Gênesis 40

ކިތާބުލް މުޤައްދަސް (DIV) vs NAA

Sair da comparação
NAA Nova Almeida Atualizada 2017
1 ޔޫސުފުގެފާނު ޖަލުގައި ހައްޔަރު ކުރައްވާފައި ހުންނެވި ހިނދު މިޞްރުގެ ރަސްގެފާނު ފިރުޢައުނުގެ ޝާހީ ގަނޑުވަރުގެ ދެ ޚާދިމުންނަށް ރަސްގެފާނު ހިތްޕުޅާނުވާފަދަ ގޮތަކަށް ކަންތައް ކުރެވުނެވެ. އޭގެތެރެއިން އެކަކީ ބުއިންތައް އަރުވާ މީހާއެވެ. ދެވަނަ މީހާއަކީ ފަރިއްކޮޅު ތައްޔާރުކުރާ މީހާއެވެ.
1 Passadas estas coisas, aconteceu que o copeiro e o padeiro do rei do Egito ofenderam o seu senhor, o rei do Egito.
2 ފިރުޢައުނު މި ދެ ޚާދިމުން ދެކެ ނުހަނު ރުޅިއައިސް މި ދެ ޚާދިމުން ޖަލުގައި ހައްޔަރު ކުރެއްވިއެވެ.
2 O Faraó indignou-se contra os seus dois oficiais, o copeiro-chefe e o padeiro-chefe,
3 އަދި މި ދެ ޚާދިމުން ހައްޔަރު ކުރެވުނު ޖަލަކީ ރަސްގެފާނުގެ ގަނޑުވަރުގެ ފާރަވެރިންގެ އިސްވެރިޔާގެ ގޭގައި ހުންނަ ޖަލެވެ. އަދި ޔޫސުފުގެފާނު ވެސް ހައްޔަރު ކުރެވިފައި ވަނީ މިޖަލުގައެވެ.
3 e mandou prendê-los na casa do comandante da guarda, no cárcere onde José estava.
4 ގަނޑުވަރުގެ ޖަލުގެ އިސް ފާރަވެރިޔާ ފޫޠީފާރު މި ދެ ޚާދިމުން ޔޫސުފުގެފާނާއި ހަވާލު ކުރިއެވެ. އަދި އެ ދެ ޚާދިމުން ޖަލުގައި ދުވަސްތަކެއް ހޭދަކުރަމުން ދިޔައެވެ.
4 O comandante da guarda os deixou aos cuidados de José, para que os servisse; e por algum tempo estiveram na prisão.
5 އެއްރެއަކު ރަސްގެފާނަށް ބުއިންތައް އަރުވާ ޚާދިމަށާއި އަދި ފަރިއްކޮޅު ތައްޔާރުކުރާ ޚާދިމަށް ދެ ހުވަފެނެއް ފެނުނެވެ. ނަމަވެސް މި ދެ ހުވަފެނުގައި ވަނީ ތަފާތު ދެ މާނަ އެކެވެ.
5 E os dois sonharam, cada um o seu sonho, na mesma noite; cada sonho com o seu próprio significado, o copeiro e o padeiro do rei do Egito, que se achavam encarcerados.
6 އަނެއްދުވަހުގެ ހެނދުނު ޔޫސުފުގެފާނު މި ދެ ޚާދިމުންގެ ގާތަށް ވަޑައިގެންނެވި އިރު މި ދެ ޚާދިމުން ކަންބޮޑުވެފައި ވަނިކޮށް އެކަލޭގެފާނަށް ފެނިވަޑައިގެންވިއެވެ.
6 Quando José chegou pela manhã, viu-os, e eis que estavam preocupados.
7 އެ ހިނދު ޔޫސުފުގެފާނު މިފަދައިން ސުވާލު ކުރެއްވިއެވެ. ”⁠މިއަދު ތިޔަބައިމީހުން ކަންބޮޑުވެފައި ތިޔަތިބީ ކީއްވެ؟⁠“
7 Então perguntou aos oficiais de Faraó, que estavam com ele no cárcere da casa do seu senhor: — Por que vocês estão com a cara triste hoje?
8 ދެ ޚާދިމުން ޖަވާބުގައި އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އަހަރެމެން ދެމީހުންނަށް ރޭގައި ދެ ހުވަފެނެއް ފެނުނު. ނަމަވެސް އެ ދެ ހުވަފެނުގެ މާނަ އަހަރެމެން ދެމީހުންނަށް އޮޅުންފިލުވައި ދެވޭވަރުގެ މީހަކު މިތަނަކު ނެތް.⁠“ އެ ދެ ޚާދިމުންނަށް ޔޫސުފުގެފާނު ވިދާޅުވިއެވެ. ”⁠ހުވަފެން ތަޢުބީރު ކޮށްދެއްވޭނޭ ހަމައެކަނި ފަރާތަކީ މާތްކަލާނގެ. ތިޔަބައިމީހުންނަށް ފެނުނު ހުވަފެން އަހަރެންނަށް ކިޔައިދީބަލަ.⁠“
8 Eles responderam: — Tivemos um sonho, e não há quem o interprete. José lhes disse: — Não pertencem a Deus as interpretações? Contem-me o sonho que tiveram.
