Gênesis 28
ކިތާބުލް މުޤައްދަސް (DIV) vs BKJ
1 އިސްޙާޤުގެފާނު ޔަޢުޤޫބުގެފާނު ގެންނަވައި ރަޙުމަތް ލެއްވުމަށް އެދި ދުޢާ ކުރެއްވުމަށް ފަހު މިފަދައިން ވިދާޅުވިއެވެ. ”މި ކަންޢާނުންގެ އަންހެންތަކުންގެ ތެރެއިން އަންހެނަކާ ދަރިފުޅު ކައިވެނިކޮށްގެން ނުވާނެ.
1 E Isaque chamou Jacó e o abençoou, e ordenou-lhe, dizendo: Não tomarás mulher das filhas de Canaã.
2 އޭގެ ބަދަލުގައި ދަރިފުޅުގެ މަންމަގެ ބައްޕަ ބަތޫއީލްގެ ގެއަށް މެސޮޕޮޓޭމިއާއަށް ދޭ. އަދި ދަރިފުޅުގެ މައިފުށުގެ ބޮޑު ބޭބެ ލަބާންގެ އަންހެން ދަރިންގެ ތެރެއިން ކުއްޖަކާއި ކައިވެނިކުރޭ.
2 Levanta-te, vai a Padã-Arã, à casa de Betuel, pai de tua mãe, e toma mulher para ti, dentre as filhas de Labão, irmão de tua mãe.
3 ކުޅަދުންވަންތަ ކަލާނގެ ދަރިފުޅުގެ ކައިވެންޏަށް ރަޙުމަތްލައްވައި ގިނަގުނަ ދަރިން ދެއްވާހުށި. އެގޮތުން ދަރިފުޅު ގިނަ ޤައުމުތަކެއްގެ ބަފައިކަލުން ކަމުގައިވާނެ!
3 E o Deus Todo-Poderoso te abençoe, e te faça frutífero, e te multiplique, para que tu possas ser uma multidão de povos,
4 އެކަލާނގެ އިބްރާހީމްގެފާނަށް ބަރަކާތް ލެއްވި ފަދައިން ދަރިފުޅާ އަދި ދަރިފުޅުގެ ދަރިފަސްކޮޅަށް ވެސް ރަޙުމަތް ލައްވާނެ. އަދި މި ބިމުގެ މިލްކުވެރިކަން ދަރިފުޅަށް ދެއްވާނެ. އެއީ މިއަދު ދަރިފުޅު ދިރިއުޅެމުން ތިޔަ ގެންދާ މި ބިމަކީ މާތްކަލާނގެ އިބްރާހީމްގެފާނަށް ދެއްވި ބިމެއް!“
4 e te dê a bênção de Abraão, a ti, e a tua semente contigo, para que herdes a terra em que és estrangeiro, que Deus deu a Abraão.
5 އެގޮތުން އިސްޙާޤުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނު ފޮނުވާލެއްވިއެވެ. އަދި ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މައިފުށު ބޮޑުބޭބެ ލަބާންގެ ގާތުގައި ހުރުމަށް މެސޮޕޮޓޭމިއާއަށް ވަޑައިގެންނެވިއެވެ. މި ލަބާން އަކީ ޔަޢުޤޫބުގެފާނުގެ މައިކަމަނާ ރިފްޤާގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. ރިފްޤާއި އާއި ލަބާންގެ ބަފައިކަލުންނަކީ އަރާމީންގެ މީހެއް ކަމުގައިވާ ބަތޫއީލްއެވެ.
5 E Isaque enviou Jacó, e ele foi a Padã-Arã até Labão, filho de Betuel, o sírio, o irmão de Rebeca, mãe de Jacó e Esaú.
6 އިސްޙާޤުގެފާނު ޔަޢުޤޫބުގެފާނަށް ހެޔޮދުޢާ ކުރައްވައި މެސޮޕޮޓޭމިއާއަށް އަނތްބަކު ހޯދުމަށް ފޮނުއްވިކަން ޢީސޫއަށް އެނގުނެވެ. އަދި ކަންޢާނުގެ އަންހެނަކާއި ކައިވެނިބައްލަވައި ނުގަތުމަށް އިސްޙާޤުގެފާނު ޔަޢުޤޫބުގެފާނަށް އަމުރު ކުރެއްވިކަން ވެސް ޢީސޫ ދެނެގަތެވެ.
6 Quando Esaú viu que Isaque havia abençoado Jacó, e o enviara a Padã-Arã, para tomar uma mulher de lá, e que quando ele o abençoou lhe deu uma ordem, dizendo: Tu não tomarás mulher dentre as filhas de Canaã,
7 ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރައްވައި މެސޮޕޮޓޭމިއާއަށް ވަޑައިގެންނެވިކަން ވެސް ޢީސޫއަށް އެނގިއްޖެއެވެ.
