Gênesis 34

ކިތާބުލް މުޤައްދަސް (DIV) vs BKJ

Sair da comparação
1 އެއްދުވަހަކު ދީނާ އެ ސަރަހައްދުގައި ފުރާވަރުގެ އަންހެން ކުދިންގެ ގާތަށް ދިޔައެވެ. މި ދީނާ އަކީ ލައިއަތު އާއި ޔަޢުޤޫބުގެފާނުގެ ދަރިއެކެވެ.
1 E Diná, filha de Lia, que ela gerou a Jacó, saiu para ver as filhas da terra.
2 މި ސަރަހައްދުގެ މީސްތަކުންގެ މެދުގައި ކަމުވޮށިވެގެންވާ ޙިއްވީންގެ ދަރިކޮޅުގެ މީހެއް ކަމުގައިވާ ޙަމޫރުގެ ފިރިހެންދަރިފުޅު، ޝަކީމްއަށް ދީނާ ފެނުނެވެ. އެ ހިނދު މި ޝަކީމް ދީނާގެ މައްޗަށް ބާރުހިންގައި ގަދަކަމުން ޖިންސީ ގުޅުން ހިންގިއެވެ.
2 E quando Siquém, filho de Hamor, o heveu, príncipe da terra, a viu, tomou-a e deitou-se com ela, e a desonrou.
3 މިއަށް ފަހު ޝަކީމް ދީނާގެ ޖަޒުބާތުގައި ޖެހި އެކަނބުލޭގެ ދެކެ ނުހަނު ލޯބިވިއެވެ. އަދި ވަރަށް އޯގާތެރިކަމާއެކު އެކަނބުލޭގެއާއި ވާހަކަ ދެއްކިއެވެ.
3 E sua alma se apegou a Diná, filha de Jacó, e ele amou a donzela, e falou amorosamente à moça.
4 އެންމެފަހުން މި ޝަކީމް ދީނާއަށް ބޭނުންވެފައިވާ ވަރުން އޭނާގެ ބައްޕަ، ޙަމޫރަށް މިވާހަކަ މިފަދައިން ހުށަހެޅިއެވެ. ”⁠އަހަރެންނަށް މިކަނބުލޭގެއާއި ކައިވެނި ކުރެވޭނޭ ގޮތެއް ހަމަޖައްސައި ދިނުމަށް ބައްޕައަށް އަހަރެން އެދެން.⁠“
4 E Siquém falou com seu pai, Hamor, dizendo: Toma-me esta donzela por mulher.
5 ޝަކީމް ދީނާގެ ޢިއްފަތްތެރިކަން ފޭރިގަނެ އަދި އެއްވެސް އިޙުތިރާމެއްނެތް ފަދަ ގޮތަކަށް އަމަލު ކުރިކަމުގެ ޚަބަރު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންފިއެވެ. އެހެނަސް ޖަނަވާރުތައް ގޮވައިގެން އެންމެހާ ފިރިހެން ދަރިން މައިދާނަށް ހުއިހައްޕަން ގޮސްވުމުގެ ސަބަބުން އެކަލޭގެފާނު ހަނުހިމޭނުން ހުންނެވީއެވެ.
5 E Jacó ouviu que ele havia desonrado Diná, sua filha; ora, seus filhos estavam com seu gado no campo, e Jacó manteve-se quieto até eles chegarem.
6 އަދި، ޝަކީމްގެ ބައްޕަ ޙަމޫރު، ޔަޢުޤޫބުގެފާނުގެ އަރިހަށް ވާހަކަ ދެއްކުމަށް އައެވެ.
6 E Hamor, pai de Siquém, saiu para ter com Jacó, para conversar com ele.
7 އެވަގުތަކީ ޔަޢުޤޫބުގެފާނުގެ ހުރިހާ ފިރިހެން ދަރިން ވެސް މައިދާނުން އެނބުރި ގެއަށް އައި ވަގުތު ވެސްމެއެވެ. އަދި އެކުދިންގެ އަންހެންކޮއްކޮގެ ޢިއްފަތްތެރިކަން ފޭރިގަތުގެ ޚަބަރު ލިބުނު ހިނދު އެމީހުން ދިޔައީ ރުޅިއައިސް ރަންކަނިބުރައި ގެންނެވެ. އެއީ ޢިއްފަތްތެރިކަން ފޭރިގަތުމަށް ވުރެން ވަކިން ބޮޑު ބަދުނާމެއް ލިބޭނޭ އެހެން ކަމެއް ނެތީމައެވެ. އަދި ޝަކީމްގެ މި ޢަމަލަކީ އިސްރާއީލީންގެ ތެރޭގައި ކުރެވި ދިޔަ އެންމެ ނުބައި އެއް އަމަލު ވެސް މެއެވެ.
