Provérbios 17
ކިތާބުލް މުޤައްދަސް (DIV) vs NTLH
1 ހަމަނުޖެހުމެއްގެ ތެރޭގައި އިނދެ ކާ ބިރިއާންޏަކަށް ވުރެން ހަމަޖެހިގެން ހަމަހިމޭން ތަނެއްގައި އިނދެކާ ފާރޮށި ކުނޑިކޮޅު ވެސް މާ ރަނގަޅެވެ.
1 É melhor comer um pedaço de pão seco, tendo paz de espírito, do que ter um banquete numa casa cheia de brigas.
2 ބުއްދިވެރި އަޅުސޮރު ވިޔާނުދާ ދަރީގެ މައްޗަށް ގަދަވެ، ސާހިބުމީހާގެ ތަރިކަ މުދަލުން ބައެއް އަތުލައިގަނެއެވެ.
2 O escravo sábio mandará no filho que envergonhou o pai e também receberá uma parte da herança.
3 ރަނާއި ރިހި އިމްތިޙާނު ކުރެވެނީ އަލިފާނުންނެވެ. މީހާގެ ހިތް އިމްތިޙާނު ކުރައްވަނީ މާތްރަސްކަލާނގެއެވެ.
3 O ouro e a prata são provados pelo fogo, mas é o Senhor Deus quem mostra o que as pessoas realmente são.
4 ކުޓުވާ މީހުންގެ ބަސްތައް އަހާނީ ވިޔާނުދާ މީހުންނެވެ. ދޮގު އަޑުއަހާނީ ދޮގުވެރިންނެވެ.
4 Os maus ouvem com atenção as coisas más, e os mentirosos gostam de ouvir mentiras.
5 ފަގީރުންނަށް މަލާމާތްކުރުމުން އެކަން ރައްދުވަނީ ހެއްދެވި ފަރާތަށެވެ. ހާލުގައި ޖެހިފައިވާ މީހާއަށް ޖެއްސުން ކޮށްފިނަމަ އެކަމަށް އަދަބު ލިބޭނެއެވެ.
5 Quem caçoa do pobre insulta a Deus, que o fez; quem se alegra com a desgraça dos outros será castigado.
6 ކާފަމާމައިން އެމީހުންގެ ކާފަމާމަ ދަރިންނާމެދު ފަޚުރުވެރި ވެއެވެ. ހަމަ އެފަދައިން ދަރިން އެމީހުންގެ މައިންބަފައިންނާމެދު ވެސް ފަޚުރުވެރި ވެއެވެ.
6 Assim como os avós se orgulham dos netos, os filhos se orgulham dos pais.
7 ހަމަ ޖެހޭ ވާހަކައެއް ދެއްކުމަކީ މޮޔަޔަކާ ނުގުޅޭ ކަމެކެވެ. ވެރިޔަކު ދޮގެއް ހެދުމަކީ އޭނާއާ ވެސް ނުގުޅޭ ކަމެކެވެ.
7 É mais fácil um tolo dizer alguma coisa que se aproveite do que um homem de respeito dizer uma mentira.
8 ރިޝްވަތުދޭ މީހާ ހީކުރަނީ އެއީ ޖާދޫގެ ހިލަކޮޅެއް ކަމަށެވެ. ރިޝްވަތު ދިނުމުން އޭނާ ބޭނުންހާ ކަމެއް ވެދާނެ ކަމަށެވެ.
8 Alguns pensam que, com dinheiro, podem comprar qualquer pessoa; acham que o suborno é uma coisa mágica.
9 މަޢާފު ދިނުމަކީ ލޯބި އިތުރުވާ ކަމެކެވެ. އެކަމަކު އެވާހަކަ ތަކުރާރުކޮށް ދެއްކުމަކީ ގުޅުން ކެނޑިދާ ކަމެކެވެ.
9 Quem perdoa uma ofensa mostra que tem amor, mas quem fica lembrando o assunto estraga a amizade.
10 އިސްލާހު ކުރުމަށް ވިސްނުންތެރިޔެއްގެ ގާތު މީހަކު ބުނެލާ އެންމެ ބަހެއް ވެސް، މޮޔައެއްގެ ގައިގައި އެއްތެލަކުން ސަތޭކަ އެތިފަހަރު ޖެހުމަށް ވުރެން ފައިދާ ކުރެއެވެ.
10 Quem tem juízo aprende mais com uma repreensão do que o tolo, com cem chicotadas.
11 ނުބައި މީހުން ހަމަނުޖެހުން އުފައްދަން އަވަސްވެގަނެއެވެ. އެކަމަކު އެމީހުންނަށް ގަދަފަދަ ސަޒާ ދެވޭނެއެވެ.
11 As pessoas revoltadas estão sempre criando problemas; por isso a morte virá para elas como um mensageiro cruel.
12 ދަރިން ގެއްލިފައި ވީ ސާރިދޯޅައެއްގެ އަތްދަށުވިޔަސް މޮޔަވެފައި ހުރި މޮޔައެއްގެ އަތްދަށު ނުވާށެވެ.
12 É melhor encontrar uma ursa da qual roubaram os filhotes do que um homem sem juízo, ocupado com as suas tolices.
13 ހެޔޮކަމުގެ ބަދަލުގައި ނުބައިކަމެއް ކުރާ މީހެއްގެ ގެއިން ނުބައިކަން ފިލާ ނުދާނެއެވެ.
