Gênesis 50

ކިތާބުލް މުޤައްދަސް (DIV) vs NAA

Sair da comparação
NAA Nova Almeida Atualizada 2017
1 ޔަޢުޤޫބުގެފާނު އަވަހާރަވި ވަގުތު، ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންގެ ހަށިކޮޅުގައި ބައްދާލައްވައި ކީރިތި ކުރެއްވައި އަދި ބޮސްދެއްވިއެވެ.
1 Então José se lançou sobre o rosto de seu pai, chorou sobre ele e o beijou.
2 އެއަށް ފަހު އެކަލޭގެފާނުގެ ބަފައިކަލުން ބެލެހެއްޓެވުމަށް ހަމަޖައްސަވާފައި ތިބި ޙަކީމުންނަށް އެކަލޭގެފާނުގެ ބަފައިކަލުންގެ ހަށިކޮޅު ތައްޔާރު ކުރެއްވުމަށް އަމުރު ކުރެއްވިއެވެ. ޙަކީމުން ޔަޢުޤޫބުގެފާނުގެ ހަށިކޮޅު ފަސްދާނު ލެއްވުމަށްޓަކައި ތައްޔާރު ކުރެއްވިއެވެ.
2 José ordenou a seus servos, aos que eram médicos, que embalsamassem o corpo de seu pai. E os médicos embalsamaram Israel,
3 ފަސްދާނު ލެއްވުމުގެ ކަންތައް ތައްޔާރު ކުރުމަށް ސާޅީސް ދުވަސް ނެގިއެވެ. އެއަށް ފަހު، ޔަޢުޤޫބުގެފާނުގެ މައްޗަށް މިޞްރުގެ އަހުލުވެރިން ހިތާމަ ފާޅުކުރުމަށް ހަތްދިހަ ދުވަސް ނެގިއެވެ.
3 gastando nisso quarenta dias, pois assim se cumprem os dias do embalsamamento; e os egípcios ficaram de luto setenta dias.
4 ހިތާމައިގެ ދުވަސްތައް ނިމުމަކަށް އައުމުން، ޔޫސުފުގެފާނު ފިރުޢައުނުގެ އެންމެހާ ވަޒީރުންނަށް މިފަދައިން ދެންނެވިއެވެ. ”⁠ތިޔަބައިމީހުން އަހަރެންނާއި މެދުގައި ރުހިގެންވާނަމަ، ރަސްގެފާނަށް މިފަދައިން ނަންގަނެދެއްވާ.
4 Passados os dias de luto, José falou à casa de Faraó: — Se agora encontrei favor diante de vocês, peço que falem aos ouvidos de Faraó, dizendo:
5 ’⁠އަޅުގަނޑުގެ ބަފައިކަލުން އަވަހާރަވުމުގެ ދާންމަތީގައި، އެކަލޭގެފާނު ފަސްދާނުލެއްވުމަށް ހަމަޖައްސަވާފައިވާ ތަން ކަމަށްވާ ކަންޢާނުގައި ފަސްދާނުލައި ދޭނެ ކަމަށް އަޅުގަނޑު ވަނީ ވަޢުދު ވެފައި. ވީމާ، އެތަނުގައި ބަފައިކަލުން ފަސްދާނު ލުމަށް ފަހު، އެނބުރި އައުމުގެ އަމުރު ދެއްވުމަށް އެދި ދަންނަވައިދީ.⁠‘⁠“
5 “Meu pai me fez jurar, declarando: ‘Eis que estou morrendo; sepulte-me no túmulo que abri para mim na terra de Canaã.’ Agora, quero ir e sepultar meu pai; depois voltarei.”
6 ރަސްގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ތިބާގެ ވަޢުދުފުއްދުމަށް، ބަފައިކަލުން ފަސްދާނު ލެއްވުމަށް ދޭ.⁠“
6 Faraó respondeu: — Vá e sepulte o seu pai como ele fez você jurar.
7 އެހެންވެ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުން ފަސްދާނު ލައްވަން ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަރިހުގައި ރަސްގެފާނުގެ އެންމެހައި ވަޒީރުންނާއި، ކޯޓުގެ ބޮޑުންނާއި، އަދި މިޞްރުގައި ކަމުވޮށިވެގެންވާ ހުރިހާ އެންމެން ދިޔައެވެ.