9 އެހެންވެ، ރަސްގެފާނަށް ބުއިންތައް އަރުވައިދޭ މީހާ އޭނާގެ ހުވަފެން ޔޫސުފުގެފާނަށް މިފަދައިން ކިޔައިދެމުން ގެންދިޔައެވެ. ”⁠އަހަރެންގެ ހުވަފެނުގައި އަހަރެންނަށް ފެނުނީ މޭބިސްކަދުރު ވެލެއް އަހަރެންގެ ކުރިމަތީގައި ވަނިކޮށް.
9 Então o copeiro-chefe contou o seu sonho a José. Ele disse: — Em meu sonho havia uma videira diante de mim.
10 އަދި އެވެލުގައި ތިން އޮފިގަނޑު ހުރި. އިސާހިތަކު އެ އޮފިގަނޑުން ފަތް ނުކުމެ މައު ނުކުމެއްޖެ. އެއަށް ފަހު މޭބިސްކަދުރު ދޮންވެ ތާޒާވެފައި ވަނިކޮށް ދުށީމު.
10 E na videira havia três ramos. Ao brotar a videira, havia flores, e seus cachos produziam uvas maduras.
11 އެ ހިނދު އަހަރެންގެ އަތުގައި ރަސްގެފާނަށް ބުއިންއަރުވާ ތަށިކޮޅު އޮތް. އެހެންވެ، އަހަރެން މޭބިސްކަދުރު ބިނުމަށް ފަހު މޭބިސްކަދުރުގެ ދިޔަ އެ ތަށިކޮޅަށް އެޅީމު. އެއަށް ފަހު އަހަރެން އެތަށިކޮޅު ފިރުޢައުނު ރަސްގެފާނަށް އެރުވީމު.⁠“
11 O copo de Faraó estava na minha mão. Peguei as uvas e as espremi no copo de Faraó, e o entreguei a Faraó.
12 ޔޫސުފުގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ހުވަފެން ތިބާއަށް އަހަރެން ތަޢުބީރު ކޮށްދޭނަން. ތިން އޮފިގަނޑު މާނަކޮށްދެނީ ތިން ދުވަސްކަމުގައި.
12 Então José disse: — Esta é a interpretação do sonho: os três ramos são três dias.
13 ތިން ދުވަސް ނިމުމުގެ ކުރިން ރަސްގެފާނު ތިބާ މިނިވަން ކޮށްދެއްވާނެ. އަދި ތިބާގެ ނޯކިރީ ދެވަނަ ފަހަރަށް އަނބުރާ ލިބޭނެ. އަދި އިހުނެކޭ އެއްފަދައިން ރަސްގެފާނަށް ބުއިންތައް އެރުވުމުގެ ޚިދުމަތުގައި ތިބާ ހުންނާނެ.
13 Dentro de três dias, Faraó vai reabilitar você e reintegrá-lo no seu cargo, e você lhe dará o copo na mão dele, segundo o costume antigo, quando era seu copeiro.
14 ތިބާ މިނިވަންވުމުން، އަހަރެންގެ މަތިން ހަނދާންކުރުމަށް އެދެން. އަހަރެންގެ މައްޗަށް އޯގާތެރިވެ އަހަރެންގެ ޚަބަރު ރަސްގެފާނަށް ނަންގަނެ ދޭތި. އަދި އަހަރެން މި ތަނުން ސަލާމަތްކޮށްދެއްވުމަށް ދަންނަވާތި.
14 Porém lembre-se de mim, quando tudo lhe correr bem. Peço que você seja bondoso para comigo e fale a meu respeito com Faraó, e me tire desta prisão;
15 އަހަރެންނަކީ އަހަރެންގެ އުފަންވި ރަށް ކަމުގައިވާ ޢިބްރާނީއިން ރަހީނުކުރެވިގެން މިޞްރަށް ގެނެވުނު މީހެއް. އަހަރެން ޖަލުގައި ހައްޔަރު ކުރެވިފައި މިވަނީ އެއްވެސް ކުށެއް ކޮށްގެންނެއް ނޫން.⁠“
15 porque, de fato, fui roubado da terra dos hebreus; e aqui nada fiz, para que me pusessem nesta masmorra.
