Gênesis 12

ކިތާބުލް މުޤައްދަސް (DIV) vs ARC

Sair da comparação
ARC Almeida Revista e Corrigida 2009
1 އަބްރާމްއަށް މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިބާގެ ރަށާއި ތިމާގެމީހުންނާއި ތިބާގެ ބައްޕަގެ ގެ ދޫކޮށް ތިމަންކަލާނގެ ދައްކަވާ ރަށަކަށް ދަތުރު ކުރޭ.
1 Ora, o Senhor disse a Abrão: Sai-te da tua terra, e da tua parentela, e da casa de teu pai, para a terra que eu te mostrarei.
2 ތިމަންކަލާނގެ ތިބާގެ ދަރިކޮޅުގެ މީހުން އެތައް ގުނައަކަށް އިތުރު ކުރައްވާނަން. އަދި ތިބާގެ ފަރާތުން އުފަންވާނެ ޤައުމަކީ މަތިވެރި ބޮޑުޤައުމެއް ކަމުގައި ލައްވާނަން.
2 E far-te-ei uma grande nação, e abençoar-te-ei, e engrandecerei o teu nome, e tu serás uma bênção.
3 ތިބާއަށް ހެޔޮއެދޭ މީހުންނަށް ތިމަންކަލާނގެ ރަޙުމަތް ލައްވާނަން. ތިބާއަށް ނުބައިކޮށް ކަންތައްކުރި މީހަކަށް ތިމަންކަލާނގެ ކޯފާ ލައްވާނަން.
3 E abençoarei os que te abençoarem e amaldiçoarei os que te amaldiçoarem; e em ti serão benditas todas as famílias da terra.
4 ދެން އަބްރާމް މާތްރަސްކަލާނގެ އެންގެވި ފަދައިން ޙާރާން ދޫކުރައްވާ ވަޑައިގެންނެވިއެވެ. އެކަލޭގެފާނާއި އެކު ލޫޠުގެފާނު ވެސް ވަޑައިގަތެވެ. އޭރު އަބްރާމްގެ އުމުރުފުޅަކީ ހަތްދިހަ ފަސް އަހަރުފުޅެވެ.
4 Assim, partiu Abrão, como o Senhor lhe tinha dito, e foi Ló com ele; e era Abrão da idade de setenta e cinco anos, quando saiu de Harã.
5 އަބްރާމް އެކަލޭގެފާނުގެ އަނބިކަނބަލުން ސާރާއީ އާއި އެކަލޭގެފާނުގެ ބޭބެގެ ދަރިފުޅު ލޫޠުގެފާނާއި އަދި އެ ދެބޭކަލުންގެ އަތްޕުޅުގައި ވާހާ މުދަލަކާއި އަދި އެބޭކަލުންގެ އަރިހުގައި މަސައްކަތު އުޅުނު އެންމެންނާއި އެކު ކަންޢާނުއަށް ވަޑައިގަތުމަށް ދަތުރުކުރައްވަން ފެއްޓެވިއެވެ. އަދި އެބޭކަލުން ދަތުރުކޮށް ކަންޢާނުއަށް ވަޑައިގެންނެވިއެވެ.
5 E tomou Abrão a Sarai, sua mulher, e a Ló, filho de seu irmão, e toda a sua fazenda, que haviam adquirido, e as almas que lhe acresceram em Harã; e saíram para irem à terra de Canaã; e vieram à terra de Canaã.
6 އަބްރާމް ދަތުރުކުރައްވާ ޝަކީމް ގައިވާ މޫރަތުގެ މަޝްހޫރު ބޮޑު ގަހާއި ހަމައަށް ވަޑައިގެންނެވިއެވެ. އޭރު ކަންޢާނުގެ މީހުން ވަނީ އެރަށުގައި ވަޒަންވެރިވެފައެވެ.
6 E passou Abrão por aquela terra até ao lugar de Siquém, até ao carvalho de Moré; e estavam, então, os cananeus na terra.
