Gênesis 32
ކިތާބުލް މުޤައްދަސް (DIV) vs NTLH
1 ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ އާއިލާ އާއިގެން ރަށަށް އެނބުރި ވަޑައިގަތުމަށް މަގުގައި ދަތުރުކުރައްވާ ކުރިއަށް ވަޑައިގަންނަވުން ގެންދެވި ހިނދު މާތްކަލާނގެ މަލާއިކަތުންގެ ޖަމާޢަތެއް ވަޑައިގެން އެކަލޭގެފާނާއި ބައްދަލު ކުރެއްވިއެވެ.
1 Jacó estava continuando a sua viagem quando alguns anjos de Deus foram encontrar-se com ele.
2 ޔަޢުޤޫބުގެފާނަށް އެމަލާއިކަތުން ފެނިވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް މިފަދައިން ވިދާޅުވެވުނެވެ. ”މިއީ މާތްކަލާނގެ މައިދާން!“ އެގޮތުން އެތަނަށް މަޙަނާއިމް އޭ ވިދާޅުވެ އެކަލޭގެފާނު ނަންދެއްވިއެވެ.
2 Quando Jacó os viu, disse: — Este é o acampamento de Deus. Por isso pôs naquele lugar o nome de Maanaim .
3 ޔަޢުޤޫބުގެފާނު އެތަނުގައި ހުންނަވައި އެކަލޭގެފާނުގެ ބޭބެ ޢީސޫގެ ގާތަށް ޚަބަރާއިގެން ބަޔަކު ފޮނުއްވިއެވެ. އަދި އެ ދުވަސްތަކުގައި ޢީސޫ ދިރިއުޅެމުން ގެންދިޔައީ ސަޢީރުގެ ބިން ނުވަތަ އަދޫމް ގައެވެ.
3 Jacó mandou mensageiros para a região de Seir, também chamada de Edom, a fim de se encontrarem com Esaú
4 ޔަޢުޤޫބުގެފާނު އެމީހުންނަށް މިފަދައިން ޚަބަރު ދެއްވުމަށް އެދިވަޑައިގަތެވެ. ”މި ޚަބަރު އަހަރެންގެ ސާހިބު ޢީސޫއަށް ދީ: ’ތިބާގެ ޚާދިމު ޔަޢުޤޫބުގެ ފަރާތުން ނިކަމެތި ކަމާއެކުގައި ތަހުނިޔާ ފޮނުވަމޭ! މިއަދާއި ޖެހެންދެން ވެސް އަހަރެން ދިރިއުޅެމުން ގެންދިޔައީ ބޮޑުބޭބެ ލަބާންގެ ކައިރީގައޭ.
4 e lhe darem esta mensagem: “Eu, Jacó, estou às suas ordens para servi-lo. Durante todo esse tempo morei com Labão.
5 އަދި މިއަދު ގޮންގަނޑުގެރި އާއި، ހިމާރާއި، ކަންބަޅިއާއި، ބަކަރީގެ އިތުރުން އަންހެނުންނާއި ފިރިހެނުންގެ ގިނަގުނަ އަޅުން އަހަރެންނަށް މިލްކުވެގެންވެޔޭ. މިޚަބަރު އަހަރެންގެ ސާހިބާއަށް މިފޮނުވަނީ އަހަރެންނަށް އިޚުލާސްތެރިކޮށް ހިތާނޭ ކަމުގެ އުންމީދުގައޭ.‘“
5 Tenho gado, jumentos, ovelhas, cabras, escravos e escravas. Estou mandando este recado ao senhor, esperando ser bem-recebido.”
