Tiago 4
ކިތާބުލް މުޤައްދަސް (DIV) vs ACF
1 ކަލޭމެންގެ މެދުގައިވާ ދެބަސްވުންތަކާއި އަރާރުންވުންތައް އައީ ކޮންތަނަކުން ހެއްޔެވެ؟ އެއީ ކަލޭމެންގެ ހިތްތަކުގައިވާ އަމިއްލަ އެދުންތައް ކަލޭމެންނާއި ހަނގުރާމަ ކުރާތީއެވެ.
1 De onde vêm as guerras e pelejas entre vós? Porventura não vêm disto, a saber, dos vossos deleites, que nos vossos membros guerreiam?
2 ކަލޭމެންނަށް ލިބިގެންނުވާ ތަކެއްޗަށް އެދުންވެރިވާތީއެވެ. އަނެކުންނަށް ލިބިފައިވާ ތަކެއްޗާއިމެދު ކަލޭމެން ޙަސަދަވެރިވެ މީސްތަކުން މަރައި އެތަކެތި ހޯދުމަށް ދަހިވެތި ވާތީއެވެ. ނަމަވެސް ކަލޭމެން ލިބުމަށް އެދޭ ތަކެތި ކަލޭމެންނަށް ނުމެލިބޭނެއެވެ. އެހެންވީމާ ކަލޭމެން އެކަކު އަނެކަކަށް އަރާރުންވެ އަދި ތަޅާފޮޅަނީއެވެ. ކަލޭމެން ލިބުމަށް އެދިގެންވާ ތަކެތި ކަލޭމެންނަށް ލިބިގެންނުވާ ސަބަބަކީ އެ ތަކެތި ލިބުމަށް އެދި މާތްރަސްކަލާނގެ ކިބަފުޅަށް ނުދަންނަވާތީއެވެ.
2 Cobiçais, e nada tendes; matais, e sois invejosos, e nada podeis alcançar; combateis e guerreais, e nada tendes, porque não pedis.
3 އެތަކެއްޗަށް އެދި ކަލޭމެން ދުޢާކުރުމުން ވެސް މާތްރަސްކަލާނގެ އެތަކެތި ކަލޭމެންނަށް ނުދެއްވައެވެ. ސަބަބަކީ ކަލޭމެންގެ މަގުސަދުގެ ނުބައިކަމެވެ. އެއީ ހަމައެކަނި ކަލޭމެންގެ ބޭނުމަކީ އަމިއްލަ އެދުމުގެ އުފާވެރިކަން ލިބިގަތުން ކަމުގައި ވާތީއެވެ.
3 Pedis, e não recebeis, porque pedis mal, para o gastardes em vossos deleites.
4 އޭ ބޭވަފާތެރިންނޭވެ! މާތްރަސްކަލާނގެ އާއި އެކަލާނގެ އެންގެވި މަގުން އުޅެމުން ނުދާ ދުނިޔެވީ އުފަލަށް ލޯބިކުރާ މީހުން ފަދައިން ކަލޭމެން ވެސް ޙަޔާތު ވޭތުކުރުމަށް އެދޭނަމަ ކަލޭމެން ވަނީ މާތްރަސްކަލާނގެ ޢަދުއްވުންގެ ގޮތުގައެވެ. މި ދުނިޔަވީ އުސޫލުތަކުގައި ކަލޭމެން ޝާމިލުވުމަށް އެދޭނަމަ ކަލޭމެން ވަނީ މާތްރަސްކަލާނގެ ޢަދުއްވުންގެ ގޮތުގައި ވެސްމެއެވެ.
4 Adúlteros e adúlteras, não sabeis vós que a amizade do mundo é inimizade contra Deus? Portanto, qualquer que quiser ser amigo do mundo constitui-se inimigo de Deus.
