Êxodo 8

ކިތާބުލް މުޤައްދަސް (DIV) vs NAA

Sair da comparação
NAA Nova Almeida Atualizada 2017
1 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފިރުޢައުނު ގާތަށް ގޮސް ބުނޭ. ’⁠މާތްރަސްކަލާނގެ ވަޙީކުރެއްވިއޭ ތިމަންކަލާނގެ މީހުން ތިމަންކަލާނގެއަށް އަޅުކަން ކުރުމަށް ދިޔަ ދެއްވާށޭ.
1 Depois o Senhor disse a Moisés: — Vá falar com Faraó e diga-lhe: Assim diz o
2 މަނިކުފާނު މިކަމާ ދެކޮޅު ހައްދަވައިފިނަމަ ތިޔަ ރަށަށް ބޮކުގެ މުސީބާތެއް ފޮނުއްވާނަމޭ.
2 Se você não quiser deixá-lo ir, eis que castigarei com rãs todo o seu território.
3 ނީލަކޯރު ބޮއްތަކުން ފުރި ބަނޑުންވެ އެއެއްޗެހިތައް އައިސް މަނިކުފާނުގެ ގަނޑުވަރަށް ވަދެ މަނިކުފާނު އަވަހާރަފުޅުލައްޕަވާ ކޮޓަރިކޮޅަށް ވަދެ މަނިކުފާނުގެ އެނދުދާންކޮޅަށް އަރައި، މަނިކުފާނާއި ވަޒީރުންނާއި މަނިކުފާނުގެ މީހުންގެ ގޭގެއަށް ވަންނާނެއޭ. އަދި މަނިކުފާނުގެ ބަދިގޭ އަވަނަށާއި ތެލިތައްޓަށް އަރައި ފުމޭނެޔޭ.
3 O rio produzirá rãs em abundância, que subirão e entrarão em sua casa, no seu quarto de dormir, sobre a sua cama, nas casas dos seus oficiais, sobre o seu povo, nos seus fornos e nas suas amassadeiras.
4 އެބޮއްތައް މަނިކުފާނާއި މަނިކުފާނުގެ ވަޒީރުންނާއި މަނިކުފާނުގެ މީހުންގެގަޔަށް ފުމެ އަރާނެޔޭ.⁠‘⁠“
4 As rãs virão sobre você, sobre o seu povo e sobre todos os seus oficiais.”
5 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ހާރޫނުގެ ގާތު ބުނޭ އޭނާގެ އަސާ މިޞްރުގެ ހުރިހާ ކޯރަކާއި ފެންއާރަކާއި، ފެންފެންގަނޑަކަށް ދިއްކުރާށޭ. އެގޮތުން މިޞްރުގެ ހުރިހާ ތަނަކަށް ބޮއްތައް އަރުވާށޭ.⁠“
5 O Senhor disse ainda a Moisés: — Diga a Arão que estenda a mão com o seu bordão sobre os rios, sobre os canais e sobre as lagoas e faça subir rãs sobre a terra do Egito.
6 ހާރޫނުގެފާނު އެކަލޭގެފާނުގެ އަތްޕުޅު މިޞްރުގެ ހުރިހާ ފެންފެންގަނޑެއްގެ މައްޗަށް އުފުއްލެވުމުން ބޮއްތައް އައިސް މުޅި މިޞްރުގެ ބިން ފުރާލައިފިއެވެ.
6 Arão estendeu a mão sobre as águas do Egito, e subiram rãs e cobriram a terra do Egito.
7 އެކަމަކު ފިރުޢައުނުގެ ސިހުރުވެރިން ވެސް އެމީހުންގެ ސިހުރުގެ ބާރުން މިޞްރު ބިމަށް ހަމަ އެ ގޮތަށް ބޮއްތައް އަރުވައިފިއެވެ.
