João 3

ކިތާބުލް މުޤައްދަސް (DIV) vs BKJ

Sair da comparação
1 ނިކޮދޭމު އޭ ކިޔުނު ފަރީސީ މަޒުހަބުގެ މީހަކު އުޅުނެވެ. އޭނާ އަކީ ބަނީއިސްރާއީލުގެ މަތީ ވެރިއެއް ވެސް މެއެވެ.
1 Havia entre os fariseus um homem chamado Nicodemos, um governante dos judeus;
2 އެއްރެއަކު ނިކޮދޭމު އީސާގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. ކަލޭގެފާނަކީ އަޅުގަނޑުމެންނަށް މަގު ދެއްކެވުމަށް މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އެއީ ކަލޭގެފާނާއި އެކު މާތްރަސްކަލާނގެ ވޮޑިގެންވާކަން ތިޔަ ދައްކަވާ މުޢުޖިޒާތްތަކުން ވެސް ހާމަވެ އެނގޭ. އެއީ އެހެން ނޫން ނަމަ އެއްވެސް މީހަކަށް ތިޔަ ފަދަ މުޢުޖިޒާތްތަކެއް ނުދެއްކޭނެ.⁠“
2 este veio de noite a Jesus, e lhe disse: Rabi, nós sabemos que és mestre vindo de Deus; porque nenhum homem pode fazer estes milagres que tu fazes, se Deus não estiver com ele.
3 އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ހަމަ ތެދެއް، އަލުން އުފަންނުވާ އެއްވެސް މީހަކަށް މާތްރަސްކަލާނގެ ރަސްކަންފުޅު ހާސިލެއް ނުކުރެވޭނެ.⁠“
3 Respondeu-lhe Jesus, dizendo: Na verdade, na verdade eu te digo: Se um homem não nascer de novo, ele não pode ver o reino de Deus.
4 ތިޔަ ވިދާޅުވީ ކީކޭތޯ ނިކޮދޭމު ހައިރާންވެފައި ދެންނެވިއެވެ. ”⁠ކިހިނެއްތަ ވިހާބޮޑުވެފައި ހުރި މީހަކު އަލުން އުފަން ވުމަށް އޭނާގެ މަންމަގެ ބަނޑުތެރެއަށް ވަދެވޭނީ؟⁠“
4 Nicodemos disse a ele: Como pode um homem nascer, sendo ele velho? Pode entrar pela segunda vez no ventre de sua mãe, e nascer?
5 އީސާގެފާނު ވިދާޅުވިއެވެ. ”⁠ނަމަވެސް މީހަކު ފެނާއި ރޫޙުން އުފަންނުވާ ހާ ހިނދަކު އެމީހަކު މާތްރަސްކަލާނގެ ރަސްކަންފުޅުގައި ހަމަ ޔަޤީނުން ވެސް ނުހިމެނޭނެ.
5 Jesus respondeu: Na verdade, na verdade eu te digo: Se um homem não nascer da água e do Espírito, ele não pode entrar no reino de Deus.
6 އިންސާނުން މެދުވެރިވެގެން އުފަންވަނީ ޖިސްމާނީ ދިރިހުރުން. ނަމަވެސް މާތް ރަސްކަލާނގެ މާތްރޫޙުފުޅުން އުފަންވާނީ ރޫޙާނީ ދިރިހުރުން.
6 O que é nascido da carne é carne, e o que é nascido do Espírito é espírito.
7 އެހެން ވީމާ އަލުން އުފަންވާން ޖެހޭނެއޭ ބުނުމުން އެކަމާ ކަލޭ ހައިރާން ނުވޭ.
