na boca dos nossos sacos trouxemos novamente a ti da terra de Canaã. Como então nós roubaríamos da casa de teu senhor prata ou ouro?
9 ތިބާ ތިޔަ ބުނާ ރިހި ތަށި އަހަރެމެންގެ މީހެއްގެ ގޯނީގެ ތެރެއިން ފެނިއްޖެނަމަ، އެމީހަކު މަރާލާ. އަދި އަހަރެމެން އެންމެންނަކީ އަބަދަށް ތިބާގެ ސާހިބާގެ އަޅުންކަމުގައި ހަދާ.“
9 Aquele dos teus servos com quem for achado, que morra, e nós também seremos escravos de meu senhor.
10 ޚާދިމްކަލޭގެ މިފަދައިން ބުންޏެވެ. ”ތިޔަބައިމީހުން ބުނިފަދައިން އަހަރެން އަމަލުކުރާނަން. ނަމަވެސް އަޅެއްގެ ގޮތުގައި ވާނީ އެ ތަށި ނެގި މީހެއް. އެހެނިހެން އެންމެން މިނިވަން ކަމާއިއެކު ދިއުމަށް ދޫކޮށްލެވޭނެ.“
10 E ele disse: Então seja agora de acordo com vossas palavras. Aquele com quem for encontrado será meu escravo, e vós estareis sem culpa.
11 އެއަށް ފަހު، އެބައިމީހުން (ޔޫސުފުގެފާނުގެ އަޚުން) ނުހަނު އަވަހަށް ހިމާރުތަކުގެ މަތިން ގޯނިތައް ބިންމައްޗަށް ބާލައި ގޯނިތައް ހުޅުވިއެވެ.
11 Então eles se apressaram em descer, cada homem pôs em terra o seu saco, e cada homem abriu o seu saco.
12 ޚާދިމްކަލޭގެ ގޯނިތައް ބަލަމުން ގެންދިޔައީ އެންމެ ދޮށީ ކުއްޖާއިން ފެށިގެން އެންމެ ހަގު ކުއްޖާއަށެވެ. އެންމެފަހުން އެ ތަށި ބަންޔާމީންގެ ގޯނީގެތެރެއިން ފެނިއްޖެއެވެ.
12 E ele procurou, e começou pelo mais velho, e terminou com o mais jovem, e o copo foi encontrado no saco de Benjamim.
13 އެބައިމީހުންނަށް މިތަން ފެނި ގަތް ބިރުންނާއި ވީ ދެރައިން އެބައިމީހުންގެ އަންނައުނުތައް ވީދަންފެށިއެވެ. އެއަށް ފަހު، ހިމާރުތަކުގެ ބުރަކަށިމައްޗަށް ގޯނިތައް އަރުވައިގެން އެނބުރި އަވަށުގެ ތެރެއަށް އެބައިމީހުން ދިޔައެވެ.
13 Então eles rasgaram suas vestes, e carregaram cada homem os seus jumentos, e voltaram à cidade.
14 ޔަހޫޛާ އާއި އެހެނިހެން އަޚުން ޔޫސުފުގެފާނުގެ ގަނޑުވަރަށް ދިޔަ ހިނދު ޔޫސުފުގެފާނު އެކަލޭގެފާނުގެ ގަނޑުވަރުގައި ހުންނެވިއެވެ. އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެބައިމީހުން މޫނު ބިންމަތީގައި ޖައްސާ ގުދުވެ ކުރުނީސްކުރިއެވެ.
14 E Judá e seus irmãos vieram à casa de José, pois ele ainda estava ali; e eles prostraram-se em terra diante dele.
15 ޔޫސުފުގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”ކަލޭމެން ތިޔަ ކުރީ ކޮންފަދަ ކަމެއް؟ އަހަރެން ކަހަލަ ފާލުބަލާ މީހަކަށް އެކަހަލަ ސިއްރެއް ދެނެގަނެވިދާނެކަން ކަލޭމެންނަކަށް ނޭނގޭތަ؟“
