Provérbios 15
ކިތާބުލް މުޤައްދަސް (DIV) vs NAA
1 މަޑުމައިތިރި ޖަވާބަކުން އަނެކާގެ ރުޅިމަޑުވެއެވެ. ހަރުކަށި ޖަވާބަކުން ރުޅިގަނޑު ހުޅުފަޅައެވެ.
1 A resposta branda desvia o furor, mas a palavra dura suscita a ira.
2 ބުއްދިވެރިން ބުނާބަސްތަކުން ޙިކުމަތްތެރިކަން ލިބިގަންނަ ހިތްވެއެވެ. މޮޔައިންގެ އަނގައިން އޮހިގަންނާނީ ބޭކާރު ބަސްތަކެވެ.
2 A língua dos sábios adorna o conhecimento, mas a boca dos insensatos derrama tolices.
3 މާތްރަސްކަލާނގެ ހުރިހާ ކަމެއް ބައްލަވާވޮޑިގަންނަވައެވެ. ހެވަކަސް ނުބަޔަކަސް ވެހެވެ.
3 Os olhos do Senhor estão em todo lugar, contemplando os maus e os bons.
4 އޯގާވެރި ބަސްތަކަކީ ދިރުންދޭ ގަހެކެވެ. ހީލަތްތެރި ބަސްތަކަކީ ފުރާނައިގެ ހަލާކެވެ.
4 A língua serena é árvore de vida, mas a língua perversa esmaga o espírito.
5 މައިންބަފައިންގެ ތަރުބިއްޔަތަށް ނުކިޔަމަންތެރިވާނީ މޮޔަ ދަރިންނެވެ. އިސްލާހުކުރުން ބަލައިގަންނާނީ ބުއްދިވެރި ދަރިންނެވެ.
5 O insensato despreza a instrução de seu pai, mas o que aceita a repreensão consegue a prudência.
6 ހެޔޮމީހާގެ ގޭގައި ވަނީ އަގުބޮޑު ޚަޒާނާއެކެވެ. ނުބައި މީހާއަށް ލިބޭނީ ގެއްލުމާއި ހަލާކެވެ.
6 Na casa do justo há grande tesouro, mas no lucro dos ímpios há infelicidade.
7 ޙިކުމަތްތެރިޔާގެ ދުލުން ބޭރުވާ ބަސްތަކުން ތަންދޮރު އޮޅުންފިލައެވެ. މޮޔަމީހާގެ ހިތުގައި ހުންނާނީ ޖާހިލު ބަސްތަކެވެ.
7 As palavras dos sábios difundem o conhecimento, mas o coração dos insensatos não procede assim.
8 ނުބައިމީހާ ކުރާ އަޅުކަމުގެ ޤުރުބާނީ ދެކެ މާތްރަސްކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ. ހެޔޮމީހާ ކުރާ ދުޢާއާ އެކަލާނގެ ރުހިވޮޑިގަންނަވައެވެ.
8 O Senhor detesta o sacrifício dos ímpios, mas a oração dos retos é o seu prazer.
9 ނުބައި ގޮތްގޮތަށް ކުރާ ކަންތަކާ މެދު މާތްރަސްކަލާނގެ ނަފްރަތު ކުރައްވައެވެ. ހެޔޮކަންތައް ކުރަން ނުކުންނަ މީހާދެކެ މާތްރަސްކަލާނގެ ލޯބިވެ ވޮޑިގަންނަވައެވެ.
9 O Senhor detesta o caminho do ímpio, mas ama o que segue a justiça.
10 ހެޔޮމަގުގައި ހުރެފައި އެނބުރިގެންފި މީހާއަށް އެކަލާނގެ އަދަބު ދެއްވައެވެ. ތަރުބިއްޔަތަށް ނަފްރަތު ކުރާ މީހާ މަރުވެ ނެތި ހިނގައިދާނެއެވެ.
10 Disciplina rigorosa há para o que abandona o caminho, e quem odeia a repreensão morrerá.
11 މާތްރަސްކަލާނގެ ދެކެވޮޑިގަންނަވަނީ މަރުވެފައިވާ މީހުންގެ ދުނިޔެ އެކަންޏެއް ނޫނެވެ. އެކަލާނގެއަށް އަހަރެމެންގެ ހިތުގެ ސިއްރުތައް ވެސް އެނގިވޮޑިގެންވެއެވެ.