7 Não te admires de eu te haver dito: Necessário vos é nascer de novo.
8 ވައިޖެހެނީ އެޖެހޭނެ ދިމާލަކުން. އެވައި ޖެހެމުން ދާ އަޑު އިވޭ. އެކަމަކު އެ އަންނަނީ ކޮންތާނކުން ކަމެއް، ނުވަތަ އެދަނީ ކޮންތާނކަށް ކަމެއް، އެކަކަށް ވެސް ނޭނގޭ. ހަމަ އެފަދައިން މީހަކު މާތްރޫޙުން އުފަންވަނީ ކިހިނެއް ކަމީ ވެސް އެއީ އޮޅުންފިލުވާދީ ބުނެދެވޭފަދަ ކަމެއް ނޫން.⁠“
8 O vento sopra onde quer, e tu ouves o seu som, mas não sabes de onde vem, e para onde vai; assim é todo o que é nascido do Espírito.
9 ”⁠ތިޔަ ކަންތައްތައް ތިހެން ވާނީ ކިހިނެއް؟⁠“ ނިކޮދޭމު އީސާގެފާނަށް ދެންނެވިއެވެ.
9 Nicodemos respondeu e lhe disse: Como pode ser estas coisas?
10 އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ކަލޭ ތިޔައީ ބަނީއިސްރާއީލުގެ މޮޅު، މަތީ ދަންނަބޭކަލެއް. އެކަމަކު ކަލެއަކަށް މިއިން އެއްވެސް ކަމެއް ނުވިސްނުނު ތަ؟
10 Jesus respondeu e disse-lhe: Tu és mestre em Israel e não entendes estas coisas?
11 ހަމަ ތެދެއް، އަހަރެމެން މި ދައްކަނީ އަހަރެމެން އަހާ ދެކެފައިވާ ކަންތައްތަކުގެ ވާހަކަ. އެހެންނަމަވެސް ކަލޭމެން އަހަރެމެންގެ ވާހަކަތައް ގަބޫލެއް ނުކުރޭ.
11 Na verdade, na verdade eu te digo que nós falamos o que sabemos, e testemunhamos o que temos visto; e não aceitais o nosso testemunho.
12 އަހަރެން މި ދުނިޔޭގައި ހިނގާ ކަންތައްތަކުގެ ވާހަކަ ދެއްކުމުން ވެސް ކަލޭމެން އަހަރެން ދެއްކި ވާހަކަތަކެއް ގަބޫލެއް ނުކުރި. ވީއިރު އަހަރެން ކަލޭމެންނަށް ސުވަރުގޭގައި ހިނގާ ކަންތަކުގެ ވާހަކަ ކިޔާދިނަސް އެވާހަކަތައް ކަލޭމެންނަށް ގަބޫލުކުރެވޭނީ ކިހިނެއް؟
12 Se eu vos falei de coisas terrenas, e vós não credes, como crereis, se eu vos falar das coisas celestiais?
13 އިންސާނާގެ ދަރިކަލުން ނޫން އެއްވެސް މީހަކު ސުވަރުގެއިން ދުނިޔެއަށް އައިސް އެނބުރި ސުވަރުގެ ގޮސްފައެއް ނުވޭ.
13 E nenhum homem subiu ao céu, senão aquele que desceu do céu, o Filho do homem que está no céu.
14 މޫސާގެފާނު ހަނަފަސް ސަހަރާގެ ތެރޭގައި ކަފުލޮއިން ވާ ހަރުފައެއް މުޑިއަކަށް ނެންގެވި ފަދައިން އިންސާނާގެ ދަރިކަލުން ވެސް މުޑިއަކަށް އުފުލާލެވޭނެ.
14 E como Moisés levantou a serpente no deserto, assim importa que o Filho do homem seja levantado;
15 އެހެންކަމުން އަހަރެން ގަބޫލުކޮށް އީމާންވި ކޮންމެ މީހަކަށްމެ ނިމުންނުވާ ޙަޔާތް ލިބޭނެ.
15 para que todo o que nele crê não pereça, mas tenha a vida eterna.
