Provérbios 5

ކިތާބުލް މުޤައްދަސް (DIV) vs ACF

Sair da comparação
ACF Almeida Corrigida Fiel
1 ދަރިފުޅާއެވެ! އަހަރެން މިދޭ ހިކުމަތްތެރި ނަސޭހަތާއި ލަފާތައް ކަލޯ ކަނުލައި އަހައިފިނަމަ،
1 Filho meu, atende à minha sabedoria; à minha inteligência inclina o teu ouvido;
2 ކަލޯއަށް ހެޔޮނުބައި ވިސްނޭނެއެވެ. އޭރުން ބުނަންވީ ހެޔޮބަސްތައް ކަލޯއަށް އެނގޭނެއެވެ.
2 Para que guardes os meus conselhos e os teus lábios observem o conhecimento.
3 ވަގުފިރިން ގެންގުޅޭ އަންހެންމީހާގެ ތުންފަތަކީ މާމުއިފަދަ ފޮނި، ޒައިތޫނި ތެޔޮފަދަ އޮމާން އެއްޗެކެވެ.
3 Porque os lábios da mulher estranha destilam favos de mel, e o seu paladar é mais suave do que o azeite.
4 އެކަމަކު އެންމެފަހުން އެއިން ލިބޭނީ ހިތި ޒަހަރެކެވެ.
4 Mas o seu fim é amargoso como o absinto, agudo como a espada de dois gumes.
5 އޭނާގެ ފައިތިލަ ވަނީ މަރާ ދިމާއަށެވެ. އޭނާ ފިޔަވަޅު އަޅާނީ ކަށްވަޅާ ދިމާއަށެވެ.
5 Os seus pés descem para a morte; os seus passos estão impregnados do inferno.
6 އެހެނީ ދިރިހުރުމުގެ މަގުން އޭނާ ވަނީ އެއްކިބާ ވެފައެވެ. އޭނާއަކަށް އެމަގެއް ނޭނގެއެވެ.
6 Para que não ponderes os caminhos da vida, as suas andanças são errantes: jamais os conhecerás.
7 މަގޭ ދަރިފުޅާއެވެ. އަހަރެން މި ބުނާއެއްޗެއް ކަނުލައި އަހާށެވެ.
7 Agora, pois, filhos, dai-me ouvidos, e não vos desvieis das palavras da minha boca.
8 އެ އަންހެންމީހާއާ ދުރުހެލި ވާށެވެ. އޭނާގެ ގޭ ދޮރުމައްޗަށް ވެސް ނާރާށެވެ.
8 Longe dela seja o teu caminho, e não te chegues à porta da sua casa;
9 ކަލޯ އެތަނަށް ގޮސް އުޅޭނަމަ ކަލޯގެ އަގުވެއްޓި ހިނގައިދާނެއެވެ. ކޮންމެވެސް ރަޙުމެއްނެތް ބައެއްގެ އަތްދަށުވެ ކަލޯގެ ޙަޔާތް ބަރުބާދު ވެދާނެއެވެ.
9 Para que não dês a outrem a tua honra, e não entregues a cruéis os teus anos de vida;
10 ކަލޯ އަތުގައި ހުރިއްޔާ ހުރި ފައިސާއަކާއި މުދަލެއް ހިލޭ ބައެއްގެ އަތްދަށަށް ހިނގައިދާނެއެވެ.
10 Para que não farte a estranhos o teu esforço, e todo o fruto do teu trabalho vá parar em casa alheia;
11 އެންމެފަހުން ކަލޯ ހިކި އަނަރޫފަވެ ބަލި އެނދުގައި ރޮއިރޮއި އޮންނަން ޖެހިދާނެއެވެ.
11 E no fim venhas a gemer, no consumir-se da tua carne e do teu corpo.
12 އޭރުން ކަލޯ ބުނާނެއެވެ. ”⁠ތަރުބިއްޔަތަށް ނަފްރަތު ނުކުރެވުނު ނަމައެވެ. ދެވުނު އިސްލާހު ބަލައިގަނެވުނު ނަމައެވެ.
12 E então digas: Como odiei a correção! e o meu coração desprezou a repreensão!
13 އަހަރެންގެ އެދުރުންގެ ބަސް އަޑުއެހުނު ނަމައެވެ.
13 E não escutei a voz dos que me ensinavam, nem aos meus mestres inclinei o meu ouvido!
14 މިހާރު އަހަރެން މިވަނީ މީސްތަކުންގެ ކުރިމަތީ އަގުވެއްޓި އިނދަޖެހިފައެވެ.⁠“
14 No meio da congregação e da assembléia foi que eu me achei em quase todo o mal.
15 ފެން ބޯންވާނީ އަމިއްލަގޭ ވަޅުންނެވެ. ހުރިހާ ލޯތްބެއް ދޭންވާނީ އަމިއްލަ އަނބިމީހާއަށެވެ.
15 Bebe água da tua fonte, e das correntes do teu poço.
16 ދިމާވި ކޮންމެ އަންހެނަކީ ފެންބޯ ފެންއާރެއްގެ ގޮތުގައިވެ ނުގަންނާށެވެ.
16 Derramar-se-iam as tuas fontes por fora, e pelas ruas os ribeiros de águas?
17 ތިމާގެ ފެންއާރުން ފެންދޭންވާނީ އަމިއްލަ އަނބިމީހާ އަށެވެ. ހިލޭ އަންހެނުންނަކަށް ނޫނެވެ.
17 Sejam para ti só, e não para os estranhos contigo.
18 ކަލޯގެ ޅައުމުރުގައި އިން އަނބިމީހާގެ ގާތުން އުފަލާއި އަރާމު ހާސިލު ކުރާށެވެ.
18 Seja bendito o teu manancial, e alegra-te com a mulher da tua mocidade.
19 އޭނާއަކީ ފުއްލާއެއް ފަދަ ބަނިޔާދަން ކުއްޖެކެވެ. އޭނާގެ ކިބައިން އޭރު ލިބުނު ފުން ލޯބި ލިބިގަނެ އޭނާގެ ގާތުން އުފާ ލިބިގަންނާށެވެ.
19 Como cerva amorosa, e gazela graciosa, os seus seios te saciem todo o tempo; e pelo seu amor sejas atraído perpetuamente.
20 ފިރިމީހާއަށް ބޭވަފާތެރިވި އަނތްބަކާ ހެދި މޮޔަވެ ނުގަންނާށެވެ.
20 E porque, filho meu, te deixarias atrair por outra mulher, e te abraçarias ao peito de uma estranha?
21 އެހެނީ މާތްރަސްކަލާނގެ އަހަރެމެން ކުރާ ހުރިހާ ކަންތަކަށް ބައްލަވާ ވޮޑިގަންނަވައެވެ.
21 Eis que os caminhos do homem estão perante os olhos do Senhor, e ele pesa todas as suas veredas.
22 ފާހިޝް ނުބައި މީހުންގެ ފާފަތަކަކީ ދަންތުރައެކެވެ. އޭގައި ބެދޭނީ ވެސް ހަމަ އެމީހުންނެވެ.
22 Quanto ao ímpio, as suas iniqüidades o prenderão, e com as cordas do seu pecado será detido.
23 އެމީހުން މަރުވެ އެދަނީ އެމީހުންގެ މޮޔަކަމާއި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ނުފޯރުވުނު ކަމުގެ ސަބަބުންނެވެ.
23 Ele morrerá, porque desavisadamente andou, e pelo excesso da sua loucura se perderá.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 5, comparar traduções ou montar um estudo — tudo direto pelo WhatsApp.