Êxodo 5

ކިތާބުލް މުޤައްދަސް (DIV) vs NTLH

Sair da comparação
NTLH Nova Tradução na Linguagem de Hoje 2000
1 އޭގެ ފަހުން މޫސާގެފާނާއި ހާރޫނުގެފާނު މިޞްރު ރަސްގެފާނު ފިރުޢައުނާ ބައްދަލުކުރައްވައި ދެންނެވިއެވެ. ”⁠ބަނީއިސްރާއީލުންގެ ވެރި އިލާހު މާތްރަސްކަލާނގެ ވަޙީ ކުރެއްވީ ’⁠ތިމަންކަލާނގެ މީހުން ސަހަރާގެ ތެރޭގައި ތިމަންކަލާނގެ ޝަރަފުގައި ޢީދެއް ފާހަގަ ކުރުމަށް ދާން ދޫކޮށް ދެއްވާށޭ.⁠‘⁠“
1 Depois Moisés e Arão foram falar com o rei do Egito e disseram: — O
2 ފިރުޢައުނު ވިދާޅުވިއެވެ. ”⁠ތިޔަ ބުނާ މާތްރަސްކަލާނގެ އަކީ ކާކުތަ؟ ތިޔައަކީ އަހަރެން ދަންނަ ކަލެއް ނޫން. އަހަރެން ތިޔަ ކަލަކު ބުނާގޮތެއް ހަދަންވީ ކީއްވެ؟ އަހަރެން އެމީހުން ދިޔަކަ ނުދޭނަން!⁠“
2 — Quem é o Senhor ? — perguntou o rei. — Por que devo ouvi-lo e deixar que o povo de Israel vá ao deserto? Eu não conheço o Senhor e não vou deixar que os israelitas saiam daqui.
3 އެދެބޭކަލުން ދެންނެވިއެވެ. ”⁠ޢިބްރާނީންގެ ވެރި އިލާހު އަޅުގަނޑުމެންނަށް ފާޅުވެވޮޑިގެންފި. އަޅުގަނޑުމެން ސަހަރާތެރެއަށް ތިން ދުވަހުގެ ދަތުރެއްކޮށް އަޅުގަނޑުމެންގެ ވެރިކަލާނގެ، މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ދިއުމުގެ ހުއްދަ ދެއްވާ. އެހެންނޫނީ އެކަލާނގެ އަޅުގަނޑުމެންގެ މައްޗަށް ބަލިމަޑުކަމެއް ފޮނުއްވައިގެން ނުވަތަ ކަނޑިއެއްގެ ދަށުލައްވައި އަޅުގަނޑުމެން މަރާލައްވާނެ.⁠“
3 Moisés e Arão responderam: — O Deus dos hebreus veio falar conosco. Por isso deixe-nos viajar três dias pelo deserto a fim de oferecermos
4 ރަސްގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން އެ މީހުންގެ މަސައްކަތަށް ހުރަސް އަޅަނީ ކީއްވެ؟ އެ އެމީހުން މަސައްކަތް ކުރިޔަދީ!
4 Aí o rei do Egito disse a Moisés e a Arão: — Por que vocês estão atrapalhando o trabalho do povo? Façam com que aqueles escravos voltem ao trabalho!
5 ނިކަން ބަލާބަލަ، ކަލޭމެންގެ މީހުން މިޞްރު މީހުންނަށް ވުރެން ގިނަ. އެކަމަކު ކަލޭމެން ތިޔަ އުޅެނީ އެމީހުން މަސައްކަތް ކުރިޔަ ނުދޭންތަ؟⁠“
5 Ele disse também: — Agora que há tantos israelitas no país, vocês querem que eles deixem de trabalhar?
6 އެދުވަހު އަޅުންގެ ސާހިބުންނަށާއި އިސްރާއީލުގެ ސަރުދާރުންނަށް ފިރުޢައުނު އެންގެވިއެވެ.
6 Naquele mesmo dia o rei deu aos feitores e aos chefes de turmas a seguinte ordem:
7 ”⁠އެކަކަށް ވެސް މީގެ ކުރީގައި ދިންހެން ގާއަޅާ ހުއި ނުދޭތި. އެމީހުން ލައްވާ އެއެއްޗެހި ގެނުވާ!
7 — Daqui em diante vocês não vão mais dar palha ao povo, para fazer tijolos. Que eles mesmos ajuntem a palha.
8 އެކަމަކު އެމީހުން މީގެ ކުރިން ވެސް ގާއަޅާ އަދަދަށް ގާ އަޅަން ޖައްސާ. އެންމެ ގަލެއް ވެސް މަދު ވިޔަ ދީގެން ނުވާނެ. އެމީހުން އަހަރެންގެ ގާތަށް އައިސް އެމީހުންގެ އިލާހަށް ޤުރުބާނީ ވެދުން ކުރަން ފޮނުވައިދޭށޭ އެކިޔަނީ އެމީހުން ކުރާނެ މަސައްކަތެއް ނެތިފައި ތިބީމާ!
