Gênesis 19
ކިތާބުލް މުޤައްދަސް (DIV) vs BKJ
1 އެދެމަލާއިކަތުން ސަދޫމުއަށް ވަޑައިގަތީ ހަވީރު އިރުއޮއްސެނިކޮށްނެވެ. އޭރު ލޫޠުގެފާނު އެރަށުގެ ބޮޑުދޮރޯށި ދޮށުގައި ހުންނެވިއެވެ. އެކަލޭގެފާނަށް އެދެމަލާއިކަތުން ފެނިވަޑައިގަތުމުން ތެދުވެވަޑައިގެން އެދެމަލާއިކަތުންގެ ކުރިފުޅުމަތީ ބިންމަތީގައި ނިތްކުރި ޖެއްސެވިއެވެ.
1 E vieram dois anjos a Sodoma ao entardecer; e Ló estava sentado no portão de Sodoma. E Ló, vendo-os, levantou-se para encontrá-los, e ele curvou-se com a sua face em direção a terra;
2 ލޫޠުގެފާނު ވިދާޅުވިއެވެ. ”އަޅުގަނޑުމިއީ ތިޔަ ބޭކަލުންގެ ޚާދިމަކީން. ތިޔަ ބޭކަލުން ފެންވަރާ ނިދިކުރެއްވުމަށް އަޅުގަނޑުގެ ގެއަށް މެހެމާނުންގެ ގޮތުގައި ދުރުވޭ. މާދަމާ އިރުއެރުމުން ތިޔަބޭކަލުންގެ މަގުގައި ކުރިއަށް ދުރުވޭ.“ އެމަލާއިކަތުން ވިދާޅުވިއެވެ. ”ނޫން އަހަރެމެން މިރަށުގެ މައިދާނުގައި މިރޭ މަޑުކޮށްލަފާނަން.“
2 e ele disse: Eis, agora, meus senhores, entrai, rogo-vos, na casa de vosso servo, e ficai a noite toda, e lavai vossos pés, e levantareis cedo e ireis no vosso caminho. E eles disseram: Não! Nós permaneceremos na rua toda noite.
3 ނަމަވެސް ލޫޠުގެފާނު އެމަލާއިކަތުންނަށް އާދޭސްކުރުމުން އެބޭކަލުން އެގޮތާއި އެއްބަސްވެލެއްވިއެވެ. ދެން ލޫޠުގެފާނު ކަމީރުނުލާ ޕާން ފިހެ ކެއުން ތައްޔާރުކުރުމުން އެމަލާއިކަތުން ކޭންބެއްލެވިއެވެ.
3 E insistiu com eles grandemente, e foram com ele, e entraram em sua casa; e ele lhes fez um banquete, e assou pão ázimo, e eles comeram.
4 ކޭންބައްލަވައި ނިމިގެން ނިދިކުރެއްވުމަށް ތައްޔާރުވަމުން ދަނިކޮށް ސަދޫމުގެ އެކި ހިސާބުތަކުން ޒުވާނުންނާއި މުސްކުޅި އެތައްބައިވަރު ފިރިހެނުންނެއް އައިސް ލޫޠުގެފާނުގެ ގެކޮޅު ވަށާލިއެވެ.
4 Mas antes que eles se deitassem, os homens da cidade, até os homens de Sodoma, rodearam a casa toda, tanto velhos como os jovens, todo o povo de cada quarteirão.
5 އެމީހުން ހަޅޭއްލަވާ ގޮވަންފެށިއެވެ. ”ކަލޭގެ ގެއަށް މެހެމާނުންގެ ގޮތުގައި އައި ދެމީހުން ކޮބާ؟ އެމީހުން ނެރޭ. އަހަރެމެންނަށް އެމީހުންނާއި އެކު ޖިންސީގުޅުން ހިންގޭނީ އޭރުން.“
5 E eles chamaram Ló, e lhe disseram: Onde estão os homens que vieram a ti esta noite? Traze-os fora até nós, para que possamos conhecê-los.