13 Quem paga o bem com o mal não afastará o mal da sua casa.
14 އަރައިރުމެއް ފެށުމެކޭ ހިފަހައްޓާފައި ހުރި ފެންގަނޑެއްގެ ދޮރާށި ހުޅުވާލުމެކޭ އެއްފަދައެވެ. ޒުވާބެއް ފެށުމުގެ ކުރީގައި އެކަން ހުއްޓުވާށެވެ.
14 O começo de uma briga é como a primeira rachadura numa represa: é bom parar antes que a coisa piore.
15 ކުށްވެރިޔާ ކުށުން ބަރީއަ ކުރުމާއި ކުށެއް ނެތްމީހާ ކުށްވެރި ކުރުމަކީ މާތްރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތަކެވެ.
15 Há duas coisas que o Senhor Deus detesta: que o inocente seja condenado e que o culpado seja declarado inocente.
16 ދަސްކުރަން ބޭނުން ނުވާ މޮޔައަކަށް ދަރުސް ދިނުމަށް ފައިސާތަކެއް ހޭދަކުރުމަކީ މާނައެއް ނެތް ކަމެކެވެ.
16 Não adianta nada o tolo gastar dinheiro para conseguir a sabedoria porque ele não aprende nada mesmo.
17 ރަޙުމަތްތެރިޔާ ހުންނާނީ އަބަދުވެސް ތިމާއަށް ހެޔޮއެދުން މަތީގައެވެ. އަޚާ ހުންނާނީ އެހީއަކަށް ބޭނުންވާ ހިނދު އެހީތެރިވުމަށެވެ.
17 O amigo ama sempre e na desgraça ele se torna um irmão.
18 އެހެން މީހެއްގެ ދަރަންޏަކާ ހަވާލުވުމަކީ މޮޔަކަމެކެވެ. ގާތްމީހެއްގެ ދަރަންޏަކާ ވެސް މަތިނުވާށެވެ.
18 Somente um tolo aceitaria ficar como fiador do seu vizinho.
19 އަރައިރުންވާ ހިތުން ހުންނަމީހާ ފާފައަށް އަރައިގަންނަ ހިތްވެއެވެ. ދޮރާށި އުސްކޮށްގެން ހުންނަ މީހާއަށް ނުރައްކާ ހުށަހެޅެއެވެ.
19 As pessoas revoltadas gostam de briga, e quem vive se gabando está correndo para a desgraça.
20 ތެދުވެރި ނުވުމުން ލިބޭ މޮޅެއް ނޯވެއެވެ. ދޮގުހެދުމުން އޮތީ ހަލާކެވެ.
20 Quem vive pensando e dizendo coisas más não pode esperar nada de bom, mas só a desgraça.
21 މޮޔަ ދަރިއެއްގެ މައިންބަފައިންނަކަށް ހިތާމަ ނޫން ކަމެއް ނެތެވެ. ދެކޮޅުވެރި ދަރިއެއްގެ ބަފާއަށް ލިބޭ އުފަލެއް ނެތެވެ.
21 O pai de filhos sem juízo só tem tristezas e sofrimentos.
22 އުފާވެރި ހިތަކީ ޝިފާއެކެވެ. ހިތާމަވެރިކަމަކީ ރޫޙު ބަލިކަށި ކޮށްލާ ކަމެކެވެ.
22 A alegria faz bem à saúde; estar sempre triste é morrer aos poucos.
23 ނުބައި މީހުން އިންސާފަށް ހުރަސް އެޅުމަށް ރިޝްވަތު ހިފައެވެ.
23 Os juízes desonestos se vendem por dinheiro e por isso são injustos nas suas sentenças.
24 ހަމަ ވިސްނޭ މީހާ ބަލާނީ ޙިކުމަތާ ދިމާއަށެވެ. މޮޔައެއްގެ ލޯ ދުނިޔޭގެ ކަންކޮޅަށް ފޯރުވާނެއެވެ.
24 Quem tem juízo procura a sabedoria, mas o tolo não sabe o que quer.
25 މޮޔަ ދަރިން އެމީހުންގެ ބަފާ ހިތްދަތިކުރެއެވެ. ވިހޭ މައިމީހާ ހިތުގައި ޖައްސައެވެ.
25 O filho sem juízo é tristeza para o seu pai e amargura para a sua mãe.
26 ތެދުވެރިޔާއަށް އަދަބު ދިނުމަކީ ގޯހެކެވެ. ހެޔޮ ވެރިޔާ ހަވަރަށް ދިނުމަކީ ވެސް ގޯހެކެވެ.
26 Não é bom multar um homem correto; não é certo castigar os líderes honestos.
27 ތަންދޮރު އެނގޭ މީހާގެ ބަސް މަދުވާނެއެވެ. ތަންދޮރު ދަންނަ މީހާގެ ރުޅިމަޑު ވާނެއެވެ.
27 Quem controla as suas palavras é sábio, e quem mantém a calma mostra que é inteligente.
28 މޮޔައަކު ވެސް އަނގަ ލައްޕައިގެން ހުންނައިރު ވިސްނޭ މީހެކޭ ހީވެދާނެއެވެ.
28 Até um tolo pode passar por sábio e inteligente se ficar calado.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Provérbios 17, comparar traduções ou montar um estudo — tudo direto pelo WhatsApp.