Provérbios 12

ކިތާބުލް މުޤައްދަސް (DIV) vs ARA

Sair da comparação
ARA Almeida Revista e Atualizada 1993
1 އުނގެނިގަތުމަށް ލޯބިވާމީހާ ތަރުބިއްޔަތުކުރުން ބަލައިގަންނާނެއެވެ. ފާޑު ކިއުންތަކަށް ފުރަގަސް ދިނުމަކީ މޮޔަކަމެކެވެ.
1 Quem ama a disciplina ama o conhecimento, mas o que aborrece a repreensão é estúpido.
2 މާތްރަސްކަލާނގެ ރުހިވޮޑިގަންނަވަނީ ހެޔޮމީހުންނަށެވެ. ނުބައިރޭވުންތައް ރާވާ މީހުންދެކެ އެކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ.
2 O homem de bem alcança o favor do Senhor , mas ao homem de perversos desígnios, ele o condena.
3 ނުބައިކަންތަކުން ރައްކާތެރިކަމެއް ނުލިބެއެވެ. ޞާލިޙުކަން މަތީ ހުންނަމީހާ ފުނަށް މޫފައިބާފައި ހުރި ގަހެއް ފަދައެވެ.
3 O homem não se estabelece pela perversidade, mas a raiz dos justos não será removida.
4 ހެޔޮ އަނތްބަކީ ފިރިމީހާއަށް ލިބޭ ޖަވާހިރެއް ފަދަ އަގުހުރި އެއްޗެކެވެ. ލަދުކުޑަ އަންހެނާއަކީ ފިރިމީހާގެ ކައްޓަށް ޖެހޭ ކެންސަރެއް ފަދަ އެއްޗެކެވެ.
4 A mulher virtuosa é a coroa do seu marido, mas a que procede vergonhosamente é como podridão nos seus ossos.
5 ތެދުވެރިން ކަންތައް ރާވާނީ އަދުލުވެރިކަމާ އެކުގައެވެ. ނުބައިމީހާ މަގުދައްކާނީ މަކަރުވެރި ކަމަށެވެ.
5 Os pensamentos do justo são retos, mas os conselhos do perverso, engano.
6 ނުބައިމީހުންގެ ނަސޭހަތަކީ މަރުގެ ދަންތުރައެކެވެ. ޞާލިޙުންގެ ބަސްތަކަކީ ދިރިހުރުން ލިބިދޭ މަގުތަކެވެ.
6 As palavras dos perversos são emboscadas para derramar sangue, mas a boca dos retos livra homens.
7 ނުބައިމީހާ ނެތިވެ ދިއުމުން އެ ނިމުނީއެވެ. އެކަމަކު މާތްރަސްކަލާނގެ މަގުގައި ތިބޭ ބައެއްގެ އާއިލާ އެގޮތުގައި ދެމި ތިބޭނެއެވެ.
7 Os perversos serão derribados e já não são, mas a casa dos justos permanecerá.
8 ބުއްދިވެރިޔާއަށް މީހުންގެ ހެޔޮބަސްތައް ލިބެއެވެ. މޮޔަމީހާއަށް މީހުންގެ ނަފްރަތު ލިބެއެވެ.
8 Segundo o seu entendimento, será louvado o homem, mas o perverso de coração será desprezado.
9 މަތިވެރި މީހެއްގެ ގޮތްދައްކައިގެން ހުރެމެ ކާނެ އެއްޗެއް ނެތް މީހާއަށް ވުރެން، ގެންގުޅޭނެ ޚާދިމަކު ހުރި އާދައިގެ މީހަކު ވެސް މާ ރަނގަޅެވެ.
9 Melhor é o que se estima em pouco e faz o seu trabalho do que o vanglorioso que tem falta de pão.
10 ހެޔޮމީހުން އެމީހުންގެ ޖަނަވާރުތަކަށް ވެސް ހެޔޮވާނެއެވެ. ނުބައިމީހާ އެތަކެއްޗަށް ވެސް އަނިޔާވެރި ވާނެއެވެ.
10 O justo atenta para a vida dos seus animais, mas o coração dos perversos é cruel.
11 ބުރަ މަސައްކަތް ކުރާ ދަނޑުވެރިޔާއަށް ކައި އިތުރުވާ ވަރަށް ވެސް ކާނާލިބެއެވެ. އެކަމަކު ޚިޔާލީފޮލާގައި އުޅޭމީހާއަކީ މޮޔައެކޭ އެއްފަދަ މީހެކެވެ.
11 O que lavra a sua terra será farto de pão, mas o que corre atrás de coisas vãs é falto de senso.
12 ވަގުން ހަސަދަވެރިވާނީ އަނެއް ވަގުކަލޭގެ ވަގަށް ނަގައިގެން ގެންނަ ތަކެއްޗާ މެދުގައެވެ. ހެޔޮމީހާ ހުންނާނީ އޭނާގެ އަމިއްލަ ދެފައިމަތީގައެވެ. މޭވާއަޅާ ގަހެއް ފަދައިންނެވެ.
12 O perverso quer viver do que caçam os maus, mas a raiz dos justos produz o seu fruto.
13 ވިޔާނުދާ ބަސްތައް ބުނާ މީހާ ވެއްޓޭނީ އޭނާ ކޮނުނު އަނދަވަޅަށެވެ. އެކަމަކު ހެޔޮމީހާ އެއަނދަވަޅަކަށް ނުވެއްޓޭނެއެވެ.
