Provérbios 13
ކިތާބުލް މުޤައްދަސް (DIV) vs NAA
1 ބުއްދިވެރި ދަރިން އެ ދަރިންގެ މައިންބަފައިން ތަރުބިއްޔަތު ކުރުމުން އެކަން ބަލައިގަނެއެވެ. ފުރައްސާރަކުރާ ދަރިން އެ ތަރުބިއްޔަތަކަށް ސަމާލުކަމެއް ނުދެއެވެ.
1 O filho sábio ouve a instrução do pai, mas o zombador não dá ouvidos à repreensão.
2 ހެޔޮ މީހުން ބުނާބަސްތަކުން އެމީހުންނަށް އިނާމު ލިބެއެވެ. މަކަރުވެރި ރޭވުންތެރީން ހައިވެފައިވާނީ ގަދަބަދަވި ކަންތައް ކުރުމަށެވެ.
2 Do fruto da boca cada um comerá o bem, mas os infiéis só desejam a violência.
3 ދޫ ރައްކާތެރި ކުރާ މީހާއަށް ސަލާމަތް ދިގު އުމުރެއް ލިބެއެވެ. އަނގަގަދަ ކުރުމުން ކަންތައް ޚަރާބުވެއެވެ.
3 Quem vigia as suas palavras conserva a sua vida, mas o que fala demais arruína a si mesmo.
4 ކަންނެތް މީހާ ކިތަންމެ ބޭނުންވިޔަސް އެކައްޗެއް ވެސް ނުލިބެއެވެ. ބުރަ މަސައްކަތް ކުރާ މީހާއަށް ހުރިހާ އެއްޗެއް ލިބެއެވެ.
4 O preguiçoso deseja e nada tem, mas o desejo dos que se esforçam será atendido.
5 ރަނގަޅު މީހާ ދޮގުތައް ދެކެ ނަފްރަތު ކުރެއެވެ. ނުބައިމީހާ އޭނާގެ މައްޗަށް ލަދުވެތިކަން ގެނެސްގަނެ އަގުވެއްޓިދެއެވެ.
5 O justo odeia a mentira, mas o ímpio traz vergonha e desonra.
6 ޞާލިޙުކަން ކުށެއްނެތް މީހާއަށް މަގުދައްކައެވެ. ފާފަވެރިކަން ނުބައިމީހާ ހަލާކުކޮށްލައެވެ.
6 A justiça guarda o que anda com integridade, mas a maldade subverte o pecador.
7 އެކައްޗެއް ވެސް އަތުގައި ނެތް މީހުން މުއްސަނދިން ކަމަށް ހެދިގަނެއެވެ. ހުރިހާ އެއްޗެއް ހުރި މީހާ ފަގީރެއްކަމަށް ހެދިގަނެއެވެ.
7 Uns se dizem ricos sem terem nada; outros se dizem pobres, tendo muita riqueza.
8 މުއްސަނދިމީހާ ދިރިހުރުމަށްޓަކައި އަގެއް ދައްކަން ޖެހިދެއެވެ. ފަގީރު މީހަކަށް އެފަދަ ބިރެއް ކުރިމައްޗެއް ނުވެއެވެ.
8 O resgate pela vida de alguém são as riquezas que ele tem, mas o pobre não corre o risco de ser ameaçado.
9 ހެޔޮމީހުން ބައްތިއެއް ފަދައިން އަލިގަދަކޮށް ދިއްލިފައި ހުރެއެވެ. ނުބައިމީހާގެ ބައްތި ލަސްތަކެއް ނުވެ ނިވިދާނެއެވެ.
9 A luz dos justos brilha intensamente, mas a lâmpada dos ímpios se apagará.
10 ބޮޑާކަމުން ގެނެސްދެނީ މަސްއަލަތަކެވެ. ނަސޭހަތް އަޑު އެހުމަކީ ބުއްދިވެރިންގެ ކަމެކެވެ.
10 Da soberba só resulta a discórdia, mas a sabedoria está com os que se aconselham.
11 ނުރަނގަޅު ގޮތަށް ހޯދާ ފައިސާ އެތިއެތިކޮޅުން ގެއްލި ހުސްވެއެވެ. އެތިއެތިކޮޅުން ހެޔޮގޮތުގައި ހޯދާފައިސާ ދުވަހެއް ދުވަހަކަށް ދާނީ ގިނަވަމުން ގުނަވަމުންނެވެ.
11 A riqueza obtida com facilidade, essa diminui, mas quem a ajunta pelo trabalho, esse a vê aumentar.
12 އުންމީދު ގެއްލުނީމާ ހިތް ފުނޑުފުނޑުވެއެވެ. ހިތުގެ ބޭނުން ފުދުމަކީ ޙަޔާތުގެ ގަހުގެ މޭވާ ލިބުން ފަދައެވެ.