6 މި ޚަބަރާއިގެން ޢީސޫގެ ގާތަށް ދިޔަ މީހުން އެނބުރި ޔަޢުޤޫބުގެފާނުގެ އަރިހަށް އައިސް މިފަދައިން ދެންނެވިއެވެ. ”އަހަރެމެން ކަލޭގެފާނުގެ ބޭބެ އާއި ބައްދަލު ކުރީމު. އަދި ކަލޭގެފާނުގެ ބޭބެ ހަތަރު ސަތޭކަ މީހުން ގޮވައިގެން ކަލޭގެފާނާއި ބައްދަލުކުރެއްވުމަށް މިތަނަށް އެބަ އާދޭ.“
6 Os mensageiros voltaram e disseram: — Estivemos com Esaú, o seu irmão. Ele já vem vindo para se encontrar com o senhor. E vem com quatrocentos homens.
7 މިޚަބަރު ޔަޢުޤޫބުގެފާނަށް އިވިވަޑައިގެންނެވި ހިނދު އެކަލޭގެފާނު ކަންބޮޑުވެ ބިރުފުޅުގެންވަޑައިގެން އެކަލޭގެފާނުގެ އަރިހުގައި ތިބި މީސްތަކުންނާއި ތިބިހާ ކަންބަޅިތަކާއި، ބަކަރިތަކާއި، ނަޢަމްސޫތްފިތަކާއި އަދި ދެން ވެސް ހުރި ހުރިހާތަކެއްޗެއް ދެބަޔަށް ބައްސަވާލައްވައިފިއެވެ.
7 Quando Jacó ouviu isso, teve muito medo e ficou preocupado. Então dividiu em dois grupos a gente que estava com ele e também as ovelhas, as cabras, o gado e os camelos.
8 އެކަލޭގެފާނުގެ ހިތްޕުޅަށް މިފަދައިން އަރާވަޑައިގަތެވެ. ”ޢީސޫ އައިސް މިއިން އެއް ގާފިލާއަށް ޙަމަލަދިން ކަމުގައިވިއަސް އަނެއް ގާފިލާއަށް ސަލާމަތްވެގެން ދެވިދާނެ.“
8 Ele pensou que, se Esaú viesse e atacasse um grupo, o outro poderia escapar.
9 ދެން ޔަޢުޤޫބުގެފާނު މާތްކަލާނގެއަށް މިފަދައިން ދުޢާ ދެންނެވިއެވެ. ”އިނބަރަސްކަލާނގެއީ އަޅާގެ ކާފައާއި އަދި އަޅާގެ ބައްޕަގެ ވެސް ވެރި ރަސްކަލާނގެ މާތްކަލާނގެ! މާތްރަސްކަލާކޮ! އިނބަރަސްކަލާނގެ އަޅުގެ ރަށަށާއި އަޅާގެ ގާތްތިމާގެ މީހުންގެ ގާތަށް އެނބުރި ދިއުމަށް ވަޙީކުރެއްވީ އިނބަ ރަސްކަލާނގެ. އަދި އިނބަރަސްކަލާނގެ އަޅާގެ މައްޗަށް އޯގާތެރިވެ ވޮޑިގަންނަވާނޭކަމުގެ ވަޢުދުވެވޮޑިގެންނެވީމު.
9 Depois Jacó fez esta oração: — Ouve-me, ó
10 އިނބަރަސްކަލާނގެ އޯގާތެރިކަމާއި ނިމުމެއް ނުވާ ލޯތްބަކީ އަޅާއަށް ޙައްޤު ކަންތައްތަކެއް ނޫންމެ. އަޅާ މިދަތުރަށް ގެއިން ނުކުތް ހިނދު ހިނގަން ގެންގުޅުނު އަސާ ފިޔަވައި އިތުރު އެއްވެސް އެއްޗެއް އަޅާގެ މިލްކުގައި ނުވޭމެ. ނަމަވެސް އަދު އަޅާ އައިސް މިހުރީ މި ބޮޑު ދެ ޖަމާޢަތާއެކުގައި!
10 Eu, teu servo , não mereço toda a bondade e fidelidade com que me tens tratado. Quando atravessei o rio Jordão, eu tinha apenas um bastão e agora estou voltando com estes dois grupos de pessoas e animais.
