Provérbios 20

ކިތާބުލް މުޤައްދަސް (DIV) vs NVT

Sair da comparação
NVT Nova Versão Transformadora
1 ރަލަކީ މީހާ އަޑުގަދަ މޮޔަ އަކަށް ހަދާލާ އެއްޗެކެވެ. ރަލުގެ އަވާގައި ޖެހޭ މީހުންނީ ބުއްދިވެރިންނަކަށް ނުވާނެއެވެ. އެމީހުންގެ ކިބައިން ފެށޭނީ އަރައިރުމެކެވެ.
1 O vinho produz zombadores; o álcool leva a brigas; quem é dominado pela bebida não é sábio.
2 ރުޅިގަދަ ވެރިޔާއަކީ ސިންގާއެއް ފަދަ އަޑުގަދަ މީހެކެވެ. އޭނާ ރުޅިއެރުވަކީ އަމިއްލަ ނަފްސު ނުރައްކަލަށް ވައްޓާލުންފަދަ ކަމެކެވެ.
2 O furor do rei é como o rugido do leão; quem provoca sua ira põe a vida em risco.
3 ޒުވާބެއްގެ ތެރެއަށް ނުވަނުމަކީ ޝަރަފުވެރިންގެ ސިފައެކެވެ. އަރައިރުން ކުރިއަށް ގެންދާނީ މޮޔައިންނެވެ.
3 Evitar contendas é sinal de honra; apenas o insensato insiste em brigar.
4 ރަނގަޅު މޫސުމުގައި ދަނޑު ނުހައްދާ ކަންނެތް މީހާ ކަނޑާނެ ގޮވާމެއް ނުހުންނާނެއެވެ. އޭނާ ކާނެ އެއްޗެއް ވެސް ނުހުންނާނެއެވެ.
4 Quem tem preguiça de arar a terra na época certa não terá comida no tempo da colheita.
5 ހިތުގެ ފުންމިނުގައި ހެޔޮ ނަސޭހަތް ފޮރުވިފައި ވާނެއެވެ. ވިސްނޭ މީހާ އެނަސޭހަތް ހޯދައި ނެރޭނެއެވެ.
5 Os bons conselhos ficam no fundo do coração, mas a pessoa sensata os traz à tona.
6 ތިމަންނައަށް އިތުބާރު ކުރާށޭ ވަރަށް ގިނަ މީހުން ބުނެއެވެ. އެކަމަކު ޙަޤީޤަތުގައި އިތުބާރު ކުރެވޭ ބަޔަކު ފެނިދާނެ ހެއްޔެވެ؟
6 Muitos se dizem amigos leais, mas quem pode encontrar alguém realmente confiável?
7 ތެދުވެރިޔާ ހިނގާނީ ހެޔޮމަގުންނެވެ. އެފަދަ މީހުން ނަމޫނާއަކަށް ބަލާ ދަރިންނަށް ބަރަކާތް ހުއްޓެވެ.
7 O justo anda em integridade; felizes os filhos que seguem seus passos.
8 ރަސްގެފާނު ނިޔާކަނޑައަޅާއިރު ހެކީންގެ ބަސްތަކަށް ބުރަވެއެވެ. އަދި ހެވާ ނުބައި ވަކިކޮށް ދެނެގަނެއެވެ.
8 Quando o rei se senta para julgar, analisa todas as provas e distingue entre o mal e o bem.
9 ތިމަންގެ ހިތް ސާފޭ، ފާފައެއް ނެތޭ ބުނެވެން އޮތީ ކާކަށް ހެއްޔެވެ؟
9 Quem pode dizer: “Purifiquei o coração; estou limpo e sem pecado”?
10 މިނެކިރާ ބަރުތަކާއި ނުވަރު މިންތަކަކީ މާތްރަސްކަލާނގެ ރުހިވޮޑިނުގަންނަވާ ތަކެއްޗެވެ.
