1 Samuel 23
ކިތާބުލް މުޤައްދަސް (DIV) vs BKJ
1 ފިލިސްޠީނުން ޤަޢީލާގެ އަވަށަށް އަރައި އެއަވަށުގެ މީހުންނަށް ހަމަލަދީ ގޮވާން ތޮށިނޮޅާ ދަނޑުބިންތައް ލޫޓުވަމުން ދާ ކަމުގެ ޚަބަރު ދާއޫދަށް އިވިއްޖެއެވެ.
1 Eles, então, contaram a Davi, dizendo: Eis que os filisteus lutam contra Queila, e roubam as eiras.
2 ދާއޫދު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”މިއަޅާ ގޮސް ފިލިސްޠީނުންނަށް ހަމަލަ ދޭންވީތޯ.“
2 Portanto, Davi consultou o SENHOR, dizendo: Devo ir e ferir estes filisteus? E o SENHOR disse a Davi: Vai e fere os filisteus, e salva Queila.
3 އެކަމަކު ދާއޫދާއެކު ތިބި މީހުން ބުނެއްޕެވެ. ”އަހަރެމެން ޔަހޫޛާގެ މިރަށުގައި ވެސް މިތިބީ ބިރުން. އަހަރެމެން ފިލިސްޠީނުންނާ ހަނގުރާމައަށް ދާން އަދި ކިހާ ބިރެއް ގަންނާނެތަ؟“
3 E os homens de Davi lhe disseram: Eis que estamos temerosos aqui em Judá; quanto mais se formos a Queila contra os exércitos dos filisteus?
4 ދާއޫދު އަނެއްފަހަރު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ”ޤަޢީލާއަށް ގޮސް ފިލިސްޠީނުންނަށް ހަމަލަދީ. ތިމަންކަލާނގެ ކަލޭމެންނަށް ނަސްރު ދޭނަން.“
4 Então, Davi consultou o SENHOR mais uma vez. E o SENHOR lhe respondeu e disse: Levanta-te, desce até Queila; pois eu entregarei os filisteus na tua mão.
5 ދެން ދާއޫދުއާއި އޭނާގެ މީހުން ޤަޢީލާއަށް އަރައި ފިލިސްޠީނުންނަށް ހަމަލަދީ އެމީހުންގެ އެތައް ބަޔަކު މަރާލައި ޖަނަވާރުތައް އަތުލައި އެރަށް ސަލާމަތް ކޮށްފިއެވެ.
5 Assim, Davi e os seus homens foram a Queila, e lutaram contra os filisteus, e trouxeram o seu gado, e os feriram com um grande massacre. Assim, Davi salvou os habitantes de Queila.
6 (މި ހިނދު އަބިޔާތަރު ފިލައިގެން ދާއޫދުގެ ގާތަށް އައިއިރު އައީ އަޅުކަމުގެ ޖުއްބާ އަފޫދު ވެސް ހިފައިގެންނެވެ.)
6 E sucedeu que, quando Abiatar, o filho de Aimeleque, fugiu até Davi, a Queila, ele desceu com um éfode na sua mão.
7 ދާއޫދު ޤަޢީލާގައި އުޅޭ ޚަބަރު ޝާއުލްގެފާނަށް އިވި ވަޑައިގަތުމުން އެކަލޭގެފާނު ވިދާޅުވިއެވެ. ”މާތްކަލާނގެ އަހަރެންގެ އަތްދަށަށް ދާއޫދު ގެނެސް ދެއްވައިފި. އެހެނީ އެރަށަކީ ބޮޑު ދޮރާއްޓެއް ލައި ތޭރި ޖަހައި ބަންދު ކުރެވޭނެ ގޮތަށް ހުރި ރަށެއް. އޭނާ އަހަރެންގެ ދަންތުރައިގައި ޖެހިއްޖެ.“
7 E Saul foi informado que Davi havia chegado a Queila. E Saul disse: Deus o entregou na minha mão; pois está cercado, ao entrar em uma cidade que tem portões e barras.
8 ދެން ރަސްގެފާނުގެ އަމުރުފުޅަށް މުޅި ލަޝްކަރު އެއްކުރައްވައި ދާއޫދާއި އޭނާގެ މީހުން ޙިސާރުކުރުމަށް އަމުރު ކުރައްވައިފިއެވެ.