11 O mundo dos mortos e o abismo estão expostos diante do quanto mais o coração dos filhos dos homens!
12 ޖެއްސުން ކުރާ މީހުން ތަރުބިއްޔަތު ވާކަށް ބޭނުމެއް ނުވެއެވެ. ބުއްދިވެރިންގެ ނަސޭހަތް އަހާކަށް އެމީހުން ބޭނުމެއް ނުވެއެވެ.
12 O zombador não gosta de quem o repreende, nem se aproxima dos sábios.
13 އުފާވެރި ހިތެއް ވާނަމަ މޫނުމަތިން ހިނިތުންވުން ދައްކާނެއެވެ. ހަލާކުވެފައިވާ ހިތަކުން ފެންނާނީ ރޫޙު ގެއްލިފައިވާ ތަނެވެ.
13 O coração alegre embeleza o rosto, mas com a tristeza do coração o espírito se abate.
14 ބުއްދިވެރިން އިލްމު ހޯދަން ގަދައަޅައެވެ. މޮޔައިންނަށް ޖާހިލުކަމުން ފުދެއެވެ.
14 O coração sábio busca o conhecimento, mas a boca dos insensatos se alimenta de estupidez.
15 މިސްކީނެއްގެ ކޮންމެ ދުވަހެއް ވާނީ ބިކަ އެވެ. އުފާވެރި ހިތަކަށް ކޮންމެ ދުވަހަކީ ޢީދެކެވެ.
15 Para quem está aflito, todos os dias são maus, mas a vida de quem tem o coração alegre é uma festa contínua.
16 މަދު އެތިކޮޅެއް ލިބި ހުރެ މާތްރަސްކަލާނގެއަށް ބިރުވެތިވާ މީހާ މުދާވެރިވެ ހާސްކަން މަތީ ހުންނަ މީހާއަށް ވުރެން މާ ރަނގަޅެވެ.
16 Melhor é o pouco, havendo o temor do do que um grande tesouro onde há inquietação.
17 ނަފްރަތުގެ ތެރޭގައިކާ ބޮޑު ކޭމަކަށް ވުރެން ލޯތްބާއެކު ލިބޭ ކުޑަ ކާއެތިކޮޅު މާރަނގަޅެވެ.
17 Melhor é um prato de legumes onde há amor do que um boi inteiro acompanhado de ódio.
18 ރުޅިގަދަ މީހާ ޒުވާބެއް ފަށައެވެ. މައިތިރި މީހާ އެ ޒުވާބު ފިނި ކުރެއެވެ.
18 Quem se irrita facilmente provoca discórdia, mas quem é tardio em ficar irado acalma os conflitos.
19 ކަންނެތް މީހާގެ މަގުގައި ހުންނާނީ ކަށިކުނބުރެވެ. ޞާލިޙު މީހާގެ މަގު އޮންނާނީ ސާފުވެ ހާމައަށެވެ.
19 O caminho do preguiçoso é como que cercado de espinhos, mas a vereda dos justos é plana.
20 ބުއްދިވެރި ދަރިން އެ ދަރިންގެ ބަފާ އުފާ ކޮށްދެއެވެ. މޮޔަ ދަރިން އަމާ ކުޑައިމީސްކުރެއެވެ.
20 O filho sábio alegra o seu pai, mas o insensato despreza a sua mãe.
21 ވިސްނުން ކުޑަ މީހުންނަށް މޮޔަކަންތަކުން އުފާލިބެއެވެ. ބުއްދިވެރިޔާ ހުންނާނީ ރަނގަޅު މިޞްރާބުގައެވެ.
21 Quem não tem juízo se alegra com a sua tolice, mas quem é sábio anda retamente.
22 ލަފާ ނުހޯދާނަމަ ރޭވުންތައް ކަސިޔާރު ވެދާނެއެވެ. ކާމިޔާބު ލިބެނީ މަޝްވަރާގެ މަތިންނެވެ.
