Provérbios 18

ކިތާބުލް މުޤައްދަސް (DIV) vs NVI

Sair da comparação
NVI Nova Versão Internacional
1 ގުޅުންކުޑަ މީހާ ބަލާނީ އަމިއްލަ ފައިދާއަށެވެ. އެމީހުން ހެޔޮ ނަސޭހަތަށް ޖެއްސުން ކުރާނެއެވެ.
1 Quem se isola, busca interesses egoístas, e se rebela contra a sensatez.
2 މޮޔައިން ކަންތައް އޮޅުން ފިލުވާކަށް ބޭނުމެއް ނުވެއެވެ. އެމީހުން ބޭނުންވާނީ އެހެންމީހުންނަށް މޮޅު ޚިޔާލު ދިނުމަށެވެ.
2 O tolo não tem prazer no entendimento, mas sim em expor os seus pensamentos.
3 ނުބައިކަންތައް ކުރުމުން ފަޟީޙަތްވެ ލަދުގަތުން ނޫން ކަމެއް ނުވެއެވެ.
3 Com a impiedade, vem o desprezo, e com a desonra vem a vergonha.
4 ބުއްދިވެރި ބަސްތަކަކީ ފުން ކަނޑެކެވެ. ޙިކުމަތްތެރި ބަސްތަކަކީ ކޯރެއްގެ ފެންހާ ތާޒާ އެއްޗެކެވެ.
4 As palavras do homem são águas profundas, mas a fonte da sabedoria é um ribeiro que transborda.
5 ކުށްވެރިޔާ މިނިވަންކޮށް އަދި ކުށެއް ނެތް މީހާއަށް އިންސާފު ހޯދައި ނުދިނުމަކީ ގޯހެކެވެ.
5 Não é bom favorecer os ímpios para privar da justiça o justo.
6 މޮޔައެއްގެ ބަސްތައް އަރާރުމަކަށް ވެދެއެވެ. އެންމެފަހުން އޭނާގެ ގަޔަށް އެތިފަހަރު އަރައިދެއެވެ.
6 As palavras do tolo provocam briga, e a sua conversa atrai açoites.
7 މޮޔައިންގެ އަނގަޔަކީ އެމީހުންގެ ހަލާކެވެ. އެމީހުން ތާށިވަނީ އެމީހުންގެ ތުންފަތުންނެވެ.
7 A conversa do tolo é a sua desgraça, e seus lábios são uma armadilha para a sua alma.
8 ދެބަކުޓުވުމުގެ ބަސްތައް ނިކަން މީރުވާނެއެވެ. އެ ބަސްތައް އަނގަޔަށް ވިރި ބަނޑުތެރެއަށް ފައިބައެވެ.
8 As palavras do caluniador são como petiscos deliciosos; descem até o íntimo do homem.
9 ކަންނެތް މީހާއެކޭ ފަނާކުރާ މީހެކޭ ތަފާތެއް ނެތެވެ.
9 Quem relaxa em seu trabalho é irmão do que o destrói.
10 މާތްރަސްކަލާނގެ ނަންފުޅު ވަރުގަދަ ކިއްލާއެއް ފަދައެވެ. އެހެނީ އެ ކިއްލާއަށް ދުވެ ގޮސް ވަންނަ ސާލިހަކަށް ރައްކާތެރިކަން ލިބިގެންވެއެވެ.
10 O nome do Senhor é uma torre forte; os justos correm para ela e estão seguros.
11 މުއްސަނދިމީހާ ހީކުރަނީ އޭނާގެ ފައިސާއަކީ ދިފާއެއް ކަމަށެވެ. އެމީހުން ހީކުރަނީ އޭގެ އެހީގައި ރައްކާތެރިކަން ލިބޭނެކަމަށެވެ.
11 A riqueza dos ricos é a sua cidade fortificada, eles a imaginam como um muro que é impossível escalar.
12 ބޮޑާކަން އެއީ މީހާގެ ހަލާކެވެ. ހިތްތިރިކަން އެއީ މީހާގެ ޝަރަފެވެ.
12 Antes da sua queda o coração do homem se envaidece, mas a humildade antecede a honra.
13 ކަން ހިނގިގޮތް ނުބަލައި ޖަވާބު ދިނުމަކީ މޮޔަ ލަދުވެތިކަމެކެވެ.
