Êxodo 31

ކިތާބުލް މުޤައްދަސް (DIV) vs NTLH

Sair da comparação
NTLH Nova Tradução na Linguagem de Hoje 2000
1 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ.
1 O Senhor Deus disse a Moisés:
2 ”⁠ނިކަން ބަލާބަލަ. އަހަރެން މިވަނީ އޫރީގެ ދަރި ބަޞަލީލު އެ ކަންތައް ކުރުމަށް މެދުވެރިކޮށްފައި. އޭނާއަކީ ޔަހޫޛާގެ ދަރިކޮޅުން އައިސްފައިވާ ޙޫރުގެ ކާފަ ދަރިއެއް.
2 — Eu escolhi Bezalel, filho de Uri e neto de Hur, da tribo de Judá,
3 ތިމަންކަލާނގެ ވަނީ އޭނާއަށް ތިމަންކަލާނގެ މާތްރޫޙުފުޅު ފުރާދީފައި. އެގޮތުން އޭނާއަށް ހުރިހާ ބާވަތެއްގެ ޙިކުމަތަކާއި ހުނަރަކާއި ފަންނުވެރިކަން ލިބިފައިވާނެ.
3 e o enchi com o meu Espírito. Eu lhe dei inteligência, competência e habilidade para fazer todo tipo de trabalho artístico;
4 އަދި އޭނާގެ ކިބައިގައި ފާޑުވެރިކަމާއެކު ރަނާއި ރިހިންނާއި ކަފުލޮއިން ތަކެތި ހެދުމުގެ ތަޖުރިބާ ހުންނާނެ.
4 para fazer desenhos e trabalhar em ouro, prata e bronze;
5 އޭނާއަށް ޖަވާހިރު ހިލަ ކަނޑައިނަގަން އެނގޭނެ. އަދި ލަކުޑީގައި ކުރެހުން އަޅައި ބިންވަޅުނަގަން އެނގޭނެ.
5 para lapidar e montar pedras preciosas; para entalhar madeira; e para fazer todo tipo de artesanato.
6 އަދި އަހަރެން އަޚީސާމާކުގެ ދަރި އަހޫލިޔާބު ވެސް އޭނާއަށް އެހީވުމަށް ޚިޔާރު ކޮށްފިން. އޭނާއަކީ ދާނުގެ ދަރިކޮޅުގެ މީހެއް. އޭގެ އިތުރުން ހުނަރުވެރި އެންމެންނަށް އަހަރެން ޚާއްސަ ހުނަރުތަކެއް ދީފައިވާނެ. އެއީ ކަލެއަށް އަހަރެން އެންގި ކަންތައް ފުރިހަމަ ކުރުމަށް:
6 Escolhi Aoliabe, filho de Aisamaque, da tribo de Dã, para trabalhar com ele. Dei também capacidade a todos os homens habilidosos para fazerem todas as seguintes coisas que eu mandei:
7 ފޭލިގެ ކޮޅާއި ޢަހުދުނާމާ ފޮށިކޮޅާއި ކައްފާރާގެ މަޤާމު ކަމަށްވާ އެފޮށީގެ މަތިގަނޑާއި އަދި ފޭލިގެކޮޅުގައިވާ އެންމެހާ ތަކެއްޗާއި
7 a Tenda da Minha Presença , a arca da aliança e a sua tampa, todos os objetos da Tenda,
8 މޭޒުކޮޅާއި އޭގެ މަތީގައިވާ ހިފާގެންގުޅޭ ތަކެއްޗާއި ރަން ބައްތިކޮޅާއި އޭގައި ހިމެނޭ ތަކެއްޗާއި ދުންބުރުވާ އައްޓާއި
8 a mesa com as suas vasilhas, o candelabro de ouro puro com todo o seu equipamento, o altar de queimar incenso,
9 ޤުރުބާނީ އަންދާ އައްޓާއި ފެން ބިލިގާއާއި އޭގެ ހަރާއި
9 o altar de queimar as ofertas, junto com todo o seu equipamento, a pia com o seu suporte,
10 އަދި އުއްތަމަ އިމާމު ހާރޫނަށާއި އޭނާގެ ދަރިންނަށް ފަހާފައިވާ އިމާމުންގެ ކަރާމާތްތެރި ހެދުން ކޮޅުތަކާއި
10 as roupas de tecido fino, as roupas sagradas que os sacerdotes Arão e os seus filhos usarão quando servirem como sacerdotes,
11 މަޤާމު ހަވާލުކުރުމަށް އުނގުޅާ ތެލާއި މީރު ވަސްދުވާ އަތަރާއި. މިއީ ކަރާމާތްތެރި މަޤާމުފުޅަށް ޚާއްސަވެގެންވާ ތަކެތި.
11 o azeite de ungir e o incenso cheiroso para o Lugar Santo . Todas essas coisas deverão ser feitas exatamente como eu ordenei.
