Mateus 4
ކިތާބުލް މުޤައްދަސް (DIV) vs VC
1 އެއަށް ފަހު މާތްރޫޙުފުޅު އީސާގެފާނަށް ސަހަރާގެ ތެރެއަށް ވަޑައިގަތުމަށް މަގުދެއްކެވީ އިބިލީސް އީސާގެފާނަށް ވަސްވާސްތައް ދިނުމަށެވެ.
1 Em seguida, Jesus foi conduzido pelo Espírito ao deserto para ser tentado pelo demônio.
2 އީސާގެފާނު ސާޅީސް ދުވަހާއި ސާޅީސް ރޭ އެއްވެސް އެއްޗެއް ފަރީއްކުޅުވުމެއް ނެތި ރޯދައަށް ހުންނެވިއެވެ. އެހިނދު އެކަލޭގެފާނު ވަނީ ވަރަށް ބޮޑަށް ބަނޑުހައިގެންފައެވެ.
2 Jejuou quarenta dias e quarenta noites. Depois, teve fome.
3 ދެން އިބިލީސް އައިސް އީސާގެފާނަށް ވަސްވާސް ދިނުމުގެ ގޮތުން ބުންޏެވެ. ”ކަލޭގެފާނީ މާތްރަސްކަލާނގެ ދަރިކަލުން ނަމަ، މި ހިލަތަކަށް ރޮއްޓަށް ބަދަލުވާށޭ އަމުރު ކުރައްވާ.“
3 O tentador aproximou-se dele e lhe disse: Se és Filho de Deus, ordena que estas pedras se tornem pães.
4 އީސާގެފާނު ވިދާޅުވިއެވެ. ”މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’އިންސާނާ ދިރިހުރުމަށް ޓަކައި ހަމައެކަނި ބޭނުންވަނީ ކާއެއްޗިއްސެއް ނޫން. ނަމަވެސް ބޭނުންވާނީ މާތްރަސްކަލާނގެ ވަޙީކުރެއްވި ކޮންމެ ބަސްފުޅެއް.‘“
4 Jesus respondeu: Está escrito: Não só de pão vive o homem, mas de toda palavra que procede da boca de Deus {Dt 8,3}.
5 ދެން އިބިލީސް އެކަލޭގެފާނު މުޤައްދަސް ސަހަރު ކަމުގައިވާ ޖެރޫސަލަމަށް ގެންދަވައި ބައިތުލް މަޤްދިސްގެ އެންމެ އުސް ތަނަށް އެކަލޭގެފާނު އުފުއްލެވިއެވެ.
5 O demônio transportou-o à Cidade Santa, colocou-o no ponto mais alto do templo e disse-lhe:
6 އިބިލީސް އެކަލޭގެފާނަށް ބުންޏެވެ. ”ކަލޭގެފާނީ މާތްރަސްކަލާނގެ ދަރިކަލުން ނަމަ، މިތަނުން ފުންމާލައްވާ. އެއީ މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’އެކަލާނގެ މަލާއިކަތުންނަށް ކަލޭގެފާނާ މެދު އަންގަވާނެޔޭ‘ އަދި ’އެމަލާއިކަތުން ކަލޭގެފާނު ހިލަތަކުގެ މައްޗަށް ވެއްޓުނަ ނުދެއްވާ އެބޭކަލުންގެ އަތްޕުޅުތަކުގެ މައްޗަށް އުފުއްލައްވާނެއޭ.‘“
6 Se és Filho de Deus, lança-te abaixo, pois está escrito: Ele deu a seus anjos ordens a teu respeito; proteger-te-ão com as mãos, com cuidado, para não machucares o teu pé em alguma pedra {Sl 90,11s}.
7 އީސާގެފާނު ޖަވާބު ދެއްވިއެވެ. ”މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ވެސް ބަޔާންވެގެންވޭ. ’ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެ އަޖުމަ ބަލަން ނޫޅޭށޭ.‘“