13 Quem responde antes de ouvir, comete insensatez e passa vergonha.
14 ތިމާގެ ކިބައިގައި ރޫޙާއި ޖޯޝް ހުރުމުން ބަލި ހަށިގަނޑަށް ގަދަކަން ލިބެއެވެ. އެކަމަކު ރޫޙު ނެތުމުން ފުރާނައަކަށް އެ ހަށިގަނޑަކު ނުހުރެވެއެވެ.
14 O espírito do homem o sustenta na doença, mas o espírito deprimido, quem o levantará?
15 ވިސްނުންތެރިން ދަސްކުރުމަށް ތައްޔާރުގައި ތިބެއެވެ. އެމީހުންގެ ކަންފަތް އިލްމަށް ހުޅުވައިގެން ތިބެއެވެ.
15 O coração do que tem discernimento adquire conhecimento; os ouvidos dos sábios saem à sua procura.
16 ހަދިޔާއަކީ ދޮރު ހުޅުވައިދޭ އެއްޗެކެވެ. ހަދިޔާތައް، މުހިންމު މީހުންނާ ތިމާ ކައިރިކޮށްދެއެވެ.
16 O presente abre o caminho para aquele que o entrega e o conduz à presença dos grandes.
17 ފަނޑިޔާރުގޭގައި ފުރަތަމަ ވާހަކަ ދައްކާ މީހާ އެބުނަނީ ތެދެކޭ ހީވެދާނެއެވެ. އެކަން އޮތީ އެހެން ނޫންކަން އެނގޭނީ އަނެއް މީހާ ވާހަކަ ދެއްކީމައެވެ.
17 O primeiro a apresentar a sua causa parece ter razão, até que outro venha à frente e o questione.
18 ބާރު ގަދަ ދެމީހެއްގެ ދެމެދު ކުރެވޭ ޒުވާބެއް ގުރުއަތުލައިގެން ހުއްޓުވިދާނެއެވެ.
18 Lançar sortes resolve contendas e decide questões entre poderosos.
19 ނުރުހިފައި ހުރި ރައްޓެއްސަކު ރުއްސުން ރަށްބޭރު ބޮޑުފާރު ތަޅާލުމަށް ވުރެން އުނދަގުލެވެ. ދެ ރައްޓެހިންގެ ދެމެދު ކުރެވޭ ޒުވާބަކުން ދަގަނޑުބަންދު އެޅި ދޮރެއްގެ ދެފަރާތުގައި ދެމީހުން ގައިދުވެދެއެވެ.
19 Um irmão ofendido é mais inacessível do que uma cidade fortificada, e as discussões são como as portas trancadas de uma cidadela.
20 ބުއްދިވެރި ބަސްތަކެކޭ މީރު ކާނާއެކޭ އެއްގޮތެވެ. ރަނގަޅު ބަސްތަކުން ބަނޑުފުރުމުން ލިބޭފަދަ ހިތްހަމަޖެހުމެއް ލިބިގެން ދެއެވެ.
20 Do fruto da boca enche-se o estômago do homem; o produto dos lábios o satisfaz.
21 ތިމާ ބުނާ ބަހަކުން ދިރިހުރުން ނުވަތަ މަރު ކުރިމަތިވެދެއެވެ. ބަސްގިނަ މީހާ އެކަމުގެ ނަތީޖާއާ ކުރިމަތިލާން ޖެހެއެވެ.
21 A língua tem poder sobre a vida e sobre a morte; os que gostam de usá-la comerão do seu fruto.
22 އަނތްބެއް ލިބޭ މީހާއަށް ޚަޒާނާއެއް ލިބިއްޖެއެވެ. އެއީ މާތްރަސްކަލާނގެ ދެއްވާ ނިޢުމަތެކެވެ.
22 Quem encontra uma esposa encontra algo excelente; recebeu uma bênção do Senhor.
23 ފަގީރުމީހާ ދެރަވެ އާދޭސް ކުރާއިރު މުއްސަނދިމީހާ ހަރުކަށި ޖަވާބުދެއެވެ.
23 O pobre implora misericórdia, mas o rico responde com aspereza.
24 ބައެއް ރައްޓެހިންގެ ކިބައިން ލިބެނީ ގެއްލުމެވެ. އަނެއްބައި ރައްޓެހިން ތިމާގެ އެއްބަނޑުމީހާއަށް ވުރެން ގާތްކަން ބޮޑެވެ.
24 Quem tem muitos amigos pode chegar à ruína, mas existe amigo mais apegado que um irmão.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 18, comparar traduções ou montar um estudo — tudo direto pelo WhatsApp.