8 E Saul chamou todo o povo à guerra, para descer a Queila, para sitiar Davi e os seus homens.
9 މި ޚަބަރު ލިބިގެން އަފޫދު ޖުއްބާ ގެންނަން ދާއޫދު އަބިޔާތަރުއަށް އެންގިއެވެ.
9 E Davi soube que Saul praticava, secretamente, maldades contra ele; e disse a Abiatar, o sacerdote: Traz-me aqui o éfode.
10 ދާއޫދު ދުޢާ ދެންނެވިއެވެ. ”އޭ އިސްރާއީލީންގެ ވެރި މާތްރަސްކަލާނގެ، މާތްކަލާނގެ! މިއަޅާ އަޑު އަހައިފިން ޝާއުލްގެފާނު ޤަޢީލާއަށް ވަޑައިގެން މިއަޅާއާ ހެދި މި ސަހަރު ނައްތާލައްވަން އުޅޭ ޚަބަރު.
10 Então, disse Davi: Ó SENHOR Deus de Israel, o teu servo certamente ouviu que Saul procura vir a Queila, para destruir a cidade por minha causa.
11 ޤަޢީލާގެ މީހުން މިއަޅާ ޝާއުލްގެފާނާ ހަވާލު ކޮށްފާނެ ތޯ؟ އެކަލޭގެފާނު މިރަށަށް ހަމަ ވަޑައިގެންފާނެ ތޯ؟ އިސްރާއީލުގެ އިލާހު، މާތްކަލާނކޯ! މިއަޅާއަށް އެކަން އަންގަވައި ދެއްވަވާނދޭވެ!“
11 Entregar-me-ão os homens de Queila à sua mão? Descerá Saul, segundo ouviu o teu servo? Ó SENHOR Deus de Israel, eu te suplico, diz ao teu servo. E o SENHOR disse: Ele descerá.
12 ދާއޫދު ދެންނެވިއެވެ. ”ޤަޢީލާގެ ވެރިން މިއަޅާއާއި މިއަޅާގެ ސިފައިން އެކަލޭގެފާނާ ހަވާލު ކޮށްފާނެ ތޯ؟“
12 Então, disse Davi: Entregarão os homens de Queila a mim e os meus homens na mão de Saul? E o SENHOR disse: Eles te entregarão.
13 ދާއޫދުއާއި އޭނާގެ ކައިރީގައި ތިބި ހަ ސަތޭކައެއްހާ ސިފައިން އަވަހަށް ޤަޢީލާއިން ނުކުމެ އެއްތަނުން އަނެއް ތަނަށް ދަތުރު ކުރަން ފަށައިފިއެވެ. ދާއޫދު އެރަށުން ނުކުތް ޚަބަރު ލިބުމުން ޝާއުލްގެފާނު އެ ރަށަކަށް ވަޑައެއް ނުގެންނެވިއެވެ.
13 Então, Davi e os seus homens, os quais eram cerca de seiscentos, levantaram-se e partiram de Queila e foram para onde quer que conseguiram ir. E Saul foi informado que Davi havia escapado de Queila; e ele refreou de seguir adiante.
14 ދާއޫދު ފަރުބަދަތަކުގެ ތެރޭގައިއާއި ޒީފު ސަހަރާގެ ތެރޭގައި ފިލަފިލައިގެން އުޅެމުން ދިޔައެވެ. ޝާއުލްގެފާނު ދާއޫދު ހޯދަން ލައްކަ މަސައްކަތް ކުރެއްވިއެވެ. އެކަމަކު މާތްކަލާނގެ ޝާއުލްގެފާނުގެ އަތްދަށަށް ދާއޫދު ދިޔަކަ ނުދެއްވިއެވެ.
14 E Davi habitou no deserto, em fortalezas, e permaneceu em um monte no deserto de Zife. E Saul o procurava todos os dias, mas Deus não o entregou na sua mão.
15 ދާއޫދު ޒީފުގެ ހޫރީޝްގައި އުޅެނިކޮށް ޝާއުލްގެފާނު އޭނާ އަތުލައިގަންނަން އަންނަ ޚަބަރު ލިބިއްޖެއެވެ.