10 Dois pesos e duas medidas: toda espécie de desonestidade é detestável para o S
11 ކުދިންގެ އަމަލުތަކުން ވެސް އެކުދިންނަކީ ތެދުވެރި ރަނގަޅު ބައެއް ކަން އެނގިގެންދާނެއެވެ.
11 Até crianças mostram quem são, por sua conduta, se agem de modo puro e correto.
12 އަޑުއަހާނެ ކަންފަތާއި ބަލާނެ ލޮލަކީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތެކެވެ.
12 Ouvidos para ouvir e olhos para ver: ambos são dádivas do S
13 ނިދަން ލޯބިކުރާ މީހާ ވާނީ ފަގީރެވެ. ލޯ ހުޅުވައި ހޯދާށެވެ. އޭރުން ކާތަކެތި މަދެއް ނުވާނެއެވެ.
13 Se você ama o sono, acabará pobre; mantenha os olhos abertos e terá fartura de alimento!
14 ގަންނަމީހާ ބުނެއެވެ. ”⁠އެއީ އަގެއް ނެތް އެއްޗެކެވެ.⁠“ މިހެން ބުނެ އޭތި އަގުހެޔޮކޮށް ގަނެ އެކަމާ ފަޚުރުވެރިވެއެވެ.
14 O comprador pechincha e diz: “Não vale nada”, mas depois conta vantagem de seu bom negócio.
15 ތަންދޮރު އެނގުމަކީ އެތައް ގިނަ ރަނަށް ވުރެން އަދި އެތައް ރަން މުތްތަކަށް ވުރެން އަގުބޮޑު އެއްޗެކެވެ.
15 As palavras que transmitem conhecimento são mais valiosas que grandes quantidades de ouro e rubis.
16 ނުދަންނަ މީހެއްގެ ދަރަނި ބޮލުގައި އެޅުމުގެ މޮޔަ ނަހަދާށެވެ. އެހެން ނޫނީ ރަހުނުގެ ގޮތުގައި ތިމާގެ އަމިއްލަ މުދާތައް ބަހައްޓަން ޖެހިދާނެއެވެ. އެއީ ބީރައްޓެއްސެއް ނަމަ އެ ދަރަނީގެ ބަދަލުގައި އެއްޗެއް ރަހުނުގެ ގޮތުގައި އަތުލާށެވެ.
16 Quem aceita ser fiador de um desconhecido perderá a roupa do corpo; ela ficará como pagamento de quem garante a dívida do estranho.
17 ވަގަށްނަގާ ރޮށިކޮޅު މީރުވެދާނެއެވެ. އެކަމަކު އަނގަޔަށްލުމުން އެވާނީ ހިލަވެއްޔަށެވެ.
17 Pão roubado tem sabor doce, mas depois será como areia na boca.
18 ރޭވުންތައް ކާމިޔާބުވަނީ ރަނގަޅު މަޝްވަރާގެ މަތިންނެވެ. ބުއްދިވެރި ލަފަޔަކާ ނުލައި ހަނގުރާމައަކަށް ނުދާށެވެ.
18 Com bons conselhos os planos são bem-sucedidos; não saia para a guerra sem boas orientações.
19 ދެބަކުޓުވާ މީހާ ސިއްރު ބުނަމުން ހިނގާނެއެވެ. އެފަދަ މީހުންނާ ގުޅުން ނުބާއްވާށެވެ.
19 O fofoqueiro vive espalhando segredos; portanto, evite a companhia de quem fala demais.
20 ބަފަޔާއި އަމަޔަށް ހުތުރުބަސް ބުނާ މީހާގެ ޙަޔާތުގެ ބައްތި ނިވި ކަނު އަނދިރިވެދާނެއެވެ.
20 Quem insulta o pai ou a mãe terá sua luz apagada na mais absoluta escuridão.
21 ކުއްލިގޮތަކަށް ލިބޭ މުދާގަނޑެއްގައި ބަރަކާތެއް ނުވެއެވެ.