15 E José lhes disse: Que ato é este que fizestes? Não sabeis que um homem como eu pode certamente adivinhar?
16 ޔަހޫޛާ ޔޫސުފުގެފާނަށް މިފަދައިން ދެންނެވިއެވެ. ”ސާހިބާ އަޅުގަނޑުމެން ދަންނަވާނީ ކީކޭތޯ؟ އަދި އަޅުގަނޑުމެން ކުށެއް ނުކުރާކަން ދައްކުވައިދޭނީ ވެސް ކިހިނަކުން؟ އަޅުގަނޑުމެންގެ ފާފައިގެ ސަބަބުން މާތްކަލާނގެ އަޅުގަނޑުމެންނަށް ޝަޒާ ދެއްވައިފި. ވީމާ، ސާހިބާގެ އަޅެއްގެ ގޮތުގައި ވާނީ ހަމައެކަނި ބަންޔާމީން އެކަންޏެއް ނޫން. އަޅުގަނޑުމެން އެންމެންނަކީ ވެސް މަނިކުފާނުގެ އަޅުން.“
16 E Judá disse: O que diremos a meu senhor? O que devemos falar? Ou como nos inocentaremos? Deus descobriu a iniquidade de teus servos. Eis que somos servos de meu senhor, tanto nós quanto aquele com quem também foi achado o copo.
17 ނަމަވެސް ޔޫސުފުގެފާނު މިފަދައިން ވިދާޅުވިއެވެ. ”އަހަރެން ތިޔަ އެންމެންތަކުން އަހަރެންގެ އަޅުންނަށް ނުހަދާނަމު! ހަމައެކަނި އަހަރެންގެ އަޅެއްގެ ގޮތުގައި ވާނީ އެ ތަށި ވަގަށް ނެގި މީހާ. ދެން ތިބި އެންމެން މިނިވަންކަމާއެކު ތިޔަބައިމީހުންގެ ބަފައިކަލުންގެ ކައިރިއަށް ރަށަށްދޭ.“
17 E ele disse: Longe de mim que eu faça isso; mas o homem em cuja mão foi achado o copo, este será meu servo. E quanto a vós, levantai-vos e voltai em paz ao vosso pai.
18 އެއަށް ފަހު، ޔަހޫޛާ ޔޫސުފުގެފާނުގެ އަރިހަށް ގޮސް މިފަދައިން ދެންނެވިއެވެ. ”ސާހިބާ އަޅުގަނޑު ސާފުސީދާކޮށް މިފަދައިން ދެންނެވުމުގެ ހުއްދަ ދެއްވާ. އަދި އަޅުގަނޑާއިމެދު ކޯފާވެވަޑައި ނުގަންނަވާ. މިޞްރުގެ ރަސްގެފާނާއި އެއްފަދައިން މަނިކުފާނަށް ވެސް ބާރުފުޅު ލިބިވަޑައިގެންވާކަން އަޅުގަނޑު ދަންނަމު.
18 Então Judá se aproximou dele, e disse: Ó meu senhor, deixai que teu servo, suplico-te, fale uma palavra aos ouvidos de meu senhor, e não deixai que a tua ira se acenda contra teu servo, porque tu és como o próprio Faraó.
19 އަޅުގަނޑުމެން މީގެކުރިން މިތަނުގައި ތިބި ފަހަރެއްގައި އަޅުގަނޑުމެންގެ ބައްޕަ ދުނިޔޭގައި ހުންނެވިތޯ އާއި އަޅުގަނޑުމެންގެ އިތުރު ކޮއްކޮއަކު ހުންނެވިތޯ މަނިކުފާނު އެއްސެވީމު.
19 Meu senhor perguntou a seus servos, dizendo: Tendes ainda um pai, ou um irmão?
20 އަދި އަޅުގަނޑުމެން ޖަވާބުގައި އަޅުގަނޑުމެންގެ މުސްކުޅި ބަފަޔަކު ހުންނަ ކަމުގައްޔާއި އަދި އަޅުގަނޑުމެންގެ ބައްޕަ އުމުރުފުޅުން ޢަޖޫޒުވެފައިވީ ހިނދު ލިބިވަޑައިގެންނެވި އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ ހުންނެވި ކަމުގައި އަޅުގަނޑުމެން ދެންނެވީމު. އަދި އޭނާ އާއި އެއްބަޑު އަނެއް ކޮއްކޮ ވަނީ ނިޔާވެފައި ކަމުގައި ވެސް ދެންނެވީމު. ވީމާ، އެ ކޮއްކޮ އާއި އެއްބަނޑު އޭނާ ނޫން ދެވަނަ ކުއްޖަކު ނުވާކަމުގައި ވެސް ދެންނެވީމު. އަދި އަޅުގަނޑުމެންގެ ބައްޕަ އެ ކޮއްކޮ ދެކެ ނުހަނު ލޯބިފުޅުވާ ކަމުގައި ވެސް ދެންނެވީމު.