7 E os filhos de Jacó vieram do campo quando ouviram sobre isso. E os homens se entristeceram e se iraram muito, pois ele havia feito loucura em Israel ao deitar com a filha de Jacó, coisa que não deveria ter sido feita.
8 ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ އެންމެހާ ދަރިންގެ ފަރާތުން ޙަމޫރު މިފަދައިން އެދުނެވެ. ”⁠އަހަރެންގެ ފިރިހެން ދަރިފުޅު ޝަކީމް ތިބާގެ އަންހެން ދަރިފުޅުގެ މައްޗަށް ނުހަނު ލޯބި ބޮޑުވެއްޖެ. އަހަރެންގެ ދަރިފުޅުގެ އަނތްބަކަށް އެކަނބުލޭގެ ދިނުމަށް އަހަރެން ވަރަށް ބޮޑަށް އެދެމު.
8 E Hamor conversou com eles, dizendo: A alma de meu filho Siquém anseia por tua filha; suplico-te que lha dês por mulher.
9 އަދި އަހަރެމެންގެ ތެރޭގައި މި ގޮތަށް ކައިވެނީގެ އެއްބަސްވުމެއް ހަމަޖައްސަމާހިނގާ. ތިޔަބައިމީހުންގެ އަންހެން ދަރިން އަހަރެމެންގެ ފިރިހެން ދަރިންނާ ކައިވެނި ކުރުމަށް ތިޔަބައިމީހުން ދޭނީ. އަދި އަހަރެމެންގެ އަންހެންދަރިން ތިޔަބައިމީހުންގެ ފިރިހެންދަރިންނާ ކައިވެނިކުރުމަށް އަހަރެމެން ދޭނީ.
9 E fazei vós casamentos conosco, e dai vossas filhas a nós, e tomai nossas filhas para vós.
10 އަހަރެމެންނާއި އެކުގައި ތިޔަބައިމީހުން މިރަށުގައި ދިރިއުޅޭނީ. ތިޔަބައިމީހުން އެދޭ ތަނަކުން ބިން ގަނެ އަދި ވިޔާފާރިވެސް ކުރަންވީ.⁠“
10 E habitareis conosco, e a terra estará diante de vós; habitai e negociai nela, e adquiri possessão nela.
11 ޝަކީމް އޭނާގެ ބައްޕަ ޙަމޫރުގެ ވަހާކައަށް އިތުރުކޮށްލުމުގެ ގޮތުން ދީނާގެ ބަފައިކަލުން ޔަޢުޤޫބުގެފާނާއި އެކަނބުލޭގެ ބޭބެމެންނަށް މިހެން ބުނިމެއެވެ. ”⁠އަހަރެންނަށް އޯގާތެރިވެދީ. އަދި އެކަނބުލޭގެ އަހަރެންގެ އަނތްބަކަށް ވުމަށް އަހަރެން ނުހަނު އެދެން. ތިޔަބައިމީހުން ކޮންމެ އެއްޗަކަށް އެދުނު ނަމަވެސް އެ އެއްޗެއް އަހަރެމެން ތިޔަބައިމީހުންނަށް ދޭނަން.
11 E Siquém disse ao pai e aos irmãos dela: Ache eu graça aos vossos olhos, e o que me disserdes eu o darei.
12 މަޙުރުގެ ފައިސާ އާއި އެނޫން ވެސް ހަދިޔާބަދިޔާއަށް ތިޔަބައިމީހުން މިންވަރެއް ކަނޑައަޅާ. ކޮންމެ މިންވަރަކަށް ތިޔަބައިމީހުން އެދެނު ކަމުގައި ވިޔަސް އެ މިންވަރެއް އަހަރެމެން ތިޔަބައިމީހުންނަށް އަދާ ކުރާނަން. ހަމައެކަނި އަހަރެން ބޭނުން ވަނީ އެކަނބުލޭގެ އަހަރެންގެ އަނތްބަކަށް ހެދުން.⁠“
12 Pedi-me o quanto mais quiserdes de dote e dádiva, e eu darei de acordo com o que me disserdes, mas dai-me a donzela por mulher.