13 Pela transgressão dos lábios o mau se enlaça, mas o justo sairá da angústia.
14 ބުއްދިވެރި ބަސްތަކުން ލިބޭނީ ފައިދާތަކެވެ. އަދި ބުރަމަސައްކަތުން އޭގެ އިނާމު ލިބިދެއެވެ.
14 Cada um se farta de bem pelo fruto da sua boca, e o que as mãos do homem fizerem ser-lhe-á retribuído.
15 މޮޔައިން ހީކުރާނީ ތިމާމެން ވަރެއް ނެތްކަމުގައެވެ. އެކަމަކު ހެޔޮވިސްނޭ މީހުން އެހެންމީހުންގެ ނަސޭހަތް އަޑުއަހައެވެ.
15 O caminho do insensato aos seus próprios olhos parece reto, mas o sábio dá ouvidos aos conselhos.
16 ރުޅި މަތަ ނުކުރުމަކީ މޮޔަކަމެކެވެ. މީހަކު ތިމާއަށް ކުރި ފުރައްސާރައަކާ އަޅާނުލުމަކީ ބުއްދިވެރިކަމެވެ.
16 A ira do insensato num instante se conhece, mas o prudente oculta a afronta.
17 ތެދުވެރިޔާ ތެދު ހެކިދޭނެއެވެ. ދޮގުވެރިޔާ ދޭނީ ދޮގުހެއްކެވެ.
17 O que diz a verdade manifesta a justiça, mas a testemunha falsa, a fraude.
18 ވިސްނާ ނުލާ ދޫކޮށްލާ ބަސްތަކުން ވާނީ ޒަޚަމެވެ. ބުއްދިވެރި ބަސްތަކުން ލިބޭނީ ޝިފާއެވެ.
18 Alguém há cuja tagarelice é como pontas de espada, mas a língua dos sábios é medicina.
19 ތެދަކީ ދާއިމަށް ދެމިގެންދާނެ އެއްޗެކެވެ. ދޮގުތައް އިސާހިތަކު ފަޅާއަރާފާނެއެވެ.
19 O lábio veraz permanece para sempre, mas a língua mentirosa, apenas um momento.
20 ހީލަތްތެރިޔާގެ ހިތުގައި ވާނީ ގެއްލުންދެނިވި ރޭވުންތަކެވެ. ސުލްޙަވެރިކަން ގެންނަން ރާވާ މީހާ ހުންނާނީ އުފަލުގައެވެ.
20 Há fraude no coração dos que maquinam mal, mas alegria têm os que aconselham a paz.
21 މާތްކަލާނގެ މަގުގައި ތިބި ބަޔަކަށް ގެއްލުމެއް ނެތެވެ. ނުބައި މީހުންނަށް ކުރިމަތިވާނީ މުސީބާތެވެ.
21 Nenhum agravo sobrevirá ao justo, mas os perversos, o mal os apanhará em cheio.
22 ދޮގުވެރިޔާދެކެ މާތްރަސްކަލާނގެ ނަފްރަތު ކުރައްވައެވެ. ތެދުވެރިންނަކީ އެކަލާނގެއަށްވާ އުފާފުޅެކެވެ.
22 Os lábios mentirosos são abomináveis ao Senhor , mas os que agem fielmente são o seu prazer.
23 ވިސްނޭ މީހާ އެނގޭހާ އެއްޗެއް ބުނެ ފާޅުކުރަމުންނެއް ނުހިނގައެވެ. މޮޔަމީހާ ދާހާތަނަކަށް ޖާހިލުކަން ފަތުރަމުން ހިނގައެވެ.
23 O homem prudente oculta o conhecimento, mas o coração dos insensatos proclama a estultícia.
24 ގަދައަޅާ މަސައްކަތް ކުރީމާ ވެރިޔަކަށް ވެދެއެވެ. ކަންނެތް މީހާ އަޅަކަށް ވެއެވެ.
24 A mão diligente dominará, mas a remissa será sujeita a trabalhos forçados.
25 ހާސްކަމަކީ ހިތަށް އުފުލަންޖެހޭ ބުރައެކެވެ. އޯގާވެރި ބަހަކީ ހިތަށް ލިބޭ ހިތްހަމަޖެހުމެކެވެ.
25 A ansiedade no coração do homem o abate, mas a boa palavra o alegra.
26 ޞާލިޙު މީހާ އޭނާގެ އަވަށްޓެރިޔާއަށް ހެޔޮ މަގުދައްކައެވެ. ނުބައި މީހާ އެމީހުންނަށް ދައްކާނީ ގެއްލުން ހުރި މަގެވެ.
26 O justo serve de guia para o seu companheiro, mas o caminho dos perversos os faz errar.
27 ކަންނެތްވެ ނުކައްކާ މީހާ ހުންނާނީ ހާބަނޑާ އެވެ. ބުރަ އުފުލުމުން އެދޭކަންތައް ހާސިލްވެއެވެ.
27 O preguiçoso não assará a sua caça, mas o bem precioso do homem é ser ele diligente.
28 ޞާލިޙުކަމަކީ ދިރިހުރުމާ ދިމާއަށް ދާ މަގެވެ. ނުބައިކަމުގެ މަގުން ދެވެނީ މަރާ ދިމާއަށެވެ.
28 Na vereda da justiça, está a vida, e no caminho da sua carreira não há morte.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 12, comparar traduções ou montar um estudo — tudo direto pelo WhatsApp.