11 މާތްރަސްކަލާކޮ! އަޅާގެ ބޭބެ، ޢީސޫގެ ކިބައިން އަޅާއަށް ސަލާމަތާއި ރައްކާތެރިކަން ދެއްވާނދޭވެ. އެކަލޭގެފާނު އައިސް އަޅާއަށް ޙަމަލާދީ އަޅާއާ އެކުގައި އަޅުގެ އަނބިންނާއި ދަރިން ގަތުލުކޮށްފާނޭ ކަމުގެ މައްޗަށް އަޅާ ބިރުވެތިވަމު.
11 Ó Senhor , eu te peço que me salves do meu irmão Esaú. Tenho medo de que ele venha e me mate e também as mulheres e as crianças.
12 އަޅާއާ މެދު އޯގާތެރިވެވޮޑިގަންނަވާ އަދި އަޅާގެ ދަރިފަސްކޮޅު ބިމުގެ ވެލި ފަދައިން ގުނައި އަދަދު ނުކުރެވޭފަދަ މިންވަރަށް އިތުރު ކޮށްދެއްވާނެ ކަމުގެ ވަޢުދު ބަސްފުޅު އިނބަރަސްކަލާނގެ އަޅާއަށް ވަޙީކުރެއްވީމު.“
12 Lembra que prometeste que tudo me correria bem e que os meus descendentes seriam como a areia da praia, tantos que ninguém poderia contar.
13 — ausente —
13 Naquela noite Jacó dormiu ali. Depois ele escolheu alguns dos seus animais para dar de presente a Esaú.
14 — ausente —
14 Escolheu duzentas cabras e vinte bodes, duzentas ovelhas e vinte carneiros,
15 — ausente —
15 trinta camelas com as suas crias, que ainda mamavam, quarenta vacas e dez touros, e vinte jumentas e dez jumentos.
16 ޔަޢުޤޫބުގެފާނު މި ޖަނަވާރު އައިންތައް ބައިބަޔަށް ބައިކުރައްވައި ކޮންމެ ބައެއް ބެލެހެއްޓުމަށްޓަކައި އެކަލޭގެފާނުގެ ޚާދިމުންނާއި ޙަވާލުކުރައްވައި ވިދާޅުވިއެވެ. ”އަހަރެންނަށް ވުރެން ކުރިން މިތަކެތި ގޮވައިގެންދޭ. ކޮންމެ ޖަނަވާރު އައިނެއް ގޮވައިގެން ދާއިރު ވަކިވަކިން އައިންތައް ގެންދޭ. އަދި ޖަނަވާރު އައިންތައް ގެންދާއިރު ކޮންމެވެސް މިންވަރެއްގެ ދުރުމިނެއް ދެ އައިން ދޭތެރޭގައި ބަހައްޓާ.“
16 Jacó dividiu esses animais em grupos e pôs um empregado para tomar conta de cada grupo. E deu esta ordem: — Vocês vão na frente, deixando um espaço entre os grupos.
17 އެއަށް ފަހު ޖަނަވާރު އައިނުގެ ފުރަތަމަ އައިން ބަލަހައްޓަންހުރި ޚާދިމަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިބާއާ ޢީސޫ ބައްދަލުވާ ހިނދު އެކަލޭގެފާނު ތިބާގެ ގާތުން ތިބާއަކީ ކާކުގެ ޚާދިމެއްތޯ ސުވާލުކުރާނެ. ތިބާ ދަނީ ކޮންތާކަށްތޯ އާއި އަދި ތިބާގެ ކުރިމަތީގައިވާ ޖަނަވާރުތަކުގެ މިލްކުވެރިޔަކީ ކާކުތޯ ބަލަން އޭނާ ބޭނުންވާނެ.
17 Jacó disse ao primeiro empregado: — Quando o meu irmão Esaú se encontrar com você, ele vai perguntar: “Quem é o seu patrão? Aonde você vai? E de quem são esses animais que você vai levando?”
