Provérbios 16

ކިތާބުލް މުޤައްދަސް (DIV) vs NVT

Sair da comparação
NVT Nova Versão Transformadora
1 އިންސާނާ ކުރަނީ ތަދުބީރެވެ. ފަހުބަސް އިއްވަވާނީ މާތްރަސްކަލާނގެއެވެ.
1 É da natureza humana fazer planos, mas a resposta certa vem do S
2 ލޯމައްޗަށް ތިމާގެ ނަފްސު ތާހިރު ކަމަށް ފެނިދާނެއެވެ. ނިޔަތަށް ބައްލަވައި އިންސާފު ކުރައްވާނީ މާތްރަސްކަލާނގެއެވެ.
2 Ainda que as pessoas se considerem puras, o S
3 މާތްރަސްކަލާނގެ ކިބަފުޅުން ބަރަކާތަށް އެދޭށެވެ. އޭރުން ތިމާ ކުރަން ބޭނުންވާ ކަންތައް ހާސިލުވާނެއެވެ.
3 Confie ao S enhor tudo que você faz, e seus planos serão bem-sucedidos.
4 މާތްރަސްކަލާނގެ ހުރިހާ އެއްޗެއް ހެއްދެވީ ވަކި މަގުސަދަކަށެވެ. ނުބައިމީހުން ވަނީ އަދަބު ދެވޭ ދުވަހަށްޓަކައެވެ.
4 O S enhor fez tudo com propósito, até mesmo o perverso para o dia da calamidade.
5 ކިބުރުވެރިޔާދެކެ މާތްރަސްކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ. އޭނާއަށް ޔަޤީނުން ވެސް އަދަބު ދެވޭނެއެވެ.
5 Os orgulhosos são detestáveis para o S enhor ; certamente serão castigados.
6 ފާފައިން އަފޫވާނީ އިޚުލާސްތެރި ކަމާއެކު އެކަލާނގެ ދެކެ ލޯބިވުމުންނެވެ. ވަހުޝީ އަމަލުތަކުން ސަލާމަތްވާނީ އެކަލާނގެ ދެކެ ބިރުވެތި ވުމުންނެވެ.
6 Amor e fidelidade fazem expiação pelo pecado; o temor do S
7 މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބުމުން އަދާވާތްތެރިން ވެސް އެމީހުނާ ސުލްޙަ ވެއެވެ.
7 Quando a vida de uma pessoa agrada o S enhor , até seus inimigos vivem em paz com ela.
8 ތެދުވެރިކަމާއެކު މަދު އެތިކޮޅެއް ލިބުން ދޮގުވެރި ގޮތުގައި މުއްސަނދި ވުމަށް ވުރެން މަންފާ ބޮޑެވެ.
8 É melhor ter pouco com justiça que ser rico com desonestidade.
9 ކަންތައް ރާވަނީ އިންސާނާއެވެ. ކަންތައް ކުރެވޭނެ ގޮތް މެދުވެރި ކުރައްވަނީ މާތްރަސްކަލާނގެއެވެ.
9 É da natureza humana fazer planos, mas é o S
10 ރަސްގެފާނުގެ ބަހަކީ އިލާހީ ބަސްފުޅެކެވެ. އޭނާގެ ދުލުން އިންސާފަށް ހުތުރު އަރުވައިގެން ނުވާނެއެވެ.
10 As decisões do rei têm grande autoridade; ele nunca deve julgar de modo injusto.
11 މިނެކިރާ ތަކެތީގެ ވަޒަން ހަމަ ކުރައްވަނީ މާތްރަސްކަލާނގެއެވެ. އަދުލުވެރިކަމާއެކު އަހަރެމެން މުޢާމަލާތް ކުރުމަށް އަންގަވަނީ އެކަލާނގެއެވެ.
