Provérbios 31

ކިތާބުލް މުޤައްދަސް (DIV) vs BKJ

Sair da comparação
1 މައްސާގެ ރަސްގެފާނުގެ މަންމާފުޅު ދަސްކޮށް ދެއްވި ކަމަށް ލަމޫއީލް ވިދާޅުވެފައިވާ އިލާހީ ބަސްފުޅުތަކެއް ވެއެވެ.
1 As Palavras do rei Lemuel, a profecia que lhe ensinou a sua mãe.
2 ”⁠އޭ ދަރިފުޅާއެވެ. އަހަރެންގެ ރަހިމުގެ ދަރިފުޅާއެވެ. އަހަރެންގެ ދުޢާތަކުގެ ދަރިފުޅާއެވެ.
2 O que, meu filho? E o que, filho do meu útero? E o que, filho dos meus votos?
3 ރަސްކަލުން ފަނާކޮށްލާ ފާހިޝް އަންހެނަކަށްޓަކައި ކަލޯގެ ހަކަތަ ހުސްކޮށް ނުލާށެވެ.
3 Não dês tua força às mulheres, nem os teus caminhos àquilo que destrói os reis.
4 އޭ ލަމޫއީލް އެވެ. ރަސްކަލުން ރާފޮދު ހިއްޕަވާކަށް ނުވާނެއެވެ. ވެރިން ބަނގުރަލަށް އެދުންވެރި ވެގެން ނުވާނެއެވެ.
4 Não é para os reis, ó Lemuel, não é para os reis beber vinho, nem para os príncipes, bebida forte;
5 އެމީހުން ރާބުއިމުން ޤާނޫނު ހަނދާނެއް ނުހުރެއެވެ. މުހުތާދަށް ބޭނުންވެފައިވާ މީހާއާމެދު އިންސާފުން ކަންތަކެއް ނުކުރެވެއެވެ.
5 para que eles não bebam e se esqueçam da lei, e pervertam o juízo de quaisquer dos aflitos.
6 ރަލަކީ މަރުވާ މީހާއަށް ދޭން ހުންނަ އެއްޗެކެވެ. ބަނގުރަލަކީ ހިތްދަތިވެ ހާސްވާ މީހާއަށް ހުންނަ އެއްޗެކެވެ.
6 Dá bebida forte para aquele que está pronto para perecer, e o vinho àqueles de coração pesado.
7 އެއީ އެމީހުންގެ ފަގީރުކަމާއި ޖެހިފައިވާ ހާލުގެ މަތިން ހަނދާން ނެތުނަ ދިނުމަށެވެ.
7 Deixe-o beber e esquecer sua pobreza, e não se lembre mais da sua miséria.
8 އަމިއްލައަށް ބަސް ބުނަން ކުޅަދާނަކަން ނެތް މީހުންގެ މަތިން ބަސް ބުނެދޭށެވެ. އެހީތެރިކަމެއް ނެތް މީހުންގެ ޙައްޤުތައް ރައްކާތެރި ކޮށްދޭށެވެ.
8 Abre a tua boca pelos mudos, na causa de todos os que são designados à destruição.
9 އާނއެކެވެ. ފަގީރު މީހާގެ ކޮޅަށް ވަކާލާތު ކޮށްދޭށެވެ. އެމީހުންނަށް އިންސާފު ހޯދާ ދޭށެވެ.⁠“
9 Abre a tua boca, julga retamente, e pleiteia pela causa dos pobres e necessitados.
10 ތެދުވެރި ކެރޭ އަންހެނަކު ލިބުނީ ކާކަށް ހެއްޔެވެ؟ އެއަންހެނާ އަކީ ރަންމުތަކަށް ވުރެން އަގުހުރި އެއްޗެކެވެ.
10 Quem consegue encontrar uma mulher virtuosa? Porque seu preço é muito acima dos rubis.
11 އޭނާގެ ފިރިމީހާ އޭނާއަށް އިތުބާރު ކުރާނެއެވެ. އޭނާގެ ދިރިއުޅުން ތަނަވަސް ކޮށްދޭނެއެވެ.
11 O coração do seu marido confia seguramente nela, de maneira que ele não terá necessidade de despojo.
12 އެ އަންހެނާގެ ކިބައިން ލިބޭނީ ހެޔޮކަމެވެ. ގެއްލުމެއް ނުލިބޭނެއެވެ. އެ އަންހެނާގެ މުޅި އުމުރު މިފަދައިން ކަން ކުރާނެއެވެ.
12 Ela o fará bem, e não mal, todos os dias da sua vida.
13 އޭނާ އަވަދިނެތި އުއިވަށައި ފޮތިވިޔެ ހަދާނެއެވެ.
13 Ela busca lã e linho, e trabalha de boa vontade com suas mãos.
14 އޭނާއަކީ ދުރުން ކާބޯތަކެތި ގެންނަ ނަވެއް ފަދައެވެ.
14 Ela é como os navios mercantes, traz de longe a sua comida.
15 ފަތިހު ތެދުވެ ގޯތި އެންމެންނަށް ހެނދުނުގެ ނާސްތާ ތައްޔާރު ކުރާނެއެވެ. އަދި ޚާދިމާއިންނަށް ދުވަހުގެ މަސައްކަތް ދައްކާނެއެވެ.