8 Mas vocês exijam que eles façam a mesma quantidade de tijolos, nem um tijolo a menos. São uns preguiçosos e é por isso que gritam: “Vamos oferecer sacrifícios ao nosso Deus!”
9 އެމީހުންނަށް ރަނގަޅަށް މަސައްކަތް ޖައްސާ. އޭރުން އެމީހުންގެ ގާތަށް މިމީހުން އައިސް ދައްކާ ދޮގުވާހަކަތައް އަޑުއަހާކަށް ވަގުތެއް ނޯންނާނެ.⁠“
9 Façam essa gente trabalhar mais duro ainda e os mantenham ocupados, a fim de que não tenham tempo de ouvir mentiras.
10 އެހެންވެ އަޅުންގެ ސާހިބުންނާއި ސަރުދާރުން ގޮސް އެމީހުންގެ ގާތު ބުނެފިއެވެ. ”⁠މީ ފިރުޢައުނުގެ އަމުރުފުޅު: ’⁠ތިމަންރަސްގެފާނު ކަލޭމެންނަކަށް ހުއިދަނޑިއެއް ނުދެއްވާނަމޭ.
10 Então os feitores e os chefes de turmas saíram e foram dizer ao povo o seguinte: — O rei disse que não vai mais fornecer palha a vocês.
11 ކަލޭމެން ހޯދާނެ ގޮތަކަށް ހޯދާނެ ތަނަކުން ހުއި ދަނޑި ހޯދާށޭ. އެކަމަކު ކަލޭމެން ކުރީގައި ގާއަޅާ އަދަދަށް ގާ އަޅަން ޖެހޭނެއޭ.⁠‘⁠“
11 Ele manda que vocês vão ajuntar palha onde puderem achar. Mas terão de continuar fazendo a mesma quantidade de tijolos.
12 އެހެންވެ އެމީހުން ހުއިދަނޑި ހޯދަން މިޞްރުގެ އެތަން މިތަނަށް ފެތުރިގެންފިއެވެ.
12 Por isso o povo se espalhou por toda a terra do Egito, ajuntando a palha que sobrava das colheitas.
13 އަޅުންގެ ސާހިބުން އެމީހުން ލައްވައި ގަދަ ކަމުން ގާއަޅުވަމުން ގެންދިޔައެވެ. އަދި ހުއިދަނޑި ދީގެން އެމީހުން ގާއަޅަމުން ދިޔަ އަދަދަށް އެމީހުން ލައްވާ ގާ އަޅުވަން މަޖުބޫރު ކުރަން ފަށައިފިއެވެ.
13 Os feitores forçavam os israelitas a fazer todos os dias a mesma quantidade de tijolos que costumavam fazer quando recebiam palha.
14 އަދި ބަނީއިސްރާއީލު މީހުންގެ ތެރެއިން ސަރުދާރުންނަށް ލާފައި ތިބި މީހުން ގައިގައި އަޅުންގެ ސާހިބުން ހަންމުށިން ތަޅަމުން ދިޔައެވެ. އެމީހުން ބުނަމުން ދިޔައެވެ. ”⁠ކަލޭމެންގެ މީހުން މީގެކުރީގައި ގާ އަޅާވަރަށް މިއަދު ގާ ނޭޅީ ކީއްވެތަ؟⁠“
14 Os feitores batiam nos israelitas chefes de turmas que haviam sido encarregados do trabalho e perguntavam: — Por que vocês não estão fazendo a mesma quantidade de tijolos que faziam antes?
15 އެހެންވެ އިސްރާއީލީންގެ ސަރުދާރުން ފިރުޢައުނު ރަސްގެފާނުގެ ފައިންޕުޅުދެކެ ޝަކުވާ ދެންނެވިއެވެ. ”⁠އިއްޒަތްތެރި ރަސްގެފާނު އަޅުގަނޑުމެންނާ މެދު މި ގޮތަށް ކަންތައް ކުރައްވަނީ ކީއްވެތޯ؟
15 Então os israelitas chefes de turmas foram se queixar ao rei. Eles disseram: — Por que é que o senhor nos trata assim, nós que somos seus empregados?
16 އަޅުގަނޑުމެންނަކަށް ހުއި ދަނޑިއެއް ނުދެއްވާ. އެކަމަކު އަޅުންގެ ސާހިބުން އައިސް އަޅުގަނޑުމެންގެ ގައިގައި އެބަ ތަޅާ! ގާތައް މަދުވަނީ މަނިކުފާނުގެ މީހުންގެ ގޯހުން.⁠“
16 Agora não nos dão mais palha, mas exigem que continuemos fazendo tijolos! Além disso batem em nós; no entanto, os seus feitores é que são os culpados.