6 ލޫޠުގެފާނު ގެއިން ބޭރަށް ނުކުމެވަޑައިގެން ދޮރުލެއްޕެވިއެވެ.
6 E Ló saiu à porta até eles, e fechou a porta atrás de si;
7 އަދި އެމީހުންނަށް ވިދާޅުވިއެވެ. ”މަގޭ އެންމެހާ އަޚުންނޭ. އާދޭސްކޮށްފަ ބުނަން. ތިޔަފަދަ ނުބައި ނުލަފާ ކަމެއް ނުކުރޭ.
7 e disse: Rogo-vos, irmãos, que não venhais a agir tão perversamente.
8 އަހަރެންގެ ބިކުރުވެރި ދެ އަންހެން ދަރިން އެބަތިބި. ތިޔަބައިމީހުން ބޭނުން ކަމެއް ކުރުމަށް އަހަރެން އެކުދިން ވެސް ދީފާނަން. އެކަމަކު މިމީހުންނަށް އެއްވެސް ކަމެއް ނުކުރޭ. އެމީހުން އެއީ އަހަރެންގެ މެހެމާނުން އެމީހުން ހިމާޔަތް ކުރުމަކީ އަހަރެންގެ ވާޖިބެއް.“
8 Eis que eu tenho duas filhas que não conheceram homem. Suplico-vos, deixai que eu as traga a vós, e fazei a elas o que for bom aos vossos olhos; porém a estes homens não façais nada; pois, eles vieram sob a sombra do meu telhado.
9 އެމީހުން ބުންޏެވެ. ”އަދި މީކާކުތަ؟ މީނާ މިއީ މިރަށަށް އައިސް ވަޒަންވެރި ވެގެން އުޅޭ ބިދޭސީއެއް. އެކަމަކު މިހާރު މީނާ އަހަރެމެންނަށް ކަންތައްކުރަންވީ ގޮތް ކިޔާދޭން އެބައުޅެއެންނު. އަހަރެމެން އަދި ކަލެއަށް ހަދާނީ މިމީހުންނަށް ވުރެން ވެސް ނުބައިގޮތެއް.“ އެހެން ބުނެފަ އެމީހުން ލޫޠުގެފާނު ކޮއްޕާލައި ދޮރު ހަލާކުކޮށްލަން އުޅުނެވެ.
9 E eles disseram: Para trás. E eles disseram novamente: Este indivíduo veio aqui para peregrinar, e ele quer ser juiz; agora agiremos pior contigo do que com eles. E pressionaram severamente sobre o homem, sobre Ló, e chegaram perto de quebrar a porta.
10 ނަމަވެސް އެވަގުތު އެގޭތެރޭގައި ވީ ދެމަލާއިކަތުން ލޫޠުގެފާނު ދޮރުން އެތެރެއަށް ދަމައިގަންނަވައި ދޮރު ލެއްޕެވިއެވެ.
10 Mas os homens estenderam suas mãos, e puxaram Ló para dentro da casa até eles, e fecharam a porta.
11 ދެން އެމަލާއިކަތުން އެތާނގައި ވީ އެންމެންގެ ލޯތައް އަނދިރި ކުރެއްވިއެވެ. އެހެންކަމުން އޭގެން އެކަކަށް ވެސް ދޮރެއް ނުފެނުނެވެ.
11 E eles feriram os homens que estavam à porta da casa com cegueira, tanto pequenos quanto grandes, de modo que se cansaram tentando achar a porta.
12 އެދެމަލާއިކަތުން ލޫޠުގެފާނަށް ވިދާޅުވިއެވެ. ”ތިބާގެ ދަނބިދަރިއެއް، ފިރިހެންދަރިއެއް، އަންހެންދަރިއެއް އަދި އެހެން ވެސް އިތުރު އެއްވެސް ތިމާގެ މީހަކު މިރަށުގައި ވޭތަ؟ ވާނަމަ އެމީހުން ގާތު އަވަހަށް މިރަށުން ދާން ވިދާޅުވޭ.
