Provérbios 19

ކިތާބުލް މުޤައްދަސް (DIV) vs ARA

Sair da comparação
ARA Almeida Revista e Atualizada 1993
1 ފަގީރުކަން މަތީގައި ހެޔޮގޮތުގައި ދިރިއުޅުން، ދޮގުވެރި މޮޔައެއްގެ ގޮތުގައި އުޅުމަށް ވުރެން މާ ހެވެވެ.
1 Melhor é o pobre que anda na sua integridade do que o perverso de lábios e tolo.
2 އިލްމާ ނުލައި ފޯރިހިއްޕުމަކުން ވާނެ މޮޅެއް ނޯވެއެވެ. އަވަސް އަރައިގެން އުޅުމުން ހެދޭނީ ހައްތާ ގޯހެވެ.
2 Não é bom proceder sem refletir, e peca quem é precipitado.
3 މީހުންގެ މޮޔަކަމުން ތިމާގެ ދިރިއުޅުން ހަލާކުކޮށްލާފައި މާތްރަސްކަލާނގެ ކިބަފުޅަށް އެކަންތައް ފޫޅުކަނޑައެވެ.
3 A estultícia do homem perverte o seu caminho, mas é contra o
4 ފައިސާ ރައްޓެހިން ގިނަ ކުރެއެވެ. ފަގީރުކަން ރައްޓެހިން ފައްސާލައެވެ.
4 As riquezas multiplicam os amigos; mas, ao pobre, o seu próprio amigo o deixa.
5 ދޮގު ހެކިދޭ މީހާއަށް އަދަބު ނުލިބިއެއް ނުދާނެއެވެ. ދޮގުވެރިޔާއަކަށް ވެސް ސަލާމަތެއް ނެތެވެ.
5 A falsa testemunha não fica impune, e o que profere mentiras não escapa.
6 ވެރިމީހާގެ ރުހުން ހޯދަން އެންމެން ބޭނުންވެއެވެ. ހަދިޔާދޭ މީހެއްގެ ރައްޓެއްސަކަށް ވާން ވެސް ބޭނުންވެއެވެ.
6 Ao generoso, muitos o adulam, e todos são amigos do que dá presentes.
7 ފަގީރުމީހާގެ ގާތްތިމާގެމީހުން ވެސް އޭނާ ދެކެ ނަފްރަތުކުރެއެވެ. ވީއިރު ރައްޓެހިން ވަކި ގާތްކަމެއް ބަހައްޓާނެހެއްޔެވެ؟ ފަގީރުމީހާ އާދޭސްކޮށްކޮށް ހުއްޓާ އޭނާގެ ރައްޓެހިން ގެއްލި ދެއެވެ.
7 Se os irmãos do pobre o aborrecem, quanto mais se afastarão dele os seus amigos! Corre após eles com súplicas, mas não os alcança.
8 އަމިއްލަ ނަފްސު ދެކެ ލޯބިވާނަމަ ބުއްދިވެރިކަން ހޯދާށެވެ. ކަންކަން ފަހުމުކޮށް ދަސްކުރާ މީހާގެ ތަނަވަސްކަން އިތުރުވާނެއެވެ.
8 O que adquire entendimento ama a sua alma; o que conserva a inteligência acha o bem.
9 ދޮގުހެކި ދޭ މީހާއަށް އެކަމުގެ ސަޒާ ނުލިބިއެއް ނުދާނެއެވެ. ދޮގުވެރިޔާ ހަލާކުވެދާނެއެވެ.
9 A falsa testemunha não fica impune, e o que profere mentiras perece.
10 މޮޔައަކު އިއްޒަތުގައި އުޅުމާއި އަޅަކު އަމީރުންގެ މައްޗަށް އަމުރު ހިންގުން އެއީ މުނާސަބު ކަންތަކެއް ނޫނެވެ.