22 Sem conselhos os projetos fracassam, mas com muitos conselheiros há sucesso.
23 ރަނގަޅު ދަނޑިވަޅުގައި ދޭ ރަނގަޅު ޖަވާބަކުން އެންމެން އުފާކުރުވައެވެ.
23 Que alegria é ter a resposta adequada! Como é boa a palavra dita na hora certa!
24 ބުއްދިވެރިޔާ ދާނީ ޙަޔާތާ ދިމާއަށް ކުރިއަށެވެ. އެމީހުންގެ ކަށްވަޅުތަކަށް ވެސް ފުރަގަސް ދީފައެވެ.
24 Para o sábio, o caminho da vida leva para cima, para desviar do inferno, embaixo.
25 ބޮޑާމީހާގެ ގެދޮރު މާތްރަސްކަލާނގެ ނައްތަވާ ލައްވައެވެ. އެކަމަކު ހުވަފަތް އަންހެނާގެ ގޮވަތި ރައްކާތެރި ކުރައްވައެވެ.
25 O Senhor derruba a casa dos orgulhosos, mas preserva a herança da viúva.
26 ފާޙިޝް ފިކުރުތައް ދެކެ މާތްރަސްކަލާނގެ ނަފްރަތުކުރައްވައެވެ. އެކަމަކު އޯގާވެރި ބަސްތައް ދެކެ ރުހި ވޮޑިގަންނަވައެވެ.
26 O Senhor detesta os planos dos maus, mas as palavras bondosas lhe são aprazíveis.
27 ދަހިވެތިކަން އާއިލާއަށާއި ގެޔަށް ހިތާމަ ގެނުވައެވެ. ރިޝްވަތާ ދެކޮޅު މީހާ ދިރިހުރެއެވެ.
27 Quem é ávido por lucro desonesto arruína a sua casa, mas o que odeia o suborno, esse viverá.
28 ތެދުވެރިޔާގެ ހިތުން ޖަވާބެއް ދިނުމުގެ ކުރީގައި ވިސްނާނެއެވެ. ނުބައި މީހާގެ ދުލުން އޮހިގަންނާނީ ނުބައި ބަސްތަކެވެ.
28 O coração do justo medita o que há de responder, mas a boca dos ímpios derrama maldades.
29 ނުބައިމީހުންގެ ދުޢާތަކަށް މާތްރަސްކަލާނގެ ސަމާލުކަމެއް ނުދެއްވައެވެ. ހެޔޮމީހާގެ އަޅުކަން އެކަލާނގެ އައްސަވާ ވޮޑިގަންނަވައެވެ.
29 O Senhor está longe dos ímpios, mas ouve a oração dos justos.
30 އުފާވެރިކަން ފެނިލުމުން ހިތަށް ހިތްގައިމުކަން ލިބެއެވެ. ހެޔޮ ޚަބަރަކުން ސިއްޙަތަށް ފައިދާ ކުރެއެވެ.
30 O brilho nos olhos alegra o coração; uma boa notícia fortalece até os ossos.
31 އިސްލާހު ކުރަން މީހަކު ކިޔާ ފާޑުކިޔުމެއް ބަލައިގަންނަނަމަ ޙިކުމަތްތެރިންގެ މަޤާމަށް ދެވޭނެއެވެ.
31 Quem dá ouvidos à repreensão construtiva terá a sua morada no meio dos sábios.
32 މަޝްވަރާ އަޑުނާހާނަމަ ގެއްލުންވާނީ ކަލެއަށެވެ. އިސްލާހުކުރުން ބަލައިގަންނަ ނަމަ ކަންކަން ބޮޑަށް އޮޅުންފިލާނެއެވެ.
32 Quem rejeita a disciplina despreza a si mesmo, mas o que aceita a repreensão adquire entendimento.
33 މާތްރަސްކަލާނގެއަށް ބިރުވެތިވުމުން ޙިކުމަތްތެރިޔަކަށް ވެވެއެވެ. ހިތްތިރި ކުރުމުން ޝަރަފު ލިބިގަނެވެއެވެ.
33 O temor do Senhor é instrução na sabedoria, e a humildade precede a honra.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Provérbios 15, comparar traduções ou montar um estudo — tudo direto pelo WhatsApp.