20 E nós dissemos a meu senhor: Temos um pai, um homem velho, e um filho da sua velhice, um pequeno. E seu irmão está morto, e só ele foi deixado de sua mãe, e seu pai o ama.
21 އެއަށް ފަހު، މަނިކުފާނު އަޅުގަނޑުމެންގެ އެ ކޮއްކޮ ދުށުމަށް އެދިވަޑައިގެންވާތީވެ، މަނިކުފާނުގެ އަރިހަށް ގެނެސް ދިނުމަށް އަޅުގަނޑުމެންގެ ކިބައިން މަނިކުފާނު އެދިވަޑައިގަތީމު.
21 E tu disseste a teus servos: Trazei-o a mim, para que eu possa colocar meus olhos nele.
22 ނަމަވެސް ބައްޕަ ދޫކޮށްފައި އޭނާ އަތުވެއްޖެނަމަ ބައްޕަ އަވަހާރަވުމާއި އެއްފަދަވާނެ ކަމުގައި އަޅުގަނޑުމެން މަނިކުފާނަށް ދެންނެވީމު.
22 E dissemos ao meu senhor: O rapaz não pode deixar seu pai, pois se ele deixar seu pai, seu pai morrerá.
23 ނަމަވެސް އޭނާ ނުލައި އަޅުގަނޑުމެން މި ރަށަށް އައި ކަމުގައި ވިޔަސް މަނިކުފާނާއި ބައްދަލުނުވާނޭ ކަމުގައި މަނިކުފާނު ވިދާޅުވީމު.
23 E tu disseste a teus servos: Se vosso irmão mais jovem não vier, não vereis mais a minha face.
24 ވީމާ، އަޅުގަނޑުމެން އެނބުރި ރަށަށް ގޮސް މަނިކުފާނު ވިދާޅުވި ފަދައިން ހުރިހާ ވާހަކަތަކެއް އަޅުގަނޑުމެންގެ ބަފައިކަލުންނަށް ދެންނެވީމު.
24 E aconteceu que, quando nós subimos a teu servo, meu pai, dissemos-lhe as palavras de meu senhor.
25 އެއަށް ފަހު، ކެއުމަށްޓަކައި ގޮވާންކޮޅެއް ގަތުމަށް ދެވަނަ ފަހަރަށް މި ރަށަށް އައުމަށް އަޅުގަނޑުމެންގެ ބަފައިކަލުން ވިދާޅުވި.
25 E nosso pai disse: Ide novamente, e comprai-nos um pouco de alimento.
26 އެ ހިނދު އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ ނުލާ އަޅުގަނޑުމެން ނުދާނޭ ކަމުގައި އާއި އަދި އަޅުގަނޑުމެންގެ ކޮއްކޮއާ ނުލާ އަޅުގަނޑުމެން ދިޔަކަމުގައި ވިޔަސް އަޅުގަނޑުމެންނަށް އަމީރުގެ ފައިންޕުޅު ނުފެންނާނޭ ކަމުގައި މަނިކުފާނު އަޅުގަނޑުމެންނަށް އަންގަވާފައިވާ ކަމުގައި އަޅުގަނޑުމެންގެ ބަފައިކަލުންނަށް ދެންނެވީމު.
26 E dissemos: Não podemos descer. Se o nosso irmão mais jovem for conosco, aí desceremos, porque não podemos ver a face do homem, se nosso irmão mais jovem não estiver conosco.
27 އެއަށް ފަހު، އަޅުގަނޑުމެންގެ ބަފައިކަލުން މިފަދައިން ވިދާޅުވި. ’އަހަރެންގެ އަނބި ރާޙީލްގެ ފަރާތުން އަހަރެންނަށް ލިބިފައި ވަނީ އެންމެ ދެދަރިންނޭ.
27 E teu servo, meu pai, disse-nos: Sabeis que minha esposa me deu dois filhos;
28 އޭގެތެރެއިން އެއް ކުއްޖަކު ވަނީ ގެއްލިފައޭ. އޭނާ ނެތި ދިޔައީ ވަލުޖަނަވާރެއްގެ ޝިކާރައިގައި ޖެހިގެންނޭ. އަދި އޭގެ ފަހުން އަހަރެން އޭނާއެއް ނުދެކެމޭ.
28 e um se foi de mim, e eu disse: Ele certamente foi despedaçado, e eu não o vi desde então.
