Êxodo 31
ކިތާބުލް މުޤައްދަސް (DIV) vs BKJ
1 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ.
1 E falou o SENHOR a Moisés, dizendo:
2 ”ނިކަން ބަލާބަލަ. އަހަރެން މިވަނީ އޫރީގެ ދަރި ބަޞަލީލު އެ ކަންތައް ކުރުމަށް މެދުވެރިކޮށްފައި. އޭނާއަކީ ޔަހޫޛާގެ ދަރިކޮޅުން އައިސްފައިވާ ޙޫރުގެ ކާފަ ދަރިއެއް.
2 Eis que chamei pelo nome Bezalel, o filho de Uri, o filho de Hur, da tribo de Judá,
3 ތިމަންކަލާނގެ ވަނީ އޭނާއަށް ތިމަންކަލާނގެ މާތްރޫޙުފުޅު ފުރާދީފައި. އެގޮތުން އޭނާއަށް ހުރިހާ ބާވަތެއްގެ ޙިކުމަތަކާއި ހުނަރަކާއި ފަންނުވެރިކަން ލިބިފައިވާނެ.
3 e o enchi com o Espírito de Deus, de sabedoria, e de entendimento, e de conhecimento, e de toda forma de mão de obra,
4 އަދި އޭނާގެ ކިބައިގައި ފާޑުވެރިކަމާއެކު ރަނާއި ރިހިންނާއި ކަފުލޮއިން ތަކެތި ހެދުމުގެ ތަޖުރިބާ ހުންނާނެ.
4 para elaborar obras habilidosas, para trabalhar em ouro, e em prata, e em bronze,
5 އޭނާއަށް ޖަވާހިރު ހިލަ ކަނޑައިނަގަން އެނގޭނެ. އަދި ލަކުޑީގައި ކުރެހުން އަޅައި ބިންވަޅުނަގަން އެނގޭނެ.
5 e em lavrar pedras, para engastá-las, e em esculpir madeira, para trabalhar em todo tipo de mão de obra,
6 އަދި އަހަރެން އަޚީސާމާކުގެ ދަރި އަހޫލިޔާބު ވެސް އޭނާއަށް އެހީވުމަށް ޚިޔާރު ކޮށްފިން. އޭނާއަކީ ދާނުގެ ދަރިކޮޅުގެ މީހެއް. އޭގެ އިތުރުން ހުނަރުވެރި އެންމެންނަށް އަހަރެން ޚާއްސަ ހުނަރުތަކެއް ދީފައިވާނެ. އެއީ ކަލެއަށް އަހަރެން އެންގި ކަންތައް ފުރިހަމަ ކުރުމަށް:
6 e eis que eu tenho designado com ele a Aoliabe, o filho de Aisamaque, da tribo de Dã. E no coração de todos os que são sábios de coração coloquei sabedoria para que possam fazer tudo que te ordenei;
7 ފޭލިގެ ކޮޅާއި ޢަހުދުނާމާ ފޮށިކޮޅާއި ކައްފާރާގެ މަޤާމު ކަމަށްވާ އެފޮށީގެ މަތިގަނޑާއި އަދި ފޭލިގެކޮޅުގައިވާ އެންމެހާ ތަކެއްޗާއި
7 o tabernáculo da congregação, e a arca do testemunho, e o propiciatório que está sobre ela, e todos os móveis do tabernáculo,
8 މޭޒުކޮޅާއި އޭގެ މަތީގައިވާ ހިފާގެންގުޅޭ ތަކެއްޗާއި ރަން ބައްތިކޮޅާއި އޭގައި ހިމެނޭ ތަކެއްޗާއި ދުންބުރުވާ އައްޓާއި
8 e a mesa e os seus utensílios, e o candelabro puro com todos os seus utensílios, e o altar de incenso,
9 ޤުރުބާނީ އަންދާ އައްޓާއި ފެން ބިލިގާއާއި އޭގެ ހަރާއި
9 e o altar da oferta queimada com todos os seus utensílios, e a pia com a sua base,
10 އަދި އުއްތަމަ އިމާމު ހާރޫނަށާއި އޭނާގެ ދަރިންނަށް ފަހާފައިވާ އިމާމުންގެ ކަރާމާތްތެރި ހެދުން ކޮޅުތަކާއި
10 e as vestes do serviço, e as vestes santas para Arão, o sacerdote, e as vestes para os seus filhos, para ministrar no ofício sacerdotal,
11 މަޤާމު ހަވާލުކުރުމަށް އުނގުޅާ ތެލާއި މީރު ވަސްދުވާ އަތަރާއި. މިއީ ކަރާމާތްތެރި މަޤާމުފުޅަށް ޚާއްސަވެގެންވާ ތަކެތި.
11 e o óleo da unção, e o incenso aromático para o lugar santo. De acordo com tudo que te ordenei eles farão.
12 މާތްރަސްކަލާނގެ މި ގޮތަށް މޫސާގެފާނަށް އެންގެވިއެވެ.