7 Disse-lhe Jesus: Também está escrito: Não tentarás o Senhor teu Deus {Dt 6,16}.
8 އެއަށް ފަހު އިބިލީސް އެކަލޭގެފާނު ވަރަށް އުސް ފަރުބަދައެއްގެ މައްޗަށް ގެންދެވިއެވެ. އަދި ދުނިޔޭގެ އެންމެހާ ޤައުމުތަކުގެ ވެރިކަމާއި، ތަނަވަސްކަމާއި، ރީތިކަމާއި އަދި މަތިވެރިކަން ކުއްލި މަންޒަރެއްގެ ސިފައިގައި ދެއްކުމަށް ފަހު
8 O demônio transportou-o uma vez mais, a um monte muito alto, e lhe mostrou todos os reinos do mundo e a sua glória, e disse-lhe:
9 އިބިލީސް ބުންޏެވެ. ”ކަލޭގެފާނު އަހަރެންނަށް ސަޖިދަކޮށް އަދި އަޅުކަންކޮށްފިނަމަ މި ހުރިހާ ޤައުމުތަކުގެ ވެރިކަން ކަލޭގެފާނަށް އަހަރެން ދޭނަން.“
9 Dar-te-ei tudo isto se, prostrando-te diante de mim, me adorares.
10 އީސާގެފާނު އިބިލީހަށް ވިދާޅުވިއެވެ. ”އަހަރެން ދޫކޮށް މިތަނުން ދުރަށްދޭ ޝައިތާނާ! މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’ހަމައެކަނި އަޅުކަން ކުރަންވާނީ ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެއަށޭ. އަދި ޚިދުމަތް ކުރާން ޖެހޭނީ ވެސް އެކަލާނގެއަށޭ.‘“
10 Respondeu-lhe Jesus: Para trás, Satanás, pois está escrito: Adorarás o Senhor teu Deus, e só a ele servirás {Dt 6,13}.
11 ދެން އިބިލީސް އެކަލޭގެފާނު ދޫކޮށް ހިނގައްޖެއެވެ. އަދި މަލާއިކަތުން ވަޑައިގެން އެކަލޭގެފާނަށް އެހީތެރިވެދެއްވިއެވެ.
11 Em seguida, o demônio o deixou, e os anjos aproximaram-se dele para servi-lo.
12 ޔަޙުޔާގެފާނު ޖަލުގައި ހައްޔަރު ކުރެވުނު ޚަބަރު އީސާގެފާނަށް ލިބިވަޑައިގެންނެވުމުން އެކަލޭގެފާނު ގަލީލީއަށް އެނބުރިވަޑައިގެންނެވިއެވެ.
12 Quando, pois, Jesus ouviu que João fora preso, retirou-se para a Galiléia.
13 އަދި ނާޒަރަތަށް ވަޑައިގެންނެވުމުގެ ބަދަލުގައި ކަޕަރުނައުމް އަވަށަށް ވަޑައިގެން ދިރިއުޅުއްވަމުން ގެންދެވިއެވެ. އެއީ ޒަބޫލޫން އާއި ނަފްތާލީ ސަރަހައްދުގެ ތެރެއިން ގަލީލީ ކަނޑުގެ އައްސޭރި ފަށުގައިވާ އަވަށެކެވެ.
13 Deixando a cidade de Nazaré, foi habitar em Cafarnaum, à margem do lago, nos confins de Zabulon e Neftali,
14 މިހެން މިކަންތައް ވުމުން ނަބީ ޔަޝަޔާޙުގެފާނު މާތްރަސްކަލާނގެ އެންގެވި މިބަސްފުޅުތައް އެފަދައިން ހިނގަދިޔައެވެ:
14 para que se cumprisse o que foi dito pelo profeta Isaías:
15 ޣައިރު ބަނީއިސްރާއީލު މީހުން ވެސް އުޅޭ ގަލީލީގެ ބިން ކަމަށްވާ ނަފްތާލީއާއި ޒަބޫލޫންއާއި،
15 A terra de Zabulon e de Neftali, região vizinha ao mar, a terra além do Jordão, a Galiléia dos gentios,
16 އެތަނުގައި އަނދިރީގައި ދިރިއުޅެމުންދާ މީހުންނަށް
16 este povo, que jazia nas trevas, viu resplandecer uma grande luz; e surgiu uma aurora para os que jaziam na região sombria da morte {Is 9,1}.