21 A herança obtida antes da hora acaba não sendo bênção no final.
22 ބަދަލު ހިފަން އުޅެނުގަންނާށެވެ. އެކަންތައް މާތްރަސްކަލާނގެ ހިންމަވައި ދެއްވާނެއެވެ. އެއިރަކަށް އިންތިޒާރު ކުރާށެވެ.
22 Não diga: “Vou me vingar deste mal”; espere o S
23 އުނިއިތުރު ކުރާ މީހުން ދެކެ މާތްރަސްކަލާނގެ ނުރުހުންތެރިވެ ވޮޑިގަންނަވައެވެ. ދޮގުވެރި ތިލަފަތް ދެކެ އެކަލާނގެ ރުހިވޮޑިއެއް ނުގަންނަވައެވެ.
23 A desonestidade é detestável para o S enhor ; ele não se agrada de balanças adulteradas.
24 އަހަރެމެންގެ މަގުތައް ކޮށްޓަވަނީ މާތްރަސްކަލާނގެ އެވެ. ވީއިރު ކުރިޔަށް ދެވެން އޮތީ ކޮން މިސްރާބަކަށް ކަން ދެނެގަންނަން އެނގޭނީ ކާކަށް ހެއްޔެވެ؟
24 É o S enhor que dirige nossos passos; então por que tentar entender tudo ao longo do caminho?
25 އަވަސް އަރުވައިގެން މާތްރަސްކަލާނގެއަށް ނަދުރު ނުބުނާށެވެ. ފަހުން އެކަމާ ދެރަވާން ޖެހިދާނެއެވެ.
25 É uma armadilha prometer algo a Deus apressadamente e só depois calcular o custo.
26 ބުއްދިވެރި ރަސްގެފާނު ނުބައި މީހުން ފުށަށް ހަދައި ބުރުވާލައެވެ. އެމީހުންނާ މެދަކު ރަޙުމެއް ނުބަހައްޓައެވެ.
26 O rei sábio espalha os perversos como trigo e passa sobre eles a roda de debulhar.
27 މާތްރަސްކަލާނގެ މީހާގެ ރޫޙުގެ ފުންމިނަށް އަލިކޮށް ބައްލަވާ ވޮޑިގަންނަވައެވެ. އޭނާގެ ޒަމީރުގައި ފޮރުވިފައިވާ އެއްޗެއް އެކަލާނގެއަށް ފާޅުވެ ފެންނަން ހުރެއެވެ.
27 A luz do S enhor penetra o espírito humano e revela todas as intenções ocultas.
28 ރަސްގެފާނަށް ސަލާމަތްކަން ލިބެނީ އަމާނާތްތެރިކަމާއި ދެގޮތެއް ނުވާ ލޯބިންނެވެ. އަދި އެރަސްކަން ދެމެހެއްޓެނީ ހުރިހާ އެންމެން ދެކެ ދެގޮތެއް ނުވެ ލޯބިވާނަމައެވެ.
28 Bondade e fidelidade protegem o rei; seu trono é firmado pelo amor.
29 ޒުވާންކަމުގެ ޖޯޝަކީ ގަދަ ބާރެކެވެ. ނުރައަކީ ތަޖުރިބާކާރުންގެ އަގުބޮޑު ޝަރަފެވެ.
29 A glória dos jovens está em sua força, e o esplendor dos idosos, em seus cabelos brancos.
30 ތަޅައި އަދަބު ދިނުމުން ނުބައިކަން ފިލާދެއެވެ. ތަރުބިއްޔަތު ކުރުމުން ހިތް ސާފުވެދެއެވެ.
30 O castigo físico elimina o mal; essa disciplina purifica o coração.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 20, comparar traduções ou montar um estudo — tudo direto pelo WhatsApp.