13 ވީމާ، އެބައިމީހުންގެ ކޮއްކޮ ދީނާގެ ޢިއްފަތްތެރިކަން ޝަކީމް ފޭރިގަތުމުގެ ސަބަބުން ޔަޢުޤޫބުގެފާނުގެ އެންމެހާ ފިރިހެންދަރިން ޝަކީމް އާއި އޭނާގެ ބައްޕަ ޙަމޫރުއަށް މަކަރުހަދައި ލަނޑުދިނުމަށް ނިންމައި މިފަދައިން ޖަވާބު ދިނެވެ.
13 E os filhos de Jacó responderam a Siquém e a Hamor, seu pai, enganosamente; e disseram, porque ele havia desonrado Diná, sua irmã,
14 އެގޮތުން ޔަޢުޤޫބުގެފާނުގެ ދަރިން ޝަކީމް އާއި އޭނާގެ ބައްޕައަށް މިފަދައިން ބުންޏެވެ. ”⁠ތިޔަފަދަ ކަމެއް އަހަރެމެންނަކަށް ކުރެވޭކަށް ނޯންނާނެ. ޚިތާނު ކުރެވިގެންނުވާ ފިރިހެނަކާއި އަހަރެމެންގެ އަންހެން ކޮއްކޮ ކައިވެނި ކުރުމަށް އަހަރެމެންނަކަށް ނުދެވޭނެ. ޅަނދޮޅު އަންހެން ކުއްޖަކު ޚިތާނު ނުކޮށް ހުރި ތިޔަފަދަ ފިރިހެނަކާއި ދެވުމަކީ އަހަރެމެންނަށް ހުރި ލަދުވެތިކަމެއް.
14 e disseram-lhes: Não podemos fazer isso, dar a nossa irmã a alguém incircunciso, pois isso seria uma vergonha para nós.
15 އެހެނަސް ތިބާއަށް އެކަނބުލޭގެ އާއި ކައިވެނި ކުރެވިދާނެ ޝަރުތެއް އެބައޮތް. އެއީ ތިބާ އާއި ތިބާގެ އިތުރުން މުޅި މިވަންހައިގެ އެންމެހާ ފިރިހެނުން އަހަރެމެން ފަދައިން ޚިތާނު ކުރުން.
15 Mas nisto consentiremos convosco: Se fordes como nós somos, que todo homem entre vós seja circuncidado,
16 މިފަދައިން ތިޔަބައިމީހުން އަމަލު ކުރުމަށް ފަހުގައި ތިޔަބައިމީހުންގެ އަނބިންނަށް ހެދުމަށް އަހަރެމެންގެ އަންހެން ދަރިން ތިޔަބައިމީހުން ގެންދޭ. އަދި އަހަރެމެން ވެސް ތިޔަބައިމީހުންގެ އަންހެން ދަރިންނާއި ކައިވެނި ކުރާނަން. އޭރުން އަހަރެމެންނަށް ތިޔަބައިމީހުންނާއި އެކުގައި ދިރިއުޅެވިދާނެ. އަދި އަހަރެމެން ދެބައިމީހުން އެއްބައެއްގެ ގޮތުގައި ވެސް ވާނެ.
16 então daremos nossas filhas a vós, e nós tomaremos vossas filhas para nós, e habitaremos convosco, e nos tornaremos um povo.
17 ނަމަވެސް ޚިތާނު ކުރުމަށް ތިބާ އިންކާރު ކޮށްފިނަމަ އަހަރެމެން ދީނާ ގޮވައިގެން މި ރަށް ދޫކޮށް ދާނީ.⁠“
17 Mas se não nos ouvirdes, para serdes circuncidados, então tomaremos nossa filha, e nós iremos embora.
18 ޔަޢުޤޫބުގެފާނުގެ ދަރިންގެ މިހުށަހެޅުމަށް ޙަމޫރު އާއި އޭނާގެ ދަރިފުޅު ޝަކީމް އުފަލާއެކު އެއްބަސް ވިއެވެ.
18 E as suas palavras agradaram a Hamor, e a Siquém, filho de Hamor.
19 ސަބަބަކީ އޭނާ ޔަޢުޤޫބުގެފާނުގެ އަންހެންދަރިފުޅު ދީނާ ދެކެ އެހާ ލޯބިވާތީއެވެ. ޝަކީމްއަކީ އެ އާއިލާގެ އެންމެ ޤަދަރު ލިބިގެންވާ މީހާއެވެ. އެހެންވެ، ވަގުތު ނަގާނުލައި ޔަޢުޤޫބުގެފާނުގެ ދަރިންގެ ހުށަހެޅުން ފުރިހަމަކުރުމަށް އޭނާ ނިންމިއެވެ.
19 E o jovem não tardou em fazer isto, pois ele tinha prazer na filha de Jacó, e ele era o mais honrável em toda a casa de seu pai.
