1 Samuel 23

ކިތާބުލް މުޤައްދަސް (DIV) vs NAA

Sair da comparação
NAA Nova Almeida Atualizada 2017
1 ފިލިސްޠީނުން ޤަޢީލާގެ އަވަށަށް އަރައި އެއަވަށުގެ މީހުންނަށް ހަމަލަދީ ގޮވާން ތޮށިނޮޅާ ދަނޑުބިންތައް ލޫޓުވަމުން ދާ ކަމުގެ ޚަބަރު ދާއޫދަށް އިވިއްޖެއެވެ.
1 Então disseram a Davi: — Eis que os filisteus estão atacando a cidade de Queila e saqueando as eiras.
2 ދާއޫދު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠މިއަޅާ ގޮސް ފިލިސްޠީނުންނަށް ހަމަލަ ދޭންވީތޯ.⁠“
2 Davi consultou o Senhor , perguntando: — Devo ir e atacar esses filisteus? O — Vá, ataque os filisteus, e livre a cidade de Queila.
3 އެކަމަކު ދާއޫދާއެކު ތިބި މީހުން ބުނެއްޕެވެ. ”⁠އަހަރެމެން ޔަހޫޛާގެ މިރަށުގައި ވެސް މިތިބީ ބިރުން. އަހަރެމެން ފިލިސްޠީނުންނާ ހަނގުރާމައަށް ދާން އަދި ކިހާ ބިރެއް ގަންނާނެތަ؟⁠“
3 Porém os homens de Davi lhe disseram: — Temos medo aqui em Judá, quanto mais indo a Queila lutar contra as tropas dos filisteus.
4 ދާއޫދު އަނެއްފަހަރު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠ޤަޢީލާއަށް ގޮސް ފިލިސްޠީނުންނަށް ހަމަލަދީ. ތިމަންކަލާނގެ ކަލޭމެންނަށް ނަސްރު ދޭނަން.⁠“
4 Então Davi tornou a consultar o Senhor , e o Senhor lhe respondeu: — Levante-se e vá até Queila, porque estou entregando os filisteus em suas mãos.
5 ދެން ދާއޫދުއާއި އޭނާގެ މީހުން ޤަޢީލާއަށް އަރައި ފިލިސްޠީނުންނަށް ހަމަލަދީ އެމީހުންގެ އެތައް ބަޔަކު މަރާލައި ޖަނަވާރުތައް އަތުލައި އެރަށް ސަލާމަތް ކޮށްފިއެވެ.
5 Então Davi e os seus homens foram a Queila, lutaram contra os filisteus e tomaram todo o gado deles. E causaram grande matança entre eles. Assim, Davi salvou os moradores de Queila.
6 (މި ހިނދު އަބިޔާތަރު ފިލައިގެން ދާއޫދުގެ ގާތަށް އައިއިރު އައީ އަޅުކަމުގެ ޖުއްބާ އަފޫދު ވެސް ހިފައިގެންނެވެ.)
6 Aconteceu que, quando Abiatar, filho de Aimeleque, fugiu para junto de Davi, em Queila, levou a estola sacerdotal.
7 ދާއޫދު ޤަޢީލާގައި އުޅޭ ޚަބަރު ޝާއުލްގެފާނަށް އިވި ވަޑައިގަތުމުން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މާތްކަލާނގެ އަހަރެންގެ އަތްދަށަށް ދާއޫދު ގެނެސް ދެއްވައިފި. އެހެނީ އެރަށަކީ ބޮޑު ދޮރާއްޓެއް ލައި ތޭރި ޖަހައި ބަންދު ކުރެވޭނެ ގޮތަށް ހުރި ރަށެއް. އޭނާ އަހަރެންގެ ދަންތުރައިގައި ޖެހިއްޖެ.⁠“
7 Foi anunciado a Saul que Davi tinha ido a Queila. Então Saul disse: — Deus o entregou nas minhas mãos. Está cercado, pois entrou numa cidade de portões e ferrolhos.
8 ދެން ރަސްގެފާނުގެ އަމުރުފުޅަށް މުޅި ލަޝްކަރު އެއްކުރައްވައި ދާއޫދާއި އޭނާގެ މީހުން ޙިސާރުކުރުމަށް އަމުރު ކުރައްވައިފިއެވެ.