16 މާތްރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުން ދެކެ ލޯބިވެ ވޮޑިގަންނަވާ ވަރުން އެކަލާނގެ ހަމައެކަނި ދަރިކަލުން ޤުރުބާން ކުރެއްވި. އެހެނީ އެކަލޭގެފާނު ގަބޫލުކޮށް މީސްތަކުން އީމާންވުމުގެ ސަބަބުން އެމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވުމަށް. އެއީ އެމީހުން ނަރަކައިގައިވެ ނެތި ފަނާވެ ދާނެ ގޮތް މެދުވެރި ނުވުމަށްޓަކައި.
16 Porque Deus amou tanto ao mundo que ele deu o seu Filho unigênito, para que todo o que nele crê não pereça, mas tenha a vida eterna.
17 މާތްރަސްކަލާނގެ އެކަލާނގެ ދަރިކަލުން ދުނިޔެއަށް ފޮނުއްވީ ދުނިޔޭގެ މީސްތަކުން ކުށްވެރި ކުރެއްވުމަކަށް ނޫން. ނަމަވެސް އެކަލޭގެފާނު މެދުވެރިކޮށް އެމީހުން ދިންނެވުމަށް.
17 Porque Deus não enviou o seu Filho ao mundo para condenar o mundo, mas para que o mundo possa ser salvo através dele.
18 މާތްރަސްކަލާނގެ ދަރިކަލުންނަށް އީމާންވާ މީހާއަށް ސަޒާގެ ހުކުމެއް ނާންނާނެ. ނަމަވެސް އެކަލޭގެފާނު ގަބޫލުކޮށް އީމާންނުވި މީސްތަކުން މީހާރު ވެސް ވަނީ ކުށްވެރިވެ ޙުކުމް ކުރެވިފަ. އެއީ މާތްރަސްކަލާނގެ ހަމައެކަނި ދަރިކަލުން ގަބޫލުކޮށް އެމީހުން އީމާން ނުވީތީ.
18 Quem crê nele não é condenado; mas quem não crê já está condenado, porque não creu no nome do unigênito Filho de Deus.
19 އެމީހުން ކުށްވެރި ކުރެވުނު ސަބަބަކީ ސުވަރުގެއިން އަލިކަމެއް މި ދުނިޔެއަށް ފޮނުއްވުމުން ވެސް އެމީހުން އެއަލިކަމުގެ ބަދަލުގައި ލޯބިކުރީ ދުނިޔެވީ އަނދިރިކަމަށް. އެއީ އެމީހުންގެ އަމަލުތަކަކީ ނުބައި ފާފަވެރި އަމަލުތަކަށް ވާތީ.
19 E a condenação é esta: Que a luz veio ao mundo, e os homens amaram mais as trevas do que a luz, porque os seus atos eram maus.
20 ނުބައި އަމަލުތައް ކުރާ ކޮންމެ މީހަކު ވެސް އަލިކަމަށް ނަފްރަތުކުރޭ. އަދި އެމީހުން އަލިކަމާ ދުރަށް ދާން މަސައްކަތް ކުރޭ. އެއީ އަލިކަމުގެ ސަބަބުން އެމީހުންގެ ނުބައި ފާފަވެރި އަމަލުތައް ހާމަވެ ފެންނާނެތީ.
20 Porque todo aquele que faz o mal odeia a luz, e não vem para a luz, para que os seus atos não sejam reprovados.
21 ނަމަވެސް ހެޔޮ އަމަލުތައް ކުރާ މީހުން އުފަލާއި އެކު އަލިކަމާ ދިމާލަށް އާދޭ. އެއީ އެމީހުން އެ އަލިކަމާ ދިމާލަށް އަންނަނީ މާތްރަސްކަލާނގެއަށް ކިޔަމަންތެރިކަމާއެކު ކަން އެހެން މީހުންނަށް އެނގި ފާޅުވުމަށްޓަކައި.⁠“
21 Mas quem pratica a verdade vem para a luz, para que os seus atos possam ser manifestos, pois eles são forjados em Deus.
