Provérbios 29

ކިތާބުލް މުޤައްދަސް (DIV) vs NVT

Sair da comparação
NVT Nova Versão Transformadora
1 ވިސްނައިދިނުމުން އެކަން އިސްލާހު ނުކުރާ މީހާ އަލުން އަނބުރާ ނާދެވޭވަރަށް ކުއްލިއަކަށް ހަލާކުވެ ހިނގައިދާނެއެވެ.
1 Quem sempre se recusa a aceitar a repreensão será destruído de repente, sem que possa se recuperar.
2 މާތްރަސްކަލާނގެއަށް ތަބާވާ މީހުން ބާރުވެރިވުމުން މީހުން އުފާ ފާޅުކުރެއެވެ. ނުލަފާ މީހުން ވެރިކަމަށް އައުމުން މީހުން ހިތާމަ ކުރެއެވެ.
2 Quando os justos governam, o povo se alegra; quando os perversos estão no poder, o povo geme.
3 ވިސްނުންތެރިކަމަށް ލޯބިކުރާ މީހާގެ ބަފާ ހިތްއުފާވެއެވެ. ކަސްބީންގެ ގާތަށް ގޮސް އުޅޭ މީހާގެ މުދާ ބޭކާރުވެދެއެވެ.
3 O homem que ama a sabedoria alegra seu pai, mas o que anda com prostitutas desperdiça sua riqueza.
4 އިންސާފުވެރި ރަސްގެފާނު ޤައުމަށް ހަމަޖެހުން ގެނެއެވެ. ރިޝްވަތު ނަގާ ރަސްގެފާނު ޤައުމު ހަލާކު ކޮށްލައެވެ.
4 O rei justo dá estabilidade à nação, mas o que exige subornos a destrói.
5 ރައްޓެހިންނަށް ޚުޝާމަދު ކުރާ މީހާ އެމީހުންގެ ފައިގައި ދަންތުރައެއް ތިއްބައެވެ.
5 Quem bajula os amigos prepara uma armadilha para os pés deles.
6 ނުބައި މީހުން ފާފައިގެ ދަންތުރައިގައި ޖެހެއެވެ. ޞާލިޙު މީހާ އެކަމުން ސަލާމަތްވެ އުފާ ފާޅުކުރެއެވެ.
6 A pessoa má é pega no laço do próprio pecado, mas o justo escapa e grita de alegria.
7 ޞާލިޙު މީހާ ފަޤީރުންގެ ޙައްޤުތައް ރައްކާތެރި ކުރެއެވެ. ނުލަފާ މީހާ އެމީހުންނާ އަޅައެއް ނުލައެވެ.
7 O justo se preocupa com os direitos dos pobres, mas o perverso não dá a mínima atenção para isso.
8 ޖެއްސުން ކުރާ މީހުން މުޅި އަވަށް ހަލަބޮލި ކުރެއެވެ. ބުއްދިވެރިން ރުޅި މައިތިރި ކުރެއެވެ.
8 Os zombadores alvoroçam a cidade inteira, mas os sábios acalmam a ira.
9 ބުއްދިވެރިޔަކު އިންސާފުގެ ކުރިމައްޗަށް މޮޔައަކު ގެންގޮސްފިނަމަ އެމީހާ އެކަމާ މަލާމާތް ކުރެއެވެ. އެކަމުން ލިބޭ ފައިދާއެއް ނެތެވެ.
9 Se o sábio levar o insensato ao tribunal, haverá tumulto e zombaria, mas nada se resolverá.
10 ލެޔަށް ފެންބޮވާފައި ހުންނަ މީހާ އަބުރުވެރިން ދެކެ ނަފްރަތު ކުރެއެވެ. އެކަމަކު ހެޔޮ މީހުން ތެދުވެރިންނަށް އެހީތެރިކަން ފޯރުވައެވެ.
10 Os sanguinários odeiam o íntegro, mas os justos procuram ajudá-lo.
11 މޮޔައިން އަވަހަށް ރުޅި ބާލައެވެ. ބުއްދިވެރިޔާ ރުޅިމަތަ ކުރެއެވެ.
11 O tolo mostra toda a sua ira, mas o sábio a controla em silêncio.
12 ވެރިޔަކު ދޮގުވެރިން ބުނާބަސް އަޑުއަހާނަމަ އޭނާގެ މުޝީރުން ވާނީ ނުބައި މީހުންނަށެވެ.
12 Se um governante der atenção aos mentirosos, todos os seus conselheiros serão perversos.
13 ފަގީރު މީހާއާއި އަނިޔާވެރިޔާއާ ދެމެދުގައިވާ އެއްގޮތް ކަމެއް އޮވެއެވެ. ދެމީހުންނަށް ވެސް ލޮލުގެ ފެނުން ދެއްވީ މާތްރަސްކަލާނގެއެވެ.
13 O pobre e o opressor têm isto em comum: o S
14 ފަގީރުންނަށް ހަމަހަމަކޮށް ހިތާ ރަސްކަލެއްނަމަ އޭނާގެ ތަޚުތު ދާއިމަށް ދެމިގެންދާނެއެވެ.