7 ނަމަވެސް މާތްރަސްކަލާނގެ އަބްރާމުގެ ކުރިފުޅު މައްޗަށް ފާޅުވެވޮޑިގަންނަވައި ވަޙީކުރެއްވިއެވެ. ”⁠ތިބާގެ ދަރިކޮޅުގެ މީހުންނަށް ތިމަންކަލާނގެ މި ސަރަހައްދު ދެއްވާނަން.⁠“
7 E apareceu o Senhor a Abrão e disse: À tua semente darei esta terra. E edificou ali um altar ao Senhor , que lhe aparecera.
8 އެތަނުން އަބްރާމް ބައިތުއީލްގެ އިރުމަތީގައިވާ ފަރުބަދަތަކުގެ ސަރަހައްދަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގައި އެކަލޭގެފާނުގެ ފޭލިގެ ޖެއްސެވިއެވެ. އެފޭލިގެ ޖެއްސެވީ އެފޭލިގޭގެ ހުޅަނގަށް ބައިތުއީލް ވާ ގޮތަށް އަދި އިރުމައްޗަށް ޢާއްޔަ އޭކިޔުނު ރަށް ވާގޮތަށެވެ. އެތަނުގައި ވެސް އަބްރާމް ހިލަފުންޏެއް އެއްކުރައްވައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދެންނެވިއެވެ.
8 E moveu-se dali para a montanha à banda do oriente de Betel e armou a sua tenda, tendo Betel ao ocidente e Ai ao oriente; e edificou ali um altar ao Senhor e invocou o nome do Senhor .
9 އެއަށް ފަހު އަބްރާމް ދަތުރު ކުރައްވަމުން ގެންދެވީ ކަންޢާނުގެ ދެކުނު ހިސާބާއި ދިމާލަށެވެ.
9 Depois, caminhou Abrão dali, seguindo ainda para a banda do Sul.
10 އެދުވަސްވަރު ކަންޢާނަށް ވަރަށްބޮޑު ތަދުމަޑުކަމަކާ ކުރިމަތިވެފައިވެއެވެ. އެހެންކަމުން އަބްރާމް ވަޑައިގެންނެވީ މިޞްރަށެވެ. އެކަލޭގެފާނު ގަސްތުކުރެއްވީ މިތަދުމަޑުކަން ލުއިވަންދެން ކުޑަދުވަސްކޮޅަކު މިޞްރުގައި ދިރިއުޅުއްވުމަށެވެ.
10 E havia fome naquela terra; e desceu Abrão ao Egito, para peregrinar ali, porquanto a fome era grande na terra.
11 އެބޭކަލުން މިޞްރާ ވަރަށް ކައިރިވެފައި ވަނިކޮށް އަބްރާމް އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ވިދާޅުވިއެވެ. ”⁠ސާރާއީ. ތިބާއަކީ ވަރަށް ރީތި އަންހެނެއް.
11 E aconteceu que, chegando ele para entrar no Egito, disse a Sarai, sua mulher: Ora, bem sei que és mulher formosa à vista;
12 މިޞްރުގެ މީހުންނަށް ތިބާގެ ރީތިކަން ފެނުމުން ބުނާނެ. ’⁠މިއީ މިމީހާގެ އަންހެނުން.⁠‘ ދެން އެމީހުން ތިބާ ގެންގޮސްފާ އަހަރެން މަރާލާފާނެ.
12 e será que, quando os egípcios te virem, dirão: Esta é a sua mulher. E matar-me-ão a mim e a ti te guardarão em vida.
13 ތިބާ އެމީހުން ގާތު ތިބާ ތިޔައީ މަގޭ ކޮއްކޮއޭ ބުނޭ. އޭރުން ތިބާގެ ސަބަބުން އެމީހުން އަހަރެންނަށް ހެޔޮކޮށްހިތާނެ. އަދި އޭރުން އަހަރެންގެ ފުރާނަ ވެސް ސަލާމަތްވާނެ.⁠“
13 Dize, peço-te, que és minha irmã, para que me vá bem por tua causa, e que viva a minha alma por amor de ti.
14 އަބްރާމް މިޞްރަށް ވަޑައިގަތުމުން އެރަށުގެ އެންމެންނަށް ވެސް ސާރާއީ ފެނި އެ ކަމަނާގެ ރީތިކަން ފާހަގަކުރެވުނެވެ.