12 E os homens disseram a Ló: Tens mais alguém aqui? Genro, e teus filhos e tuas filhas e qualquer um que tiveres na cidade? Traze-os para fora deste lugar.
13 އެހެނީ އަހަރެމެން މި އުޅެނީ މިތަން ފަނާކޮށްލަން. އެމީހުންނާމެދު ކުރެވިފައިވާ ބޮޑުވެގެންވާ ތުހުމަތުގެ އަޑު މާތްރަސްކަލާނގެ އައްސަވައި އަހަރެމެން ފޮނުއްވީ މިރަށް ނައްތާލަން.“
13 Porque destruiremos este lugar, porque o clamor deles tem subido diante da face do SENHOR, e o SENHOR nos enviou para destruí-lo.
14 ދެން ލޫޠުގެފާނު އެކަލޭގެފާނުގެ އަންހެންދަރިންނާއި އިނުމަށް ހަމަޖެހިފައިވާ ފިރިހެންކުދިންގެ ގާތަށް ގޮސް ބުންޏެވެ. ”އަވަސްކުރޭ އަވަހަށް މިރަށުން ބޭރަށް ދޭ. މާތްރަސްކަލާނގެ އެއުޅުއްވަނީ މިރަށް ނެތިކޮށްލައްވަން.“
14 E Ló saiu, e falou a seus genros, que haviam casado com suas filhas, e disse: Levantai-vos, saí deste lugar, porque o SENHOR destruirá esta cidade. Mas ele parecia com alguém que zombava dos seus genros.
15 އެރޭގެ ފަތިހު އެމަލާއިކަތުން ތަކުރާރުކޮށް ލޫޠުގެފާނަށް ވިދާޅުވިއެވެ. ”އަވަސްކުރޭ. ތިބާގެ އަނބިމީހާއާއި މިތާ މިތިބަ ތިބާގެ ދެ އަންހެންދަރިން ގޮވައިގެން އަވަހަށް ވަޑައިގަންނަވާ. އެހެން ނޫނީ މިރަށް ނެތިގެން ދާއިރު ތިޔަބައިމީހުން ވެސް ނެތިވެ ހިނގައިދާނެ.“
15 E quando a manhã surgiu, então os anjos apressaram Ló, dizendo: Levanta-te, toma tua esposa, e tuas duas filhas, que estão aqui, para que não sejas consumido na iniquidade da cidade.
16 ނަމަވެސް އަދިވެސް ލޫޠުގެފާނު މިކަމާ ފަސްޖެހިވަޑައިގަތުމުން އެދެމަލާއިކަތުން އެކަލޭގެފާނާއި އެކަލޭގެފާނުގެ އަނބިކަބަލުންނާ ދެއަންހެންދަރިންގެ އަތުގައި ހިއްޕަވައިގެން އެރަށުން ބޭރަށް ގެންދެވިއެވެ. އެއީ މާތްރަސްކަލާނގެ އޯގާވަންތަކަމުގެ މަތިވެރިކަމެވެ.
16 E enquanto ele demorava, os homens seguraram a sua mão e a mão de sua esposa, e a mão de suas duas filhas; o SENHOR foi misericordioso com eles, e tiraram-no, e puseram-no fora da cidade.
17 އެބޭކަލުން އެރަށުން ބޭރަށް ނެރުއްވުމަށް ފަހު އޭގެ ތެރެއިން އެއް މަލާއިކަތަކު ވިދާޅުވިއެވެ. ”ތިޔަބައިމީހުން ފުރާނަ ސަލާމަތް ކުރައްވަންޏާ އަވަހަށް މިތަނުން ދުވެދޭ! ފަހަތަށް އެނބުރި އެއްގޮތަކަށް ވެސް ނުބައްލަވާތި އަދި ތިރީ ވާދީގައި ވެސް މަޑުނުކުރައްވާތި. އަވަހަށް ފަރުބަދަ މައްޗަށް އަރާވަޑައިގަންނަވާ. އެހެންނޫނީ ތިޔަ އެންމެން ނެތިވެދާނެ!“
17 E aconteceu que, quando os haviam trazido para fora dali, ele disse: Foge por tua vida, não olhes para trás, nem fiques em toda esta planície; foge para o monte, para que não sejas consumido.
