Gênesis 5
ކިތާބުލް މުޤައްދަސް (DIV) vs NTLH
1 މިއީ އާދަމްގެފާނުގެ ދަރިފަސްކޮޅު އުފެދުނު ގޮތުގެ ވާހަކައެވެ. މާތްކަލާނގެ އިންސާނުން ހެއްދެވީ އެކަލާނގެ ސިފަފުޅާ އެއްގޮތަށެވެ.
1 Esta é a lista dos descendentes de Adão. Quando criou os seres humanos, Deus os fez parecidos com ele.
2 އެކަލާނގެ ފިރިހެނުންނާއި އަންހެނުންގެ ގޮތުގައި އިންސާނުން ހެއްދެވިއެވެ. އެމީހުން އުފެއްދެވުމަށް ފަހު އެކަލާނގެ އެމީހުންނަށް ރަޙުމަތްލެއްވި އެވެ. އަދި އެމީހުންނަށް އިންސާނުންނޭ ކިޔައި ނަންދެއްވިއެވެ.
2 Deus os criou homem e mulher, e os abençoou, e lhes deu o nome de “humanidade” .
3 އާދަމްގެފާނު ދުނިޔޭގައި އުޅުއްވާތާ ސަތޭކަ ތިރީސް އަހަރު ވެފައި ވަނިކޮށް އެކަލޭގެފާނަށް އެކަލޭގެފާނުގެ ސިފަފުޅާ އެއްގޮތް ފިރިހެންދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެ ފިރިހެން ދަރިކަލުންނަށް ދެއްވި ނަމަކީ ޝީޘް އެވެ.
3 Com a idade de cento e trinta anos, Adão foi pai de um filho que era parecido com ele; e pôs nele o nome de Sete.
4 އާދަމްގެފާނަށް ޝީޘްގެފާނު ލިބިވަޑައިގަތުމަށް ފަހު އަށްސަތޭކަ އަހަރު ދުނިޔޭގައި ހުންނެވިއެވެ. އަދިވެސް އެހެން ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން އާދަމްގެފާނަށް ލިބިވަޑައިގެންނެވިއެވެ.
4 Depois disso Adão viveu mais oitocentos anos. Ele foi pai de outros filhos e filhas
5 އާދަމްގެފާނު މުޅިއެކު ނުވަ ސަތޭކަ ތިރީސް އަހަރު ދުނިޔޭގައި ހުންނެވިއެވެ. އެއަށް ފަހު އާދަމްގެފާނު އަވަހާރަވީއެވެ.
5 e morreu com novecentos e trinta anos de idade.
6 ޝީޘްގެފާނު ދުނިޔޭގައި އުޅުއްވާތާ ސަތޭކަފަސް އަހަރުގައި އެކަލޭގެފާނަށް އަނޫޝް ލިބިވަޑައިގެންނެވިއެވެ.
6 Quando Sete completou cento e cinco anos, nasceu o seu filho Enos.
7 އަނޫޝް ލިބިވަޑައިގަތުމަށް ފަހު ޝީޘްގެފާނު އަށްސަތޭކަ ހަތް އަހަރު ދުނިޔޭގައި ހުންނެވިއެވެ. އަދި އެހެނިހެން ދަރިދަރިކަލުންނާއި ދަރިދަރި ކަނބަލުން ޝީޘްގެފާނަށް ލިބިވަޑައިގެންނެވިއެވެ.
7 Depois disso Sete viveu mais oitocentos e sete anos. Ele foi pai de outros filhos e filhas
8 ޝީޘްގެފާނު މުޅިއެކު ނުވަ ސަތޭކަ ބާރަ އަހަރު ވަންދެން ދުނިޔޭގައި ހުންނެވިއެވެ. އެއަށް ފަހު އެކަލޭގެފާނު އަވަހާރަވީއެވެ.
8 e morreu com novecentos e doze anos de idade.
9 އަނޫޝްގެ އުމުރުން ނުވަދިހަ އަހަރުގައި އޭނާއަށް ޤައިނާން ލިބުނެވެ.
9 Quando Enos tinha noventa anos, nasceu o seu filho Cainã.
10 ޤައިނާން ލިބުމަށް ފަހު އަނޫޝް އަށްސަތޭކަ ފަނަރަ އަހަރު ވަންދެން ދުނިޔޭގައި ހުއްޓެވެ. އަދި އިތުރު ފިރިހެން ދަރިންނާއި އަންހެން ދަރިން ވެސް އަނޫޝްއަށް ލިބުނެވެ.