5 ނޫނީ މަގުސަދެއްނެތި މުޤައްދަސް ފަތްފުށްތައް މިފަދައިން އަންގަވާ ދެއްވާފައިވާކަމުގައި ކަލޭމެން ދެކެނީހެއްޔެވެ؟ ”މާތްރަސްކަލާނގެ މާތްރޫޙުފުޅު އަހަރެމެންގެ ކިބައިގައި ލެއްވީ އަހަރެމެން ހުރިހާ އެންމެންނަކީ އެކަލާނގެ ކިބަފުޅަށް ހަމައެކަނި މިލްކުވެގެންވާ ބައެއް ކަމުގައި ލެއްވުމަށޭ.“
5 Ou cuidais vós que em vão diz a Escritura: O Espírito que em nós habita tem ciúmes?
6 ނުބައި އެދުންތަކާއި ދެކޮޅަށް ސާބިތުވެ ހުރުމުގައި އެކަލާނގެ ގިނަގުނަ ނިޢުމަތްފުޅު ލައްވައެވެ. ސާބިތުވެ ހުރުމުން މުޤައްދަސް ފަތްފުށްތައް މިފަދައިން ބަޔާން ކޮށްދެއްވާފައި ވަނީ އެހެންވެއެވެ.
6 Antes, ele dá maior graça. Portanto diz: Deus resiste aos soberbos, mas dá graça aos humildes.
7 އެހެންވީމާ ކަލޭމެން މާތްރަސްކަލާނގެ ކިބަފުޅަށް ބޯލަނބާށެވެ. އަދި އިބިލީސްއާއި ދެކޮޅަށް ތެދުވާށެވެ. އޭރުން އޭނާ ކަލޭމެންނާއި ދުރަށް ދުވާނެ އެވެ.
7 Sujeitai-vos, pois, a Deus, resisti ao diabo, e ele fugirá de vós.
8 މާތްރަސްކަލާނގެ އާއިމެދު ގާތް ގުޅުމެއްގައިވާށެވެ. އޭރުން އެކަލާނގެ ކަލޭމެންނާއި ކައިރިވެ ވޮޑިގެންވާނެއެވެ. އޭ ދެފުށަށްކެނޑޭ ފާފަވެރިންނޭވެ! ކަލޭމެންގެ ޙަޔާތުން ފާފަވެރިކަން ފޮހެލާށެވެ. ކަލޭމެންގެ ހިތްތައް ވެސް ތާހިރު ކުރާށެވެ.
8 Chegai-vos a Deus, e ele se chegará a vós. Alimpai as mãos, pecadores; e, vós de duplo ânimo, purificai os corações.
9 ކަލޭމެންގެ ފާފަވެރިކަމާއިމެދުގައި ހިތާމަކުރާށެވެ. ކަރުނައަޅާ ރޯށެވެ. ކަލޭމެންގެ ހުނުންތައް ރުއިމަށް ބަދަލު ކުރާށެވެ. އަދި ކަލޭމެންގެ އުފާތައް ހިތާމައަށް ބަދަލު ކުރާށެވެ.
9 Senti as vossas misérias, e lamentai e chorai; converta-se o vosso riso em pranto, e o vosso gozo em tristeza.
10 އެއީ މާތްރަސްކަލާނގެ ޙަޟްރަތުގައި ހިތްތިރިވެގެންވާނަމަ އެކަލާނގެ ކަލޭމެން އުފުއްލަވާނެއެވެ.
10 Humilhai-vos perante o Senhor, e ele vos exaltará.
11 އަޚުންނާއި އުޚުތުންނޭވެ! އެކަކު އަނެކަކަށް ހިތުގައި ޖެހޭ ފަދަ ބަސްތައް ބުނެ ނަހަދާށެވެ. ކަލޭމެން އެކަކު އަނެކަކަށް ފާޑުކިޔައި އަދި އެކަކު އަނެކަކު ކުށްވެރި ކުރުމުގައި ނުވާށެވެ. އެހެނީ ކަލޭމެންނަށް ފާޑު ކިޔައި ކުށްވެރި ކުރެވެނީ މާތްރަސްކަލާނގެ މަތިވެރި ޤާނޫނަށެވެ. އަދި ކަލޭމެން އެޤާނޫނަށް އިންސާފު ކުރުމުގައިވާނަމަ ކަލޭމެންނީ އެ ޤާނޫނަށް ކިޔަމަންތެރިކަން އަދާކުރާނޭ ބައެއް ނޫނެވެ. ނަމަވެސް އެއާއި މެދު އިންސާފު ކުރުމަށް އެދޭނޭ ފަރާތެއްމެއެވެ.