22 މިއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ޖުދެއާގެ ބައިމަދު ހިސާބުގަނޑަކަށް ވަޑައިގެންނެވިއެވެ. އަދި އެތާނގައި މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވުމަށް ދުވަސްކޮޅަކު މަޑުކުރެއްވިއެވެ.
22 Após estas coisas Jesus foi com os seus discípulos para a terra da Judeia; e estava ali com eles e batizava.
23 — ausente —
23 E João batizava também em Enom, junto a Salim, porque havia ali muitas águas; e eles vinham, e eram batizados.
24 — ausente —
24 Porque ainda João não tinha sido lançado na prisão.
25 އެތަނުގައި ޔަޙުޔާގެފާނުގެ އަސްޙާބީންގެ ބަޔަކާއި ބަނީއިސްރާއީލު މީހަކާ ދެމެދު ދީނީ ގޮތުން ސާފުތޯހިރުވުމަށް ހިނައިގަނެވޭ ހިނައިގަތުންތަކާއި ބޭހޭގޮތުން ޒުވާބެއް ހިނގިއެވެ.
25 Então, levantou-se uma questão entre alguns dos discípulos de João e os judeus acerca da purificação.
26 ދެން ޔަޙުޔާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. އުރުދުން ކޯރުގެ އަނެއްފަރާތުގައި ކަލޭގެފާނާއި ބައްދަލުވި، އަދި އެމީހަކާއި މެދު ކަލޭގެފާނު ވަރަށް ގިނަ ވާހަކަތައް ދެއްކެވި ކަލޭގެފާނު ވެސް މީސްތަކުން ހިނަވަމުން އެބަގެންދަވާ. އަދި މީސްތަކުން އަޅުގަނޑުމެންގެ ގާތަށް އައުމުގެ ބަދަލުގައި އެދަނީ އެކަލޭގެފާނުގެ އަރިހަށް.⁠“
26 E foram ter com João e disseram-lhe: Rabi, aquele que estava contigo além do Jordão, do qual tens dado testemunho, eis que está batizando, e todos os homens vão até ele.
27 ޔަޙުޔާގެފާނު އެމީހުންނަށް ވިދާޅުވިއެވެ ”⁠މާތްރަސްކަލާނގެ ނުދެއްވާނަމަ އެކަކަށް ވެސް އެކައްޗެއް ވެސް ނުލިބޭނެ.
27 João respondeu e disse: O homem não pode receber coisa alguma, se lhe não for dada do céu.
28 އަހަރެންނަކީ އަލްމަސީޙު ނޫންކަން ކަލޭމެން އެންމެންނަށް ވަރަށް ސާފުކޮށް އަހަރެން ބުނެދިނީމެންނު؟ އަހަރެން މިއައީ ހަމައެކަނި އެކަލޭގެފާނަށްޓަކައި މީސްތަކުންގެ ހިތްތައް ތައްޔާރުކުރުމަށް.
28 Vós mesmos me sois testemunhas de que eu disse: Eu não sou o Cristo, mas sou enviado adiante dele.
29 އަނބިމީހާއާ ކައިވެނި ކުރާނީ ފިރިމީހާ. ރައްޓެހިމީހާ ހުންނާނީ ކައިވެނި ބަސްތައް އަޑުއިވޭ ހިސާބު އެ އުފަލުގައި ބައިވެރިވުން މަތީގައި. އެހެންކަމުން އަހަރެން މިހިރީ އެކަލޭގެފާނުގެ ކާމިޔާބީއާ މެދު އުފަލުން ފުރިފައި.
29 Aquele que tem a noiva é o noivo, mas o amigo do noivo, que está presente e o ouve, alegra-se muito com a voz do noivo. Esta minha alegria está cumprida.
