Provérbios 25
ކިތާބުލް މުޤައްދަސް (DIV) vs NAA
1 މިއީ ސުލައިމާނުގެފާނު ވިދާޅުވި ހަރުބަސްފުޅުތަކެކެވެ. މި ބަސްފުޅުތައް ލިއުއްވީ ޔަހޫޛާގެ ރަސްގެފާނު ޙަޒަޤިއްޔާގެ ކާތިބުންނެވެ.
1 Também estes são provérbios de Salomão, que foram transcritos pelos homens a serviço de Ezequias, rei de Judá.
2 ކަންކަން ފާޅު ނުކުރުމުން މާތްކަލާނގެ އަށް ޢިއްޒަތް ލިބި ވޮޑިގަންނަވައެވެ. ކަންތައް ފާޅު ކުރުމުން ރަސްގެފާނަށް ޝަރަފު ލިބިވަޑައިގަންނަވެއެވެ.
2 A glória de Deus é encobrir as coisas, mas a glória dos reis é investigá-las.
3 އުޑުގެ އުސްމިނެއް ކަނޑުގެ ފުންމިނެއް ނޭނގޭ ފަދައިން ރަސްގެފާނުގެ ހިތްޕުޅުގައި ވަނީ ކޮންކަމެއްކަން ވެސް މީހަކަށް ނޭނގޭނެއެވެ.
3 Como a altura dos céus e a profundeza da terra, assim também o coração dos reis é insondável.
4 ރިހީގައިވާ ދަމިލަ ފިލުވާލުމުން އަތްކަން ކުރާ މީހަކު ރީތި ގަހަނާއެއް ހަދަން ކަމު ހިނގައިދެއެވެ.
4 Tire a escória da prata, e sairá um vaso para o ourives;
5 ނުބައިމީހާ ރަސްގެފާނުގެ ދަރުބާރުން ނެރޭށެވެ. އެގޮތަކީ ރަސްގެފާނުގެ ރަސްކަން ދެމިހުންނަނީ އަދުލުވެރި ވުމުގެ މައްޗަށެވެ.
5 tire o ímpio da presença do rei, e o seu trono se firmará na justiça.
6 ރަސްގެފާނުގެ ދަރުބާރުގައި ހިމެނިގަތުމަށް ބާރު ނާޅާށެވެ. ނުވަތަ ބޮޑެތިމީހުންގެ ދަރަޖަ ލިބިގަތުމަށް ގަދަނާޅާށެވެ.
6 Não se glorie na presença do rei, nem se ponha no meio dos grandes,
7 ޖާފަތަށް ގޮވަންދެން އިންތިޒާރު ކުރުން އެންމެންގެ ކުރިމަތީގައި ލަދުގައި ބެދުމަށް ވުރެން ރަނގަޅެވެ.
7 porque melhor é que lhe digam: “Suba para cá!”, do que ser humilhado diante do príncipe. A respeito do que os seus olhos viram,
8 އަވަސް އަރައިގެން ސަރިޔަތަށް ނުދާށެވެ. ނޫނީ ކަލޭ ކުރި ދައުވާ ކާމިޔާބު ނުވެ އަވަށްޓެރިޔާގެ ކުރިމަތީގައި ލަދުގަންނަން ޖެހިދާނެއެވެ.
8 não se apresse a levar ao tribunal, pois, ao fim, o que é que você fará, se o seu próximo o puser em apuros?
9 އަވަށްޓެރިޔާއާ ދެބަސްވުމެއް ހިނގާއިރު އޭނާގެ ސިއްރުތައް އެހެން މީހުންނަށް ނާންގައި ހައްލު ކުރާށެވެ.
9 Defenda a sua causa diretamente com o seu próximo e não revele o segredo do outro.
10 އެހެން ނޫނީ ނެތިމޮށޭ މީހެއްގެ ނަންލިބި މީހުންގެ ކުރިމަތީގައި ކަލޭގެ އަގު ވެއްޓިދާނެއެވެ.
10 Do contrário, quem o ouvir poderá envergonhá-lo, e você nunca se livrará dessa má fama.
11 ރަނގަޅު ވަގުތުގައި ބުނެލާ ހެޔޮ ބަހެއް ރިހި ވަށިގަނޑެއްގައި ހުންނަ ރަން އާފަލުތަކެއް ފަދައެވެ.
11 Como maçãs de ouro em bandejas de prata, assim é a palavra dita a seu tempo.
12 ތެދުވެރި ފާޑުކިޔުން އަޑުއަހާ މީހާ ރަނުގެ ކަންފަތު މުއްޖެއް ފަދައެވެ. ނުވަތަ އެނޫން ވެސް ރަނުގެ ގަހަނާއެއް ފަދައެވެ.
12 Como pendentes e joias de ouro puro, assim é a repreensão dada por um sábio a um ouvinte atento.
13 އިތުބާރު ކުރެވޭ ޕިޔޯނު މީހާ ހޫނުގަދަ ދުވަހެއްގައި ވެހޭ ފިނި ވާރޭ ފެން ފަދައެވެ. އޭނާ އޭނާގެ ސާހިބުމީހާގެ ފުރާނައަށް ތާޒާކަން ގެނުވައެވެ.
13 Como o frescor de neve no tempo da colheita, assim é o mensageiro fiel para com os que o enviam, porque refrigera a alma dos seus senhores.
14 ހަދިޔާއެއް ގެނައުމަށް ވަޢުދުވެފައި ނުގެނައުމެކޭ ވިލާގަނޑެއް ނަގައި ވައިޖެހި ވާރޭ ނުވެހުމެކޭ ތަފާތެއް ނެތެވެ.
