Provérbios 10

ކިތާބުލް މުޤައްދަސް (DIV) vs NAA

Sair da comparação
NAA Nova Almeida Atualizada 2017
1 މިއީ ސުލައިމާނުގެފާނު ވިދާޅުވި ބުއްދިވެރި ބަސްފުޅުތަކެވެ:
1 Provérbios de Salomão. O filho sábio é a alegria do seu pai, mas o filho tolo é a tristeza da sua mãe.
2 ނުރަނގަޅުގޮތުގައި ކަލެއަށް ލިބޭ މުއްސަނދިކަމަކުން ވާނެ މޮޅެއް ނޯވެއެވެ. އެކަމަކު ތެދުވެރިކަން ކަލޭގެ ފުރާނަ ސަލާމަތް ކޮށްދެއެވެ.
2 Os tesouros conseguidos de forma iníqua não servem para nada, mas a justiça livra da morte.
3 މާތްރަސްކަލާނގެއަށް ކިޔަމަންވާ މީހާ ބަނޑުހައިވިޔަކަ އެކަލާނގެ ނުދެއްވާނެއެވެ. އެކަމަކު ނުބައިނުލަފާމީހާ ދެވިހިފާވާ ކަންތައްތައް އެކަލާނގެ ކޮށެއް ނުދެއްވައެވެ.
3 O Senhor não deixa o justo passar fome, mas rechaça a avidez dos ímpios.
4 ކަންނެތްކަން މީހާ ފަގީރު ކުރުވައެވެ. ގަދަ މަސައްކަތް މީހާ މުއްސަނދި ކުރުވައެވެ.
4 Quem trabalha com a mão ociosa fica pobre, mas o que trabalha com diligência enriquece.
5 ގޮވާމުގެ ދުވަސްވަރު ގޮވާން ކުރާނީ ބުއްދިވެރި ދަރިއެކެވެ. އެދުވަސްވަރު ނިދަން އޮތުމަކީ ވިޔާނުދާކަމެކެވެ.
5 Quem ajunta no verão é filho sábio, mas o que dorme no tempo da colheita é filho que envergonha.
6 ހެޔޮމީހާއަށް ތާރީފާއި ބަރަކާތް ލިބެއެވެ. ނުބައިމީހާގެ ބަސްތަކުގައި އޭނާގެ ނުބައި ނިޔަތް ފޮރުވިފައި ހުރެއެވެ.
6 Sobre a cabeça do justo há bênçãos, mas na boca dos ímpios mora a violência.
7 ހެޔޮމީހާ ނިމިދާތާ އެތައް ޒަމާނަކަށް އޭނާގެ ހަނދާން ދެމިގެން ގޮސް ގޮސް ހުރެއެވެ. ނުބައިމީހާގެ މަތިން މީހުން ދާދި އަވަހަށް ހަނދާން ނެތިދެއެވެ.
7 A memória do justo é abençoada, mas o nome dos ímpios irá apodrecer.
8 ކަލޭގެ ކިބައިގައި ހެޔޮވިސްނުމެއް ވާނަމަ ހެޔޮބަސް ގަބޫލުކޮށް ހެޔޮ ނަސޭހަތުގެ އަޑު އަހާހިތް ވާނެއެވެ. އަނގަގަދަ މޮޔައިން ވެއްޓޭނީ އަނގަވަތަށެވެ.
8 Quem tem coração sábio aceita os mandamentos, mas o que fala tolices acaba em ruína.
9 ތެދުވެރިން ތިބޭނީ ސަލާމަތްކަމާއި އަމާންކަން މަތީގައެވެ. އެކަމަކު މަކަރުވެރިޔާ އޭނާ ހިނގާ ނުބައިމަގުން ކައްސާލައިގެން ވެއްޓި ބޭޒާރުވާނެއެވެ.
9 Quem anda com integridade anda seguro, mas o que perverte os seus caminhos será descoberto.
10 އޮޅުވާލުމުން ކުރިމަތިވާނީ މުސީބާތްތަކެވެ. ކެރިގެން ބުނާ ހެޔޮބަހަކުން ލިބޭނީ ސުލްޙަވެރިކަމެވެ.