17 އެހާތަނުން އީސާގެފާނު ރިސާލަތު އިއްވަވަން ފެއްޓެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”ތައުބާވޭ! އެހެނީ މާތްރަސްކަލާނގެ ރަސްކަންފުޅު އައުން ވަނީ ކައިރީގަ!“
17 Desde então, Jesus começou a pregar: Fazei penitência, pois o Reino dos céus está próximo.
18 އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރިފަށުގައި ހިންގަވާ ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް ޝަމްއޫނު ޕަތަރަސްއާއި އޭނާގެ ކޮއްކޮ އަންދުރާއި މި ދެބެއިން ފެނިވަޑައިގަތެވެ. އެ ދެބެއިންނީ މަސްވެރިންނެވެ. އޭރު އެދެބެއިން ތިބީ މަސްހިފުމަށްޓަކައި ދާ އެއްލައިގެންނެވެ.
18 Caminhando ao longo do mar da Galiléia, viu dois irmãos: Simão {chamado Pedro} e André, seu irmão, que lançavam a rede ao mar, pois eram pescadores.
19 އީސާގެފާނު އެ ދެބެއިންނަށް ވިދާޅުވިއެވެ. ”އަހަރެންނާއި އެކުގައި އާދޭ. މަސް ހިފުމުގެ ބަދަލުގައި ތިޔަބައިމީހުންނަށް އިންސާނުން ހިފާނެ ގޮތް ދަސްކޮށްދޭނަން.“
19 E disse-lhes: Vinde após mim e vos farei pescadores de homens.
20 ދެން އެ ދެބެއިން ވަގުތުން ގެންގުޅުނު ދާތައް ދޫކޮށްލާފައި އެކަލޭގެފާނާއި އެކުގައި ކުރިޔަށް ދިޔައެވެ.
20 Na mesma hora abandonaram suas redes e o seguiram.
21 ކުޑަ ތަންކޮޅަކަށް ކުރިއަށް ދިޔަ ހިނދު އެކަލޭގެފާނަށް އިތުރު ދެބެއިން ފެނިވަޑައިގެންނެވިއެވެ. އެއީ ޒަބަދީގެ ދެ ދަރިން ކަމުގައިވާ ޔާމިޒު އާއި ޔޫޙަންނާ އެވެ. އެ ދެބެއިން ތިބީ އެމީހުންގެ ބައްޕަ ޒަބަދީ އާއި އެކުގައި ދޯނީގައެވެ. އޭރު އެބައިމީހުން މަސްހިފަން ގެންގުޅުނު ދާތައް މަރާމާތު ކުރަނީ އެވެ. އީސާގެފާނު އެ ދެބެއިންނަށް އެކަލޭގެފާނާއި އެކުގައި އައުމަށް އެދިވަޑައިގަތެވެ.
21 Passando adiante, viu outros dois irmãos: Tiago, filho de Zebedeu, e seu irmão João, que estavam com seu pai Zebedeu consertando as redes. Chamou-os,
22 އިސާހިތަކު އެ ދެބެއިންގެ ބައްޕައާއި އަދި މަސްދޯނި ދޫކޮށްލާފައި އީސާގެފާނާއި އެކުގައި ދިޔައެވެ.
22 e eles abandonaram a barca e seu pai e o seguiram.
23 އީސާގެފާނު މުޅި ގަލީލީގެ ސަރަހައްދުގައިވާ ދީނީ މަރުކަޒުތަކުގައި މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ހެޔޮޚަބަރުފުޅު އުނގަންނަވައި ދެއްވަމުންނާއި ވަޢުޡު އިއްވަމުން ވަޑައިގެންނެވިއެވެ. އަދި ހުރިހާ ބާވަތެއްގެ ބަލިމަޑުކަމެއް ފިއްލަވައި ފަސޭހަކޮށް ދެއްވިއެވެ.
23 Jesus percorria toda a Galiléia, ensinando nas suas sinagogas, pregando o Evangelho do Reino, curando todas as doenças e enfermidades entre o povo.
24 މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.
24 Sua fama espalhou-se por toda a Síria: traziam-lhe os doentes e os enfermos, os possessos, os lunáticos, os paralíticos. E ele curava a todos.
25 ގަލީލީ އާއި ދެކާޕޮލިސް އާއި ޖެރޫސަލަމް އާއި ޖުދެއާ ކަރައިންނާއި އަދި އުރުދުން ކޯރުގެ އިރުމަތިފަރާތުގެ ސަރަހައްދުގައިވާ ރަށްތަކުގެ މީހުން އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ.
25 Grandes multidões acompanharam-no da Galiléia, da Decápole, de Jerusalém, da Judéia e dos países do outro lado do Jordão.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Mateus 4, comparar traduções ou montar um estudo — tudo direto pelo WhatsApp.