Provérbios 24

ކިތާބުލް މުޤައްދަސް (DIV) vs BKJ

Sair da comparação
1 ނުބައި މީހުން އުޅޭގޮތަށް އުޅެން ހިތް ނޭދޭށެވެ. އެމީހުންނާ ގުޅިގެން އުޅެން ނޭދޭށެވެ.
1 Não tenhas invejas dos homens maus, nem desejes estar com eles;
2 އެހެނީ އެމީހުންގެ ހިތުގައި ވާނީ އަނިޔާވެރިކަން އުފެއްދުމެވެ. އެމީހުންގެ ބަސްތަކުން އުފައްދާނީ ހައިޖާނެވެ.
2 porque o seu coração medita a destruição, e os seus lábios falam de danos.
3 ޙިކުމަތުން ބިނާ ކުރާ ގެއެއް ވަރުގަދަވާނީ ހެޔޮ ވިސްނުން އެކުލެވުނީމައެވެ.
3 Através da sabedoria se edifica uma casa, e pelo entendimento ela é estabelecida;
4 އިލްމު އެކުލެވުމުން ކޮޓަރިތަކުގައި ތަނަވަސްކަމާއި އަގުހުރި ތަކެއްޗާއި މުއްސަނދިކަން އެކުލެވޭނެއެވެ.
4 e pelo conhecimento se encherão as câmaras com todas as riquezas preciosas e agradáveis.
5 ބުއްދިވެރިޔާ ގައިބާރުގަދަ މީހާއަށް ވުރެން މަތިވެރިވާނެއެވެ. އިލްމު އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރަމުން ދާނެއެވެ.
5 Um homem sábio é forte; sim, um homem de conhecimento aumenta a força.
6 ބުއްދިވެރި ލަފާއާއި ނުލައި ހަނގުރާމައަކަށް ނުދާށެވެ. ކާމިޔާބު ލިބުން އޮތީ ގިނަ ބައެއްގެ މަޝްވަރާއާ އެކުގައެވެ.
6 Porque com conselhos sábios tu farás a guerra; e na multidão de conselheiros há segurança.
7 ބުއްދިވެރިކަމަކީ މޮޔައިންނަށް ފަހުމުވާ ވަރަށް ވުރެން މާނަ ފުން އެއްޗެކެވެ. މުހިންމު ކަމަކާ މެދު ވެރިން ޖަލްސާ ކުރާއިރު މޮޔައިން ބުނާނެ އެއްޗެއް ނޯވެއެވެ.
7 A sabedoria é alta demais para um tolo; ele não abre a sua boca no portão.
8 ނުބައިކަންތައް ރާވާ މީހާއަކީ ކަންތައް ގޯސް ކުރާ މީހެއްގެ ގޮތުގައި މަޝްހޫރުވާނެ މީހެކެވެ.
8 Aquele que pensa em fazer o mal, será chamado de pessoa danosa.
9 ނުބައި ރޭވުން ރާވާ މީހާއަކީ ފާފަވެރިއެކެވެ. ފޮނިވެފަ ހުންނަ މީހާ ދެކެ އެންމެން ވެސް ނަފްރަތު ކުރެއެވެ.
9 O pensamento do tolo é pecado, e o escarnecedor é uma abominação aos homens.
10 ބުރަ ބޮޑުވުމުން ދޫދޭ މީހާގެ އަޒުމު ދެރައީއެވެ.
10 Se te enfraqueceres no dia da adversidade, tua força é pequena.
11 ބޭއިންސާފުން މަރާލެވޭ މީހާ ސަލާމަތްކުރުމަށް ފަސްނުޖެހޭށެވެ.
11 Livra os que estão sendo levados para a morte, e os que estão prestes a serem mortos, a esses detém.
12 މަށަކަށް ނޭނގެއޭ ބުނެ ކަންކަމުން ރެކެން ނޫޅޭށެވެ. އެހެނީ މާތްރަސްކަލާނގެ ހުރިހާ ހިތްތަކެއް ދެނެވޮޑިގަންނަވެއެވެ. އަދި އެކަލާނގެ ހުރިހާކަމެއް ބައްލަވާ ވޮޑިގަންނަވައެވެ. ކަލޯގެ ފުރާނަ ބަލަހައްޓަވާ ފަރާތަށް ކަލޯ އެނގިވޮޑިގަންނަވައެވެ. އެމީހަކު ކުރި އަމަލެއްގެ ޙައްޤު ޖަޒާ އެމީހަކަށް އެކަލާނގެ ދެއްވާނެތެވެ.