18 ނަމަވެސް ލޫޠުގެފާނު އެމަލާއިކަތުންނަށް ވިދާޅުވިއެވެ. ”އާދޭސް ކޮށްފަ ދަންނަވަން ތިޔަހެން ނަހައްދަވާ.
18 E Ló lhes disse: Oh! Assim não, meu Senhor;
19 ތިޔަބޭކަލުން އަޅުގަނޑުގެ ފުރާނަ ސަލާމަތް ކޮށްދެއްވާ ތިޔަކޮށްދެވީ ވަރަށްބޮޑު ހެޔޮކަމެއް. ނަމަވެސް ފަރުބަދަތައް އެވަނީ ވަރަށް ދުރުގަ އަޅުގަނޑު އެހިސާބަށް ނުފޯރަނީސް މިރަށަށް ފޮނުއްވޭ މުސީބާތުގައި ޖެހި އަޅުގަނޑު ވެސް މަރުވާނެ.
19 eis que agora teu servo encontrou graça aos teus olhos, e tu magnificaste a tua misericórdia, que mostraste ao salvar a minha vida, e eu não posso fugir para o monte, para que o mal não me alcance, e eu morra.
20 އެ އެފެންނަ ކުޑައަވަށަށް ބައްލަވާ. އެއަވަށް އެވަނީ ވަރަށް ކައިރީގަ. އަދި އެއީ ވަރަށް ކުޑަ ތަނެއް ވެސްމެ. އެތާނގައި އަޅުގަނޑަށް ރައްކާތެރި ވެވިދާނެ.“
20 Eis que esta cidade está próxima para fugir, e é pequena. Oh! Deixa que eu fuja para lá (não é pequena?) e minha alma viverá.
21 ދެން އެމަލާއިކަތާ ވިދާޅުވިއެވެ. ”އެންމެ ރަނގަޅު އެރަށަށްދޭ. އަހަރެން އެރަށް ނެތިކޮށެއް ނުލާނަން.
21 E ele lhe disse: Vê, aceitei-te também com respeito a esta coisa, que eu não derrubarei esta cidade, pela qual tu falaste.
22 އަވަސް ކުރޭ! ތިބާ އެތަނަށް ވަޑައިގެން ރައްކާތެރި ވެވުމުން ނޫނީ އަހަރެންނަކަށް މިރަށް ނެތިކޮށެއް ނުލެވޭނެ.“ ފަހުން އެ ރަށަށް ޞޫޣަރުއޭ ކިއުނީ އެރަށަކީ ކުޑަރަށެއް ވީމައެވެ.
22 Apressa-te, fuja para lá, pois eu não posso fazer coisa alguma até que tu chegues lá. Por isso se chamou o nome da cidade Zoar.
23 ލޫޠުގެފާނަށް ޞޫޣަރުއަށް ވަޑައިގެންނެވުނީ އިރު އަރަނިކޮންނެވެ.
23 O sol havia se levantado sobre a terra quando Ló entrou em Zoar.
24 މަތިވެރި މާތްރަސްކަލާނގެ އަލިފާނާއި ސަލްފާގެ ވާރެއެއް ސަދޫމުއާއި ޢަމޫރަތަށް ފޮނުއްވެވިއެވެ.
24 Então, o SENHOR fez chover sobre Sodoma e sobre Gomorra enxofre e fogo do SENHOR desde o céu.
25 އެހެންކަމުން މުޅި އެހިސާބުގެ ކައިރިފަށުގައިވާހާ ރަށަކާ އެރަށްތަކުގައިވާ އެންމެނާ އަދި ހުރިހާ ގަސްގަހާގެއްސަށް ދާނދެން އެކަލާނގެ ނެތިކޮށް ލެއްވިއެވެ.