14 Como nuvens e ventos que não trazem chuva, assim é aquele que se gaba de presentes que não deu.
15 ކެތްތެރިކަން އަމީރުގެ ރުހުން ހޯދައެވެ. މަޑުމައިތިރި ބަސްތައް ދެކޮޅުވެރިންގެ މައިކަށި ބިންދާލައެވެ.
15 Com paciência se convence um príncipe, e a língua branda quebra ossos.
16 މާމުއި ކަލެއަށް މީރުހެއްޔެވެ؟ އެވެސް މާގިނައިން ނުބޯށެވެ. ނޫނީ ކަލޭ ބަލިވެދާނެއެވެ.
16 Você encontrou mel? Coma apenas o suficiente, para que você não fique enjoado e venha a vomitá-lo.
17 އަވަށްޓެރިޔާގެ ގެޔަށް މާގިނައިން ނުވަންނާށެވެ. އެހެން ނޫނީ ކަލެއަށް އެގެއިން ކިޔާ މަރުހަބާ އުނިވާން ފަށާފާނެއެވެ.
17 Não seja frequente na casa do seu próximo, para que ele não se canse de você e passe a detestá-lo.
18 ދޮގު ހެކިބަހަކީ ކަނޑި އެތިފަހަރެއް ނުވަތަ މުގުރެއް ނުވަތަ ތީރެއް ފަދަ އެއްޗެކެވެ.
18 Martelo, espada e flecha aguda é o que levanta falso testemunho contra o seu próximo.
19 މުސީބާތެއްގައި އިތުބާރެއް ނެތް މީހަކަށް ބަރޯސާވެގެން އުޅުމެކޭ ބިނދިފައިވާ ދަތަކުން ހަފަން އުޅުމެކޭ ނުވަތަ ކޮރު ފަޔަކުން ހިނގަން އުޅުމެކޭ ތަފާތެއް ނެތެވެ.
19 Como dente quebrado e pé sem firmeza, assim é a confiança numa pessoa desleal em tempo de angústia.
20 ހިތްދަތިވެފައިވާ މީހާއަށް އުފާވެރި ލަވަތައް ކިޔާ ދިނުމެކޭ، ފިނި ދުވަހަކު އޭނާ ލާފައި ހުރި ކެހެރި ހެދުން ބޭލުވުމެކޭ، ނުވަތަ ފާރުގަނޑެއްގައި ރާހުތް އުނގުޅުމެކޭ އެއްފަދައެވެ.
20 Como quem se despe num dia de frio e como vinagre sobre feridas, assim é o que entoa canções para quem está aflito.
21 ކަލޭގެ އަދާވާތްތެރިޔާ ބަނޑުހައިގެންފައި ހުރިނަމަ ކާންދޭށެވެ. ފެންބޮވައިގެންފައި ހުރިނަމަ ފެން ދޭށެވެ.
21 Se o seu inimigo tiver fome, dê-lhe de comer; se tiver sede, dê-lhe de beber,
22 އޭރުން އެމީހުންނަށް ހީވާނީ އެމީހުންގެ ބޮލަށް އަނގުރު އަލިފާން އެޅީހެންނެވެ. ކަލޭ ކުރި ހެޔޮ ކަންތަކަށް މާތްރަސްކަލާނގެ ހެޔޮ ޖަޒާ ދެއްވާނެއެވެ.
22 porque assim você amontoará brasas vivas sobre a cabeça dele, e o
23 އުތުރުން ޖެހޭ ވަޔާއެކު ވާރޭ އަންނަ ހެން ދެބަކުޓުވާ ދުލަކުން ރުޅިވެރިކަން އުފައްދައެވެ.
23 O vento norte traz chuva, e a língua que espalha calúnias traz o rosto irado.
24 އަނގަ ހުއްޓާނުލާ ކުދިކިޔާ އަންހެނަކާއެކު ހިތްގައިމު ގެޔަކު ދިރިއުޅުމަށް ވުރެން ފުރާޅު މައްޗަށް އަރައި އެކަނި އިންނަން ވެސް މާ ހިތަށް ފަސޭހައެވެ.
24 Melhor é morar no canto do terraço do que com uma mulher briguenta na mesma casa.
25 ދުރުން އަންނަ ހެޔޮ ޚަބަރެއް ފެންބޮވައިގެންފައި ހުންނަ މީހަކަށް ލިބޭ ފިނިފެން ތައްޓެއް ފަދައެވެ.
25 Como água fria para quem tem sede, assim é a boa notícia que vem de um país distante.
26 ހެޔޮ މީހާ ނުބައި މީހެއްގެ ބަހަށް ލެނބުމެކޭ ތާޒާ ފައްވާރާއެއް ނުވަތަ ފެންއާރެއް ކިލާވުމެކޭ އެއްފަދައެވެ.
26 Como fonte que foi turvada e manancial contaminado, assim é o justo que cede ao ímpio.
27 މާގިނައިން މާމުއި ބުއިން ރަނގަޅެއް ނޫނެވެ. ތިމާ އަމިއްލައަށް ޝަރަފު ހޯދައިގަންނަން އުޅުން ވެސް ރަނގަޅެއް ނޫނެވެ.
27 Comer muito mel não é bom; assim, procurar a própria honra não é honra.
28 ނަފްސުގެ މައްޗަށް ބާރު ނުފޯރާ މީހާއެކޭ ބޮޑުފާރު ތަޅާލެވިފައިވާ ރަށެކޭ އެއްފަދައެވެ.
28 Como cidade derrubada, que não tem muralhas, assim é aquele que não tem domínio próprio.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Provérbios 25, comparar traduções ou montar um estudo — tudo direto pelo WhatsApp.