12 މާތްރަސްކަލާނގެ މި ގޮތަށް މޫސާގެފާނަށް އެންގެވިއެވެ.
12 O Senhor Deus mandou que Moisés
13 ”⁠ބަނީ އިސްރާއީލީންގެ ގާތު ބުނޭ، ’⁠ސަބަތުގެ ދުވަސް ތިމަންކަލާނގެއަށްޓަކައި ޚާއްސަ ކުރާށޭ.⁠‘ އެހެނީ ސަބަތުގެ ދުވަހަކީ ކަލޭމެންނާ ކަލޭމެންގެ ދަރިންގެ ދަރިންނާއި މިރިމިރީންނަށް ތިމަންކަލާނގެއާ ދެމެދު ކުރެވިފައިވާ ޢަހުދުނާމާގެ ހަނދާނުގައި ފާހަގަ ކުރެވޭ ދުވަހެއް. އެދުވަސް ކަލޭމެންނަށް ޚާއްސަ ކުރެވިފައި ވަނީ ތިމަންކަލާނގެ ކަލޭމެން މާތް ކޮށްފައި ވާކަން ދެނެގަތުމަށް.
13 dissesse ao povo de Israel o seguinte: — Guardem o sábado, o meu dia de descanso, pois é um sinal de união entre mim e vocês para sempre, a fim de mostrar que eu, o
14 ކަލޭމެން ސަބަތުގެ ދުވަސް ފާހަގަ ކުރަން ވާނެ. އެއީ ކަލޭމެންނަށް މާތް ދުވަހެއް. އެދުވަހާ އެކަކު ވެސް ޚިލާފު ވެއްޖެނަމަ އެމީހަކަށް މަރު ޙައްޤު ވެއްޖެ. އެދުވަހު އެކަކު ވެސް މަސައްކަތެއް ކޮށްފިނަމަ އެމީހަކު ޖަމާޢަތުން ބޭރު ކޮށްލެވެން ވާނެ.
14 Portanto, guardem o dia de descanso porque ele é sagrado para vocês. Quem não o guardar, mas trabalhar nesse dia, deverá ser morto.
15 މަސައްކަތް ކުރަން ކަލޭމެންނަށް ހަ ދުވަސް ލިބިފައިވާނެ. އެކަމަކު ހަތްވަނަ ދުވަސް ވާންވާނީ ސަބަތުގެ ދުވަހަށް. އެއީ ހުރިހާ މަސައްކަތެއް ހުއްޓާލައި އަރާމުކުރަން ތިބެންވާ ދުވަސް. އެއީ މާތްރަސްކަލާނގެއަށް ޚާއްސަ ވެގެންވާ މާތް ދުވަހެއް. އެކަކު ވެސް އެދުވަހު މަސައްކަތެއް ކޮށްފިއްޔާ މަރާލަން ޖެހޭނެ.
15 Vocês têm seis dias para trabalhar, porém o sétimo dia é o dia solene de descanso, separado para mim. Quem fizer qualquer serviço nesse dia deverá ser morto.
16 ބަނީ އިސްރާއީލީންގެ ދަރިދަރިކޮޅާ ހަމަޔަށް މި ދުވަސް ފާހަގަ ކުރަމުން ދާން ޖެހޭނެ. މިއީ އަބަދަށްޓަކައި ޢަހުދު ކަށަވަރު ކުރެވިފައިވާ ކަމެއް.
16 O povo de Israel deverá guardar esse dia como um sinal da aliança .
17 މިއީ އަހަރެންނާ އިސްރާއީލީންގެ މީހުންނާ ދެމެދު ވެވުނު އެއްބަސްވުމުގެ ދާއިމީ ރަމްޒެއް. އެހެނީ އަހަރެން އުޑާއި ބިން އުފެއްދީ ހަ ދުވަހުން. ހަތްވަނައަށް ވީ ދުވަހު އަހަރެން އެމަސައްކަތް ހުއްޓާލައި އަރާމު ކުރީ.⁠“
17 É um sinal de união para sempre entre mim e o povo de Israel porque eu, o Senhor , fiz o céu e a terra em seis dias e no sétimo dia parei de trabalhar e descansei.
18 މާތްކަލާނގެ ޠޫރުސީނާ މަތީގައި މޫސާގެފާނަށް ބަސްފުޅު ވަޙީ ކުރައްވައި ނިންމެވުމަށް ފަހު އެކަލޭގެފާނުގެ އަތްޕުޅަށް ދެހިލަކޮޅު ދެއްވިއެވެ. އޭގައި ވަނީ އެކަލާނގެ އިޤުރާރުފުޅު ސީދާ އެކަލާނގެ އަމިއްލަފުޅަށް ލިޔުއްވާފައެވެ.
18 Quando Deus acabou de falar com Moisés no monte Sinai, entregou a ele as duas placas de pedra onde o próprio Deus havia escrito os mandamentos.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Êxodo 31, comparar traduções ou montar um estudo — tudo direto pelo WhatsApp.