12 Se dizes: Eis que não sabíamos; aquele que pondera o coração não o considerou? E aquele que guarda a tua alma, não sabe disso? Não retribuirá cada homem de acordo com suas obras?
13 ދަރިފުޅާއެވެ. މާމުޔަކީ ފައިދާހުރި އެއްޗެކެވެ. މާމުއި ހަތާ އަކީ ފޮނިރަހަ ދޭ އެއްޗެއް ވެސް މެއެވެ.
13 Meu filho, come mel, porque é bom; e o favo de mel é doce ao teu paladar;
14 ހަމަ އެ ގޮތަށް ބުއްދިއަކީ ފުރާނައަށް ފޮނިކަން ލިއްބައިދޭ އެއްޗެކެވެ. އެ ހޯދައިގަނެވިއްޖެނަމަ ކަލޯއަށް އަލި މުސްތަގުބަލެއް ލިބޭނެއެވެ. އަދި ކަލޯގެ އުންމީދު ގެއްލިގެނެއް ނުދާނެއެވެ.
14 assim será para a tua alma o conhecimento da sabedoria; quando o tiveres encontrado, então haverá uma recompensa e a tua expectativa não será cortada.
15 ތެދުވެރިޔާގެ ގެއިން ވައްކަން ކުރަން ވަންނަން ނުދާށެވެ. ޞާލިޙު މީހާގެ ގެއަށް ވަދެގަނެ އެގޭގެ ހުރުމަތް ނުކަނޑާށެވެ.
15 Não fiques à espreita, ó homem perverso, contra a habitação do justo; não estragues o seu lugar de repouso;
16 ހެޔޮ މީހާ ހަތްފަހަރު ވެއްޓިދާނެއެވެ. އެކަމަކު އޭނާ އަދިވެސް ތެދުވާނެއެވެ. ނުބައިމީހާ އެންމެ ކަމެއް ދިމާވާއިރަށް ބަލިވެގެން ވެއްޓިދާނެއެވެ.
16 porque um homem justo cai sete vezes, e se levanta novamente, mas os perversos cairão no mal.
17 އަދާވާތްތެރިޔާއަށް ދެރަގޮތެއް ދިމާވީމާ އުފާފާޅު ނުކުރާށެވެ. އޭނާ ވެއްޓުނީމާ އެކަމާ ނުހޭށެވެ.
17 Quando teu inimigo cair, não te regozijes, nem deixes que alegre-se o teu coração quando ele tropeçar;
18 މާތްރަސްކަލާނގެ އެކަމާ ރުހިވޮޑިއެއް ނުގަންނަވާނެއެވެ. އޭރުން އެކަލާނގެ އޭނާއަށް މެދުވެރި ކުރެއްވި މުސީބާތް އެހެން ދިމާއަކަށް އަނބުރާލައްވާފާނެއެވެ.
18 para que o ­SENHOR não o veja, e isso o desagrade, e desvie dele a sua ira.
19 ނުބައިމީހުންނާމެދު ހަސަދަވެރި ނުވާށެވެ. އެފަދަ މީހުން ކުރާކަންތަކާ އަޅާނުލާށެވެ.
19 Não te desgastes por causa dos homens maus, nem tenhas inveja dos perversos,
20 އެހެނީ ނުބައި މީހުންނަކަށް މުސްތަގުބަލެއް ނެތެވެ. އެމީހުންގެ ބައްތި ވަނީ އަބަދަށްޓަކައި ނިވިފައެވެ.
20 porque não haverá recompensa para o homem mau; e a lâmpada do perverso será apagada.
21 މަގޭ ދަރިފުޅާއެވެ. މާތްރަސްކަލާނގެއާއި ރަސްގެފާނު ދެކެ ބިރުވެތިވާށެވެ. ބާޣީންނާ ބައިވެރިނުވާށެވެ.
21 Meu filho, teme ao ­SENHOR e ao rei, e não te intrometas com aqueles que são dados à mudança;
22 އެހެނީ ނުދެނެތިއްބާ އެމީހުންނަށް ބޮޑު މުސީބާތެއް ކުރިމަތި ވެދާނެއެވެ. މާތްރަސްކަލާނގެ ކިބަފުޅުންނާއި ރަސްގެފާނުގެ އަރިހުން އަންނާނީ ކޮން މުސީބާތެއްކަން އެނގޭނީ ކާކަށްހެއްޔެވެ؟
22 porque de repente se levantará a sua calamidade, e a ruína de ambos, quem a conhece?