12 E falou o SENHOR a Moisés, dizendo:
13 ”ބަނީ އިސްރާއީލީންގެ ގާތު ބުނޭ، ’ސަބަތުގެ ދުވަސް ތިމަންކަލާނގެއަށްޓަކައި ޚާއްސަ ކުރާށޭ.‘ އެހެނީ ސަބަތުގެ ދުވަހަކީ ކަލޭމެންނާ ކަލޭމެންގެ ދަރިންގެ ދަރިންނާއި މިރިމިރީންނަށް ތިމަންކަލާނގެއާ ދެމެދު ކުރެވިފައިވާ ޢަހުދުނާމާގެ ހަނދާނުގައި ފާހަގަ ކުރެވޭ ދުވަހެއް. އެދުވަސް ކަލޭމެންނަށް ޚާއްސަ ކުރެވިފައި ވަނީ ތިމަންކަލާނގެ ކަލޭމެން މާތް ކޮށްފައި ވާކަން ދެނެގަތުމަށް.
13 Fala também aos filhos de Israel, dizendo: Certamente guardareis os meus shabats, porque é um sinal entre mim e vós nas vossas gerações; para que saibais que eu sou o SENHOR que vos santifica.
14 ކަލޭމެން ސަބަތުގެ ދުވަސް ފާހަގަ ކުރަން ވާނެ. އެއީ ކަލޭމެންނަށް މާތް ދުވަހެއް. އެދުވަހާ އެކަކު ވެސް ޚިލާފު ވެއްޖެނަމަ އެމީހަކަށް މަރު ޙައްޤު ވެއްޖެ. އެދުވަހު އެކަކު ވެސް މަސައްކަތެއް ކޮށްފިނަމަ އެމީހަކު ޖަމާޢަތުން ބޭރު ކޮށްލެވެން ވާނެ.
14 Portanto, guardareis o shabat, porque é santo para vós; todo aquele que o profanar certamente morrerá, pois todo aquele que fizer qualquer trabalho nele, esta alma será cortada do seu povo.
15 މަސައްކަތް ކުރަން ކަލޭމެންނަށް ހަ ދުވަސް ލިބިފައިވާނެ. އެކަމަކު ހަތްވަނަ ދުވަސް ވާންވާނީ ސަބަތުގެ ދުވަހަށް. އެއީ ހުރިހާ މަސައްކަތެއް ހުއްޓާލައި އަރާމުކުރަން ތިބެންވާ ދުވަސް. އެއީ މާތްރަސްކަލާނގެއަށް ޚާއްސަ ވެގެންވާ މާތް ދުވަހެއް. އެކަކު ވެސް އެދުވަހު މަސައްކަތެއް ކޮށްފިއްޔާ މަރާލަން ޖެހޭނެ.
15 Durante seis dias poder-se-á trabalhar, mas o sétimo é o shabat do descanso, santo ao SENHOR. Todo aquele que fizer qualquer trabalho no dia do shabat certamente morrerá.
16 ބަނީ އިސްރާއީލީންގެ ދަރިދަރިކޮޅާ ހަމަޔަށް މި ދުވަސް ފާހަގަ ކުރަމުން ދާން ޖެހޭނެ. މިއީ އަބަދަށްޓަކައި ޢަހުދު ކަށަވަރު ކުރެވިފައިވާ ކަމެއް.
16 Portanto, os filhos de Israel guardarão o shabat, para observar o shabat pelas suas gerações, por um pacto perpétuo.
17 މިއީ އަހަރެންނާ އިސްރާއީލީންގެ މީހުންނާ ދެމެދު ވެވުނު އެއްބަސްވުމުގެ ދާއިމީ ރަމްޒެއް. އެހެނީ އަހަރެން އުޑާއި ބިން އުފެއްދީ ހަ ދުވަހުން. ހަތްވަނައަށް ވީ ދުވަހު އަހަރެން އެމަސައްކަތް ހުއްޓާލައި އަރާމު ކުރީ.“
17 Este é um sinal entre mim e os filhos de Israel para sempre; pois em seis dias o SENHOR fez céus e terra, e no sétimo dia ele descansou, e foi revigorado.
18 މާތްކަލާނގެ ޠޫރުސީނާ މަތީގައި މޫސާގެފާނަށް ބަސްފުޅު ވަޙީ ކުރައްވައި ނިންމެވުމަށް ފަހު އެކަލޭގެފާނުގެ އަތްޕުޅަށް ދެހިލަކޮޅު ދެއްވިއެވެ. އޭގައި ވަނީ އެކަލާނގެ އިޤުރާރުފުޅު ސީދާ އެކަލާނގެ އަމިއްލަފުޅަށް ލިޔުއްވާފައެވެ.
18 E deu a Moisés, quando acabou de falar com ele no monte Sinai, as duas tábuas do testemunho, tábuas de pedra, escritas com o dedo de Deus.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Êxodo 31, comparar traduções ou montar um estudo — tudo direto pelo WhatsApp.