1 Samuel 8

ކިތާބުލް މުޤައްދަސް (DIV) vs ARC

Sair da comparação
ARC Almeida Revista e Corrigida 2009
1 ޞަމޫއީލް މުސްކުޅިވުމުން އޭނާގެ ދަރިން އިސްރާއީލުގެ ވެރިންގެ ގޮތުގައި ހަމަޖައްސައިފިއެވެ.
1 E sucedeu que, tendo Samuel envelhecido, constituiu a seus filhos por juízes sobre Israel.
2 ދޮށީ ދަރިފުޅުގެ ނަމަކީ ޔޫއީލް އެވެ. އަނެއްކުއްޖާ އަކީ އަބިއްޔާހު އެވެ. މި ދެބޭންނަކީ ބިއުރުސަބްޢަގެ ވެރިންނެވެ.
2 E era o nome do seu filho primogênito Joel, e o nome do seu segundo, Abias; e foram juízes em Berseba.
3 އެހެނަސް މި ދެބޭން ބައްޕަގެ ފިޔަވަޅުގެ މަތީގައި ހިނގަމަކުން ނުދިޔައެވެ. އެމީހުން ވެރިންގެ ގޮތުގައި ތިބެ ނާޖާއިޒް ފައިދާ ނަގައި ރިޝްވަތަށް އިންސާފު ވިއްކަމުން ގެންދިޔައެވެ.
3 Porém seus filhos não andaram pelos caminhos dele; antes, se inclinaram à avareza, e tomaram presentes, e perverteram o juízo.
4 މިހެންވެ އިސްރާއީލުގެ ބޮޑުން އެއްވެ މަޝްވަރާ ކުރުމަށް ފަހު މި ޚަބަރާއިގެން ރާމާއަށް ގޮސް ޞަމޫއީލްގެ ގާތަށް ދިޔައެވެ.
4 Então, todos os anciãos de Israel se congregaram, e vieram a Samuel, a Ramá,
5 އެމީހުން ބުނެއްޕެވެ. ”⁠މިއަދު ކަލޭ ތިހިރީ އަޖޫޒުވެފައި. ކަލޭގެ ދަރިން ކަލޭ ދެއްކި މަގަކުން ނުހިނގި. އެހެނިހެން ޤައުމުތައް ވެސް ފަދައިން އަހަރެމެންގެ މައްޗަށް ވެސް ވެރިކަން ކުރާނެ ރަސްކަލަކު ހަމަޖައްސައިދީ.⁠“
5 e disseram-lhe: Eis que já estás velho, e teus filhos não andam pelos teus caminhos; constitui-nos, pois, agora, um rei sobre nós, para que ele nos julgue, como o têm todas as nações.
6 މި މީހުން ރަސްކަލަކު އިސްކުރަން ވާހަކަ ދެއްކުމުން އެކަން ޞަމޫއީލަކަށް ކަމަކު ނުދިޔައެވެ. އެހެންކަމުން އޭނާ މާތްރަސްކަލާނގެއަށް ދުޢާ ދެންނެވިއެވެ.
6 Porém essa palavra pareceu mal aos olhos de Samuel, quando disseram: Dá-nos um rei, para que nos julgue. E Samuel orou ao Senhor .
7 މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠އެމީހުން އެދޭ ކަންތަކުގެ އަޑުއަހާ. އެމީހުންނަށް ކަމުނުދަނީ ކަލޭގެ ވެރިކަމެއް ނޫން. އެމީހުންނަށް ކަމުނުގޮސްގެން އެ އުޅެނީ ތިމަންކަލާނގެ ވެރިކަން.
7 E disse o Senhor a Samuel: Ouve a voz do povo em tudo quanto te disser, pois não te tem rejeitado a ti; antes, a mim me tem rejeitado, para eu não reinar sobre ele.