8 Então Saul mandou chamar todo o povo para a batalha, para que descessem a Queila e cercassem Davi e os seus homens.
9 މި ޚަބަރު ލިބިގެން އަފޫދު ޖުއްބާ ގެންނަން ދާއޫދު އަބިޔާތަރުއަށް އެންގިއެވެ.
9 Quando Davi soube que Saul maquinava o mal contra ele, disse ao sacerdote Abiatar: — Traga aqui a estola sacerdotal.
10 ދާއޫދު ދުޢާ ދެންނެވިއެވެ. ”⁠އޭ އިސްރާއީލީންގެ ވެރި މާތްރަސްކަލާނގެ، މާތްކަލާނގެ! މިއަޅާ އަޑު އަހައިފިން ޝާއުލްގެފާނު ޤަޢީލާއަށް ވަޑައިގެން މިއަޅާއާ ހެދި މި ސަހަރު ނައްތާލައްވަން އުޅޭ ޚަބަރު.
10 Então Davi orou: — Ó
11 ޤަޢީލާގެ މީހުން މިއަޅާ ޝާއުލްގެފާނާ ހަވާލު ކޮށްފާނެ ތޯ؟ އެކަލޭގެފާނު މިރަށަށް ހަމަ ވަޑައިގެންފާނެ ތޯ؟ އިސްރާއީލުގެ އިލާހު، މާތްކަލާނކޯ! މިއަޅާއަށް އެކަން އަންގަވައި ދެއްވަވާނދޭވެ!⁠“
11 Será que os moradores de Queila me entregarão nas mãos dele? Será que Saul virá mesmo, como o teu servo ouviu? Ah! Senhor , Deus de Israel, revela isto ao teu servo. E o — Ele virá.
12 ދާއޫދު ދެންނެވިއެވެ. ”⁠ޤަޢީލާގެ ވެރިން މިއަޅާއާއި މިއަޅާގެ ސިފައިން އެކަލޭގެފާނާ ހަވާލު ކޮށްފާނެ ތޯ؟⁠“
12 Então Davi perguntou: — E será que os moradores de Queila me entregarão, juntamente com os meus servos, nas mãos de Saul? O — Entregarão.
13 ދާއޫދުއާއި އޭނާގެ ކައިރީގައި ތިބި ހަ ސަތޭކައެއްހާ ސިފައިން އަވަހަށް ޤަޢީލާއިން ނުކުމެ އެއްތަނުން އަނެއް ތަނަށް ދަތުރު ކުރަން ފަށައިފިއެވެ. ދާއޫދު އެރަށުން ނުކުތް ޚަބަރު ލިބުމުން ޝާއުލްގެފާނު އެ ރަށަކަށް ވަޑައެއް ނުގެންނެވިއެވެ.
13 Então Davi e os seus homens, que eram uns seiscentos, saíram de Queila e se foram sem rumo certo. Quando foi anunciado a Saul que Davi tinha fugido de Queila, deixou de persegui-lo.
14 ދާއޫދު ފަރުބަދަތަކުގެ ތެރޭގައިއާއި ޒީފު ސަހަރާގެ ތެރޭގައި ފިލަފިލައިގެން އުޅެމުން ދިޔައެވެ. ޝާއުލްގެފާނު ދާއޫދު ހޯދަން ލައްކަ މަސައްކަތް ކުރެއްވިއެވެ. އެކަމަކު މާތްކަލާނގެ ޝާއުލްގެފާނުގެ އަތްދަށަށް ދާއޫދު ދިޔަކަ ނުދެއްވިއެވެ.
14 Davi permaneceu no deserto, nos lugares seguros, e ficou na região montanhosa no deserto de Zife. Saul buscava-o todos os dias, porém Deus não o entregou nas suas mãos.
15 ދާއޫދު ޒީފުގެ ހޫރީޝްގައި އުޅެނިކޮށް ޝާއުލްގެފާނު އޭނާ އަތުލައިގަންނަން އަންނަ ޚަބަރު ލިބިއްޖެއެވެ.