10 Quem pisca os olhos traz desgosto, e o que fala tolices acaba em ruína.
11 ހެޔޮމީހާގެ ބަހަކީ ދިރުންދޭ ފައްވާރާއެކެވެ. ނުބައިމީހާގެ ބަސްތަކުގައި ފޮރުވިފައި ވަނީ ގެއްލުމާއި ހަލާކެވެ.
11 A boca do justo é manancial de vida, mas na boca dos ímpios mora a violência.
12 ނަފްރަތުން އުފެދޭނީ އަރައިރުމެވެ. ލޯބި އަނެކާއަށް މަޢާފު ދޭނެއެވެ. ކުރެވޭ ކުށްތައް ފޮރުވައި ދޭނެއެވެ.
12 O ódio provoca conflitos, mas o amor cobre todas as transgressões.
13 ތަންދޮރު އެނގޭ މީހާގެ ދުލުން ބޭރުވާނީ ބުއްދިވެރި ބަސްތަކެވެ. މޮޔައިންނާ ކުރިމަތިވާނީ ލަޓިބުރީގެ ވޭނެވެ.
13 Nos lábios do sábio se acha sabedoria, mas a vara é para as costas de quem não tem juízo.
14 ބުއްދިވެރިޔާ ހުރިހާ ކަމެއް ދަނެގަންނާނެ އެވެ. މޮޔަމީހާ ހިތުހުރި ގޮތަކަށް ބުނާ ބަސްތަކުން ކުރިމަތިވާނީ މުސީބާތްތަކެވެ.
14 Os sábios acumulam conhecimento, mas a fala dos insensatos é ruína iminente.
15 މުއްސަނދިކަން އެއީ މީހާގެ ކިއްލާއެވެ. ހައިހޫނުކަން ފަގީރުމީހާ ހަލާކަށް ހުށަހަޅުވައެވެ.
15 Os bens do rico são a sua fortaleza; o que leva os pobres à ruína é a sua pobreza.
16 ޞާލިޙުކަމުގެ އުޖޫރައަކީ ރަނގަޅު ދިރިއުޅުމެކެވެ. ނުބައިކަމުގެ އުޖޫރައަކީ ޢުޤޫބާތެވެ.
16 A obra do justo conduz à vida, e o rendimento do ímpio leva ao pecado.
17 ތިމާ އިސްލާހު ކުރުމުން އެކަން ބަލައިގަންނާށެވެ. އޭރުން ކަލޭގެ ދިރިހުރުން އާރާސްތު ވާނެއެވެ. އިސްލާހު ނުވާމީހާ މަގުން އެއްކިބާވެދާނެއެވެ.
17 O caminho para a vida é de quem guarda o ensino, mas o que abandona a repreensão anda errante.
18 ނަފްރަތުކަން ހިތުގައި ފޮރުވައިގެން ހުންނާނީ ދޮގުވެރިޔާއެވެ. ނެތިމޮށޭ މީހާ އަކީ މޮޔައެކެވެ.
18 O que encobre o ódio tem lábios mentirosos, e o que difama é tolo.
19 ބަސް ގިނަވި ވަރަކަށް ކުށްބަސް ބުނެވޭނެއެވެ. ބުއްދިވެރިޔާގެ ބަސް މަދުވާނެއެވެ.
19 Quem fala demais acaba caindo em transgressão, mas quem controla a língua é sábio.
20 ހެޔޮމީހާގެ ބަސްތަކުގައި ސާފު ރިހިހާ އަގުހުރެއެވެ. ވިޔާނުދާ މީހާގެ ފިކުރަކު އަގެއް ނުހުރެއެވެ.
20 A fala dos justos é prata escolhida, mas o coração dos ímpios vale muito pouco.
21 ހެޔޮމީހެއްގެ އިރުޝާދުތަކުން މީސްތަކުންނަށް ފައިދާ ލިބެއެވެ. މޮޔައިން ބުނާ ބަސްތަކުން އެމީހުން ހަލާކުވެ ނެތިދެއެވެ.
21 As palavras dos justos alimentam muitos, mas os insensatos morrem por falta de juízo.
22 މާތްރަސްކަލާނގެ ތިމާއަށް ދެއްވާ މުދަލުން ފުދެން ވާނެއެވެ. ތިމާ އިތުރަކަށް ކަންބޮޑުވާކަށް ނުޖެހެއެވެ.
