Gálatas 6

ކިތާބުލް މުޤައްދަސް (DIV) vs NVI

Sair da comparação
NVI Nova Versão Internacional
1 މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ކަލޭމެންގެ ތެރެއިން މީހަކު ފާފައެއް ކޮށްފިނަމަ، މާތްރޫޙުފުޅުގެ ބާރުގެ ދަށުގައިވާ މީހަކު އެމީހާއަށް އޯގާތެރި ކަމާއި އެކު އެހީވެ އެމީހަކު ރަނގަޅު ކުރުވާށެވެ. މީހަކު ފާފައެއްގެ ތެރެއަށް ވެއްޓިދާނެއެވެ. ވީމާ ކަލޭމެން ވެސް ވަރަށް ބަލައިގެން އުޅޭށެވެ.
1 Irmãos, se alguém for surpreendido em algum pecado, vocês, que são espirituais deverão restaurá-lo com mansidão. Cuide-se, porém, cada um para que também não seja tentado.
2 އެކަކު އަނެކަކަށް ޖެހޭ އުނދަގޫތަކާ ބުރަތަކުގައި އެކަކު އަނެކަކަށް އެހީވާށެވެ. އޭރުން ކަލޭމެންނަށް އަލްމަސީޙުގެ އަމުރުފުޅުތަކަށް އެކިޔަމަން ވެވުނީއެވެ.
2 Levem os fardos pesados uns dos outros e, assim, cumpram a lei de Cristo.
3 މީހަކު ތިމަން މިއީ އެހެންމީހުންނަށް ވުރެން މޮޅު މީހަކު ކަމުގައި ދެކޭނަމަ އެމީހާ އެ އޮޅުވާލަނީ އޭނާގެ އަމިއްލަ ނަފްސަށެވެ.
3 Se alguém se considera alguma coisa, não sendo nada, engana-se a si mesmo.
4 އެމީހެއްގެ އަމަލުތައް ރަނގަޅުކުރާށެވެ. އަދި އެއަމަލުތަކާއި މެދު ބަލާއިރު އެކަން ކުރެވުނީ ރަނގަޅަށްނަމަ އެކަމާ އުފާކުރާށެވެ. ނަމަވެސް ތިމާ ކުރާ އަމަލުތައް އެހެން މީހުން ގެ އަމަލުތަކާ އަޅާ ނުބަލާށެވެ.
4 Cada um examine os próprios atos, e então poderá orgulhar-se de si mesmo, sem se comparar com ninguém,
5 އެއީ ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ނަފްސުގެ އަމަލުތަކުގެ މައްޗަށް ޒިންމާ ވާން ޖެހޭނެތީއެވެ.
5 pois cada um deverá levar a própria carga.
6 މާތްރަސްކަލާނގެ ބަސްފުޅު ދަސްކޮށްދެވޭ ކޮންމެ ބަޔަކު ވެސް އެބަޔަކަށް ކިޔަވާދޭ މީހާގެ ކަންތައްތައް ބަލަހައްޓައި އެހީވާން ޖެހޭނެއެވެ.
6 O que está sendo instruído na palavra partilhe todas as coisas boas com quem o instrui.
7 މާތްރަސްކަލާނގެ ކިބަފުޅަށް އޮޅުވާލެވިދާނެ ކަމަށް ހީނުކުރައްޗެވެ. އެމީހަކު ކުރި އަމަލެއްގެ ނަތީޖާ އެމީހަކަށް ފެންނާނެ އެވެ. މިކަންތަކަށް އޮޅުވާނުލައި ސަމާލުވެ ތިބޭށެވެ. ޔަޤީނުން ވެސް އެމީހަކަށް ލިބޭނީ އެމީހަކު އިންދި އޮށަކުން ފަޅާ ގަހެއްގެ މޭވާއެވެ.
7 Não se deixem enganar: de Deus não se zomba. Pois o que o homem semear, isso também colherá.
8 ފާފަވެރި، އަމިއްލަ ނަފްސުގެ އެދުންތަކަށް ކަންތައްކުރާ މީހުންނަށް އޭގެ ނަތީޖާއެއްގެ ގޮތުން ލިބޭނީ ހަލާކާއި ނެތިވެދިއުމެވެ. މާތްރޫޙުފުޅުގެ އެދުމާއި އެއްގޮތަށް ކަންތައްކުރާ މީހުންނަށް މާތްރޫޙުފުޅުގެ ސަބަބުން ލިބޭނީ ނިމުންނުވާ ޙަޔާތެވެ.
8 Quem semeia para a sua carne, da carne colherá destruição; mas quem semeia para o Espírito, do Espírito colherá a vida eterna.
9 އެހެންވީމާ ބުނަމެވެ. ހިތްވަރު ދެރަނުކޮށް ރަނގަޅަށް ކަންތައް ކުރަމުން ގެންދާށެވެ. އަހަރެމެން ދެގޮތެއް ނުވެތިބެ ކަންތައްކުރުމުން އެކަމުގެ ވަގުތު ޖެހުމުން އަހަރެމެންނަށް އެކަމުގެ ފައިދާ ފެންނާނެ އެވެ.
9 E não nos cansemos de fazer o bem, pois no tempo próprio colheremos, se não desanimarmos.
10 އަހަރެމެންނަށް ލިބޭ ކޮންމެ ފުރުސަތެއްގައިމެ ހުރިހާ އެންމެންނާއި މެދު ވެސް ރަނގަޅަށް ކަންތައް ކުރަން ޖެހޭނެއެވެ. އަދި އީސާގެފާނަށް އީމާންވެގެން ތިބި އަހަރެމެންގެ އަޚުންނާއި އުޚުތުންނާއި މެދު ވަކިން ޚާއްސަކޮށް ކަންތައް ކުރަން ޖެހޭނެއެވެ.