18 އެ ހިނދު ތިބާ އޭނާއަށް މިފަދައިން ބުނޭ. ’މިތަކެތި މިލްކު ވެގެން ވަނީ ޢީސޫގެ ޚާދިމު ޔަޢުޤޫބަށޭ. އޭނާ މިމަގުން ހިނގާފައި އެބަ އާދެޔޭ. މިތަކެއްޗަކީ އޭނާގެ ސާހިބު، ޢީސޫއަށް އޭނާ ފޮނުވި ހަދިޔާއޭ.‘“
18 Então responda assim: “Estes animais são do seu criado Jacó. São um presente que ele está enviando ao seu patrão Esaú. E ele também vem vindo aí atrás.”
19 އެކަލޭގެފާނު ޖަނަވާރު އައިންތައް ބަލަހައްޓަން ތިބި އެންމެހާ ޚާދިމުންނަށް އިހު ބުނި ފަދައިން އިރުޝާދު ދެއްވައި މިފަދައިން ވިދާޅުވިއެވެ. ”ތިޔަ ހުރިހާ އެންމެން ޢީސޫއާއި ބައްދަލުވާ ހިނދު އަހަރެން އިހު ބުނެދިން ފަދައިން ޢީސޫއަށް ބުނޭ.
19 Também ao segundo, e ao terceiro, e a todos os outros que tomavam conta dos grupos, Jacó disse: — Quando vocês se encontrarem com Esaú, digam a mesma coisa.
20 އަދި ޔަޤީން ކަމާއެކު މިހެން ވެސް ބުނަންވާނެ. ’ޢީސޫގެ ޚާދިމު، ޔަޢުޤޫބު މިތަކެތީގެ ފަސްފަހަތުން އެބަ އާދެޔޭ.‘“ ޔަޢުޤޫބުގެފާނުގެ ހިތްޕުޅަށް މިފަދައިން ވެސް އަރާވަޑައިގެންނެވިއެވެ. ”މި ހަދިޔާތަކުން ޢީސޫގެ މައްޗަށް އަހަރެންނަށް ކާމިޔާބު ލިބިދޭނެ. އަދި އަހަރެންނާއި އޭނާ ބައްދަލުވާ ހިނދު ފަހަރެއްގައި އަހަރެންނާމެދު ރުހި މަޢާފު ދީފާނެމެ.“
20 E não esqueçam de dizer isto: “O seu criado Jacó vem vindo aí atrás.” É que Jacó estava pensando assim: “Vou acalmar Esaú com os presentes que irão na minha frente. E, quando nos encontrarmos, talvez ele me perdoe.”
21 އެގޮތުން އެކަލޭގެފާނަށް ވުރެން ކުރީގައި އެ ހަދިޔާތައް ފޮނުއްވިއެވެ. އަދި ޔަޢުޤޫބުގެފާނު އެތަނުގައި އެރޭ މަޑުކުރެއްވިއެވެ.
21 Desse modo Jacó mandou os presentes na frente e passou aquela noite no acampamento.
22 — ausente —
22 Naquela mesma noite Jacó se levantou e atravessou o rio Jaboque, levando consigo as suas duas mulheres, as suas duas concubinas e os seus onze filhos.
23 — ausente —
23 Depois que as pessoas passaram, Jacó fez com que também passasse tudo o que era seu;
24 ނަމަވެސް ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މީސްތަކުންގެ ބިއްދޮށުގައި އެކަލޭގެފާނުގެ އާއިލާ އާއި އެކަހެރިވެވަޑައިގެން ހުންނެވިއެވެ.
24 mas ele ficou para trás, sozinho. Aí veio um homem que lutou com ele até o dia amanhecer.
25 އެމީހާއަށް ޔަޢުޤޫބުގެފާނުގެ މައްޗަށް ގަދަ ނުވެވޭނޭހެން ހީވުމުން އެކަލޭގެފާނުގެ އުކުޅުވަޅުގައި އަތްޖައްސައި، އެކަލޭގެފާނުގެ އުކުޅުވަޅުގެ ހުޅު ނައްޓުވައިފިއެވެ.