12 Esperança adiada faz adoecer o coração; desejo cumprido é árvore de vida.
13 ހެޔޮ ނަސޭހަތަށް އިންކާރު ކުރާ މީހާ އެދަނީ މުސީބާތާ ދިމާއަށެވެ. ހެޔޮބަސް އަހާމީހާއަށް ކާމިޔާބީ ހާސިލުވާނެއެވެ.
13 Quem despreza a palavra terá de pagar por isso, mas o que teme o mandamento será recompensado.
14 ޙިކުމަތުގެ އިރުޝާދަކީ ދިރިއުޅުމުގެ ފައްވާރާއެވެ. އެއިން ފެން ބޯ މީހާއަށް ޙަޔާތުގައި ނުރައްކަލެއް ނެތެވެ.
14 O ensino do sábio é fonte de vida para evitar os laços da morte.
15 ބުއްދިވެރިކަން ހައިބަތު ގެނެސްދެއެވެ. އިތުބާރު ނެތް މީހާ އެދަނީ ހަލާކާ ދިމާއަށެވެ.
15 O bom senso conquista favor, mas o caminho dos infiéis é intransitável.
16 ހަމަ ވިސްނުމެއް ހުންނަމީހާ ކަންތައް ކުރާނީ ވިސްނައިގެންނެވެ. މޮޔަމީހާ އޭނާގެ ޖާހިލުކަމުގެ ފޮނިބައިސާ ކަނޑައެވެ.
16 Quem é prudente age com conhecimento, mas o tolo espalha a sua tolice.
17 މީހެއްގެ ގާތު ބަހެއް ބުނުމަށް، އިތުބާރުނެތް މީހަކާ ހަވާލުކޮށް ފޮނުވުމުން ލިބޭނީ ގެއްލުމެވެ. އިތުބާރުހުރި މީހާގެ ކިބައިން ލިބޭނީ މޮޅެވެ.
17 O mensageiro perverso se precipita no mal, mas o embaixador fiel produz cura.
18 ތަރުބިއްޔަތު ބަލައި ނުގަންނަ މީހާ އަގުވެއްޓި، ވާނީ ފަގީރެވެ. ނަސޭހަތުގެ އަޑުއަހާމީހާ ވާނީ ޝަރަފުވެރިއެވެ.
18 Pobreza e vergonha sobrevêm ao que rejeita a instrução, mas o que aceita a repreensão será honrado.
19 ހެޔޮގޮތުގައި ހިތްއެދޭ އެއްޗެއް ހޯދުމަކީ ލިބޭ އުފަލެކެވެ. މޮޔައިން ވިޔާނުދާ މަގުން އެއްކިބާވާކަށް ހިތެއް ނޭދޭނެއެވެ.
19 O desejo que se cumpre agrada a alma, mas os tolos detestam afastar-se do mal.
20 ބުއްދިވެރި ރަޙުމަތްތެރިންގެ ކިބައިން ލިބޭނީ ވިސްނުމެވެ. މޮޔަ ރަޙުމަތްތެރިންގެ ގާތުން ދަސްވާނީ ހަލާކުގެ މަގެވެ.
20 Quem anda com os sábios será sábio, mas o companheiro dos tolos acabará mal.
21 ފާފަވެރިންގެ ފަހަތުން މުސީބާތް އާދެއެވެ. ހެޔޮކަން މަތީ ތިބުމުން ލިބޭނީ ފައިދާއެވެ.
21 A desgraça persegue os pecadores, mas os justos serão recompensados com o bem.
22 ހެޔޮމީހުންގެ މުދާތައް ދާނީ އެމީހުންގެ ކާފަ ދަރިންނަށެވެ. ފާފަވެރިންގެ މުދާތައް ދާނީ ހެޔޮގޮތުގައި ތިބި މީހުންނަށެވެ.
22 O homem bom deixa herança aos filhos de seus filhos, mas a riqueza do pecador é depositada para o justo.
23 ފަގީރު މީހާގެ ދަނޑުގައި ގިނަ އަދަދެއްގެ ގޮވާން އަޅާފައި ހުރެދެއެވެ. އެކަމަކު ނުބައި މީހުން އެތަކެތި ޙައްގަކާ ނުލައި އަތުލައިގަނެއެވެ.
23 As terras dos pobres dão mantimento em abundância, mas isso se perde por falta de justiça.
24 ދަރިންދެކެ ލޯބިވާމީހާ އެދަރިން ތަރުބިއްޔަތު ކުރެއެވެ. އެކުދިން އިލޮށިފަތި ދަށަށް ނުލާނީ ލޯބި ނުވާތީއެވެ.
24 O que retém a vara odeia o seu filho; quem o ama, este o disciplina desde cedo.
25 ހެޔޮގޮތުގައި އުޅޭމީހާއަށް ހިތްފުރެންދެން ކާން ލިބެއެވެ. ނުބައިމީހާ ހުންނާނީ ހާބަނޑަށެވެ.
25 O justo tem o bastante para satisfazer o seu apetite, mas o estômago dos ímpios passa fome.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Provérbios 13, comparar traduções ou montar um estudo — tudo direto pelo WhatsApp.