10 Portanto, enquanto temos oportunidade, façamos o bem a todos, especialmente aos da família da fé.
11 މަގޭ އަމިއްލަ އަތުން ކަލޭމެންނަށް ސިޓީ ލިޔާއިރު އަހަރެން ލިޔެފައި ހުންނަ ލިޔުމުގެ އަކުރުތައް ބޮޑުކަން ކަލޭމެންނަށް ފާހަގަވާނެއެވެ.
11 Vejam com que letras grandes estou lhes escrevendo de próprio punho!
12 ކަލޭމެންނަށް ޚިތާނު ކުރުމަށް މަޖުބޫރުކުރަމުން އެދާ މީހުން އެކަން އެކުރަނީ ހަމައެކަނި މީހުންގެ ކުރިމަތީގައި މާ ރަނގަޅުބަޔަކަށް ވުމަށެވެ. އެމީހުން އެގޮތަށް އެކަންތައް ކުރަނީ އަލްމަސީޙު ދެއްކެވި ގޮތަށް ކަންތައް އުގަންނައި ދިނުމުން އެމީހުންނަށް ލިބިދާނެ އަނިޔާއަކުން ސަލާމަތް ވެ ގަތުމަށެވެ.
12 Os que desejam causar boa impressão exteriormente, tentando obrigá-los a se circuncidarem, agem desse modo apenas para não serem perseguidos por causa da cruz de Cristo.
13 އަދި ޚިތާނު ކުރެވިފައިވާ މީހުންނަކީ ވެސް ކޮންމެހެން އަމުރުފުޅުތަކަށް ކިޔަމަންވާ ބައެއް ވެސް ނޫނެވެ. އެމީހުންގެ ބޭނުމަކީ ކަލޭމެން ލައްވާ އެފަދައިން ކަންތައް ކުރުވުނު ކަމުގެ ވާހަކަ ދައްކައި ބޮޑުކެނޑުމެވެ.
13 Nem mesmo os que são circuncidados cumprem a lei; querem, no entanto, que vocês sejam circuncidados a fim de se gloriarem no corpo de vocês.
14 އަހަރެން އެފަދަ ދެއްކުންތެރި ކަމެއް ކުރުމަކަށް ދުވަހަކު ވެސް މާތްރަސްކަލާނގެ ނުހިންމަވާށިއެވެ. އެއީ އަހަރެން ބަލައިގަންނަހާ ވެސް ކަމަކީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު ސަލީބުގައި ވެވަޑައިގެންނެވި އަވަހާރަ ވުމެވެ. އެ އަވަހާރަ ވުމުގެ ސަބަބުން މިދުނިޔޭގެ މައްޗަށް އަހަރެންގެ ކިބައިގައި އޮތްހާ އެދުމެއް މަރުވެ ނެތިވެ ހިނގައްޖެއެވެ. އަދި މިދުނިޔެ އަހަރެންގެ ކިބައަކުން ވެސް އެދޭ އެދުމެއް ނުވެއެވެ.
14 Quanto a mim, que eu jamais me glorie, a não ser na cruz de nosso Senhor Jesus Cristo, por meio da qual o mundo foi crucificado para mim, e eu para o mundo.
15 ޚިތާނު ކުރުމާއި ނުކުރުމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫނެވެ. މުހިންމު ކަމަކީ އަހަރެމެންނަކީ ބަދަލުވެފައިވާ އާ ބަޔަކަށް ވުމެވެ.
15 De nada vale ser circuncidado ou não. O que importa é ser uma nova criação.
16 މިފަދައިން އުޅޭ އެންމެންނަށް މާތްރަސްކަލާނގެ ދެއްވާ ފުރާނައިގެ ހިތްހަމަޖެހުމާއި މާތްރަސްކަލާނގެ ރަޙުމަތްފުޅު ހުއްޓެވެ. އެފަދަ މީހުންނަކީ އަލަށް މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުން ކަމުގައި ލެއްވި މީހުންނެވެ.
16 Paz e misericórdia estejam sobre todos os que andam conforme essa regra, e também sobre o Israel de Deus.
17 އެހެންކަމުން މީގެ ފަހުން އެކަކު ވެސް މިބާވަތުގެ ކަންތަކާ މެދު އަހަންނަށް އުނދަގޫކޮށްގެން ނުވާނެއެވެ. އެއީ މިހާރު ވެސް އަހަރެންގެ ގައިގައި އަހަރެންނަކީ އީސާގެފާނުގެ މީހެއްކަން އެނގޭނެ އެތައް އެތައް ލަކުނުތަކެއް އެބަ ހުއްޓެވެ.
17 Sem mais, que ninguém me perturbe, pois trago em meu corpo as marcas de Jesus.
18 މަގޭ ލޮބުވެތި އެންމެހާ އަޚުންނާއި އުޚުތުންނޭވެ. އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ނިޢުމަތްފުޅު ކަލޭމެންނާއި އެކު ލަހައްޓަވާށިއެވެ. އާމީން.
18 Irmãos, que a graça de nosso Senhor Jesus Cristo seja com o espírito de vocês. Amém.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Gálatas 6, comparar traduções ou montar um estudo — tudo direto pelo WhatsApp.