15 Ela também se levanta enquanto ainda é noite, e dá mantimento à sua casa e uma porção às suas servas.
16 ދަނޑުފަނގުތައް ބަލައި ބިން ގަންނާނެއެވެ. އޭނާ އެއްކޮށްފައި ހުންނަ ފައިސާއިން ގަސް އިންދައި ދަނޑު ހައްދާނެއެވެ.
16 Ela considera um campo e o compra; ela planta uma vinha com o fruto de suas mãos.
17 އޭނާއަކީ ގައިގައި ވަރު ހުރި ގަދަފަދަ ބުރަ މަސައްކަތް ކުރާ އަންހެނެކެވެ.
17 Ela cinge os seus lombos de força, e fortalece os seus braços.
18 އޭނާ ވިޔަފާރިކޮށް އެއިން ފައިދާ ހޯދާނެއެވެ. ރޭގަނޑުގެ ގިނަ އިރު އޭނާގެ ގޭގެ ބައްތި ދިއްލިފައި ހުންނާނެއެވެ.
18 Ela percebe que sua mercadoria é boa; sua vela não se apaga de noite.
19 އޭނާ ރޮދި އެޅުމުގައި އަވަދިނެތި އުޅޭނެއެވެ. އިނގިލިތަކުން ހުއްޓާނުލާ އުއި ވަށާނެއެވެ.
19 Ela estende as suas mãos ao fuso, e suas mãos seguram a roca.
20 އޭނާ ފަގީރުންނަށް އެހީވާނެއެވެ. ބޭނުން ޖެހޭ މީހުންނަށް ދީލަތި ވާނެއެވެ.
20 Ela estende sua mão aos pobres; sim, ela faz sua mão alcançar os necessitados.
21 ފިނިމޫސުން އަތުވެދާނެތީ އޭނާ ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އޭނާ ގޭ އެންމެންނަށް ކެހެރި ފޭރާން ތައްޔާރުކޮށްފައި ހުންނާނެއެވެ.
21 Ela não tem medo da neve na sua casa; porque toda a sua casa está vestida de escarlata.
22 އޭނާ އެނދުތަންމަތި ތައްޔާރު ކުރާނެއެވެ. ލާނީ ރީތި ފަށުވި ލިބާހެވެ. ބޭރުން އަޅާނީ ދަނބުކުލައިގެ ފޭރާމެކެވެ.
22 Ela faz para si cobertas de tapeçaria; sua roupa é de seda e de púrpura.
23 އޭނާގެ ފިރިމީހާއަކީ ރަށުގެ ބޮޑުންގެ މީހެކެވެ. އޭނާ އިށީނދެ އިންނާނީ އިއްޒަތްތެރިންގެ ޖަމާޢަތުގައެވެ.
23 Seu marido é conhecido nos portões, quando se assenta entre os anciãos da terra.
24 އެއަންހެނާ މޮޅު ފޮތި ވިޔެ ކަމަރާއި ފައްޓާއާއި ހެދުން ތައްޔާރުކޮށް ވިއްކާނެއެވެ.
24 Ela faz linho fino e o vende, e entrega cintos aos mercadores.
25 އޭނާގެ ކިބައިގައި ހުންނާނީ އަބުރާއި އިއްޒަތުގެ ސިފަތަކެވެ. މުސްތަގުބަލާމެދު ބިރެއްނެތި އޭނާ ހޭނެއެވެ.
25 A força e a honra são sua vestimenta; e ela se regozijará no tempo vindouro.
26 އޭނާ ބުނާ ބަސްތަކުގައި ބުއްދި އެކުލެވޭނެއެވެ. އޯގާވެރި އިރުޝާދު ދޭނެއެވެ.
26 Ela abre a sua boca com sabedoria, e a sua língua é lei da bondade.
27 ގޭގައި އުޅޭ ހުރިހާ އެންމެން އޭނާ ބަލަހައްޓާނެއެވެ. ކަންނެއްކަމެއް އޭނާއެއް ނުދެކޭނެއެވެ.
27 Ela olha bem para os caminhos da sua casa, e não come o pão da preguiça.
28 އޭނާގެ ދަރިން އޭނާއަށް ބަރަކާތަށް އެދޭނެއެވެ. ފިރިމީހާ އޭނާއަށް މިހެން ތާރީފު ކުރާނެއެވެ.
28 Seus filhos se levantam e a chamam de abençoada; seu marido também, e ele a louva.
29 ”⁠ވަރަށް ގިނަ ރަނގަޅު އަންހެނުން ދުނިޔޭގައި އުޅެއެވެ. އެކަމަކު އެވަރުގެ އަންހެނަކު ނުފެންނާނެއެވެ.⁠“
29 Muitas filhas procederam virtuosamente, mas tu sobressaíste a todas elas.
30 ޗާލުކަމަކީ ހެއްލުމެކެވެ. ރިވެތިކަމަކީ ވަގުތީ އެއްޗެކެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވާ އަންހެނާއަށް ހުރިހާ ތާރީފެއް ޙައްޤެވެ.
30 O favor é enganoso e a beleza é vã, mas uma mulher que teme ao SENHOR será louvada.
31 އޭނާ ކުރި ބުރަ މަސައްކަތަށް އިނާމު ދޭށެވެ. އެންމެންގެ ކުރިމައްޗަށް ގެންގޮސް ބަހައްޓައި އޭނާއަށް ތާރީފު ކުރާށެވެ.
31 Dá-lhe do fruto das suas mãos, e deixe suas próprias obras louvarem-na nos portões.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 31, comparar traduções ou montar um estudo — tudo direto pelo WhatsApp.