10 Depois disso Enos viveu mais oitocentos e quinze anos. Ele foi pai de outros filhos e filhas
11 އަނޫޝް މުޅިއެކު ނުވަ ސަތޭކަ ފަސް އަހަރު ދުނިޔޭގައި ހުއްޓެވެ. އެއަށް ފަހު އޭނާ މަރުވީއެވެ.
11 e morreu com novecentos e cinco anos de idade.
12 ޤައިނާންގެ އުމުރުން ހަތްދިހަ އަހަރުގައި އޭނާއަށް މަހްލަލްއީލު ލިބުނެވެ.
12 Quando Cainã tinha setenta anos, o seu filho Maalalel nasceu.
13 މަހްލަލްއީލު ލިބުމަށް ފަހު އަށްސަތޭކަ ސާޅީސް އަހަރު ޤައިނާން ދުނިޔޭގައި ހުއްޓެވެ. އަދި އިތުރު ފިރިހެން ދަރިންނާއި އަންހެން ދަރިން ވެސް ޤައިނާންއަށް ލިބުނެވެ.
13 Depois disso Cainã viveu mais oitocentos e quarenta anos. Ele foi pai de outros filhos e filhas
14 ޤައިނާން މުޅިއެކު ނުވަސަތޭކަ ދިހަ އަހަރު ދުނިޔޭގައި ހުއްޓެވެ. އެއަށް ފަހު އޭނާ މަރުވީއެވެ.
14 e morreu com novecentos e dez anos de idade.
15 މަހްލަލްއީލުގެ އުމުރުން ފަސްދޮޅަސް ފަސް އަހަރުގައި އޭނާއަށް ޔާރިދު ލިބުނެވެ.
15 Quando Maalalel tinha sessenta e cinco anos, nasceu o seu filho Jarede.
16 ޔާރިދު ލިބުމަށް ފަހު އަށްސަތޭކަ ތިރީސް އަހަރު މަހްލަލްއީލު ދުނިޔޭގައި ހުއްޓެވެ. އަދި އިތުރު ފިރިހެން ދަރިންނާއި އަންހެން ދަރިން ވެސް މަހްލަލްއީލުއަށް ލިބުނެވެ.
16 Depois disso Maalalel viveu mais oitocentos e trinta anos. Ele foi pai de outros filhos e filhas
17 މަހްލަލްއީލު މުޅިއެކު އަށްސަތޭކަ ނުވަ ދިހަ ފަސް އަހަރު ދުނިޔޭގައި ހުއްޓެވެ. އެއަށް ފަހު އޭނާ މަރުވީއެވެ.
17 e morreu com oitocentos e noventa e cinco anos de idade.
18 ޔާރިދުގެ އުމުރުން ސަތޭކަ ފަސްދޮޅަސް ދެ އަހަރުގައި އޭނާއަށް އިދުރީސްގެފާނު ލިބުނެވެ.
18 Jarede tinha cento e sessenta e dois anos quando o seu filho Enoque nasceu.
19 އިދުރީސްގެފާނު ލިބުމަށް ފަހު އަށް ސަތޭކަ އަހަރު ޔާރިދު ދުނިޔޭގައި ހުއްޓެވެ. އަދި އިތުރު ފިރިހެން ދަރިންނާއި އަންހެން ދަރިން ވެސް ޔާރިދަށް ލިބުނެވެ.
19 Depois disso Jarede viveu mais oitocentos anos. Ele foi pai de outros filhos e filhas
20 މުޅިއެކު ނުވަ ސަތޭކަ ފަސްދޮޅަސް ދެ އަހަރު ޔާރިދު ދުނިޔޭގައި އުޅުމަށް ފަހު އޭނާ މަރުވީއެވެ.
20 e morreu com novecentos e sessenta e dois anos de idade.
21 އިދުރީސްގެފާނުގެ އުމުރުފުޅުން ފަސްދޮޅަސް ފަސް އަހަރުގައި އެކަލޭގެފާނަށް މަތޫޝާލިޙު ލިބިވަޑައިގެންނެވިއެވެ.
21 Quando Enoque tinha sessenta e cinco anos, o seu filho Matusalém nasceu.
22 މަތޫޝާލިޙު ލިބިވަޑައިގަތުމަށް ފަހު ތިންސަތޭކަ އަހަރު އެކަލޭގެފާނު މާތްކަލާނގެ ރުހިވޮޑިގަންނަވާ މަގުން ހިންގެވިއެވެ. އަދި އެކަލޭގެފާނަށް އިތުރު ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން ވެސް ލިބިވަޑައިގަތެވެ.