7 e que Jacó obedeceu ao seu pai e a sua mãe, e foi para Padã-Arã,
8 ޢީސޫއަށް އެކަލޭގެފާނުގެ ބަފައިކަލުން އިސްޙާޤުގެފާނު އެކަލޭގެފާނުގެ ދަރިން ކަންޢާނުގެ އަންހެނުންނާއި ކައިވެނި ކުރުމަށް އެދިވަޑައި ނުގަންނަވާކަން ފާހަގަ ކުރެވުނެވެ.
8 Esaú vendo que as filhas de Canaã não agradavam a Isaque, seu pai,
9 އޭރު ޢީސޫގެ ދެ އަނބިން ތިބި ކަމުގައި ވިއަސް އެކަލޭގެފާނުގެ ބަފައިފުށު ބޮޑުބޭބެ އިބްރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނުގެ އަރިހަށް ވަޑައިގަންނަވައި އެކަލޭގެފާނުގެ އަންހެން ދަރިކަލެއް ކަމުގައިވާ މަޙްލަތު އާއި ކައިވެނި ކުރެއްވިއެވެ. (މި މަޙްލަތު އަކީ ނަބާޔޫތުގެ އަންހެން ކޮއްކޮއެވެ. އެއީ އިބްރާހީމްގެފާނުގެ ކާފަ ދަރިކަލެއް ވެސްމެއެވެ.)
9 então, foi Esaú a Ismael, e tomou para ser sua esposa, além das mulheres que ele tinha, a Maalate filha de Ismael, filho de Abraão, irmã de Nebaiote.
10 ޔަޢުޤޫބުގެފާނު ބިއުރުސަބްޢައިން ޙާރާން އާ ދިމާއަށް ދަތުރު ފެއްޓެވިއެވެ.
10 E Jacó saiu de Berseba, e foi em direção a Harã.
11 އިރު އޮއްސެމުން ދިޔަ ހިނދު އެކަލޭގެފާނަށް ވަޑައިގެންނެވިފައިވީ ހިސާބަކީ އެދެވޭ ހިސާބެއްކަމުގައި ދެކެވަޑައިގަންވައި އެތަނުގައި އޮތް ހިލައެއްގައި އިސްތަށިފުޅު އަޅުއްވައިގެން އަވަހާރަފުޅު ލެއްޕެވުމަށް އޮށޯވެ ވަޑައިގަންނެވިއެވެ.
11 E ele chegou a um certo lugar, e ali ficou a noite toda, porque o sol estava posto, e ele tomou umas pedras daquele lugar e as colocou como seu travesseiro, e se deitou naquele lugar para dormir.
12 އެކަލޭގެފާނަށް އަވަހާރަފުޅުލެއްޕެވުނު ހިނދު ބިމުންފެށިގެން އުޑާއި ހަމައަށް ފޯރާވަރުގެ ހަރުގަނޑެއް އެކަލޭގެފާނަށް ހުވަފެން ފުޅުގައި ފެނިވަޑައިގަތެވެ. މާތްކަލާނގެ މަލާއިކަތުން އެ ހަރުގަނޑުން އަރުއްވައި އަދި ފައިބައި ވަޑައިގަންނަވާތަން ވެސް ފެނިވަޑައިގަތެވެ.
12 E ele sonhou, e eis que uma escada estava posta sobre a terra, e o seu topo alcançava o céu, e eis que os anjos de Deus subiam e desciam por ela.
13 އެ ހަރުގަނޑުގެ އެންމެ މަތީގައި މާތްރަސްކަލާނގެ ވޮޑިގެން ވަނިކޮށް ޔަޢުޤޫބުގެފާނަށް ފެނިވަޑައިގަތެވެ. އަދި އެކަލާނގެ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެއީ ތިބާގެ ކާފަ އިބްރާހީމްއާއި ތިބާގެ ބައްޕަ އިސްޙާޤުގެ ވެސް ވެރި ރަސްކަލާނގެ، މާތްކަލާނގެ. ތިބާގެ މި ހިނދު ނިދަން ތިޔައޮތް ބިން ތިމަންކަލާނގެ ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ދެއްވާހުށީމު.
13 E eis que o SENHOR estava em pé acima dela, e disse: Eu sou o SENHOR Deus de Abraão, teu pai, e o Deus de Isaque. A terra em que estás deitado, darei a ti e à tua semente.
14 ތިބާގެ ދަރިފަސްކޮޅު މިބިމުގައިވާ ހިރަފުސް ފަދައިން ގިނަވާނެ! އެބައިމީހުން އިރުމައްޗާއި ހުޅަނގަށް އަދި އުތުރާ ދެކުނަށް ފެތުރިގެންދާނެ. ތިބާއާއި ތިބާގެ ދަރިފަސްކޮޅު މެދުވެރިކޮށް ދުނިޔޭގެ މީސްތަކުންނަށް ބަރަކާތް ލެއްވޭނެ.