7 José partiu para sepultar o seu pai. Com ele foram todos os oficiais de Faraó, os principais da sua casa e todos os principais da terra do Egito,
8 ޔޫސުފުގެފާނާއި އެކަލޭގެފާނުގެ އެންމެހާ އަޚުންނާއި އެކުގައި ދިރިއުޅެމުން ގެންދިޔަ ހުރިހާ އެންމެންނާއި އެކަލޭގެފާނުގެ ބަފައިކަލުންނާއި އެކުގައި ދިރިއުޅުނު މީސްތަކުން ވެސް އެކަލޭގެފާނާއި އެކުގައި ގެންދިޔައެވެ. ނަމަވެސް އެބައިމީހުން ދިޔައީ އެބައިމީހުންގެ ކުދިންނާއި ބަކަރިތަކާއި ކަންބަޅިތައް ޖާސާންގައި ބައިތިއްބާފައެވެ.
8 bem como toda a casa de José, e seus irmãos, e a casa de seu pai. Deixaram na terra de Gósen somente as crianças, os rebanhos e o gado.
9 އެބައިމީހުން ޔޫސުފުގެފާނާއި އެކުގައި ދިޔައީ އަސްވާރުންނާއި އެކު އަސްގާޑިޔަލުގެ ގާފިލާތަކުގައެވެ. އެ ހިނދު އެ ބައިމީހުންގެ އަދަދު ނުހަނު ގިނައެވެ.
9 E foram também com ele tanto carruagens como cavaleiros; e o cortejo foi muito grande.
10 ދަތުރުކޮށް ގޮސް އުރުދުން ކޯރުގެ އިރުމަތީ ފަރާތުން އަޠާދުގައި އޮންނަ ތޮށިނޮޅާ ތަނަށް އާދެވުނު ހިނދު އެބައިމީހުން ޔަޢުޤޫބުގެފާނުގެ މައްޗަށް ހިތާމަކޮށް އަޑުން އަޑުނަގާ ރޮމުން ގެންދިޔައެވެ. ޔޫސުފުގެފާނު މި މުނާސަބަތު ހަފްތާއެއްހާ ދުވަސް ވަންދެން ކުރިއަށް ގެންދެވިއެވެ.
10 Quando eles chegaram à eira de Atade, que fica do outro lado do Jordão, fizeram ali grande e intensa lamentação; e José pranteou seu pai durante sete dias.
11 އެ ރަށުގައި ދިރިއުޅެމުން ގެންދާ ކަންޢާނުގެ އަހުލުވެރިންނަށް އަޠާދުގައި އެބައިމީހުން ހިތާމަ ފައުޅު ކުރާތަން ފެނުމުން މިފަދައިން ބުނެވުނެވެ. ”⁠މިޞްރުގެ އަހުލުވެރިން އެދައްކައިދޭ ހިތާމައެއްގެ ބޮޑުކަމާއެ!⁠“ އެހެންވެ، އެތަނަށް މިހާރު ދީފައިވާ ނަމަކީ އަބަލް މިޞްރާއިމުއެވެ.
11 Quando os moradores da terra, os cananeus, viram o luto na eira de Atade, disseram: — Como é grande este pranto dos egípcios! E por isso aquele lugar foi chamado de Abel-Mizraim; fica do outro lado do Jordão.
12 ޔަޢުޤޫބުގެފާނުގެ ދަރިން އެކަލޭގެފާނު އަމުރުކުރައްވަފައިވާ ގޮތަށް ކަންތައް ކުރެއްވިއެވެ.
12 Os filhos de Jacó fizeram como ele lhes havia ordenado:
13 އެކަލޭގެފާނުގެ ހަށިކޮޅު ކަންޢާނުއަށް ގެންގޮސް މަމްރާގެ އިރުމަތީފަރާތުގައިވާ މަކްފީލަތު ދަނޑުގައިވާ ހޮހަޅައިގައި ފަސްދާނު ލެއްވިއެވެ. މި ބިމަކީ އިބްރާހީމްގެފާނު ޙިއްޘީންގެ ޢިފްރޫނު އަތުން ގަބުރުސްތާނެއްގެ ގޮތުގައި ބޭނުން ކުރެއްވުމަށް ބައްލަވައިގަތް ބިމެވެ.
13 levaram-no para a terra de Canaã e o sepultaram na caverna do campo de Macpela, que, juntamente com o campo, Abraão havia comprado de Efrom, o heteu, para ser lugar de sepultura. Esse lugar fica em frente a Manre.
14 ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުން ފަސްދާނު ލެއްވުމަށް ފަހު އެކަލޭގެފާނުގެ އެންމެހައި އަޚުންނާއި އަދި އެކަލޭގެފާނުގެ ބަފައިކަލުން ފަސްދާނު ލެއްވުމަށް މިޞްރުން އައި ހުރިހާ އެންމެންނާއި އެކުގައި މިޞްރަށް އެނބުރި ވަޑައިގެންނެވިއެވެ.
14 Depois disso, José voltou para o Egito, ele, os seus irmãos e todos os que o haviam acompanhado para sepultar o seu pai.