15 Quando Davi percebeu que Saul tinha saído para tirar-lhe a vida, ficou no deserto de Zife, em Horesa.
16 އެކަމަކު ޝާއުލްގެފާނުގެ ދަރިކަލުން ޔޫނަތައިން އައިސް ދާއޫދަށް މާތްކަލާނގެއަށް އިތުބާރު ކުރުމަށް ހިތްވަރު ދިނެވެ.
16 Então Jônatas, filho de Saul, se levantou e foi falar com Davi, em Horesa, e lhe fortaleceu a confiança em Deus.
17 ”⁠ބިރު ނުގަނޭ. ބައްޕައަކަށް ކަލޭ އަތުލައެއް ނުގަނެވޭނެ. އަސްލުގައި އިސްރާއީލުގެ ރަސްކަލަކަށް ވާނީ ކަލޭ. އަހަރެން ހުންނާނީ ކަލޭގެ ދަށުގައި ދެވަނަ މީހަކަށް. ބައްޕައަށް ވެސް މިކަން އެނގޭ.⁠“
17 Jônatas disse: — Não tenha medo, porque a mão de Saul, meu pai, não encontrará você. Você será rei de Israel, e eu serei o segundo depois de você, o que também Saul, meu pai, bem sabe.
18 އެދެމީހުންގެ ދެމެދުގައި މި ގޮތަށް މާތްރަސްކަލާނގެ ކުރިފުޅުމަތީ ޢަހުދު ކަށަވަރު ކުރުމަށް ފަހު ޔޫނަތައިން އެނބުރި ހިނގައްޖެއެވެ. އެހެނަސް ދާއޫދު ހޫރީޝްގައި ހުރެއްޖެއެވެ.
18 E ambos fizeram aliança diante do Senhor . Davi ficou em Horesa, e Jônatas voltou para casa.
19 މި ހިނދު ޒީފުގެ މީހުން ޖިބްޢާއަށް ގޮސް ޝާއުލް ރަސްގެފާނަށް ދަންނަވައްޕެވެ. ”⁠ދާއޫދު އެބަ އުޅޭ ޔަޝީމޫންގެ ދެކުނުގައިވާ ހޫރީޝް ގައިވާ ޙަޚީލާ ފަރުބަދަ މަތީ ހިސާބުގައި.
19 Então os zifeus foram falar com Saul, em Gibeá, dizendo: — Não é verdade que Davi está escondido entre nós, nos lugares seguros de Horesa, no monte Haquila, ao sul de Jesimom?
20 ކަލޭގެފާނު އޭނާ އަތުލައިގަންނަވަން ބޭނުފުޅުވާވަރު އަޅުގަނޑުމެންނަށް އެނގޭ. ކަލޭގެފާނު ވަޑައިގަންނަވާ އިރަށް އަޅުގަނޑުމެން ކަލޭގެފާނާ އޭނާ ހަވާލު ކުރާނަން.⁠“
20 Agora, ó rei, conforme o desejo do seu coração, venha, que a nós nos compete entregar Davi nas mãos do rei.
21 ރަސްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންނަށް މާތްރަސްކަލާނގެ ބަރަކާތް ލައްވާށި. ކަލޭމެން ތިޔަ ކޮށްދިނީ ވަރަށް ބޮޑު ހެޔޮކަމެއް.
21 Saul respondeu: — Que vocês sejam benditos do
22 ދޭ ގޮސް އޭނާ އުޅޭ ތަނަކާ އޭނާ ބައްދަލު ކޮށް އުޅޭ ބަޔަކާ ރަނގަޅަށް އޮޅުން ފިލުވާ. އަހަރެން އަޑު އަހާ ގޮތުގައި އޭނާއަކީ ވަރަށް މަކަރު ގަދަ މީހެއް.
22 Vão, agora, e informem-se ainda melhor. Descubram o lugar que ele frequenta e quem o viu ali, porque me foi dito que ele é muito astuto.