25 E ele derrubou aquelas cidades, e toda a planície, e todos os habitantes das cidades, e o que crescia sobre a terra.
26 އެވަގުތު ލޫޠުގެފާނުގެ އަނބިކަނބަލުން އެނބުރި އެދިމާއަށް ބެއްލެވިއެވެ. ހަމައެ ހިނދު އެކަނބުލޭގެފާނު ލޮނުގެ ތަނބަކަށް ވެއްޖެއެވެ.
26 Mas a sua esposa olhou para trás por detrás dele, e ela se tornou um pilar de sal.
27 ހަމަ އެދުވަހުގެ ހެނދުނު އިބްރާހީމްގެފާނު ވެސް އެކަލޭގެފާނު މަތިވެރި މާތްރަސްކަލާނގެ އާއި މުޚާތަބު ކުރައްވައި ވާހަކަފުޅު ދެއްކެވި ތަނަށް އެނބުރި ވަޑައިގަތެވެ.
27 E Abraão levantou-se cedo de manhã e foi para o lugar onde havia estado de pé diante do SENHOR.
28 އެކަލޭގެފާނު ސަދޫމުއާއި ޢަމޫރަތާ ދިމާ ތިރިއަށް ބެއްލެވި ހިނދު ފެނިވަޑައިގަތީ މުޅި ތަނުން ދުންތައް އަރަމުން ދިޔަ ތަނެވެ. މުޅިހިސާބު ވަނީ ދުމުން ފުރިފައެވެ.
28 E ele olhou para Sodoma e Gomorra, e para toda a terra da planície, e eis que viu a fumaça da terra que subia como fumaça de uma fornalha.
29 މާތްކަލާނގެ އެވާދީގެ ތެރޭގައި ވީ ހުރިހާ ރަށްތައް ނެތިކޮށްލެވިއެވެ. ނަމަވެސް އެކަލާނގެ އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅު އުވާ ނުލައްވައި ލޫޠުގެފާނު އެތަނުން ބޭރު ކުރެއްވިއެވެ.
29 E aconteceu que, quando Deus destruiu as cidades da planície, Deus lembrou-se de Abraão e retirou Ló do meio da destruição, quando ele derrubou as cidades em que Ló habitara.
30 ލޫޠުގެފާނު ޞޫޣަރުގައި ދިރިއުޅުއްވަން ބިރުފުޅުގެން އެކަލޭގެފާނު ގެ ދެއަންހެން ދަރިންނާއި އެކު ފަރުބަދައިގައިވާ ހޮހަޅައަކަށް ވަޑައިގެން އެތާނގައި ދިރިއުޅުއްވިއެވެ.
30 E Ló subiu de Zoar, e habitou no monte, e suas duas filhas com ele, pois ele temia habitar em Zoar; e ele habitou em uma caverna, ele e suas duas filhas.
31 އެއްދުވަހަކު އެދެކުދިންގެ ތެރެއިން ދޮށީ އަންހެންކުއްޖާ ހަގު ކުއްޖާ ގާތު ބުނެފިއެވެ. ”އަހަރެމެންގެ ބައްޕަ އެދަނީ މުސްކުޅިވަމުން. އަދި މުޅި މިސަރަހައްދުގައި ވެސް އަހަރެމެން ކައިވެނި ކުރާނެ އެއްވެސް ފިރިހެނަކު ނެތް.
31 E a primogênita disse à mais jovem: Nosso pai está velho, e não há homem na terra para entrar a nós, segundo a maneira de toda a terra;
32 އަހަރެމެންގެ ބައްޕައަށް ރާބޯންދީ މަސްތުކޮށްލައިގެން މިރޭ އޭނާއާއި އެކު ރޭ ކުރަމާ ހިނގާ. އޭރުން އަހަރެމެންނަށް ދަރިންލިބި އަހަރެމެންގެ ދަރިކޮޅު އުވިގެން ނުދާނެ.“
32 vem, façamos nosso pai beber vinho, e deitaremos com ele, para que possamos preservar semente de nosso pai.