14 E aconteceu que, entrando Abrão no Egito, viram os egípcios a mulher, que era mui formosa.
15 މިޞްރުގެ ރަސްގެފާނުގެ ވަޒީރުން ވެސް ސާރާއީގެ ރީތިކަން ފެނި އެރަސްގެފާނުގެ އަރިހުގައި އެކަމަނާގެ ރީތިކަމަށް ތައުރީފުކުރިއެވެ. ރަސްގެފާނަށް މިޚަބަރު ލިބިވަޑައިގަތުމުން ސާރާއީ އެރަސްގެފާނުގެ އަނބިކަނބަލަކަށް ހެއްދެވުމަށް ގަނޑުވަރަށް ގެންދަވައިފިވެ.
15 E viram-na os príncipes de Faraó e gabaram-na diante de Faraó; e foi a mulher tomada para a casa de Faraó.
16 ސާރާއީގެ ސަބަބުން މިޞްރުގެ ރަސްގެފާނު އަބްރާމަށް ވަރަށް ހެޔޮކޮށް ހިއްތެވިއެވެ. އެރަސްގެފާނު އަބްރާމަށް ވަރަށް ގިނަ ގެރި އާއި ކަންބަޅި އަދި ހިމާރާއި ޖަމަލުގެ އެތައް ބައިވަރެއް ދެއްވިއެވެ. އަދި އަބްރާމްއަށް އެތައް ފިރިހެން އަޅުންނާއި އަންހެން އަޅުންނެއް އެރަސްގެފާނު ދެއްވިއެވެ.
16 E fez bem a Abrão por amor dela; e ele teve ovelhas, e vacas, e jumentos, e servos, e servas, e jumentas, e camelos.
17 ސާރާއީ އާއި ދޭތެރޭ މިޞްރުގެ ރަސްގެފާނު ކަންތައް ކުރެއްވި ގޮތުގެ ސަބަބުން މާތްރަސްކަލާނގެ މިޞްރުގެ ރަސްގެފާނަށާއި ގަނޑުވަރުގެ އެންމެންގެ މައްޗަށް އެތައް ނުރައްކާތެރި ބަލިތަކެއް ފޮނުއްވައިފިއެވެ.
17 Feriu, porém, o Senhor a Faraó com grandes pragas e a sua casa, por causa de Sarai, mulher de Abrão.
18 ދެން ރަސްގެފާނު އަބްރާމް ގަނޑުވަރަށް ގެނެސް އެކަލޭގެފާނަށް ވިދާޅުވިއެވެ. ”⁠އަބްރާމް! ކަލޭ އަހަރެންނަށް އޮޅުވާލީ ކީއްވެ؟ އޭނާއަކީ ކަލޭގެ އަނބިމީހާ ކަމުގައި ކުރިން އަހަރެން ގާތު ނުބުނީ ކީއްވެ؟
18 Então, chamou Faraó a Abrão e disse: Que é isto que me fizeste? Por que não me disseste que ela era tua mulher?
19 ސާރާއީއަކީ ކަލޭގެ ކޮއްކޮ ކަމުގައި ބުނީ ކީއްވެ؟ އަހަރެންގެ އަނތްބަކަށް އޭނާ ހެދީ އެހެންވެގެން! ކަލޭގެ އަނބިމީހާ މިއިނީ. އަވަހަށް އޭނާ ގޮވައިގެން މިތަނުން ދޭ.⁠“
19 Por que disseste: É minha irmã? De maneira que a houvera tomado por minha mulher; agora, pois, eis aqui tua mulher; toma- a e vai-te.
20 ދެން އެރަސްގެފާނު އޭނާގެ ސިފައިންނަށް އަމުރުކުރެއްވީ އަބްރާމްއާއި އެކަލޭގެފާނުގެ އަނބިކަނބަލުންނާއި އެކަލޭގެފާނުގެ އަތްޕުޅުގައިވާ ހުރިހާ ތަކެއްޗާއި އެކު މިޞްރުން ބޭރަށް ފޮނުވާލުމަށެވެ.
20 E Faraó deu ordens aos seus varões a seu respeito, e acompanharam-no a ele, e a sua mulher, e a tudo o que tinha.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Gênesis 12, comparar traduções ou montar um estudo — tudo direto pelo WhatsApp.