10 Ao insensato não convém a vida regalada, quanto menos ao escravo dominar os príncipes!
11 ބޯހަމަޖެހޭ މީހުންގެ ރުޅި ކޮންޓްރޯލް ކުރާނެއެވެ. މީހުންގެ ފަރާތުން ލިބޭ އުނދަގޫތަކަށް ކެތްކޮށް އެކަމާ އަޅާނުލާ މީހުންނަށް އިޙްތިރާމް ލިބިގެންވެއެވެ.
11 A discrição do homem o torna longânimo, e sua glória é perdoar as injúrias.
12 ރަސްގެފާނުގެ ކޯފާއެކޭ ސިންގާގެ ހޭރުމެކޭ އެއްފަދައެވެ. ރަސްގެފާނުގެ ރުހުން ގަސްތަކަށް ފައިބާ ޝަބްނަމްގެ ތިކިތަކެއް ފަދައެވެ.
12 Como o bramido do leão, assim é a indignação do rei; mas seu favor é como o orvalho sobre a erva.
13 މޮޔަދަރިން މައިންބަފައިން ބަރުބާދު ކުރެއެވެ. ޝަކުވާ ކުރާ އަނބިމީހާއެކޭ ހުއްޓާނުލާ ބޮލަށް ޖަހާ ފެންތިކިތަކެކޭ އެއްގޮތެވެ.
13 O filho insensato é a desgraça do pai, e um gotejar contínuo, as contenções da esposa.
14 މައިންބަފައިންނަށް ދަރިންނަށް ގެދޮރާއި މުދާ ދެވިދާނެއެވެ. ހެޔޮ އަނތްބަކު ދެއްވަނީ މާތްރަސްކަލާނގެއެވެ.
14 A casa e os bens vêm como herança dos pais; mas do
15 ކަންނެތް މީހުންނަށް ގުގުރިދަމައި ނިދާލެވިދާނެއެވެ. އެކަމަކު ކަންނެތްކަމުން ލިބޭނީ ބަނޑުހައިކަމެވެ.
15 A preguiça faz cair em profundo sono, e o ocioso vem a padecer fome.
16 އަމުރުފުޅާ އެއްގޮތަށް އުޅޭނަމަ ދިރިހުރުން ލިބޭނެއެވެ. ދެކޮޅުވެރިވެ ގަންނަ މީހާއަށް ދެވޭނީ މަރާ ދިމާއަށެވެ.
16 O que guarda o mandamento guarda a sua alma; mas o que despreza os seus caminhos, esse morre.
17 ފަގީރަކަށް އެހީވެއްޖެނަމަ އެއީ މާތްރަސްކަލާނގެ ކިބަފުޅަށް ދޫކުރެވޭ ދަރަންޏެކެވެ. އެކަލާނގެ އެ ދަރަނި އަދާކޮށް ދެއްވާނެއެވެ.
17 Quem se compadece do pobre ao Senhor empresta, e este lhe paga o seu benefício.
18 ދަރިން ކުޑައިރު ތަރުބިއްޔަތު ކުރާށެވެ. ނޫނީ އެ ދަރިންނަށް އަދަބު ނުދޭނަމަ އެ ދަރިންގެ ދިރިއުޅުން ހަލާކު ކޮށްލެވިދާނެއެވެ.
18 Castiga a teu filho, enquanto há esperança, mas não te excedas a ponto de matá-lo.
19 ރުޅިގަދަ މީހާ އެކަމުގެ އަގު ދައްކަން ޖެހޭނެއެވެ. އެއްފަހަރު ކަލޭ އެކަމުން އޭނާ ސަލާމަތް ކޮށްދިނަސް އެހާހިސާބުން އެކަމެއް ނުނިމޭނެއެވެ. އެކަންތައް ދާނީ ތަކުރާރު ވަމުންނެވެ.
