1 Samuel 27

ކިތާބުލް މުޤައްދަސް (DIV) vs NVT

Sair da comparação
NVT Nova Versão Transformadora
1 ދާއޫދު ހިތަށް އަރައްޕެވެ. ”⁠މިހެން އުޅެނިކޮށް ޝާއުލްގެފާނު އަނެއްފަހަރު އައިސް އަހަރެންގެ ދުވަސް ދުއްވާލާނެ. އިސްރާއީލުގެ ސަރަހައްދު ދޫކޮށް ފިލިސްޠީނުންގެ އަވަށްތަކަށް ދާންވީ. އޭރަކުން ޝާއުލްގެފާނު އަހަރެން ހޯދާކަށް މި ސަރަހައްދެއް ނުބަލާނެ. އޭރުން އަހަންނަށް ސަލާމަތުން އުޅެވިދާނެ.⁠“
1 Davi, porém, pensou: “Um dia, Saul me apanhará. O melhor que tenho a fazer é fugir para a terra dos filisteus. Então Saul deixará de me perseguir em todo o território de Israel e, por fim, estarei seguro”.
2 ދެން ދާއޫދުގެ ހަ ސަތޭކަ ސިފައިންނާއި އެކު ޖައްތުއަށް ގޮސް މާއޯޚު ދަރި އަޚީޝް ރަސްގެފާނު ކައިރިއަށް ހިނގައްޖެއެވެ.
2 Assim, Davi levou os seiscentos homens e foi até Aquis, filho de Maoque, rei de Gate.
3 ދާއޫދާއި އޭނާގެ ސިފައިން އަނބިދަރިންނާ އެކު ޖައްތުގައި ދިރިއުޅެން ފަށައިފިއެވެ. ދާއޫދުގެ ދެ އަނބިން ކަމަށްވާ ޔަޒްރަޢީލުގެ އަޚީނޫޢަމް އާއި ކަރުމިލްގެ އަބީޖާއިލް ގެންދިޔަ އެވެ. އެއީ ނާބާލްގެ ހުވަފަތް އަންހެނުންނެވެ.
3 Davi, seus soldados e suas famílias se estabeleceram ali com Aquis, em Gate. Davi levou suas duas esposas, Ainoã, de Jezreel, e Abigail, viúva de Nabal, do Carmelo.
4 ޝާއުލްގެފާނަށް ދާއޫދު ފިލައިގެން ޖައްތުއަށް ދިޔަ ޚަބަރު ލިބުމުން އޭނާ ހޯދުން ހުއްޓަވާ ލައްވައިފި އެވެ.
4 Quando Saul soube que Davi tinha fugido para Gate, deixou de persegui-lo.
5 ދުވަސްކޮޅެއްފަހުން އަޚީޝް ރަސްގެފާނަށް ދާއޫދު ދަންނަވައިފިއެވެ. ”⁠ކަލޭގެފާނު ރުހި ވަޑައިގަންނަވާ ނަމަ އަޅުގަނޑުމެން އުޅެން ތަންކޮޅެއް ދުރު އަވަށެއް ހަމަޖައްސަވައި ދެއްވާފާނުތޯ؟ މަނިކުފާނުގެ ޚާދިމުން ޝާހީ ސަހަރުގައި އުޅެން ވެދާނެ ތޯ؟⁠“
5 Certo dia, Davi disse a Aquis: “Se parecer bem ao meu senhor, preferimos viver em uma das cidades no campo. Seu servo não precisa morar na cidade real”.
6 މިހެން ދެންނެވުމުން އަޚީޝް ރަސްގެފާނު އެމީހުން އުޅެން ޞިޤްލަޣު ހަމަޖައްސަވައި ދެއްވިއެވެ. މިރަށް އޭގެ ފަހުން އޮތީ ޔަހޫޛާގެ ރަށެއްގެ ގޮތުގައެވެ.