8 އެމީހުން އެ ބުނާ ގޮތެއް ހަދައިދީ. ތިމަންކަލާނގެ އެމީހުން މިޞްރުން ސަލާމަތް ކޮށް ދިން ދުވަހުން ފެށިގެން ވެސް އެމީހުން އެހެން ކަލުންތަކަށް އަޅުކަންކޮށް ތިމަންކަލާނގެއާ ދެކޮޅުވެރި ވެގެންފި. އެމީހުން ކަލެއާ މެދު ވެސް ކަންތައް ކުރަން އެ އުޅެނީ އެ ގޮތަށް.
8 Conforme todas as obras que fez desde o dia em que o tirei do Egito até ao dia de hoje, pois a mim me deixou, e a outros deuses serviu, assim também te fez a ti.
9 އެމީހުން އެދޭގޮތް ހަދާ ދިނުމުގެ ކުރީން އެމީހުން ރަސްކަލަކު އިސްކުރީމާ ކަންތައް ވާނެ ގޮތްތަކާމެދު ގަދަޔަށް އިންޒާރު ދީ.⁠“
9 Agora, pois, ouve a sua voz, porém protesta-lhe solenemente e declara-lhe qual será o costume do rei que houver de reinar sobre ele.
10 އެމީހުން ރަސްކަލަކަށް އެދުމުން ޞަމޫއީލް އެމީހުންނަށް މާތްރަސްކަލާނގެ އެންގެވި އެންގެވުން އޮޅުން ފިލުވައި ދިނެވެ.
10 E falou Samuel todas as palavras do Senhor ao povo, que lhe pedia um rei,
11 ޞަމޫއީލް އެމީހުންގެ ގާތު ބުންޏެވެ. ”⁠ކަލޭމެން ރަސްކަލަކު އިސްކޮށްފިނަމަ ކަލޭމެންގެ ފިރިހެން ދަރިން އޭނާގެ ލަޝްކަރުގައި ޚިދުމަތް ކުރަން ޖައްސާނެ. އެމީހުން އަސްގާޑިޔާ ދުއްވާ މީހުންނާއި އަސްވާރުންގެ ތެރެއަށް ލައި އެރަސްގެފާނުގެ އަސްގާޑިޔާތަކުގެ ކުރިމަތީގައި ދުވަން ޖައްސުވާނެ.
11 e disse: Este será o costume do rei que houver de reinar sobre vós: ele tomará os vossos filhos e os empregará para os seus carros e para seus cavaleiros, para que corram adiante dos seus carros;
12 އަދި ކޮންމެ އެއްހާސް ސިފައިންނަކަށް ސަރުދާރުންލައި، ކޮންމެ ފަންސާސް މީހުންގެ މައްޗަށް އޭގެ ތެރޭން ބަޔަކު ވެރި ކުރުވައި، ކަލޭމެންގެ ދަރިން ލައްވައި ރަސްގެފާނުގެ ދަނޑުތަކުގައި ފަސްގަނޑު ޖައްސައި، ދަނޑުގޮވާން ކުރުވައި، ހަތިޔާރު ހައްދައި، އަސްގާޑިޔަލަށް ބޭނުންވާ ތަކެތި ހައްދުވާނެއެވެ.
12 e os porá por príncipes de milhares e por cinquentenários; e para que lavrem a sua lavoura, e seguem a sua sega, e façam as suas armas de guerra e os petrechos de seus carros.
13 ކަލޭމެންގެ އަންހެންދަރިން ލައްވައި އަތަރު ހައްދައި ކައްކުވައި ހެދިކާ ހައްދަން ޖައްސާނެ.
13 E tomará as vossas filhas para perfumistas, cozinheiras e padeiras.
14 އަދި ކަލޭމެންގެ އެންމެ ރަނގަޅު މޭބިސްކަދުރު ޒައިތޫނި ދަނޑުފަނގު އަތުލައި އެމީހުންގެ އަރިސް މީސްމީހުންނަށް ދޭނެ.