16 އެއަށް ފަހު ރަސްގެފާނަށް ފަރިއްކޮޅު ތައްޔާރުކުރާ ޚާދިމު ޔޫސުފުގެފާނު ހުވަފެން ތަޢުބީރު ކޮށްދެއްވި ގޮތާއިމެދު ނުހަނު ހިތްހަމަޖެހި އޭނާގެ ހުވަފެން އެކަލޭގެފާނަށް މިފަދައިން ކިޔައިދެމުން ގެންދިޔައެވެ. ”⁠އަހަރެންގެ ހުވަފެނުގައި ދުށީ ފޮނިކާތަކެތި އަޅާފައިވީ ތިން ވަށިގަނޑު އަހަރެންގެ ބޯމަތީގައި ވަނިކޮށް.
16 Vendo o padeiro-chefe que a interpretação era boa, disse a José: — Eu também sonhei, e eis que três cestos de pão branco estavam sobre a minha cabeça.
17 އެ ވަށިގަނޑުތަކުގެ ތެރެއިން އެންމެމަތީގައި ބެހެއްޓިފައިވީ ވަށިގަނޑުގައި ހުރީ ރަސްގެފާނުގެ ފަރީއްކޮޅަށް ފިހެފައިވީ ކާތަކެތި. ނަމަވެސް އަހަރެންގެ ބޯމަތީގައި ވީ ވަށިގަނޑުގައި ހުރި ކާތަކެތި ދޫނިތައް އައިސް ކާންފެށި.⁠“
17 No cesto mais alto havia todo tipo de comida que um padeiro faz para Faraó. E as aves comiam do cesto que estava sobre a minha cabeça.
18 ޔޫސުފުގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ހުވަފެނުގެ ތަޢުބީރު ދައްކައިދެނީ މިފަދައިން. ތިބާއަށް ފެނުނު ތިން ވަށިގަނޑަކީ ތިން ދުވަސް.
18 Então José disse: — Esta é a interpretação do sonho: os três cestos são três dias.
19 ތިން ދުވަސް ނިމުމުގެ ކުރިން ރަސްގެފާނު ތިބާގެ ބޯ ކަނދުރާއިން ވަކިކުރައްވާނެ! އަދި ތިބާގެ ހަށިގަނޑު މުޑިއަކަށް ނަންގަވާނެ. އެއަށް ފަހު ދޫނިތައް އައިސް ތިބާގެ މަސްތައްކާނެ.⁠“
19 Dentro de três dias, Faraó vai mandar cortar a sua cabeça e pendurá-lo numa árvore, e as aves comerão a sua carne.
20 ފިރުޢައުނުގެ އުފަންދުވަސް އައީ އޭގެ ތިން ދުވަސް ފަހުންނެވެ. އެހެންވީމާ ފިރުޢައުނު، އޭނާގެ އެންމެހާ ޝާހީ ޚާދިމުންނަށް ޖާފަތެއް ދެއްވިއެވެ. އަދި ފިރުޢައުނު ރަސްގެފާނަށް ބުއިންތައް އަރުވާ މީހާ އާއި ފަރިއްކޮޅު ތައްޔާރުކުރާ މީހާ ޖަލުން ނެރެގެން ޝާހީ ދަރުބާރަށް ހާޒިރު ކުރުވިއެވެ.
20 No terceiro dia, que era aniversário de nascimento de Faraó, ele deu um banquete a todos os seus servos. E, no meio destes, reabilitou o copeiro-chefe e condenou o padeiro-chefe.
21 އަދި ރަސްގެފާނަށް ބުއިން އަރުވާ ޚާދިމަށް މަޢާފު ދެއްވައި އިހުނެކޭ އެއްފަދައިން އޭނާއަށް ހަމަ އެ ނޯކިރީ ދެއްވިއެވެ.
21 Reintegrou o copeiro-chefe no seu cargo, no qual dava o copo na mão de Faraó,
22 ނަމަވެސް ފަރިއްކޮޅު އަރުވާ ޚާދިމު މެރުމަށް ނިންމެވިއެވެ. އަދި އެހުރިހާ ކަމެއް ހިނގައި ދިޔައީ ޔޫސުފުގެފާނު ވިދާޅުވި ފަދައިންނެވެ.
22 mas mandou enforcar o padeiro-chefe, como José havia interpretado.
23 ނަމަވެސް ރަސްގެފާނަށް ބުއިންތައް އަރުވާ ޚާއްސަ ޚާދިމު ޔޫސުފުގެފާނުގެ މަތިން ހަނދާނެއް ނުވިއެވެ.
23 Porém o copeiro-chefe não se lembrou de José; esqueceu-se dele.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Gênesis 40, comparar traduções ou montar um estudo — tudo direto pelo WhatsApp.