6 Então Aquis lhe deu a cidade de Ziclague, que pertence aos reis de Judá até hoje,
7 ދާއޫދު ފިލިސްޠީނުންގެ އަވަށުގައި އަހަރަކާ ހަތަރު މަސް ވަންދެން އުޅުނެވެ.
7 e Davi viveu um ano e quatro meses entre os filisteus.
8 މިހެން އުޅެފައި ދާއޫދާއި އޭނާގެ މީހުން އެ ހިސާބުގައި އުޅޭ ޖަރުޒީއިންނާއި ޢަމާލިޤީންނާއި ޖަޝޫރީންނަށް ހަމަލާ ދީފިއެވެ. (އަންދުވަހުން ފެށިގެން ވެސް މި މީހުންނަކީ މިޞްރާއި ޝޫރާއި ދެމެދުގައި އުޅެމުން އައިސްފައިވާ ބަޔެކެވެ.)
8 Partindo de Ziclague, Davi e seus homens atacavam os gesuritas, os gersitas e os amalequitas, povos que desde tempos muito antigos viviam perto de Sur, até a terra do Egito.
9 މިއިން އެއްވެސް ރަށެއްގައި ދިރިހުރި އަންހެނެއް ފިރިހެނެއް ނުބަހައްޓައެވެ. އެކަމަކު އެމީހުންގެ ގެރިބަކަރި ތަކާއި ހިމާރާއި ކަންބަޅި ތަކާއި ޖަމަލު ތަކާއި އަންނައުނުތައް އަތުލައިގަނެ އެވެ. ދެން ދާއޫދު އަޚީޝް ގާތަށް ދެއެވެ.
9 Davi não deixava nenhum sobrevivente, homem ou mulher, nos povoados que atacava. Antes de comparecer à presença do rei Aquis, tomava ovelhas, gado, jumentos, camelos e roupas.
10 އަޚީޝް ރަސްގެފާނު އައްސަވަ އެވެ. ”⁠މިއަދު އަރައިގަތީ ކޮން ހިސާބަކަށް ތަ؟⁠“ ދާއޫދު ދަންނަވައެވެ. ”⁠ޔަހޫޛާގެ ދެކުނު ހިސާބަށް⁠“ ނޫނީ ”⁠ދެކުނުގައިވާ ޔަރުހަމުއިލީންނަށް⁠“ ނޫނީ ”⁠ދެކުނުގައިވާ ޤައިނީންނަށް.⁠“
10 “Que lugar você atacou hoje?”, perguntava Aquis. E Davi respondia: “O sul de Judá, a região dos jerameelitas e dos queneus”.
11 ދާއޫދު ކަންތައް ކުރާ ގޮތުގެ ވާހަކަ ޖައްތުއަށް އައިސް ބުނާނެ މީހަކު ދިރި އެއް ނުހުރެއެވެ. އޭނާ ފިލިސްޠީނުގައި ހުރިހާ ދުވަހަކު މިކަންތައް މިގޮތުގައި ތަކުރާރު ވަމުން ދިޔައެވެ.
11 Davi não deixava nenhum sobrevivente, homem ou mulher, para ir a Gate e contar onde ele havia estado de fato. Isso acontecia repetidamente, enquanto ele vivia entre os filisteus.
12 އަޚީޝް ރަސްގެފާނު ދާއޫދު ބުނާ އެއްޗެއް ގަބޫލު ކުރައްވަ އެވެ. ރަސްގެފާނު ހީ ކުރައްވަނީ އިސްރާއީލީން ދާއޫދު ދެކެ ވަރަށް ރުޅި އަންނާނެ ކަމަށެވެ. އެހެންކަމުން އެރަސްގެފާނުގެ ޚިދުމަތުގައި ތާއަބަދަށް ދާއޫދު އުޅެން ރަސްގެފާނު ބޭނުންފުޅު ވެއެވެ.
12 Aquis acreditava em Davi e pensava: “A esta altura, o povo de Israel deve odiá-lo muito. Agora ele ficará aqui e me servirá para sempre!”.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Samuel 27, comparar traduções ou montar um estudo — tudo direto pelo WhatsApp.