14 E tua semente será como o pó da terra, e tu serás espalhado para o ocidente, e para o oriente, e para o norte, e para o sul. E em ti e em tua semente todas as famílias da terra serão abençoadas.
15 މީގެ އިތުރުން ތިމަންކަލާނގެ ތިބާއާއި އެކުގައި ވޮޑިގެންވެ، ތިބާ ކޮންމެ ތަނަކަށް ދިޔަކަމުގައިވިއަސް ތިމަންކަލާނގެ ތިބާ ރައްކާތެރި ކުރައްވާހުށީމު. ކޮންމެވެސް ދުވަހަކުން ސަލާމަތްތެރި ކަމާއިއެކުގައި ތިމަންކަލާނގެ ތިބާ މި ބިމަށް ގެންނަވާހުށީމު. އަދި ތިމަންކަލާނގެ ތިބާއަށް މި ވަޢުދުވެވޮޑިގެންނެވި ފަދައިން އަމަލުކުރެއްވުމާއި ހަމައަށް ތިމަންކަލާނގެ ތިބާ ދޫކޮށްނުލައްވާ ހުށީމު.“
15 E eis que eu estou contigo, e te guardarei em todos os lugares aos quais tu fores, e te trarei novamente a esta terra; pois eu não te deixarei, até que eu tenha feito aquilo que eu tenho falado.
16 ކުއްލިއަކަށް ޔަޢުޤޫބުގެފާނަށް ހޭފުޅުލެވި މިފަދައިން ހިތްޕުޅަށް އަރާވަޑައިގެންނެވިއެވެ. ”ހަމަކަށަވަރުން މާތްރަސްކަލާނގެ މިތަނުގައި ވޮޑިގެންވޭ. އެހެނަސް އަހަރެންނަށް އެކަން އެނގިފައެއް ނެތް.“
16 E Jacó despertou de seu sono, e disse: Certamente o SENHOR está neste lugar, e eu não o sabia.
17 ދެން ޔަޢުޤޫބުގެފާނު ބިރުފުޅުން ހުންނަވައި މިފަދައިން ވިދާޅުވެވުނެވެ. ”މިއީ ޢަޖާއިބުވެ އަންތަރީސްވާފަދަ ތަނެއް! މިތަނަކީ ޙުރުމަތްތެރި ވެގެންވާ މާތްކަލާނގެ ގެކޮޅު. އަދި މިއީ ސުވަރުގެއަށް ދިއުމަށް ވާ ދޮރޯށިކޮޅުކަން ޔަޤީން.“
17 E ele estava temeroso, e disse: Quão terrível é este lugar! Este não é outro senão a casa de Deus, e este é o portão do céu.
18 އެދުވަހުގެ ވަރަށް ހެނދުނާ ޔަޢުޤޫބުގެފާނު ތެދުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަވަހާރަފުޅު ލެއްޕެވުމަށް އެރޭ ބޯ އަޅުއްވައިގެން އޮންނެވި ހިލަ ހަނދާނީ ތަނބެއްގެ ގޮތުގައި އެތާނގައި ކޮޅަށް ޖެއްސެވިއެވެ. އެއަށް ފަހު މުޅި އެ ހިލައަށް ޒައިތޫނި ތެޔޮ އެޅުއްވިއެވެ.
18 E Jacó levantou-se cedo de manhã, e tomou a pedra que tinha posto como seu travesseiro, e a colocou como um pilar, e derramou óleo no topo dela.
19 އެތަނަށް ޔަޢުޤޫބުގެފާނު ބައިތުއީލްގެ ނަމުން ނަން ދެއްވިއެވެ. އޭގެ ކުރިން އެތަނަށް ކިޔަމުން ދިޔަ ނަމަކީ ލޫޒް އެވެ.
19 E ele chamou o nome daquele lugar Betel; mas no começo o nome daquela cidade era chamado de Luz.
20 — ausente —
20 E Jacó jurou um juramento, dizendo: Se Deus for comigo, e me guardar neste caminho em que eu vou, e me der pão para comer, e vestes para vestir,
21 — ausente —
21 de modo que eu torne novamente à casa de meu pai em paz, então que o SENHOR seja o meu Deus,
22 މި ހަނދާނީ ތަނބަކީ އިނބަ ކަލާނގެއަށް އަޅުކަން ކުރުމަށް ހުރި އިނބަކަލާނގެ ގެކޮޅު. އިނބަކަލާނގެ އަޅާއަށް ދެއްވާ ކޮންމެ އެއްޗެއްގެ ދިހަބައިކުޅަ އެއްބައި އިނބަ ރަސްކަލާނގެ ކިބަފުޅަށް އަޅާ ހުށަހަޅާނަމު.“
22 e esta pedra, que tenho posto como um pilar, será a casa de Deus, e de tudo que tu me deres eu certamente te darei o dízimo.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Gênesis 28, comparar traduções ou montar um estudo — tudo direto pelo WhatsApp.