22 Depois disso Enoque viveu em comunhão com Deus durante trezentos anos e foi pai de outros filhos e filhas.
23 އިދުރީސްގެފާނު މުޅިއެކު ތިންސަތޭކަ ފަސްދޮޅަސް ފަސް އަހަރު ދުނިޔޭގައި ހުންނެވިއެވެ.
23 Enoque viveu trezentos e sessenta e cinco anos.
24 އިދުރީސްގެފާނު މާތްކަލާނގެއަށް އީމާންވުންމަތީ ދެމިހުންނެވިއެވެ. އަދި މާތްކަލާނގެ އިދުރީސްގެފާނު އަވަހާރަ ނުވަނީސް އެކަލާނގެއާއެކުގައި ވުމަށް ގެންދެއްވިއެވެ.
24 Ele viveu sempre em comunhão com Deus e um dia desapareceu, pois Deus o levou.
25 މަތޫޝާލިޙުގެ އުމުރުން ސަތޭކަ އަށްޑިހަ ހަތް އަހަރުގައި އޭނާއަށް ލާމިކު ލިބުނެވެ.
25 Quando Matusalém tinha cento e oitenta e sete anos, o seu filho Lameque nasceu.
26 ލާމިކު ލިބުމަށް ފަހު އޭނާ ހަތްސަތޭކަ އަށްޑިހަ ދެ އަހަރު ދުނިޔޭގައި ހުއްޓެވެ. އޭނާއަށް އެހެން ވެސް ފިރިހެންދަރިންނާ އަންހެންދަރިން ލިބުނެވެ.
26 Depois disso Matusalém viveu mais setecentos e oitenta e dois anos. Ele foi pai de outros filhos e filhas
27 މަތޫޝާލިޙު މުޅިއެކު ނުވަސަތޭކަ ފަސްދޮޅަސް ނުވަ އަހަރު ދުނިޔޭގައި ހުއްޓެވެ. އެއަށް ފަހު އޭނާ މަރުވީއެވެ.
27 e morreu com novecentos e sessenta e nove anos de idade.
28 ލާމިކުގެ އުމުރުން ސަތޭކަ އަށްޑިހަ ދެ އަހަރުގައި އޭނާއަށް ވެސް ފިރިހެން ދަރިކަލަކު ލިބުނެވެ.
28 Quando Lameque tinha cento e oitenta e dois anos, foi pai de um filho
29 އެދަރިފުޅުގެ ނަމަކަށް އޭނާ ކީ ނޫޙު އެވެ. ލާމިކު ބުންޏެވެ. ”މާތްރަސްކަލާނގެ ރުހުން ލިބިފައިނުވާ މިބިމުގައި އަހަރެމެންނަށް ކުރަންޖެހޭ ބުރަމަސައްކަތުގެ އުނދަގުލާއި ވޭނުން މިކުއްޖާ އަހަރެމެންނަށް ލުއިފަސޭހަކަން ހޯދައިދޭނެ.“
29 e disse: — O E Lameque pôs no filho o nome de Noé .
30 ނޫޙުގެފާނު ލިބުމަށް ފަހު ލާމިކު ފަސްސަތޭކަ ނުވަދިހަ ފަސް އަހަރު ދުނިޔޭގައި ހުއްޓެވެ. އަދި އެހެން ވެސް އަންހެންދަރިންނާއި ފިރިހެންދަރިން އޭނާއަށް ލިބުނެވެ.
30 Depois disso Lameque viveu mais quinhentos e noventa e cinco anos. Ele foi pai de outros filhos e filhas
31 ލާމިކު މުޅިއެކު ހަތްސަތޭކަ ހަތްދިހަ ހަތް އަހަރު ދުނިޔޭގައި އުޅުމަށް ފަހު މަރުވީއެވެ.
31 e morreu com setecentos e setenta e sete anos de idade.
32 ނޫޙުގެފާނުގެ އުމުރުފުޅުން ފަސްސަތޭކަ އަހަރުގައި އެކަލޭގެފާނަށް ތިން ފިރިހެންދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އެތިން ދަރިކަލުންގެ ނަމަކީ ސާމާ އާއި ޙާމާ އާއި ޔާފަޘު އެވެ.
32 Depois que completou quinhentos anos de idade, Noé foi pai de três filhos: Sem, Cam e Jafé.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Gênesis 5, comparar traduções ou montar um estudo — tudo direto pelo WhatsApp.