Provérbios 21

ކިތާބުލް މުޤައްދަސް (DIV) vs NVT

Sair da comparação
NVT Nova Versão Transformadora
1 ރަސްގެފާނުގެ ހިތެކޭ މާތްރަސްކަލާނގެ އިރާދަފުޅާ އެއްގޮތަށް ދެމެމުން އަންނަ ކޯރެކޭ ތަފާތެއް ނެތެވެ. މާތްރަސްކަލާނގެ އިރާދަ ކުރެއްވި ކޮޅަކަށް އެކޯރުގެ ފެންގަނޑު ދެމެމުން ދާނެއެވެ.
1 O coração do rei é como canais de águas controlados pelo S enhor ; ele os conduz para onde quer.
2 ތިމާ ބަލާބެލުމަށް ތިމާގެ އުޅުން ރަނގަޅު ކަމަށް ފެނިދެއެވެ. އެކަމަކު ކަލޭގެ ހިތް ދެނެވޮޑިގަންނަވަނީ މާތްރަސްކަލާނގެއެވެ.
2 Ainda que as pessoas se considerem corretas, o S
3 މީހުން ކުރާ އަޅުކަމުގެ ޤުރުބާނީއަކަށް ވުރެން މީހުން ރަނގަޅު އުޅުމެއް އުޅުމުން މާތްރަސްކަލާނގެ މާ އުފާވެރިވެ ވޮޑިގަންނަވައެވެ.
3 O S enhor se agrada mais ao fazermos o que é certo e justo do que ao lhe oferecermos sacrifícios.
4 ބޮޑާ ބެލުންތަކާއި ކިބުރުވެރި ހިތްތަކާއި ފާހިޝް އަމަލުތަކީ ހުސް ފާފައެވެ.
4 Olhos arrogantes, coração orgulhoso e atos perversos: tudo isso é pecado.
5 ރަނގަޅު ތަދުބީރާއި ބުރަމަސައްކަތް މީހާއަށް ތަނަވަސްކަން ގެނެސްދެއެވެ. އަވަސް އަރުވައި މަގު ކުރުކޮށްލުމުން ހައިހޫނުކަން ގެނުވައެވެ.
5 Quem planeja bem e trabalha com dedicação prospera; quem se apressa e toma atalhos fica pobre.
6 ދޮގުވެރި ދުލަކުން އުފައްދާ ތަނަވަސްކަން އާތްވަށް އަރައިގެން ދެއެވެ. އަދި އެއީ މަރުގެ އަނދަވަޅެކެވެ.
6 A riqueza obtida por meio de mentiras é neblina que se dissipa e armadilha mortal.
7 ނުބައި މީހާގެ ނުބައި ނުލަފާކަން އޭނާ ހަލާކު ކޮށްލައެވެ. އެއީ އެމީހުން އިންސާފުން ކަންތައް ނުކުރާތީއެވެ.
7 A violência dos perversos os destruirá, pois se recusam a fazer o que é justo.
8 ކުށްވެރިޔާ ދަތުރުކުރާނީ ގުދުލާފައި އޮންނަ މަގުންނެވެ. ކުށެއް ނެތް މީހާ ދަތުރުކުރާނީ ސީދާމަގުންނެވެ.
8 O culpado anda por um caminho tortuoso; o inocente percorre uma estrada reta.
9 ޒީލަގަދަ އަންހެނަކާ އެކު ރީތި ގެއެއްގައި އުޅުމަށް ވުރެން ފުރާޅުމަތީގައި އެކަނި އިންނަން ވެސް މާ ހިތަށް ފަސޭހައެވެ.
9 É melhor viver sozinho no canto de um sótão que morar com uma esposa briguenta numa bela casa.
10 ނުބައި މީހުން ކުރަން ބޭނުންވާނީ ނުބައި ކަންތަކެވެ. އެމީހުންގެ އަވަށްޓެރިންނަށް އެމީހުންގެ ހެވެއް ނުލިބެއެވެ.