30 އެކަލޭގެފާނުގެ މުހިންމު ކަން ދުވަހެއް ދުވަހަކަށް މަތިވެރި ވާން ޖެހޭނެ. އަދި އަހަރެން ދުވަހެއް ދުވަހަކަށް އެކަހެރި ވާންޖެހޭނެ.⁠“
30 Ele deve crescer, mas eu devo diminuir.
31 ”⁠އެކަލޭގެފާނު ވަޑައިގެންނެވީ އެންމެ މަތިން. ނަމަވެސް އަހަރެންނަކީ މި ދުނިޔޭގެ މީހެއް. އަދި އަހަރެންނަށް އެނގެނީ ވެސް މި ދުނިޔޭގެ ކަންތައްތައް. ނަމަވެސް އެކަލޭގެފާނު ވަޑައިގެންނެވީ ސުވަރުގެއިން. އެހެން އެއްވެސް މީހަކަށް ވުރެ އެކަލޭގެފާނުގެ މަތިވެރިކަން ބޮޑު.
31 Aquele que vem de cima é sobre todos, aquele que está na terra é da terra, e fala da terra; aquele que vem do céu é sobre todos.
32 އެކަލޭގެފާނު އެ ވިދާޅުވަނީ އެކަލޭގެފާނު ލޯފުޅުން ދެކެވަޑައިގެން އަތްޕުޅުން ހިއްޕަވާފައިވާ ކަންތަކެއްގެ ވާހަކަ. އެކަމަކު އެކަކު ވެސް އެ ބަސްފުޅެއް ގަބޫލެއް ނުކުރޭ.
32 E o que ele tem visto e ouvido, isso ele testifica; e nenhum homem aceita o seu testemunho.
33 ނަމަވެސް އެކަލޭގެފާނު ވިދާޅުވާ ބަސްފުޅުތައް ގަބޫލު ކުރާ މީހަކު އެ ހެކިވަނީ މާތްރަސްކަލާނގެއަކީ ތެދުވެރިވަންތަ ކަލެއް ކަމަށް.
33 Aquele que tem recebido seu testemunho, estabeleceu o selo dele que Deus é verdadeiro.
34 އެހެނީ އެކަލޭގެފާނު ފޮނުއްވެވީ މާތްރަސްކަލާނގެ. އެކަލޭގެފާނުގެ ބަސްފުޅުތަކަކީ އެކަލާނގެ ބަސްފުޅު. އެއީ މާތްރަސްކަލާނގެ މާތްރޫޙުފުޅު އެކަލޭގެފާނުގެ ކިބައިގައި ވަކި ވަގުތެއް ވަކި މިންވަރެއް ނެތި ވާތީ.
34 Pois aquele que Deus enviou fala as palavras de Deus, porque Deus não lhe dá o Espírito por medida.
35 އުޑުގައިވޮޑިގެންވާ ބައްޕާފުޅު އެކަލޭގެފާނު ދެކެ ލޯބިވެވޮޑިގެންވޭ. އަދި ހުރިހާ އެއްޗަކާއި ކަމެއްގެ މައްޗަށް ފުރިހަމައަށް ބާރު ހިންގުމުގެ އިޚުތިޔާރު ވަނީ އެކަލޭގެފާނަށް ދެއްވާފަ.
35 O Pai ama ao Filho, e tem dado todas as coisas em suas mãos.
36 އަދި ދަރިކަލުންގެ ބަސްފުޅުތައް އަހައި އެކަލޭގެފާނަށް އީމާންވެއްޖެ ކޮންމެ މީހަކަށް ވެސް ނިމުންނުވާ ޙަޔާތް ވަނީ މިހާރު ވެސް ލިބިފައި. އަދި އެ ދަރިކަލުން ގަބޫލު ނުކޮށް އެކަލޭގެފާނަށް ކިޔަމަން ނުވި މީހަކަށް ނިމުންނުވާ ޙަޔާތެއް ނުލިބޭނެ. އެމީހަކަށް ވަނީ މާތްރަސްކަލާނގެ ކޯފާ ލެއްވިފައި.⁠“
36 Aquele que crê no Filho tem a vida eterna; e aquele que não crê no Filho não verá a vida, mas a ira de Deus permanece sobre ele.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar João 3, comparar traduções ou montar um estudo — tudo direto pelo WhatsApp.