11 Irmãos, não faleis mal uns dos outros. Quem fala mal de um irmão, e julga a seu irmão, fala mal da lei, e julga a lei; e, se tu julgas a lei, já não és observador da lei, mas juiz.
12 ޤާނޫނު ދެއްވާ އަދި އެ ޤާނޫނަށް އިންސާފު ކުރައްވާނޭ ހަމައެކަނި ފަރާތަކީ މާތްރަސްކަލާނގެއެވެ. އެކަލާނގެއީ މީސްތަކުން ސަލާމަތް ކޮށްދެއްވައި އަދި ނެތިކުރެއްވުމަށް ހަމައެކަނި ކުޅަދުންވަންތަ ފަރާތް ވެސް މެއެވެ. އެހެންވީމާ ކަލޭމެންގެ އަވަށްޓެރިޔާ ކުށްވެރިކުރުމުގައި ކަލޭމެންނަށް އޮތީ ކޮން ޙައްޤެއްހެއްޔެވެ؟
12 Há só um legislador que pode salvar e destruir. Tu, porém, quem és, que julgas a outrem?
13 އަހަރެން ބުނެދޭ މިބަހާއިމެދު ކަލޭމެން ސަމާލުކަން ދޭށެވެ! އެއީ ކަލޭމެން މިފަދައިން ބުނެފައި ވާތީއެވެ. ”އަދު ނޫނީ މާދަމާ ތިމާމެން ތަފާތު ސަހަރުތަކަށް ދަތުރުކޮށް އެ ތަންތަނުގައި އަހަރު ދުވަސްތެރޭ ވިޔާފާރިކޮށް ފައިދާ ހޯދާނަމޭ.“
13 Eia agora vós, que dizeis: Hoje, ou amanhã, iremos a tal cidade, e lá passaremos um ano, e contrataremos, e ganharemos;
14 ނަމަވެސް މާދަމާ ކަލޭމެންނާ މެދުގައި ކަންތައްތައް ހިނގާނޭ ގޮތެއް ކަލޭމެންނަށް އެނގިގެން ނުވޭމެއެވެ. ކަލޭމެންގެ ޙަޔާތަކީ ފަތިހުގައި ފައިބާ ފިނިފަދައިން ހިނގައިދާ ކަމެކެވެ. އެހެނީ ކުޑަ ހިނދުކޮޅެއްގައި ފެނިދެއެވެ. ނަމަވެސް އެއަށް ފަހު ނެތިދޭމެއެވެ.
14 Digo-vos que não sabeis o que acontecerá amanhã. Porque, que é a vossa vida? É um vapor que aparece por um pouco, e depois se desvanece.
15 އެހެންވީމާ ކަލޭމެން މިފަދައިން ބުނުމުގައިވާށެވެ. ”މާތްރަސްކަލާނގެ އިރާދަ ކުރެއްވުމުން އަހަރެމެންނަށް ޙަޔާތު ވޭތުކުރެވޭނޭ. އަހަރެމެން ގޮސް މިކަންތައްތައް ނޫނީ އެކަންތައްތައް ކުރުމުގައި ވާނަމޭ.“
15 Em lugar do que devíeis dizer: Se o Senhor quiser, e se vivermos, faremos isto ou aquilo.
16 ނަމަވެސް މި ހިނދު ކަލޭމެން ވަނީ ބޮޑާވެ ސަޅިބައިސާ ކެނޑުމުގައެވެ. މިފަދައިން ފޮނިކެނޑުމަކީ ނުބައިވެގެންވީ ކަމެކެވެ.
16 Mas agora vos gloriais em vossas presunções; toda a glória tal como esta é maligna.
17 އެހެންވީމާ ހެޔޮ ކަންތައްތަކަކީ ކޮބައިކަން އަހަރެމެންނަށް އެނގިހުރެމެ އެފަދައިން އަމަލުނުކުރާ މީހާއަށް އެ އަރައިގަނެވުނީ ފާފައަށެވެ.
17 Aquele, pois, que sabe fazer o bem e não o faz, comete pecado.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Tiago 4, comparar traduções ou montar um estudo — tudo direto pelo WhatsApp.