15 ޔަޢުޤޫބުގެފާނު އަވަހާރަވުމަށް ފަހު، ޔޫސުފުގެފާނުގެ ބޭބެމެން މިފަދައިން ބުންޏެވެ. ”⁠ޔޫސުފު އަހަރެމެންދެކެ ރުޅިން ހުރެދާނެ. އަހަރެމެން އޭނާއާމެދުގައި ނުހަނު އިހާނެތިކޮށް ކަންތައް ކުރީމު. އޭނާ އަހަރެމެންގެ ކިބައިން ބަދަލު ހިފުމަށް ރާވަފާނެ.⁠“
15 Vendo os irmãos de José que seu pai já era morto, disseram: — É possível que José tenha ódio de nós; certamente nos retribuirá todo o mal que lhe fizemos.
16 ވުމާއެކު، އެބައިމީހުން ޔޫސުފުގެފާނަށް މިފަދައިން ޚަބަރު ދެއްވިއެވެ. ”⁠ކަލޭގެފާނުގެ ބަފައިކަލުން އަވަހާރަވުމުގެ ކުރިން މިފަދައިން އަހަރެމެންނަށް އިރުޝާދު ދެއްވި.
16 Por isso, mandaram dizer a José: — O seu pai, antes de morrer, ordenou o seguinte:
17 ކަލޭގެފާނުގެ އަރިހުން މިފަދައިން އެދިވަޑައިގަތުމަށް އެކަލޭގެފާނު ވިދާޅުވި. ’⁠ތިބާގެ ބޭބެމެން ތިބާ އާއި މެދުގައި ކުރި ނުބައި ކަންތައްތަކާއި މެދުގައި އެބައިމީހުންނަށް މަޢާފްކޮށްދެއްވާށޭ.⁠‘ އެހެންވީމާ، އަހަރެމެންނަށް ކުރެވުނު ނުބައި ޢަމަލަށް އަހަރެމެންނަށް މިހާރު މަޢާފް ކޮށްދިނުމަށް އެދި އާދޭސް ދަންނަވަމު. އަހަރެމެންނަކީ ކަލޭގެފާނުގެ ބަފައިކަލުންގެ ރަސްކަލާނގެ މާތްކަލާނގެ އަޅުންމެ.⁠“ ޔޫސުފުގެފާނަށް މި ޚަބަރުފުޅު ލިބިވަޑައިގެންނެވުމާއެކު އެކަލޭގެފާނު ކީރިތި ކުރެއްވިއެވެ.
17 “É isto que vocês dirão a José: ‘Perdoe, por favor, a transgressão dos seus irmãos e o pecado que cometeram, porque eles lhe fizeram mal.’” Agora pedimos que perdoe a transgressão dos servos do Deus de seu pai. Ao ouvir estas palavras, José chorou.
18 ދެން އެކަލޭގެފާނުގެ އެންމެހާ ބޭބެއިން އެކަލޭގެފާނުގެ އަރިހަށް އައުމަށް ފަހު، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ކުރުނީސްކޮށް މިފަދައިން ދެންނެވިއެވެ. ”⁠އަޅުގަނޑުމެންނަކީ ކަލޭގެފާނުގެ އަޅުންނީމު.⁠“
18 Depois, vieram também os seus irmãos, prostraram-se diante dele e disseram: — Eis-nos aqui; somos seus servos.
19 ނަމަވެސް ޔޫސުފުގެފާނު އެބައިމީހުންނަށް މިފަދައިން ޖަވާބު ދެއްވިއެވެ. ”⁠އަހަރެންދެކެ ބިރުވެތި ނުވޭ. ތިޔަބައިމީހުންނާއި މެދުގައި އިންސާފުކޮށް ޢުޤޫބާތް ދިނުމަށް އަހަރެން ވަނީ މާތްކަލާނގެ މަޤާމުގައިތަ؟
19 Mas José respondeu: — Não tenham medo; será que eu estou no lugar de Deus?
20 ތިޔަބައިމީހުންގެ މަގުސަދަކަށްވީ އަހަރެންނަށް އަނިޔާވެރިވުން. ނަމަވެސް މިއަދު އެނުބައި ޢަމަލު މާތްކަލާނގެ ވަނީ ހެޔޮކަމަކަށް ބަދަލު ކުރައްވާފައި. އޭގެ ނަތީޖާއަކަށްވީ އެތައްބައެއްގެ ފުރާނަ އެކަލާނގެ ސަލާމަތް ކުރެއްވުން.
20 Vocês, na verdade, planejaram o mal contra mim; porém Deus o tornou em bem, para fazer, como estão vendo agora, que se conserve a vida de muita gente.