19 Homem de grande ira tem de sofrer o dano; porque, se tu o livrares, virás ainda a fazê-lo de novo.
20 ލިބެން އޮތްހާ ހެޔޮ ނަސޭހަތަކާއި އިލްމެއް ލިބިގަންނާށެވެ. އޭރުން ތިމާ މުޅި އުމުރުގައި ޙިކުމަތްތެރި ވާނެއެވެ.
20 Ouve o conselho e recebe a instrução, para que sejas sábio nos teus dias por vir.
21 އިންސާނާއަށް ކުރެވޭނީ ތަދުބީރެވެ. ތަގުދީރު ކުރައްވާނީ މާތްރަސްކަލާނގެއެވެ.
21 Muitos propósitos há no coração do homem, mas o desígnio do
22 ވަފާތެރިކަން އިންސާނާއާ ދިމާއަށް މީހުންގެ ހިތްތައް ލަންބުވާލައެވެ. ދޮގުވެރިކަމަށް ވުރެން ފަގީރުކަން ވެސް މާހެވެވެ.
22 O que torna agradável o homem é a sua misericórdia; o pobre é preferível ao mentiroso.
23 މާތްރަސްކަލާނގެއަށް ބިރުވެތިވުމުން ދިގު އުމުރެއް ލިބެއެވެ. ނުރައްކަލުން ސަލާމަތްވެ ހިތްހަމަޖެހުން ލިބެއެވެ.
23 O temor do Senhor conduz à vida; aquele que o tem ficará satisfeito, e mal nenhum o visitará.
24 ކަންނެތް މީހާ ކާނާ އަތަށް ނަގައެވެ. އެކަމަކު އޭނާ އެކާނާ އަނގަޔާ ހަމަޔަކަށް ނުގެންދެއެވެ.
24 O preguiçoso mete a mão no prato e não quer ter o trabalho de a levar à boca.
25 ނުވިސްނޭ މީހުންނަށް ތަންދޮރު އެނގެނީ ފުރައްސާކުރާ މީހާއަށް އަދަބުލިބޭތަން ފެނުމުންނެވެ. ވިސްނޭ މީހާ އިސްލާހުކޮށްލުމުން އޭނާ އެކަން ވިސްނައިގަނެއެވެ. އަދި ކުރިޔަށް ވުރެން ވެސް ބޮޑަށް އޭނާއަށް ތަންދޮރު އެނގިދެއެވެ.
25 Quando ferires ao escarnecedor, o simples aprenderá a prudência; repreende ao sábio, e crescerá em conhecimento.
26 ބަފާޔަށް އިހާނާތްތެރިވެ މައިމީހާ ފައްސާލާ މީހާއަކީ މީހުންގެ ތެރޭގައި އަގުވެއްޓިފައި ހުރި މީހެކެވެ.
26 O que maltrata a seu pai ou manda embora a sua mãe filho é que envergonha e desonra.
27 މަގޭ ދަރިޔާއެވެ! އިރުޝާދުތަކަށް ފުރަގަސް ދޭ މީހާއަކީ އިލްމަށް ފުރަގަސް ދޭމީހެކެވެ.
27 Filho meu, se deixas de ouvir a instrução, desviar-te-ás das palavras do conhecimento.
28 ދޮގުހެކިދޭ މީހާ އެކުރަނީ އަދުލު އިންސާފަށް މަލާމާތެވެ. އެ ނުބައިނުލަފާ މީހުން ހީކުރަނީ ޖަރީމާއަކީ މީރު ކާނާއެއް ކަމަށެވެ.
28 A testemunha de Belial escarnece da justiça, e a boca dos perversos devora a iniquidade.
29 ޢުޤޫބާތް ވަނީ ޖެއްސުން ކުރާ މީހުންނަށެވެ. މޮޔައިންގެ ބުރަކަށި ވަނީ އަދަބު ދެވުމަށެވެ.
29 Preparados estão os juízos para os escarnecedores e os açoites, para as costas dos insensatos.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 19, comparar traduções ou montar um estudo — tudo direto pelo WhatsApp.