33 އެރޭ ލޫޠުގެފާނުގެ ދެއަންހެން ދަރިން އެކަލޭގެފާނަށް އަމަލުވަންދެން ރާބޯންދިނެވެ. ދެން ދޮށީއަންހެން ދަރިފުޅު އެކަލޭގެފާނާ އެކު ޖިންސީގުޅުން ހިންގައިފިއެވެ. ނަމަވެސް އޭނާ އޮށޯއްކަމެއް އަދި ތެދުވިކަމެއް ވެސް ލޫޠުގެފާނަކަށް އެނގިވަޑައެއް ނުގަތެވެ.
33 E elas fizeram seu pai beber vinho naquela noite; e a primogênita entrou e deitou com seu pai, e ele não percebeu quando ela deitou, nem quando ela se levantou.
34 އަނެއް ދުވަހު ހެނދުނު ދޮށީ އަންހެންކުއްޖާ ހަގު އަންހެންކުއްޖާއަށް ބުންޏެވެ. ”ރޭގަ އަހަރެން އަހަރެމެންގެ ބައްޕައާއި އެކު ޖިންސީގުޅުން ހިންގައިފިން. އަދި މިރޭ ވެސް އޭނަޔަށް ރާބޯންދީ އަމަލުކުރަމާ ހިނގާ. ދެން ތިބާޔަށް ވެސް އޭނާޔާ ގުޅުން ހިންގައި ދަރިއަކު ހޯދިދާނެ. އޭރުން އަހަރެމެންގެ ދަރިކޮޅު އުވިގެންނެއް ނުދާނެ.“
34 E aconteceu que, no dia seguinte, a primogênita disse à mais jovem: Eis que eu deitei com meu pai na noite passada; demos-lhe de beber vinho esta noite também, e entra tu, e deita com ele, para que possamos preservar a semente de nosso pai.
35 ދެން އެރޭ ވެސް އެކުދިންގެ ބައްޕައަށް އަމަލުވަންދެން ރާ ބޯން ދީފިއެވެ. ދެން ހަގު އަންހެންދަރިފުޅު ލޫޠުގެފާނާއި އެކު ޖިންސީގުޅުން ހިންގައިފިއެވެ. ނަމަވެސް މިފަހަރު ވެސް އޭނާ އޮށޯއްކަމެއް އަދި ތެދުވިކަމެއް ވެސް ލޫޠުގެފާނަކަށް އެނގިވަޑައެއް ނުގަތެވެ.
35 E elas fizeram seu pai beber vinho naquela noite também; e a mais jovem se levantou, e deitou-se com ele, e ele não percebeu quando ela deitou, nem quando ela se levantou.
36 މިހެން ކަން ހިނގުމުން ލޫޠުގެފާނުގެ ދެއަންހެންދަރިން އެކަލޭގެފާނަށް ބަލިވެ އިނދެއްޖެވެ.
36 Assim, as duas filhas de Ló conceberam de seu pai.
37 ދޮށީދަރިފުޅަށް ލިބުނީ ފިރިހެން ދަރިއެކެވެ. އޭނާ އެކުއްޖާއަށް މުއާބުއޭ ކިޔައި ނަންދިނެވެ. އެކުއްޖާ އަކީ މުއާބު މީހުންގެ ކާބަފައިންނެވެ.
37 E a primogênita deu à luz um filho, e chamou seu nome Moabe; este mesmo é o pai dos moabitas até este dia.
38 ހަގުދަރިފުޅަށް ވެސް ލިބުނީ ފިރިހެން ދަރިއެކެވެ. އޭނާ އެކުއްޖާއަށް ބަނީ ޢައްމޫން އޭ ކިޔާ ނަންދިނެވެ. އޭނާއަކީ ޢައްމޫނީންގެ ކާބަފައިންނެވެ.
38 E a mais jovem, ela também deu à luz um filho, e chamou seu nome Ben-Ami; este mesmo é o pai dos filhos de Amom até este dia.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Gênesis 19, comparar traduções ou montar um estudo — tudo direto pelo WhatsApp.