Provérbios 22

ކިތާބުލް މުޤައްދަސް (DIV) vs ARA

Sair da comparação
ARA Almeida Revista e Atualizada 1993
1 މުއްސަނދިކަމަށް ވުރެން އަބުރު ރައްކާތެރިކުރަން އިސްކަންދޭށެވެ. މީސްތަކުންގެ އިޙްތިރާމު ރަނާ ރިއްސަށް ވުރެން އަގުބޮޑެވެ.
1 Mais vale o bom nome do que as muitas riquezas; e o ser estimado é melhor do que a prata e o ouro.
2 މުއްސަނދި މީހާއާއި ފަގީރު މީހާއާ އެއްގޮތް އެއްކަމެއް ވެއެވެ. އެއީ އެ ދެމީހުން ވެސް އުފެއްދެވީ މާތްރަސްކަލާނގެ ކަމެވެ.
2 O rico e o pobre se encontram; a um e a outro faz o
3 ވިސްނާ ހުންނަ މީހާއަށް ނުރައްކާ އަންނަން އުޅޭކަން އެނގި އެކަމަށް ތައްޔާރުވެއެވެ. ޖާހިލު މީހާ ލޯ މަރައިގެންގޮސް އެ ނުރައްކަލުގެ ތެރެއަށް ވަދެގަނެއެވެ.
3 O prudente vê o mal e esconde-se; mas os simples passam adiante e sofrem a pena.
4 މާތްރަސްކަލާނގެ ކިބަފުޅަށް ހިތްތިރިކަމާއެކު ޙަޤީޤަތުގައި ބިރުވެތިވާ މީހާއަށް މުއްސަނދިކަމާއި ޝަރަފާއި ދިގު އުމުރު ލިބެއެވެ.
4 O galardão da humildade e o temor do Senhor são riquezas, e honra, e vida.
5 ގޯސް މީހުން ހިނގާ އުޅޭނީ ކަށިތަކުގެ ދަންތުރަތައް ހުންނަ މަގުމަގުންނެވެ. ހަށިރައްކަލަށް އެދޭ މީހާ އެމަގަކުން ނުހިނގާނެވެ.
5 Espinhos e laços há no caminho do perverso; o que guarda a sua alma retira-se para longe deles.
6 ދަރިންނަށް ތަރުބިއްޔަތުދީ ރަނގަޅު މަގު ދައްކާށެވެ. އޭރުން އެމީހުން ބޮޑެތިވީމާ އެ މަގުން ހިނގާނެއެވެ.
6 Ensina a criança no caminho em que deve andar, e, ainda quando for velho, não se desviará dele.
7 މުއްސަނދި މީހާ ފަޤީރުންގެ އަމުރުވެރިންނަށް ވާ ފަދައިން ފަހުންދޭން އަތުލާ މީހާ ދިންމީހާގެ ދަށުވާނެއެވެ.
7 O rico domina sobre o pobre, e o que toma emprestado é servo do que empresta.
8 ނާއިންސާފުވާ މީހާއަށް ނުރައްކަލާ ކުރިމަތިވާނެއެވެ. އެމީހުންގެ ބިރުދެއްކުމުގެ ވެރިކަން ނިމުމަކަށް އަންނާނެއެވެ.
8 O que semeia a injustiça segará males; e a vara da sua indignação falhará.
9 ދީލަތި މީހުންނަށް ބަރަކާތް ލައްވާނެތެވެ. އެހެނީ އެމީހުންނަކީ ފަގީރުންނަށް ކާންދޭ ބައެކެވެ.
9 O generoso será abençoado, porque dá do seu pão ao pobre.
10 ޖެއްސުން ކުރާ މީހާ ދުރަށްލާށެވެ. އޭރުން އަރައިރުން ހުއްޓިދާނެއެވެ. ޒުވާބު ކުރުމާއި ހަޑިއެއްޗެހި ކިއުން އޭރުން ފިލައިގެން ދާނެއެވެ.
10 Lança fora o escarnecedor, e com ele se irá a contenda; cessarão as demandas e a ignomínia.
11 ސާފު ހިތަކުން އޯގާވެރި ބަސްތައް ބުނާ މީހަކު ވާނީ ރަސްގެފާނުގެ ގާތް ރައްޓެއްސަކަށެވެ.
11 O que ama a pureza do coração e é grácil no falar terá por amigo o rei.
12 ތަންދޮރު ދަންނަ މީހުންނަށް މާތްރަސްކަލާނގެ ރައްކާތެރިކަން ދެއްވައެވެ. އެކަމަކު ދޮގުވެރިޔާގެ ކެހިވެރި ނުބައި ރޭވުންތައް އެކަލާނގެ ހަލާކުކޮށްލައްވައެވެ.
12 Os olhos do Senhor conservam aquele que tem conhecimento, mas as palavras do iníquo ele transtornará.
13 ކަންނެތް މީހާ ބުނެތެވެ. ”⁠އަހަރެން މަސައްކަތަށް ނުކުމެއްޖެއްޔާ ސިންގާއެއް އައިސް ކައިފާނެއެވެ. އޭރުން އަހަރެން މަރުވެދާނެއެވެ.⁠“
13 Diz o preguiçoso: Um leão está lá fora; serei morto no meio das ruas.
14 ވަގުފިރިން ގެންގުޅޭ އަންހެނެއްގެ އަނގައަކީ ނުރައްކާތެރި ދަންތުރައެކެވެ. މާތްރަސްކަލާނގެ ނުރުއްސަވާ މީހުން އެއަނދަވަޅަށް ވެއްޓެއެވެ.