22 A bênção do Senhor enriquece, e ele não acrescenta nenhum desgosto a ela.
23 މޮޔައިން ކުރާހިތްވާނީ ގޯސް ކަންތަކެވެ. ވިސްނުންތެރިން ކުރާހިތްވާނީ ބުއްދިވެރި ކަންކަމެވެ.
23 Praticar a maldade é como um divertimento para o insensato; o homem inteligente se diverte com a sabedoria.
24 ނުބައިމީހާ އެންމެ ބިރުގަންނަ ކަންތައް އޭނާއާ ކުރިމަތި ވާނެއެވެ. އެކަމަކު ހެޔޮމީހާއަށް އޭނާ އެދޭ ރަނގަޅު ކަންތައް ފަހިވެގެން އަންނާނެއެވެ.
24 Aquilo que o ímpio teme, isso lhe sobrevém; o que os justos desejam Deus lhes concede.
25 ޙަޔާތަށް ތޫފާނެއް އަންނަ ހިނދު ނުބައިނުލަފާމީހުން ގެއްލި ހިނގައިދާނެއެވެ. އެކަމަކު ޞާލިޙުން ތިބޭނީ އަބަދުވެސް ސަލާމަތްކަން މަތީގައެވެ.
25 O ímpio desaparece assim como passa a tempestade, mas o justo tem um alicerce eterno.
26 ކަންނެތް މީހަކާ ކަމެއް ހަވާލު ނުކުރާށެވެ. އެއީ ތިމާގެ އަނގަޔަށް ރާހުތް އެޅުމެކޭ، ލޮލަށް ދުން ބުރުވުމެކޭ އެއްފަދަ ކަމެކެވެ.
26 Como vinagre para os dentes e fumaça para os olhos, assim é o preguiçoso para aqueles que o enviam.
27 މާތްރަސްކަލާނގެއަށް ބިރުވެތިވެ ވާށެވެ. އޭރުން ކަލޭގެ އުމުރު ދިގުވާނެއެވެ. ނުބައިކަންތައް ކުރާ މީހާގެ އުމުރު ކުރުވާނެއެވެ.
27 O temor do Senhor prolonga os dias da vida, mas o tempo dos ímpios será abreviado.
28 މާތްރަސްކަލާނގެއަށް އުންމީދުކުރާ މީހާގެ ދިރިއުޅުން އުފާވެރިވާނެއެވެ. ނުބައިމީހާއަކަށް އުންމީދެއް ނޯވެއެވެ.
28 A esperança dos justos é alegria, mas a expectativa dos ímpios perecerá.
29 ތެދުވެރިގޮތުގައި އުޅޭމީހާ މާތްރަސްކަލާނގެ ރައްކާތެރި ކުރައްވައެވެ. އެކަމަކު ނުބައިމީހާ ނެތިކޮށްލައްވަ އެވެ.
29 O caminho do Senhor é fortaleza para os íntegros, mas ruína para os que praticam a iniquidade.
30 ޞާލިޙުކަން މަތީ ހުންނަ މީހާއަށް އަބަދުވެސް ރައްކާތެރިކަން ލިބެއެވެ. ނުބައިމީހާ ރަށުން ބޭރުކޮށްލެވެއެވެ.
30 O justo nunca será abalado, mas os ímpios não habitarão na terra.
31 ޞާލިޙުން ބުނާނީ ޙިކުމަތުގެ ބަސްތަކެވެ. ކެހިވެރި ބަސްތައް ބުނާ މީހާގެ އަނގަ ބަންދުކޮށްލެވެއެވެ.
31 A boca do justo produz sabedoria, mas a língua da perversidade será arrancada.
32 ޞާލިޙުންގެ ދުލަށް ހެޔޮބަސްތައް އާދެއެވެ. ނުބައިމީހާގެ ދުލުން ބޭރުވާނީ ގެއްލުން ހުރި ބަސްތަކެވެ.
32 Os lábios do justo sabem o que agrada, mas da boca dos ímpios só saem perversidades.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 10, comparar traduções ou montar um estudo — tudo direto pelo WhatsApp.