11 O S enhor exige balanças e pesos exatos; ele determina os padrões da imparcialidade.
12 ރަސްގެފާނަކަށް ބޭއިންސާފަކަށް ކެތެއް ނުކުރެވޭނެވެ. އެހެނީ ވެރިކަމުގެ ބާރު ދެމި އޮންނަނީ އަދުލުވެރިކަން އޮތީމައެވެ.
12 A maldade é detestável para o rei, pois seu governo é estabelecido sobre a justiça.
13 ތެދުވެރި ދުލަކާ މެދު ރަސްގެފާނު ރުހި ވަޑައިގަންނަވައެވެ. އެހެނީ ތެދުވެރިކަންދެކެ ރަސްގެފާނު ލޯބިވެ ވަޑައިގަންނަވައެވެ.
13 O rei se agrada de palavras que vêm de lábios justos e ama quem fala o que é certo.
14 ރަސްގެފާނުގެ ކޯފާ އަކީ މަރުގެ އިންޒާރެކެވެ. އެހެނަސް ބުއްދިވެރިޔާ ރަސްގެފާނުގެ ކޯފާ މަޑުކުރުވައެވެ.
14 A ira do rei é como uma sentença de morte, mas o sábio procura acalmá-lo.
15 ރަސްގެފާނުގެ ހިނިތުން ވުމަކީ އާ ދިރުމެކެވެ. ރަބީޢު މޫސުމުގެ ވާރޭ ފަދައެވެ.
15 Quando o rei sorri, há vida; seu favor refresca como chuva de primavera.
16 ޙިކުމަތްތެރިކަން ރަނަށް ވުރެން މޮޅެވެ. ބުއްދިވެރި ނިންމުން ރިއްސަށް ވުރެން މޮޅެވެ.
16 É melhor adquirir sabedoria que ouro, e é melhor obter discernimento que prata.
17 ތެދުމަގުން ހިނގާމީހާ ވިޔާ ނުދާ ކަންތަކުން ދުރުކުރާނެއެވެ. އެ މަގުންދާ މީހާއަކަށް ނުރައްކަލެއް ކުރިމައްޗެއް ނުވާނެއެވެ.
17 O caminho dos justos os afasta do mal; quem segue esse caminho está seguro.
18 ބޮޑާކަން ހަލާކުގެ ތެރެއަށް މީހާ ގެންދެއެވެ. ވެއްޓުމުގެ ކުރީން މީހާ ކިބުރުވެރިވެއެވެ.
18 O orgulho precede a destruição; a arrogância precede a queda.
19 ހިތްތިރިކަމާއި ފަގީރު ކަމުގައި ދިރިއުޅުން ބޮޑާކަމާއި އެކު ފޭރިގަންނަ މުދާ ލިބިގަތުމަށް ވުރެން މާހެވެވެ.
19 É melhor viver humildemente com os pobres que repartir o despojo com os orgulhosos.
20 އިރުޝާދުތަކަށް ބޯލަނބައިގެން ކަންތައް ކުރާ މީހާއަށް ކާމިޔާބުވެއެވެ. މާތްރަސްކަލާނގެއަށް ވަކީލު ކުރާ މީހާއަށް ފާގަތިކަން ލިބެއެވެ.
20 Quem ouve a instrução prospera; quem confia no S
21 ޙިކުމަތްތެރިން އެނގޭނީ އެމީހުން ތަންދޮރު ދަންނަ މިންވަރަކުންނެވެ. ހިތްހެޔޮކަމާއެކު ބުނާ ބަސްތަކުން މީހުން އޭނާގެ މައްޗަށް ލެނބެއެވެ.
21 O sábio é conhecido por seu discernimento; palavras agradáveis são convincentes.
22 ހެޔޮބުއްދިއަކީ ދިރުންދޭ ފައްވާރާއެކެވެ. އެކަމަކު މޮޔައިން ތަރުބިއްޔަތުކުރަން އުޅުމަކީ ބޭކާރު ކަމެކެވެ.