14 E tomará o melhor das vossas terras, e das vossas vinhas, e dos vossos olivais e os dará aos seus criados.
15 އަދި ކަލޭމެންގެ ގޮވާމުންނާއި މޭބިސްކަދުރުން ދިހަބައިކުޅަ އެއްބައި ނަގައި އެމީހުންގެ އިސްވެރިންނާއި އަރިސް މީހުންނަށް ދޭނެ.
15 E as vossas sementes e as vossas vinhas dizimará, para dar aos seus eunucos e aos seus criados.
16 އަދި ކަލޭމެންގެ އަންހެން ފިރިހެން އަޅުންނާއި ކަލޭމެންގެ ދުޅަހެޔޮ ހިމާރުތަކާއި ގެރިބަކަރި ޖަނަވާރުތައް އެމީހުންގެ ބޭނުމަށް ގެންދާނެ.
16 Também os vossos criados, e as vossas criadas, e os vossos melhores jovens, e os vossos jumentos tomará e os empregará no seu trabalho.
17 އަދި ކަލޭމެންގެ ގެރިބަކަރީގެ ދިހަބައިކުޅަ އެއްބައި އަތުލައި އަދި ކަލޭމެން ވެސް ރަސްގެފާނުގެ އަޅުންނަށް ހަދާފާނެ.
17 Dizimará o vosso rebanho, e vós lhe servireis de criados.
18 އެދުވަސް އައުމުން ކަލޭމެން އަމިއްލައަށް ޚިޔާރު ކުރި ރަސްގެފާނުގެ ކިބައިން މިންޖު ނުވެވިގެން ކަލޭމެން މާތްރަސްކަލާނގެއަށް ދަންނަވާނެ. އެ ދުވަހަކުން އެކަލާނގެ ކަލޭމެންނަކަށް މަދަދެއް ނުދެއްވާނެ.⁠“
18 Então, naquele dia, clamareis por causa do vosso rei, que vós houverdes escolhido; mas o Senhor não vos ouvirá naquele dia.
19 އެކަމަކު އެމީހުން ޞަމޫއީލްގެ އަޑެއް ނޭއްސެވެ. ”⁠ނޫނެކޭ.⁠“ އެމީހުން ބުންޏެވެ. ”⁠އަހަރެމެންގެ މައްޗަށް ރަސްކަލަކު އިސްކޮށްދީ.
19 Porém o povo não quis ouvir a voz de Samuel; e disseram: Não, mas haverá sobre nós um rei.
20 އޭރުން އެހެނިހެން ޤައުމުތައް ފަދައިން އަހަރެމެންގެ ހަނގުރާމަ ކޮށްދީ އަހަރެމެންގެ މައްޗަށް ވެރިކަން ކޮށްދޭނެ މީހަކު ހުންނާނެ.⁠“
20 E nós também seremos como todas as outras nações; e o nosso rei nos julgará, e sairá adiante de nós, e fará as nossas guerras.
21 ޞަމޫއީލް އެމީހުން ދެއްކި ހުރިހާ ވާހަކައެއް އަޑު އެހުމަށް ފަހު މާތްރަސްކަލާނގެ ޙަޟްރަތުގައި އެވާހަކަތައް ދެންނެވިއެވެ.
21 Ouvindo, pois, Samuel todas as palavras do povo, as falou perante os ouvidos do Senhor .
22 މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ކަލޭ އެމީހުން އެދޭ ފަދައިން އެމީހުންގެ މައްޗައް ރަސްކަލަކު އިސްކޮށްދީ!⁠“ ދެން ޞަމޫއީލް އެމީހުންނަށް ބުންޏެވެ. ”⁠ކަލޭމެން އެނބުރި ރަށަށްދޭ. ތިޔަ ކަންތައް ހަމަޖެހޭނެ.⁠“
22 Então, o Senhor disse a Samuel: Dá ouvidos à sua voz, constitui-lhes rei. Então, Samuel disse aos filhos de Israel: Vá-se cada qual à sua cidade.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Samuel 8, comparar traduções ou montar um estudo — tudo direto pelo WhatsApp.