10 O perverso deseja o mal e não tem compaixão do próximo.
11 މީހުންނަށް ޖެއްސުން ކުރާ މީހާއަށް އަދަބު ލިބޭތަން ފެނުމުން ނުވިސްނޭ މީހުންނަށް އިބްރަތް ލިބެއެވެ. ބުއްދިވެރިއަކަށް ބުނެދިނުމުން އޭނާ އެކަންތައް ވިސްނައިގަނެއެވެ.
11 Quando o zombador é castigado, o ingênuo se torna sábio; quando o sábio é instruído, adquire ainda mais conhecimento.
12 ޞާލިޙުވަންތަ ކަލާނގެއަށް ވިޔާ ނުދާ މީހެއްގެ ގޭގައި ކަންތައް ހުންނަ ގޮތް އެނގިވޮޑިގަންނަވައެވެ. އެކަލާނގެ އެގެއަކަށް މުސީބާތް ގެންނަވައެވެ.
12 Deus, o Justo, sabe o que se passa na casa dos perversos e trará desgraça sobre eles.
13 ފަގީރުމީހާއަށް ބީރު ކަންފަތްދޭ މީހާ ކަމަކަށް ބޭނުންވާ ދުވަހު އެ އަޑު އަހާނެ މީހަކު ނުހުންނާނެއެވެ.
13 Quem fecha os ouvidos aos clamores dos pobres será ignorado quando passar necessidade.
14 ސިއްރުން ދެވޭ ހަދިޔާއަކުން ރުޅިއައިސް ހުންނަ މީހާގެ ރުޅިވެރިކަން މަތަވެދެއެވެ.
14 O presente entregue em segredo acalma a ira; o suborno oferecido às escondidas abranda a fúria.
15 ކުށެއް ނެތް މީހާއަށް ސަރިއަތަކީ އުފަލަކެވެ. ކުށްވެރިޔާ ބިރުން ފިތްކެނޑެއެވެ.
15 A justiça é alegria para o justo, mas causa pavor nos que praticam o mal.
16 ހަމަ ބުއްދި ފިލައިފިމީހާއަށް މަގު އޮޅިގެން ދެވޭނީ މަރުވެފައިވާ މީހުންގެ ތެރެއަށެވެ.
16 Quem se desvia do caminho da prudência acabará na companhia dos mortos.
17 އުފާ ހޯދަން އުޅޭމީހާ ވާނީ ފަގީރެވެ. ރަލާއި ތަނަވަސްކަމުގެ ފަހަތުން ދުވާ މީހާ މުއްސަންޖެއް ނުވެއެވެ.
17 Quem ama os prazeres ficará pobre; quem ama o vinho e o luxo nunca enriquecerá.
18 ނުބައި މީހުންނަށް އަދަބު ލިބޭނީ ހެޔޮ މީހުންނަށް ސަލާމަތްކަން ދިނުމަށެވެ.
18 Os perversos são castigados em lugar dos justos, e os desleais, em lugar dos honestos.
19 އަނގަހުއްޓާނުލާ ޒުވާބުކޮށް ޝަކުވާ ކުރާ އަންހެނަކާ އެކު އުޅުމަށް ވުރެން ހަނަފަސް ސަހަރާގެ ތެރޭގައި އެކަނި އުޅުން ވެސް މާރަނގަޅެވެ.
19 É melhor viver sozinho no deserto que morar com uma esposa briguenta que só sabe reclamar.
20 ބުއްދިވެރިން ތަނަވަސް ކަމާއި އިއްޒަތުގައި އުޅެއެވެ. މޮޔައިން ލާރިއެއް ލިބޭއިރަށް ތަޅާ ބުރުވާލައެވެ.
20 O sábio possui riqueza e luxo, mas o tolo gasta tudo que tem.
21 ޞާލިޙުކަން މަތީ އުޅެ ދެގޮތެއްނުވާ ލޯތްބެއްވާ މީހަކަށް ދިރިހުރުމާއި ތަނަވަސްކަމާއި ޝަރަފު ލިބޭނެއެވެ.