23 އޭނާ ފިލާ ހުންނަ ހުރިހާ ތަނެއް ބަލައި އޮޅުން ފިލުވައިގެން އައިސް އަހަންނަށް އަންގާ. އޭނާ ތިޔަ ސަރަހައްދުގައި ހުރިނަމަ އަހަރެން ކަލޭމެންނާއެކު ދާނަން. އަހަރެން މިހިރީ ޔަހޫޛާގެ ހުރިހާ ސަރަހައްދެއް ހޯދަން ޖެހުނު ކަމުގައިވިޔަސް އޭނާ ހުރި ތަނެއް ހޯދަން ތައްޔާރަށް.⁠“
23 Por isso, prestem bem atenção e informem-se a respeito de todos os esconderijos em que ele se oculta. Voltem para cá com informações seguras, e então eu irei com vocês. Se ele estiver na região, irei procurá-lo entre todos os milhares de Judá.
24 ޒީފުގެ މީހުން އެނބުރި ހިނގައްޖެއެވެ. އެމީހުން ދިޔަ ތަނާހެން ޝާއުލްގެފާނު ސިފައިންނާއެކު އެރަށަށް ވަޑައިގެންފިއެވެ. އޭރު ވެސް ދާއޫދާއި އޭނާގެ މީހުން ވީ މަޢޫނު ސަހަރާގައި ދެކުނުން އޮންނަ ޔަޝީމޫންގެ ސަހަރާތެރޭގައެވެ.
24 Então eles se levantaram e se foram a Zife, adiante de Saul. Ora, Davi e os seus homens estavam no deserto de Maom, na planície, ao sul de Jesimom.
25 ޝާއުލްގެފާނަށް ދާއޫދު ވީ މަޢޫނުގައި ކަން އެނގިވަޑައިގަތުމުން އެކަލޭގެފާނުގެ ސިފައިން އެތަނަށް ދާން ތައްޔާރު ވެއްޖެއެވެ. އެކަމަކު މި ޚަބަރު ދާއޫދަށް އިވުމުން އޭނާ މަޢޫނު ސަހަރާގައި ފިލާ ހުރެވޭނެ ހިލައެއްގެ ފުރަގަހަށް ހިނގައްޖެއެވެ.
25 Saul e os seus homens foram ao encalço dele, e isto foi dito a Davi. Por isso ele foi para a rocha que está no deserto de Maom. Quando Saul soube disso, perseguiu Davi no deserto de Maom.
26 ޝާއުލްގެފާނުގެ ސިފައިން އެފަރުބަދަގަނޑުގެ އެއްފަރާތަށް ދާއިރަށް ދާއޫދުގެ މީހުން އޭގެ އަނެއް ފަރާތަށް ދެއެވެ. ދާއޫދުއާއި އޭނާގެ މީހުން އުޅުނީ ޝާއުލްގެފާނުގެ އަތްދަށުނުވެ ރައްކާވާށެވެ.
26 Saul ia de um lado do monte, e Davi e os seus homens, do outro. Davi se apressou em fugir para escapar de Saul, porém este e os seus homens cercaram Davi e os seus homens para os prender.
27 އެވަގުތު ޚަބަރު ހިފައިގެން އައި މީހަކު އައިސް ޝާއުލްގެފާނަށް ދެންނެވިއެވެ. ”⁠އަވަހަށް ވަޑައިގަންނަވާ. ފިލިސްޠީނުން އައިސް އިސްރާއީލީންނަށް ހަމަލަ ދީ ހުރިހާ އެއްޗެއް ކޮޅައި ނަގަން ފަށައިފި.⁠“
27 Então veio um mensageiro a Saul, dizendo: — Venha depressa, porque os filisteus invadiram a terra.
28 ދެން ޝާއުލްގެފާނު ދާއޫދު ދޫކޮށްލައްވާފައި ފިލިސްޠީނުންނާ ދިމާކުރައްވަން ވަޑައިގެންވި އެވެ. އެ ހިލައަށް ”⁠ސަލާމަތުގެ ހިލައޭ⁠“ ކިޔަނީ އެހެންވެ އެވެ.
28 Por isso Saul desistiu de perseguir Davi e foi lutar contra os filisteus. Por esta razão, aquele lugar se chamou Sela-Hamalecote.
29 ދާއޫދު މައޫނު ސަހަރާ ދޫކޮށް ޢައިނު ޖަދްޔި ސަހަރާއަށް ގޮސް އެތަނުގައި ފިލައިފި އެވެ.
29 Davi partiu daquele lugar e ficou nos lugares seguros de En-Gedi.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Samuel 23, comparar traduções ou montar um estudo — tudo direto pelo WhatsApp.