20 އެގޮތުން ޙަމޫރު އާއި އޭނާގެ ދަރިފުޅު ޝަކީމް ރަށުގެ ބޮޑުދޮރޯށި ހުރި މައިދާނަށް ގޮސް އެ ރަށުގެ އެންމެހާ ފިރިހެނުންނާއި ބައްދަލުކޮށް މިހުށަހެޅުން މިފަދައިން ހާމަކޮށްދިނެވެ.
20 E Hamor e Siquém, seu filho, vieram ao portão da sua cidade, e conversaram com os homens da sua cidade, dizendo:
21 ”⁠ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ މީސްތަކުންނީ އަހަރެމެންގެ އެކުވެރިން. އެހެންވީމާ، މިރަށުގައި އެބައިމީހުން ދިރިއުޅެ އަދި ވިޔާފާރި ކުރުމަށް އަހަރެމެން ދަޢުވަތުދެން. އަހަރެމެން ހުރިހާ އެންމެންނަށް މިރަށުގައި އެދެވޭ މިންވަރަށް ހުސްބިން އެބައޮތް. އަހަރެމެން އެމީހުންގެ މީހުންނާއި ކައިވެނިކޮށް އެމީހުން އަހަރެމެންގެ މީހުންނާއި ކައިވެނިކުރާނީ.
21 Estes homens são pacíficos conosco; por isso, deixai-os habitar na terra e negociar nela, pois a terra, eis que é grande o suficiente para eles; tomaremos as suas filhas para nós por mulheres, e daremos as nossas filhas a eles.
22 ނަމަވެސް އެބައިމީހުންގެ މި ޝަރުތަށް އަހަރެމެން އެއްބަސްވާން ޖެހޭ. އެއީ އެބައިމީހުންގެ ފިރިހެނުން ފަދައިން އަހަރެމެންގެ ފިރިހެނުން ޚިތާނު ކުރަންޖެހޭ. އޭރުން އެބައިމީހުން އަހަރެމެންގެ މިސަހަރުގައި ދިރިއުޅުމަށް އެއްބަސްވޭ. އަދި އަހަރެމެން ދެބައިމީހުން އެއްބައެއްގެ ގޮތުގައި ވާނެވެސްމެ.
22 Somente nisto consentirão os homens conosco para habitar entre nós, para sermos um povo: se todo homem entre nós for circuncidado, assim como eles são circuncidados.
23 އެބައިމީހުންގެ މި އެދުމާއި އެއްގޮތަށް އަހަރެމެން އަމަލު ކޮށްފިނަމަ އެބައިމީހުންގެ މިލްކުގައިވާ އެންމެހާ ނަޢަމްސޫތްޕާއި ޖަނަވާރުތަކެއް އަހަރެމެންގެ ތަކެތި ކަމުގައި ވާނެވެސްމެ. އެބައިމީހުންގެ އެދުމާއި އެއްގޮތަށް އަހަރެމެން އަމަލުކުރަމާ ހިނގާ. އޭރުން އެބައިމީހުން މިރަށުގައި ދިރިއުޅޭނެ.⁠“
23 Não serão nossos o seu gado, suas posses e todos os seus animais? Somente consintamos com eles, e habitarão conosco.
24 އެގޮތުން ޝަކީމް އާއި ޙަމޫރުގެ ވާހަކަ ރަށުގެ ބޮޑު ދޮރޯށި ހުންނަ މައިދާނުގައި ތިބި ހުރިހާ އެންމެން އަޑުއަހައި އަދި އެންމެހާ ފިރިހެންތަކުން ޚިތާނު ކުރުމަށް އެއްބަސްވިއެވެ.
24 E a Hamor e a Siquém, seu filho, ouviram com atenção todos os que saíam do portão da sua cidade. E todo homem foi circuncidado, todos os que saíram do portão da sua cidade.
25 އެއަށް ފަހު އެރަށުގެ އެންމެހާ ފިރިހެނުން ޚިތާނު ކުރެވި، އޭގެ ތިންވަނައަށް ވީ ދުވަހު އެކަމުގެ ތަދު އިޙުސާސް ކުރަމުން ދިޔަ ހިނދު ދީނާގެ ދެބެއިން ކަމުގައިވާ ޝިމްޢޫން އާއި ލާވީ އެމީހުންގެ ކަނޑިތައް ހިފައިގެން ސިއްރިޔާތުގައި ރަށު ތެރެއަށް ވަދެ އެރަށުގެ އެންމެހާ ފިރިހެނުންނަށް ޙަމަލާދީ ގަތުލުކޮށްފިއެވެ.