21 Quem busca a justiça e o amor encontra vida, justiça e honra.
22 ބުއްދިވެރިޔާ ވަރުގަދަ ރަށް ފަތަޙަ ކޮށްލައެވެ. ތަޅާނުލެވޭނެ ކަމަށް ހީކުރި ކިއްލާ ފުނޑުފުނޑު ކޮށްލައެވެ.
22 O sábio conquista a cidade dos fortes e derruba a fortaleza em que eles confiam.
23 ދޫރައްކާތެރިކޮށް އަނގަމަޑުންލައިގެން ހުންނާށެވެ. އޭރުން ތިމާ ހަލާކުގެ ތެރެއަށް ނުވެއްޓި ހުރެވޭނެއެވެ.
23 Cuide da língua e fique de boca fechada, e você não se meterá em apuros.
24 ބޮޑާކަމާއެކު މަލާމާތް ކުރާ މީހާ އަކީ ހައްދެއްނެތްހާ ކިބުރުވެރިއެކެވެ.
24 O zombador é orgulhoso e convencido e age com extrema arrogância.
25 ކަންކަމަށް ހިތްކިޔަކަސް ވަކިވަރަކަށް ކަންނެތް ވެއްޖެއްޔާ މީހާ ފަނާވެދާނެ އެވެ. އެހެނީ ކަމެއް ކުރާކަށް އެމީހާގެ އަތެއްފަޔެއް ގުޑައެއް ނުލާނެއެވެ.
25 O preguiçoso deseja muitas coisas, mas acaba em ruína, pois suas mãos se recusam a trabalhar.
26 ކަންނެތް މީހުން އަބަދުވެސް ތަކެއްޗަށް ދަހިވެތިވެއެވެ. އެކަމަކު ހެޔޮމީހުން ބޭނުންވަނީ ތަކެތި ދިނުމަށެވެ.
26 Algumas pessoas cobiçam o tempo todo, mas o justo gosta de repartir o que tem.
27 ނުބައި މީހުން ކުރާ ޤުރުބާނީ ދެކެ މާތްކަލާނގެ ނަފްރަތުވެ ވޮޑިގަންނަވައެވެ. އަމުދުން އެއީ ނުބައިކަމަކަށް އެދިގެން ކުރާ ކަމެއް ނަމައެވެ.
27 O sacrifício do perverso é detestável, especialmente quando oferecido com más intenções.
28 ދޮގު ހެކިވެރިންގެ އަނގަ ބަންދުކޮށްލެވެއެވެ. އެކަމަކު އިތުބާރު ކުރެވޭ މީހުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެއެވެ.
28 A testemunha falsa será morta; a testemunha confiável terá permissão de falar.
29 ނުބައި މީހާ އޮޅުވާލައިގެން ކުރިއަރައިގެން ދެއެވެ. އެކަމަކު ހެޔޮމީހާ ކަންތައް ކުރާނީ ކުރިއަށް ވިސްނައިގެންނެވެ.
29 A teimosia do perverso transparece em seu rosto, mas o justo pensa antes de agir.
30 އިންސާނާގެ ޙިކުމަތާއި ތަދުބީރަކުން މާތްރަސްކަލާނގެ ނިންމަވާ ކަމަކަށް ހުރަހެއް ނޭޅޭނެއެވެ.
30 Não há sabedoria, entendimento, nem conselho humano capaz de resistir ao S
31 ހަނގުރާމައަށް އަސް ތައްޔާރު ކޮށްލެވިދާނެއެވެ. އެކަމަކު ނަސްރު ލިބުން އޮތީ މާތްރަސްކަލާނގެ ކިބަފުޅުންނެވެ.
31 O cavalo é preparado para o dia da batalha, mas quem dá a vitória é o S

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 21, comparar traduções ou montar um estudo — tudo direto pelo WhatsApp.