21 އެހެންވީމާ، ބިރުވެތި ނުވޭ. ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ އާއިލާގެ އެންމެހާ ކަންތައްތައް އަހަރެން ބަލަހައްޓާނަން.⁠“ ޔޫސުފުގެފާނު އެފަދައިން ވިދާޅުވެ އެބައިމީހުންނަށް ނުހަނު ޔަޤީންކަން ދެއްވިއެވެ. އަދި ވަރަށް ހިތްހެޔޮކަމާއެކު އެބައިމީހުންނާއި އެކަލޭގެފާނު ވާހަކަފުޅު ދެއްކެވިއެވެ.
21 Portanto, não tenham medo; eu sustentarei vocês e os seus filhos. E assim José os consolou e lhes falou ao coração.
22 ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންގެ އާއިލާ އާއި އެކުގައި މިޞްރުގައި ދިރިއުޅުއްވަމުން ގެންދެވިއެވެ. އެކަލޭގެފާނު އަވަހާރަވީ އުމުރުފުޅުން ސަތޭހަ ދިހަ އަހަރުގައެވެ.
22 José ficou morando no Egito, ele e a casa de seu pai. Viveu cento e dez anos.
23 އަފްރާއީމްއަށް ދަރިން ލިބި އަދި ކާފަ ދަރިން ލިބުނީ ވެސް ޔޫސުފުގެފާނު ދުނިޔޭގައި ހުންނަވަނިކޮށެވެ. އަދި ޔޫސުފުގެފާނުގެ ދަރިކަލުން މަނައްސާއަށް ފިރިހެން ދަރިއަކު ލިބުނެވެ. އޭނާގެ ނަމަކީ މާކީރު އެވެ. މާކީރުގެ ދަރިންނަކީ ޔޫސުފުގެފާނުގެ އުފަންދަރިން ކަމުގައި ހެއްދެވިއެވެ.
23 José viu os filhos de Efraim até a terceira geração; também os filhos de Maquir, filho de Manassés, os quais José tomou sobre os seus joelhos.
24 ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން މިވަނީ މިދުނިޔެއަށް އަލްވަދާއުކިއުމާ ދާދި ކައިރީގައި. ނަމަވެސް މާތްކަލާނގެ ތިޔަބައިމީހުންނާއި މެދުގައި ބައްލަވާ ވޮޑިގެންވެ، ތިޔަބައިމީހުން މި ރަށުން ނެރުއްވައި އިބްރާހީމްގެފާނަށާއި، އިސްޙާޤުގެފާނަށާއި އަދި ޔަޢުޤޫބުގެފާނަށް އެކަލާނގެ ދެއްވުމަށް ވަޢުދުވެ ވޮޑިގެންނެވި ބިމަށް އެކަލާނގެ ތިޔަބައިމީހުން ގެންދަވާނެ.⁠“
24 José disse a seus irmãos: — Eu vou morrer em breve. Mas Deus certamente visitará vocês e fará com que saiam desta terra para ir à terra que jurou dar a Abraão, a Isaque e a Jacó.
25 އެއަށް ފަހު ޔަޢުޤޫބުގެފާނުގެ ދަރިންގެ ކިބައިން ޔޫސުފުގެފާނު މިފަދައިން ޢަހުދު ކަށަވަރު ހިއްޕެވިއެވެ. ”⁠މާތްކަލާނގެ ތިޔަބައިމީހުން މިރަށުން ނެރުއްވައި ތިޔަބައިމީހުން ކަންޢާނަށް އަލުން އަނބުރާ ގެންދަވާ ހިނދު އަހަރެންގެ ހަށިގަނޑު ތިޔަބައިމީހުންނާއި އެކުގައި ގެންދިއުމަށް ވަޢުދުވޭ.⁠“
25 José pediu aos filhos de Israel que fizessem um juramento, dizendo: — Deus certamente visitará vocês. Quando isso acontecer, levem os meus ossos daqui.
26 ޔޫސުފުގެފާނު އަވަހާރަވީ އެކަލޭގެފާނުގެ އުމުރުފުޅުން ސަތޭކަ ދިހަ އަހަރުގައެވެ. އެކަލޭގެފާނު އަވަހާރަވުމުން ޙަކީމުން އެކަލޭގެފާނުގެ ހަށިކޮޅު ވަޅުފުޅުލުމަށް ތައްޔާރު ކޮށް އެހަށިކޮޅު ސަންދޯކަށް ލައިފިއެވެ.
26 José morreu com a idade de cento e dez anos. Eles embalsamaram o seu corpo e o puseram num caixão, no Egito.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Gênesis 50, comparar traduções ou montar um estudo — tudo direto pelo WhatsApp.