22 A sensatez é fonte de vida para quem a possui, mas é desperdício disciplinar os insensatos.
23 ޙިކުމަތްތެރި ހިތަކުން ބުނާނީ ބުއްދިވެރި ބަސްތަކެވެ. ވިސްނުންތެރި ބަސްތަކުން މީހުން ލަންބާލައެވެ.
23 Da mente sábia vêm conselhos sábios; as palavras dos sábios são convincentes.
24 ހެޔޮ ބަސްތަކަކީ މާމުއިފަދަ އެއްޗެކެވެ. އެއިން ނަފްސަށް ފޮނިކަން ގެނެސް ދެއެވެ. އަދި ފުރާނައަށް ދުޅަހެޔޮކަން ގެނެސްދެއެވެ.
24 Palavras bondosas são como mel: doces para a alma e saudáveis para o corpo.
25 ކުރިމަތީގައި އޮންނަނީ ތެދުމަގެއް ކަމުގައި މީހުންނަށް ހީކުރެވެއެވެ. އެކަމަކު އެމަގުން މަރާ ދިމާއަށް ވެސް ދެވިދާނެއެވެ.
25 Há caminhos que a pessoa considera corretos, mas acabam levando à estrada da morte.
26 ހައިވެފައި ހުންނަ މީހާ ބުރަ މަސައްކަތް ކުރެއެވެ. އެއީ އޭނާގެ ހައިކަން ފިލުވުމަށެވެ.
26 É bom que os trabalhadores tenham apetite; o estômago vazio os impulsiona.
27 މައްސަލަ އުފައްދަނީ ވިޔާނުދާ މީހުންނެވެ. އެމީހުންގެ ބަސްތަކަކީ ފަނާ ކުރާ އަލިފާން މަޅިއެކެވެ.
27 A pessoa sem caráter cria problemas; suas palavras são fogo destruidor.
28 ފާސިދު މީހާ ފިތުނަ އުފައްދައެވެ. ދެބައޮޑުވުމުން ގާތް ރަޙުމަތްތެރިން ހަތުރުންނަށް ވެއެވެ.
28 O perverso semeia discórdia; o difamador separa até os melhores amigos.
29 އަނިޔާވެރިން އެމީހުންގެ އެކުވެރިންނަށް މަގު އޮޅުވާލައެވެ. އެމީހުންލައްވާ ގޯސް ހައްދުވައެވެ.
29 A pessoa violenta engana os companheiros e os leva para o mau caminho.
30 ލޯކުނާކޮށް އިޝާރާތް ކުރާ މީހުންގެ ނުބައި ނިޔަތެއް އޮވެއެވެ. މިޔަކަނުން ހިނިތުން ވަނީ ނުބައި ރޭވުމަކާ އެކުއެވެ.
30 Com olhos semicerrados as pessoas tramam o mal; com sorriso malicioso o põem em prática.
31 ނުރަ ޖެހުމަކީ ފަޚުރުވެރި ތާޖެކެވެ. އެއީ ހެޔޮމީހުންނަށް ލިބޭ އިނާމެކެވެ.
31 Os cabelos brancos são coroa de glória, para quem andou nos caminhos da justiça.
32 ބާރުގަދަވުމަށް ވުރެން ކެތްތެރިވުން ރަނގަޅެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުން ސަހަރެއް ފަތަޙަ ކުރުމަށް ވުރެން މޮޅެވެ.
32 É melhor ser paciente que poderoso; é melhor ter autocontrole que conquistar uma cidade.
33 ގުރުއަތުލުމަށް ހިލަކޮޅު ވައްޓަނީ އަހަރެމެންނެވެ. އެކަމަކު އެއެތިކޮޅު ފުރޮޅޭނެ ގޮތެއް ނިންމަވަނީ މާތްރަސްކަލާނގެއެވެ.
33 As pessoas podem lançar as sortes, mas quem determina o resultado é o S

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 16, comparar traduções ou montar um estudo — tudo direto pelo WhatsApp.