15 E Davi viu que Saul havia saído em busca da sua vida; e Davi estava no deserto de Zife, em um bosque.
16 އެކަމަކު ޝާއުލްގެފާނުގެ ދަރިކަލުން ޔޫނަތައިން އައިސް ދާއޫދަށް މާތްކަލާނގެއަށް އިތުބާރު ކުރުމަށް ހިތްވަރު ދިނެވެ.
16 E Jônatas, filho de Saul, levantou-se e foi até Davi, no bosque, e fortaleceu a sua mão em Deus.
17 ”ބިރު ނުގަނޭ. ބައްޕައަކަށް ކަލޭ އަތުލައެއް ނުގަނެވޭނެ. އަސްލުގައި އިސްރާއީލުގެ ރަސްކަލަކަށް ވާނީ ކަލޭ. އަހަރެން ހުންނާނީ ކަލޭގެ ދަށުގައި ދެވަނަ މީހަކަށް. ބައްޕައަށް ވެސް މިކަން އެނގޭ.“
17 E ele lhe disse: Não temas; pois a mão de Saul, meu pai, não te achará; e tu serás rei sobre Israel, e eu estarei junto a ti; e isto também o meu pai o sabe.
18 އެދެމީހުންގެ ދެމެދުގައި މި ގޮތަށް މާތްރަސްކަލާނގެ ކުރިފުޅުމަތީ ޢަހުދު ކަށަވަރު ކުރުމަށް ފަހު ޔޫނަތައިން އެނބުރި ހިނގައްޖެއެވެ. އެހެނަސް ދާއޫދު ހޫރީޝްގައި ހުރެއްޖެއެވެ.
18 E os dois fizeram um pacto diante do SENHOR; e Davi habitou no bosque, e Jônatas foi para a sua casa.
19 މި ހިނދު ޒީފުގެ މީހުން ޖިބްޢާއަށް ގޮސް ޝާއުލް ރަސްގެފާނަށް ދަންނަވައްޕެވެ. ”ދާއޫދު އެބަ އުޅޭ ޔަޝީމޫންގެ ދެކުނުގައިވާ ހޫރީޝް ގައިވާ ޙަޚީލާ ފަރުބަދަ މަތީ ހިސާބުގައި.
19 Então, os zifeus subiram até Saul, a Gibeá, dizendo: Não se esconde Davi conosco em fortalezas no bosque, no outeiro de Haquila, o qual fica ao sul de Jesimom?
20 ކަލޭގެފާނު އޭނާ އަތުލައިގަންނަވަން ބޭނުފުޅުވާވަރު އަޅުގަނޑުމެންނަށް އެނގޭ. ކަލޭގެފާނު ވަޑައިގަންނަވާ އިރަށް އަޅުގަނޑުމެން ކަލޭގެފާނާ އޭނާ ހަވާލު ކުރާނަން.“
20 Agora, portanto, ó rei, desce, segundo todo o desejo da tua alma em descer; e a nossa parte será entregá-lo na mão do rei.
21 ރަސްގެފާނު ވިދާޅުވިއެވެ. ”ކަލޭމެންނަށް މާތްރަސްކަލާނގެ ބަރަކާތް ލައްވާށި. ކަލޭމެން ތިޔަ ކޮށްދިނީ ވަރަށް ބޮޑު ހެޔޮކަމެއް.
21 E Saul disse: Benditos sejais vós do SENHOR; pois tendes compaixão de mim.
22 ދޭ ގޮސް އޭނާ އުޅޭ ތަނަކާ އޭނާ ބައްދަލު ކޮށް އުޅޭ ބަޔަކާ ރަނގަޅަށް އޮޅުން ފިލުވާ. އަހަރެން އަޑު އަހާ ގޮތުގައި އޭނާއަކީ ވަރަށް މަކަރު ގަދަ މީހެއް.
22 Ide, rogo-vos, preparai-vos ainda, e conheçais e vede onde é o seu lugar predileto, e quem ali o tem visto; pois foi-me informado que ele age mui sutilmente.