25 E aconteceu no terceiro dia que, quando eles estavam doloridos, dois dos filhos de Jacó, Simeão e Levi, irmãos de Diná, tomaram cada homem a sua espada, e vieram contra a cidade corajosamente, e mataram todos os homens.
26 އެމީހުން ގަތުލުކުރި މީހުންގެ ތެރޭގައި ޙަމޫރު އާއި ޝަކީމްވެސް ހިމެނެއެވެ. ދެން ޝަކީމްގެ ގެއިން ދީނާ އެމީހުންގެ ފޭލިގެއަށް ގެންދިޔައެވެ.
26 E eles mataram Hamor e Siquém, seu filho, ao fio da espada, e tomaram Diná da casa de Siquém, e saíram.
27 މި އެންމެން ގަތުލުކުރުމަށް ފަހު ޔަޢުޤޫބުގެފާނުގެ ހުރިހާ ދަރިން ރަށު ތެރެއަށް އަރައި މުޅި ރަށް ލޫޓުވާލިއެވެ. އެމީހުން މި ގޮތަށް ބަދަލުހިފުމުގެ ސަބަބަކީ އެމީހުންގެ އަންހެން ކޮއްކޮގެ ޢިއްފަތްތެރިކަން އެރަށުގައި ޝަކީމް ފޭރިގަތީމެވެ.
27 Os filhos de Jacó vieram aos mortos e saquearam a cidade, porque eles haviam desonrado a sua irmã.
28 އެރަށުގައި ވާނަމަ ވާހައި ކަންބަޅިބަކަރިތަކާއި، ހިމާރުތަކުގެ އިތުރުން ސަހަރުގެ މައިދާންތަކުގައި ވާނަމަ ވާހައި ތަކެއްޗެއްގެ އިތުރުން އެމީހުންގެ އަތުގައި ޖެހުނުހާ އެއްޗެއް އަތުލައިގަތެވެ.
28 Tomaram as ovelhas deles, e os bois, e os jumentos, e o que estava na cidade, e o que estava no campo,
29 އަދި އެރަށުގެ އެންމެހާ ގޯތި ގެދޮރެއްގައި ވާނަމަ ވާހައި މުދަލެއް އަތުލައި އެންމެހާ ކުޑަކުދިންނާއި އަންހެނުން ވެސް އަސީރުކުރިއެވެ.
29 e toda a sua riqueza, e todos os seus pequenos, e suas mulheres eles tomaram cativas, e saquearam tudo o que havia na casa.
30 އެއަށް ފަހު ޔަޢުޤޫބުގެފާނު ޝިމްޢޫން އާއި ލާވީއަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ދެބެއިން ކުރި އަމަލުތަކުގެ ސަބަބުން އަހަރެން މުސީބާތުގެ ތެރެއަށް ވެއްޓިއްޖެ! މިރަށުގައި ދިރިއުޅެމުން ގެންދާ މީހުން ކަމުގައިވާ ކަންޢާނުންނާއި ފިރިއްޒީނުގެ ދަރިކޮޅުގެ އަހުލުވެރިން އަހަރެންދެކެ ނަފްރަތުކުރާނެ. އަހަރެމެންގެ މީސްތަކުންގެ އަދަދު އެމީހުންނަށް ވުރެން މާމަދު. އެދެބައިމީހުން ގުޅިގެން އައިސް އަހަރެމެންނަށް ޙަމަލާދީ އަހަރެންގެ އާއިލާގެ ހުރިހާ އެންމެން ނެތިކޮށްލާފާނެ.⁠“
30 E Jacó disse a Simeão e a Levi: Tendes me perturbado para me fazer cheirar mal entre os habitantes da terra, entre os cananeus e ferezeus. Sendo eu pequeno em número, eles se unirão contra mim, e me matarão; e serei destruído, eu e a minha casa.
31 ނަމަވެސް ޝިމްޢޫން އާއި ލާވީ ރުޅިވެރިކަމާއެކު މިފަދައިން ޖަވާބު ދިނެވެ. ”⁠އަހަރެމެންގެ އަންހެން ކޮއްކޮ އާއިމެދު ކަސްބީ އަންހެނަކަށް ހިތާފަދައިން ހިތުމަކަށް އަހަރެމެން ނޭދޭނަމު.⁠“
31 E eles disseram: Deveria ele tratar a nossa irmã como a uma prostituta?

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Gênesis 34, comparar traduções ou montar um estudo — tudo direto pelo WhatsApp.