23 މިއީވެސް ބުއްދިވެރި ބަސްތަކެވެ. އަދުލު އިންސާފުގައި ގާތް މީހަކަށް ފަހިވާގޮތަށް ނިޔާކަނޑަނާޅާށެވެ.
23 Estas coisas também pertencem aos sábios. Não é bom ter respeito de pessoas em juízo.
24 ނުބައި މީހާގެ ކުށެއް ނެތްކަމަށް ނިޔާކަނޑައަޅާ ފަނޑިޔާރު ދެކެ ޤައުމުތަކުގެ އެންމެން ލަޢުނަތް ލާނެއެވެ.
24 Aquele que disser ao perverso: Tu és justo; a este os povos amaldiçoarão, as nações o abominarão,
25 ނުބައި މީހާ ކުށްވެރި ކުރާ ފަނޑިޔާރަށް ތަނަވަސްކަން ލިބި އާންމުންގެ ރުހުން ލިބިގެންދާނެއެވެ.
25 mas para aqueles que o repreenderem haverá deleite, e sobre eles virá uma boa bênção.
26 ތެދު ބަހުންދޭ ޖަވާބު ރައްޓެހިކަމުގެ ދޮނެއް ފަދައެވެ.
26 Todo homem que dá uma resposta correta, deve beijar seus lábios.
27 ގެ ޢިމާރާތް ކުރުމުގެ ކުރީގައި ބިންގަނޑު ތައްޔާރުކޮށް ދަނޑުގޮވާން ކުރާށެވެ.
27 Prepara a tua obra fora, e torna-a apta para ti no campo, e depois edifica a tua casa.
28 ސަބަބެއް ނެތި އަވަށްޓެރިޔާއާ އިދިކޮޅަށް ހެކިބަސް ނުދޭށެވެ. އެމީހުންނާ މެދު ދޮގު ނުހަދާށެވެ.
28 Não sejas sem motivo testemunha contra o teu vizinho; e não enganes com os teus lábios.
29 އެއްވެސް މީހެއްގެ ކިބައިން ބަދަލު ހިފާނަމޭ ނުބުނާށެވެ. އެމީހަކު ކުރި ކަންތަކުގެ ބަދަލު ހޯދާނަމޭ ނުބުނާށެވެ.
29 Não digas: Farei a ele, como ele fez a mim; eu recompensarei a cada homem de acordo com a sua obra.
30 ކަންނެތް މޮޔަ މީހާގެ ދަނޑުތެރޭން އަހަރެން ހިނގާލަން ދިޔައިމެވެ.
30 Eu fui pelo campo do preguiçoso, e pela vinha do homem vazio de entendimento;
31 އެތަން ވަނީ ކަށިގަސްތަކާއި ވިނަގަސްތައް ހެދި ވަލަކަށްވެފައެވެ. އެދަނޑުވަނީ ފާރު ވެއްޓި ވީރާނާވެފައެވެ.
31 e eis que ela estava toda cheia de espinhos, e urtigas tinham coberto sua superfície, e o seu muro de pedras estava demolido.
32 މިތަން ބަލައި ވިސްނާލުމުން އަހަންނަށް އިބުރަތެއް ލިބުނެވެ.
32 Então eu vi, e o considerei bem; olhei sobre ele, e recebi instrução.
33 ކުޑަކޮށް ނިދާލައި، ކުޑަކޮށް އަރާމުކޮށްލައި، ކުޑަކޮށް އަތްއުރާލުމުން،
33 Ainda, um pouco a dormir, um pouco a toscanejar, um pouco a cruzar os braços em repouso;
34 ހައިހޫނުކަން އައިސް މަގުފޭރޭ މީހަކު ފަދައިން ގަދަވެގަންނާނެއެވެ. ހަތިޔާރާއެކު އައިސް ކަލޯ ލޫޓުވާލާނެއެވެ.
34 assim virá a tua pobreza como alguém que viaja, e a tua necessidade como um homem armado.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 24, comparar traduções ou montar um estudo — tudo direto pelo WhatsApp.