23 އޭނާ ފިލާ ހުންނަ ހުރިހާ ތަނެއް ބަލައި އޮޅުން ފިލުވައިގެން އައިސް އަހަންނަށް އަންގާ. އޭނާ ތިޔަ ސަރަހައްދުގައި ހުރިނަމަ އަހަރެން ކަލޭމެންނާއެކު ދާނަން. އަހަރެން މިހިރީ ޔަހޫޛާގެ ހުރިހާ ސަރަހައްދެއް ހޯދަން ޖެހުނު ކަމުގައިވިޔަސް އޭނާ ހުރި ތަނެއް ހޯދަން ތައްޔާރަށް.“
23 Vede, portanto, e tomai conhecimento de todos os lugares de espreita onde ele se oculta, e vinde novamente a mim com a certeza, e eu irei convosco; e sucederá que, se ele estiver na terra, eu o procurarei dentre todos os milhares de Judá.
24 ޒީފުގެ މީހުން އެނބުރި ހިނގައްޖެއެވެ. އެމީހުން ދިޔަ ތަނާހެން ޝާއުލްގެފާނު ސިފައިންނާއެކު އެރަށަށް ވަޑައިގެންފިއެވެ. އޭރު ވެސް ދާއޫދާއި އޭނާގެ މީހުން ވީ މަޢޫނު ސަހަރާގައި ދެކުނުން އޮންނަ ޔަޝީމޫންގެ ސަހަރާތެރޭގައެވެ.
24 E eles se levantaram e foram a Zife adiante de Saul; mas Davi e os seus homens estavam no deserto de Maom, na planície ao sul de Jesimom.
25 ޝާއުލްގެފާނަށް ދާއޫދު ވީ މަޢޫނުގައި ކަން އެނގިވަޑައިގަތުމުން އެކަލޭގެފާނުގެ ސިފައިން އެތަނަށް ދާން ތައްޔާރު ވެއްޖެއެވެ. އެކަމަކު މި ޚަބަރު ދާއޫދަށް އިވުމުން އޭނާ މަޢޫނު ސަހަރާގައި ފިލާ ހުރެވޭނެ ހިލައެއްގެ ފުރަގަހަށް ހިނގައްޖެއެވެ.
25 Saul e os seus homens também foram em sua procura. E avisaram a Davi; então ele desceu para dentro de uma rocha e habitou no deserto de Maom. E quando Saul ouviu isto, ele perseguiu Davi no deserto de Maom.
26 ޝާއުލްގެފާނުގެ ސިފައިން އެފަރުބަދަގަނޑުގެ އެއްފަރާތަށް ދާއިރަށް ދާއޫދުގެ މީހުން އޭގެ އަނެއް ފަރާތަށް ދެއެވެ. ދާއޫދުއާއި އޭނާގެ މީހުން އުޅުނީ ޝާއުލްގެފާނުގެ އަތްދަށުނުވެ ރައްކާވާށެވެ.
26 E Saul foi para este lado do monte, e Davi e os seus homens para aquele lado do monte; e Davi se apressou em fugir por temor a Saul; pois Saul e os seus homens cercaram Davi e os seus homens por todos os lados para apanhá-los.
27 އެވަގުތު ޚަބަރު ހިފައިގެން އައި މީހަކު އައިސް ޝާއުލްގެފާނަށް ދެންނެވިއެވެ. ”އަވަހަށް ވަޑައިގަންނަވާ. ފިލިސްޠީނުން އައިސް އިސްރާއީލީންނަށް ހަމަލަ ދީ ހުރިހާ އެއްޗެއް ކޮޅައި ނަގަން ފަށައިފި.“
27 Mas chegou um mensageiro a Saul, dizendo: Apressa-te e vem; pois os filisteus invadiram a terra.
28 ދެން ޝާއުލްގެފާނު ދާއޫދު ދޫކޮށްލައްވާފައި ފިލިސްޠީނުންނާ ދިމާކުރައްވަން ވަޑައިގެންވި އެވެ. އެ ހިލައަށް ”ސަލާމަތުގެ ހިލައޭ“ ކިޔަނީ އެހެންވެ އެވެ.
28 Pelo que Saul retornou da perseguição a Davi, e foi contra os filisteus; por isso chamaram aquele lugar de Selá-Hamalecote.
29 ދާއޫދު މައޫނު ސަހަރާ ދޫކޮށް ޢައިނު ޖަދްޔި ސަހަރާއަށް ގޮސް އެތަނުގައި ފިލައިފި އެވެ.
29 E Davi subiu dali, e habitou em fortalezas em En-Gedi.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar 1 Samuel 23, comparar traduções ou montar um estudo — tudo direto pelo WhatsApp.