14 Se o rei julgar os pobres com justiça, seu trono durará para sempre.
15 ދަރިން ތަރުބިއްޔަތު ކުރުމުން އެމީހުންގެ ޙިކުމަތްތެރިކަން އިތުރުވެއެވެ. ތަރުބިއްޔަތެއް ނެތް ދަރިން އަމަޔަށް ލަދުވެތިކަން ގެނެއެވެ.
15 A criança que é corrigida se torna sábia, mas o filho indisciplinado envergonha sua mãe.
16 ނުބައިމީހުން ވެރިކަމުގައި ތިބޭއިރު ތަނުގައި ޖަރީމާތަކާއި ކުށްކުރުން އިތުރުވެދެއެވެ. އެކަމަކު އެމީހުން ވެރިކަމުން ވެއްޓޭތަން ޞާލިޙުންނަށް ދައްކަވައެވެ.
16 Quando os perversos estão no poder, o pecado se multiplica, mas os justos verão sua queda.
17 ދަރިން ތަރުބިއްޔަތު ކުރާށެވެ. އޭރުން ކަލޭމެންގެ ހިތަށް އުފާވެރިކަން ލިބި ދިރިއުޅުން ހިތްފަސޭހަ ވާނެއެވެ.
17 Discipline seus filhos, e eles darão paz a seu espírito e alegria a seu coração.
18 މަތިވެރިފަރާތުގެ އިރުޝާދުތައް ގަބޫލު ނުކުރާ މީހުން އުޅޭނީ ޖަނަވާރުން ފަދައިންނެވެ. އެބަސްތަކަށް ތަބާވާ މީހުން ތިބޭނީ އުފާވެރިކަން މަތީގައެވެ.
18 O povo que não aceita a orientação divina se corrompe, mas quem obedece à lei é feliz.
19 ބަސްތަކުން އެކަނި ޚާދިމުން ތަރުބިއްޔަތެއް ނުކުރެވޭނެއެވެ. އެބަސް އެމީހުން އަޑުއަހާފާނެއެވެ. އެކަމަކު އެޔަކަށް އަމަލެއް ނުކުރާނެއެވެ.
19 Para corrigir o servo é preciso mais que palavras; ainda que ele as entenda, não obedecerá.
20 ވިސްނާނުލާ ބަސްބުނާ މީހާއަށް ވުރެން މޮޔައަކަށް ވެސް މާ އުންމީދު ބޮޑެވެ.
20 Há mais esperança para o tolo que para alguém que fala sem pensar.
21 ޚާދިމަކަށް ކުޑައިރުން ފެށިގެން ބޭނުންހާ އެއްޗެއް ދީ ބޭނުން ކަމެއް ކޮށްދީގެން އުޅޭނަމަ ބޮޑުވެގެން އޭނާ ޣައްދާރު ވެދާނެއެވެ.
21 O servo mimado desde a infância se tornará rebelde.
22 ރުޅިއައިސްފައި ހުންނަ މީހާ ތަޅާފޮޅުމެއް ފަށައިގަނެއެވެ. ރުޅި އަވަސް މީހާ ހުރިހާ ބާވަތެއްގެ ފާފައަކަށް އަރައިގަނެއެވެ.
22 A pessoa irada provoca conflitos; quem perde a calma facilmente comete muitos pecados.
23 ބޮޑާކަމުން ގެނެސްދޭނީ ފަޟީހަތެވެ. ހިތްތިރި ކަމުން ގެނެސްދޭނީ ޝަރަފެވެ.
23 O orgulho termina em humilhação, mas a humildade alcança a honra.
24 ވަގަކަށް އެހީތެރިވުމުން ގެއްލުން ލިބެނީ ތިމާއަށެވެ. އެހެނީ ތެދުބަސް ބުނަން ހުވާކޮށްގެން ހުއްޓަސް ތެދުބަސް ބުނާކަށް އޭރަކުން ނުކެރޭނެއެވެ.
24 Quem ajuda o ladrão prejudica a si mesmo; sob juramento, não ousa testemunhar.
25 މީހުން ދެކެ ބިރުގަތުމަކީ ނުރައްކާތެރި ދަންތުރައެކެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ވަކީލު ކުރުމުން އަމާން ކަން ލިބެއެވެ.
25 Temer as pessoas é uma armadilha perigosa, mas quem confia no S
26 ވެރިމީހާގެ ރުހުން ހޯދުމަށް މީހުން އުޅެއެވެ. އެކަމަކު އިންސާފު ލިބެނީ މާތްރަސްކަލާނގެ ކިބަފުޅުންނެވެ.
26 Muitos buscam o favor do governante, mas a justiça vem do S
27 ހެޔޮ މީހުން ބޭއިންސާފުވެރި މީހުން ދެކެ ނަފްރަތުކުރެވެ. ނުބައި މީހުން ޞާލިޙުން ދެކެ ނަފްރަތު ކުރެއެވެ.
27 O justo despreza o injusto; o perverso despreza o íntegro.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 29, comparar traduções ou montar um estudo — tudo direto pelo WhatsApp.