25 Quando o homem viu que não podia vencer, deu um golpe na junta da coxa de Jacó, de modo que ela ficou fora do lugar.
26 އެ ހިނދު އެމީހާ ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”އަހަރެން ދިޔަ ދެއްވާ! މިހާރު އިރުއަރަން ކައިރިވެއްޖެ.“
26 Então o homem disse: — Solte-me, pois já está amanhecendo. — Não solto enquanto o senhor não me abençoar — respondeu Jacó.
27 އެމީހާ ޔަޢުޤޫބުގެފާނުގެ އަރިހުން އެއްސެވިއެވެ. ”ތިބާގެ ނަމަކީ ކޮބާ؟“ ޔަޢުޤޫބުގެފާނު ޖަވާބުގައި ދެންނެވިއެވެ. ”ޔަޢުޤޫބު.“
27 Aí o homem perguntou: — Como você se chama? — Jacó — respondeu ele.
28 އެއަށް ފަހު އެމީހާ ބުންޏެވެ. ”މީގެ ފަހުން ތިބާގެ ނަމަކީ ޔަޢުޤޫބެއް ނޫން. ތިބާގެ ނަމަކީ އިސްރާއީލު. ސަބަބަކީ ތިބާ އިންސާނުންނަށާއި އަދި މާތްކަލާނގެއަށް ދޫނުކޮށް ތަޅާފޮޅައިގެން ތިބާ މޮޅުވުން.“
28 Então o homem disse: — O seu nome não será mais Jacó. Você lutou com Deus e com os homens e venceu; por isso o seu nome será Israel .
29 ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”މިހާރު ތިބާގެ ނަން އަހަރެންނަށް ބުނެދޭންވާނެ.“
29 — Agora diga-me o seu nome — pediu Jacó. O homem respondeu: — Por que você quer saber o meu nome? E ali ele abençoou Jacó.
30 އެހެންވެ ޔަޢުޤޫބުގެފާނު އެތަނަށް ފަނޫއީލްގެ ނަމުން ނަންދެއްވައި މިފަދައިން ވިދާޅުވިއެވެ. ”މިކަމުގެ ސަބަބަކީ އަހަރެންނަށް މާތްކަލާނގެ އެކަލާނގެ މޫނުފުޅު ހުރަހެއްނެތި ދައްކަވައި އަދި އަހަރެން މަރުން ދިންނަވައި ދެއްވުން.“
30 Então Jacó disse: — Eu vi Deus face a face, mas ainda estou vivo. Por isso ele pôs naquele lugar o nome de Peniel .
31 އިރު އަރަމުން ދިޔަ ހިނދު ޔަޢުޤޫބުގެފާނު ފަނޫއީލު ދޫކުރައްވައި ވަޑައިގަންނަވަނީއެވެ. ނަމަވެސް އެކަލޭގެފާނުގެ އުކުޅުވަޅަށް ލިބިފައިވާ އަނިޔާގެ ވޭނުން ހިންގެވެނީ ކޮރު ޖައްސަވަމުންނެވެ.
31 O sol nasceu quando Jacó estava saindo de Peniel, e ele ia mancando por causa do golpe que havia levado na coxa.
32 މިސަބަބަށްޓަކައި މިކަމުގެ ހަނދާނެއްގެ ގޮތުން މިއަދާއި ހަމައަށް ވެސް އިސްރާއީލު ބާގައިގެ މީހުން އެއްވެސް ޖަނަވާރެއްގެ އުކުޅުވަޅުގެ ހުޅުގައިވާ މަހެއް ނުކައެވެ.
32 Até hoje os descendentes de Israel não comem o músculo que fica na junta da coxa, pois foi nessa parte do corpo que ele recebeu o golpe.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Gênesis 32, comparar traduções ou montar um estudo — tudo direto pelo WhatsApp.