Provérbios 9

ކިތާބުލް މުޤައްދަސް (DIV) vs ARC

Sair da comparação
ARC Almeida Revista e Corrigida 2009
1 ޙިކުމަތުގެ ކަމަނާ ގެއެއް އަޅައި އެގޭގައި ހަތް ތަނބު ޖަހައިފިއެވެ.
1 A sabedoria já edificou a sua casa, já lavrou as suas sete colunas.
2 އެކަމަނާ ޖަނަވާރެއް ކަތިލައި އޭގެ މަހާއި މޭބިސްކަދުރުދިޔަ ގެނެސް ބޮޑު ޖާފަތެއް ތައްޔާރު ކޮށްފިއެވެ.
2 Já sacrificou as suas vítimas, misturou o seu vinho e já preparou a sua mesa.
3 އޭނާގެ ޚާދިމާ މެދުވެރިކޮށް އަވަށުގެ އެންމެ އުސްހިސާބުން ދައުވަތު ފޮނުއްވިއެވެ.
3 Já deu ordens às suas criadas, já anda convidando desde as alturas da cidade, dizendo:
4 ”⁠ހުރިހާ ޖާހިލުންނަށް ދައުވަތު ދެވިއްޖެ.⁠“ އޭނާ އެމީހުންނަށް ބުންޏެވެ.
4 Quem é simples volte-se para aqui. Aos faltos de entendimento diz:
5 ”⁠ކަލޭމެން އެންމެން އައިސް މި މަސްކައި އަހަރެން މި ތައްޔާރު ކުރި މޭބިސްކަދުރުދިޔަ ބޮއި ހަދާ.
5 Vinde, comei do meu pão e bebei do vinho que tenho misturado.
6 ކަލޭމެން ދިރިއުޅެން ބޭނުންނަމަ ކަލޭމެންގެ ތިޔަ މޮޔަކަން ދޫކޮށްލާފައި ބުއްދީގެ މަގުން ހިނގާ.⁠“
6 Deixai os insensatos, e vivei, e andai pelo caminho do entendimento.
7 އަނގަހަޑި މީހަކަށް ނަސޭހަތެއް ދޭ މީހާއާ ކުރިމަތިވާނީ ހަޑި ހުތުރު ބަސްތަކެވެ. ނުލަފާ މީހަކުގާތު ހެޔޮ އެއްޗެއް ބުނާ މީހާއަށް ލިބޭނީ އަނިޔާއެކެވެ.
7 O que repreende o escarnecedor afronta toma para si; e o que censura o ímpio recebe a sua mancha.
8 ފޮނިކަނޑާ މީހަކު އިސްލާހު ކުރަން އުޅެފިއްޔާ އޭނާ ކަލޭ ދެކެ ކުރާނީ ނަފުރަތެވެ. ބުއްދިވެރި މީހާ ކަލޭދެކެވާނީ ލޯތްބެވެ.
8 Não repreendas o escarnecedor, para que te não aborreça; repreende o sábio, e amar-te-á.
9 ހެޔޮ ވިސްނުމެއް ހުރި މީހެއް ނަމަ އޭނާ އެއަށް ވުރެން ހެޔޮވިސްނުން ހޯދާނެއެވެ. ހެޔޮ މީހާއަށް ބުނެދޭ އެއްޗަކުން އޭނާ އިތުރު ކަންތައް އުނގެނޭނެއެވެ.
9 Dá instrução ao sábio, e ele se fará mais sábio; ensina ao justo, e ele crescerá em entendimento.
10 މާތްރަސްކަލާނގެ ދެކެ ބިރުވެތިވުމަކީ ޙިކުމަތުގެ ބިންގަލެވެ. މުޤައްދަސް ފަރާތް ދެނެގަނެވުމުން ތިމާއަށް ތަންދޮރު ދެނެގަނެވެއެވެ.
10 O temor do Senhor é o princípio da sabedoria, e a ciência do Santo, a prudência.
11 އަހަރެންގެ ފަހަތުން ކަލޭމެން އުޅޭނަމަ ކަލޭމެންނަށް ދިގު އުމުރެއް ލިބޭނެއެވެ.
11 Porque, por mim, se multiplicam os teus dias, e anos de vida se te acrescentarão.
12 ހެޔޮ ވިސްނުމަކީ ކަލޭމެންނަށް މަންފާ ހުރި ކަމެކެވެ. ފޮނިކެނޑުމުން ލިބޭނީ ގެއްލުމެވެ.
12 Se fores sábio, para ti sábio serás; e, se fores escarnecedor, tu só o suportarás.
13 މޮޔަކަމަކީ އަޑުގަދަ ޖާހިލު ލަދުކުޑަ އަންހެނެއް ކަހަލަ އެއްޗެކެވެ.
13 A mulher louca é alvoroçadora; é néscia e não sabe coisa alguma.
14 އޭނާ އިންނާނީ ގޭދޮރުމަތީގައި އަވަށުގެ އެންމެ އުސް ފަރުބަދަމަތީގައެވެ.
14 E assenta-se à porta da sua casa ou numa cadeira, nas alturas da cidade,
15 ހިނގާފައި ދާހާ އެންމެންނަށް އޭނާ ގަދައަޑުން ގޮވަމުން ދާނެއެވެ.
15 para chamar os que passam e seguem direito o seu caminho.
16 ”⁠ކަލެއަކީ މޮޔައެއްނަމަ މިތަނަށް އަންނާށެވެ.
16 Quem é simples, volte-se para aqui. E aos faltos de entendimento diz:
17 ވަގަށްނަގާ ފެނުގައި ފޮނި ރަހައެއް ހުރެއެވެ. ވަގަށްނަގާ ކާތަކެތީގައި މީރު ރަހައެއް ހުރެއެވެ.⁠“
17 As águas roubadas são doces, e o pão comido às ocultas é suave.
18 އެކަމަކު އޭނާގެ އަތްދަށުވާ މީހާއަށް އެގެއަށް ވަދެވެނީ މަރުވާން ކަމެއް ނޭނގެއެވެ. އޭނާގެ މެހުމާނުން ތިބީ ކަށްވަޅުތަކުގެ ފުނުގައެވެ.
18 Mas não sabem que ali estão os mortos, que os seus convidados estão nas profundezas do inferno.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 9, comparar traduções ou montar um estudo — tudo direto pelo WhatsApp.