29 މިހާރު ކަލޭމެން ތިޔަ އެދެނީ މި ދަރިފުޅު ވެސް އަހަރެންނާއި ވަކިކޮށްލާށޭ. ނަމަވެސް އެއްވެސް ކަހަލަ ނިކަމެތިކަމެއް އޭނާއަށް ކުރިމަތި ވެއްޖެނަމަ އަހަރެން ނިމިދާނީ ވެސް ހިތާމަ ކުރުމުގައޭ.‘
29 E se tirardes também este de mim, e um mal acontecer a ele, levareis meus cabelos grisalhos com tristeza à sepultura.
30 ވީއިރު، އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ އާއި ވަކިން އަޅުގަނޑުމެން ބަފައިކަލުންގެ އަރިހަށް ރަށަށް ދާނީ ކިހިނަކުން؟ އަޅުގަނޑުމެންގެ ބައްޕަ ދިރިހުރުމުގެ މުހިންމު ބޭނުމަކީ އޭނާ.
30 Agora, pois, quando eu for a teu servo, meu pai, e o rapaz não estiver conosco, visto que a sua vida está atada com a vida dele,
31 އަޅުގަނޑުމެންނާއި އެކުގައި ކޮއްކޮ ނެތްކަން އެނގިއްޖެނަމަ ބަފައިކަލުން މަރު ވެދާނެ. އަދި އެއީ އަޅުގަނޑުމެންނަށް ހެދޭނެ ވަރަށް ބޮޑު ގޯހެއް ވެސްމެ. އޭރުން އަޅުގަނޑުމެންގެ ބަފައިކަލުންނަށް އެފަދަ ހިތާމައެއް ކުރިމަތި ކުރުވައި އަވަހާރަކޮށްލީ އަޅުގަނޑުމެން ކަމުގައިވާނެ.
31 acontecerá, quando ele vir que o rapaz não está conosco, ele morrerá, e teus servos levarão, com tristeza à sepultura, os cabelos grisalhos de teu servo, nosso pai.
32 މި ޒުވާން ކޮއްކޮއަށް ރައްކާތެރިކަން ދޭނޭ ކަމުގައި ޚުދު އަޅުގަނޑު ބަފައިކަލުންނަށް ޔަޤީންކަން ދިނީމު. އަޅުގަނޑު ބަފައިކަލުންނަށް މިފަދައިން ދެންނެވީމު. ’އަޅުގަނޑުމެންގެ މި ކޮއްކޮ އާއި ވަކިން އަޅުގަނޑުމެން އެނބުރި ބަފައިކަލުންގެ އަރިހަށް އަތުވެއްޖެނަމަ، އަޅުގަނޑުގެ މުޅި އުމުރު ދުވަހު އެކަމުގެ ބަދުނާމު އަޅުގަނޑުގެ ބޮލުގައި އަޅުއްވާށޭ ދެންނެވީމު.‘
32 Porquanto, teu servo se tornou fiador do rapaz diante do meu pai, dizendo: Se eu não o trouxer a ti, então eu levarei a culpa diante do meu pai para sempre.
33 ވީމާ، އަޅުގަނޑު މިތަނުގައި ކަލޭގެފާނުގެ އަޅެއްގެ ގޮތުގައި ހުރުމުގެ ހުއްދަ ދެއްވާ. އަދި ބޭބެމެންނާއި އެކުގައި ކޮއްކޮ އެނބުރި ރަށަށް ފޮނުއްވުމަށް އެދި އަޅުގަނޑު ނުހަނު އާދޭސް ދަންނަވަން.
33 Agora, pois, suplico-te: Deixa teu servo ficar no lugar do rapaz como servo para o meu senhor, e deixa o rapaz subir com seus irmãos.
34 ކޮއްކޮ އާއި ވަކިން އަޅުގަނޑަށް އެނބުރި ބަފައިކަލުންގެ އަރިހަށް ދާކަށް ނުކެރޭނެ. މިކަމުގެ ސަބަބުން އަޅުގަނޑުގެ ބަފައިކަލުން އުފުއްލަވާނޭ ހިތާމަތައް ދުށުމަކީ އަޅުގަނޑަށް ކެތް ކުރެވޭނެ ކަމެއް ނޫން.“
34 Como, pois, eu subirei a meu pai, e o rapaz não estando comigo? Para que porventura eu não veja o mal que virá sobre o meu pai.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Gênesis 44, comparar traduções ou montar um estudo — tudo direto pelo WhatsApp.