14 Cova profunda é a boca da mulher estranha; aquele contra quem o
15 ޒުވާންކުދިންގެ ހިތުގައި ވާނީ މޮޔަކަންތަކެވެ. އެކަމަކު އަދަބުދީ ތަރުބިއްޔަތު ކުރުމުން އެ މޮޔަކަން ފިލައިދެއެވެ.
15 A estultícia está ligada ao coração da criança, mas a vara da disciplina a afastará dela.
16 ފަގީރުންނަށް ދަތިކޮށް ނުވަތަ މުއްސަނދިންނަށް ހަދިޔާ ދީގެން ފައިދާނަގާ މީހާ ނިމިގެންދާނީ ފަގީރުކަން މަތީގައެވެ.
16 O que oprime ao pobre para enriquecer a si ou o que dá ao rico certamente empobrecerá.
17 ބުއްދިވެރިންގެ ބަސްތައް ކަނުލައި އަހާށެވެ. އަދި އަހަރެން މިދަސްކޮށްދޭ ކަންތައް ހަރުލައްވާށެވެ.
17 Inclina o ouvido, e ouve as palavras dos sábios, e aplica o coração ao meu conhecimento.
18 އެހެނީ މިބަސްތައް ހިތުގައި ހުރުމަކީ ރަނގަޅު ކަމެކެވެ. އޭރުން މިބަސްތައް ވަގުތުޖެހުމުން ދުލުކުރިއަށް އަންނާނެއެވެ.
18 Porque é coisa agradável os guardares no teu coração e os aplicares todos aos teus lábios.
19 އަހަރެން މިއަދު ކަލެއަށް މި ބަސްތައް ދަސްކޮށް ދެމެވެ. އާނއެކެވެ. ކަލެއަށެވެ. އެއީ ކަލޭ ލައްވާ މާތްރަސްކަލާނގެއަށް ވަކީލު ކުރުވުމަށެވެ.
19 Para que a tua confiança esteja no Senhor , quero dar-te hoje a instrução, a ti mesmo.
20 އަހަރެން ތިރީސް ހަރުބަސް ކަލެއަށް ލިޔެދީފީމެވެ. މިއިން ކޮންމެ ބަހެއްގައި އިލްމާއި ހެޔޮ ނަސޭހަތް އެކުލެވިފައިވެއެވެ.
20 Porventura, não te escrevi excelentes coisas acerca de conselhos e conhecimentos,
21 އޭރުން ކަލޭ ތަނަކަށް ފޮނުވާ މީހެއްގެ ގާތަށް އެނބުރި އައިސް ތެދުބަސްތަކުން އެމީހުންނަށް ކިޔާދީ ޖަވާބު ދެވޭނެއެވެ.
21 para mostrar-te a certeza das palavras da verdade, a fim de que possas responder claramente aos que te enviarem?
22 ފަގީރެއްގެ އަތުން އެއްޗެއް ވަގަށް ނެގެން އޮތަސް ނުނަގާށެވެ. އަދި ފަނޑިޔާރުގޭގައި މިސްކީނެއްގެ ޙައްޤަކަށް އަރައި ނުގަންނާށެވެ.
22 Não roubes ao pobre, porque é pobre, nem oprimas em juízo ao aflito,
23 އެހެނީ އެމީހުންނަށް ރައްކާތެރިކަން ދެއްވަނީ މާތްރަސްކަލާނގެއެވެ. އެމީހުންނަށް ގެއްލުންދޭ މީހާއަށް އެކަލާނގެ ގެއްލުން ދެއްވާނެތެވެ.
23 porque o Senhor defenderá a causa deles e tirará a vida aos que os despojam.
24 ރުޅިގަދަ މީހުންނާއި ރުޅި އިސްކުރާ މީހުންނާ ގުޅުން ނުބަހައްޓާށެވެ.
24 Não te associes com o iracundo, nem andes com o homem colérico,
25 އޭރުން އެމީހުންގެ ގޮތްތައް ކަލެއަށް ދަސްވެ ކަލޭގެ ދިރިހުރުމަށް ނުރައްކާވެދެއެވެ.
25 para que não aprendas as suas veredas e, assim, enlaces a tua alma.
26 އެހެން މީހަކު ދޭން އޮންނަ ދަރަންޏެއް ބޮލުގައި ނާޅާށެވެ.
26 Não estejas entre os que se comprometem e ficam por fiadores de dívidas,
27 އެލާރި ކަލެއަށް ދެވެން ނެތިއްޔާ އެމީހުން ކަލޭ ނިދާފައި އޮތްވާ ކަލޭގެ އެނދު ވެސް ގެންގޮސްފާނެއެވެ.
27 pois, se não tens com que pagar, por que arriscas perder a cama de debaixo de ti?
28 އަވަށްޓެރިޔާއަށް އޭނާގެ ދަރިކޮޅުން ވާރުތަ ކޮށްފައިވާ ގޯތީގެ އިމުން ބައެއް އަތުލައި ނުގަންނާށެވެ.
28 Não removas os marcos antigos que puseram teus pais.
29 ރަނގަޅު ގޮތުގައި ބުރަ މަސައްކަތް ކުރާ މީހަކު ދުށިން ހެއްޔެވެ؟ އޭނާ މަސައްކަތް ކުރަނީ އާދައިގެ މީހުންގެ ގާތަކު ނޫނެވެ. ރަސްގެފާނުގެ އަރިހުގައެވެ.
29 Vês a um homem perito na sua obra? Perante reis será posto; não entre a plebe.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 22, comparar traduções ou montar um estudo — tudo direto pelo WhatsApp.