17 އެކަމަކު ފިރުޢައުނު ކޯފާވެފައި ވިދާޅުވިއެވެ. ”⁠ކަލޭމެން ހަމަ ކަންނެތީ! ކަލޭމެންނަކީ ހަމަ ބަރުހެލި ބައިގަނޑެއް! އެހެންވެ، ކަލޭމެން އައިސް މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ފޮނުވައިދޭށޭ ކިޔައިގެން މަގޭ ގާތަށް ތިޔަ އަންނަނީ.
17 Mas o rei respondeu: — Vocês são uns preguiçosos e não querem trabalhar. É por isso que estão me pedindo que os deixe ir oferecer sacrifícios a Deus, o
18 މިހާރު ދޭ މަސައްކަތް ކުރަން! ކަލޭމެންނަކަށް ހުއިދަނޑިއެއް ނުލިބޭނެ. އެކަމަކު ކުރީގައި ވެސް ގާ އަޅާވަރަށް ކަލޭމެން ގާ އަޅަން ޖެހޭނެ.⁠“
18 Voltem ao trabalho. Vocês não receberão palha, mas terão de fazer a mesma quantidade de tijolos.
19 އިސްރާއީލީންގެ ސަރުދާރުންނަށް އެމީހުން ކުރީގައި ވެސް އަޅާވަރަށް ގާ އަޅަން އެންގެވުމުން އެމީހުންނަށް ބޮޑު މުސީބާތެއް ކުރިމަތި ވެއްޖެކަން ވިސްނިއްޖެއެވެ.
19 Os israelitas chefes de turmas viram que estavam numa situação difícil, quando lhes foi dito que fizessem todos os dias a mesma quantidade de tijolos que faziam antes.
20 އެމީހުން ފިރުޢައުނުގެ ދަރުބާރުން ނުކުތް އިރު މޫސާގެފާނާއި ހާރޫނުގެފާނާއި އެމީހުންގެ އިންތިޒާރުގައި ތިއްބަވަނިކޮށް އެމީހުންނާ ދިމާވިއެވެ.
20 Depois de falarem com o rei, eles se encontraram com Moisés e Arão, que os estavam esperando,
21 އެމީހުން އެ ދެބޭކަލުންނަށް ދެންނެވިއެވެ. ”⁠ކަލޭމެން ދެމީހުން ތިޔަ ކުރިކަންތަކަށް މާތްރަސްކަލާނގެ ކަލޭމެންނަށް އަދަބު ދެއްވާށި. ކަލޭމެންނާ ހެދި އަހަރެމެން މިވަނީ ފިރުޢައުނާއި އަހަރެމެންގެ މައްޗަށް އެރަސްގެފާނު އިސްކުރައްވާފައި ތިބި ވެރިންގެ ކުރިމަތީގައި ކުނި ވަސްދުވާ ބައެއް. ކަލޭމެން ތިޔަ ކުރި ކަމަކުން އަހަރެމެން މަރާލަން އެމީހުންނަށް އުޒުރެއް ލިބިއްޖެ.⁠“
21 e lhes disseram: — O
22 ދެން މޫސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ކުއްތަންވެ އެކަލާނގެ ޙަޟްރަތުގައި ދެންނެވިއެވެ. ”⁠ސާހިބުވަންތަ ކަލާނކޯ! އިނބަރަސްކަލާނގެ މީހުންނާ މެދު އިނބަރަސްކަލާނގެ ދެރަގޮތް މެދުވެރި ކުރައްވަނީ ކީއްވެތޯ؟ މިއަޅާ މިތަނަށް ތިޔަ ފޮނުއްވީ ކީއްވެތޯ؟
22 Moisés falou outra vez com Deus, o Senhor . Ele disse: — Ó Senhor, por que tratas tão mal este povo? Por que me mandaste para cá?
23 އިނބަރަސްކަލާނގެ ފޮނުއްވައިގެން މިއަޅާ ފިރުޢައުނުގެ ގާތަށް އައީއްސުރެން އެމީހުންގެ މައްޗަށް އިހުނަށް ވުރެން ބޮޑަށް އަނިޔާވެރިވާން ފަށައިފި. އެ މީހުންނަށް އެހީވުމަށް އިނބަ ރަސްކަލާނގެ ކުރެއްވި ހަމަ އެއްކަމެއް ވެސް ނެތް!⁠“
23 Pois, desde que vim falar em teu nome com o rei do Egito, ele tem maltratado este povo. E tu não fizeste nada para ajudá-los.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Êxodo 5, comparar traduções ou montar um estudo — tudo direto pelo WhatsApp.