7 Então os magos fizeram o mesmo com as suas ciências ocultas e fizeram aparecer rãs sobre a terra do Egito.
8 ދެން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެއަށް ދަންނަވައިގެން، މި ބޮއްތައް އަހަންނާއި އަހަރެންގެ މީހުންގެ ކިބައިން ދުރުކޮށް ދީ. އޭރުން އަހަރެން ކަލޭގެ މީހުން މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ދިޔަ ދޭނަން.⁠“
8 Faraó chamou Moisés e Arão e lhes disse: — Peçam ao
9 މޫސާގެފާނު ވިދާޅުވިއެވެ. ”⁠ރަސްގެފާނު ވަގުތެއް ކަނޑައަޅުއްވާ! ރަސްގެފާނަށާއި ރަސްގެފާނުގެ ވަޒީރުންނާއި ރަސްގެފާނުގެ މީހުންނަށްޓަކައި އަޅުގަނޑު ދުޢާ ދަންނަވަން މަނިކުފާނު އެދި ވަޑައިގަންނަވާ ވަގުތެއް ވިދާޅުވޭ. އޭރުން ރަސްގެފާނާއި ރަސްގެފާނުގެ ގަނޑުވަރުތަކުން ބޮކުގެ މުސީބާތް ފިލައިގެން ދާނެ. އޭގެ ފަހުން ނީލަ ކޯރު ނޫންތަނެއްގައި ބޮކެއް ނުއުޅޭނެ.⁠“
9 Moisés disse a Faraó: — Tenha a bondade de me dizer quando é que devo orar por você, pelos seus oficiais e pelo seu povo, para que as rãs sejam retiradas de você e das suas casas e fiquem somente no rio.
10 ފިރުޢައުނު ވިދާޅުވިއެވެ. ”⁠މާދަމާ ދުޢާ ދަންނަވާ!⁠“
10 Faraó respondeu: — Amanhã. Moisés disse: — Seja conforme a sua palavra, para que você saiba que não há ninguém como o
11 އެ ބޮއްތައް ރަސްގެފާނުގެ ގަނޑުވަރުންނާއި ރަސްގެފާނުގެ ވަޒީރުންނާއި ރަސްގެފާނުގެ މީހުންގެ ކިބައިން ފިލައިގެން ހިނގައިދާނެ. އޭރުން ނީލަކޯރު ނޫންތަނެއްގައި އެއްވެސް ބޮކެއް ނޫޅޭނެ.⁠“
11 As rãs se afastarão de você, das suas casas, dos seus oficiais e do seu povo; ficarão somente no rio.
12 ދެން މޫސާގެފާނާއި ހާރޫނުގެފާނު ފިރުޢައުނުގެ ގަނޑުވަރުން ވަޑައިގެން ރަސްގެފާނުގެ މައްޗަށް އެކަލާނގެ ފޮނުއްވި ބޮކުގެ މުސީބާތުން ސަލާމަތް ކޮށް ދެއްވުން އެދި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވައިފިއެވެ.
12 Então Moisés e Arão saíram da presença de Faraó. E Moisés clamou ao Senhor por causa das rãs, conforme havia combinado com Faraó.
13 މޫސާގެފާނު ދެންނެވި ދުޢާ މާތްރަސްކަލާނގެ އައްސަވައިފިއެވެ. އެއާއެކު ގޭގެއާއި ގޯތިތަކުގައިއާއި ދަނޑުފަނގުތަކުގައި ހުރި ހުރިހާ ބޮއްތަކެއް މަރުވެ ހުސްވެއްޖެއެވެ.
13 E o Senhor fez conforme a palavra de Moisés: morreram as rãs nas casas, nos pátios e nos campos.
14 ދެން މިޞްރު މީހުން އެބޮއްތައް ނެރެ ފުނި ޖަހައިފިއެވެ. އެއާއެކު މުޅި މިޞްރު ކުނިވަހުން އެއްވަސް ވެއްޖެއެވެ.
14 Os egípcios ajuntaram as rãs em montões e montões, e a terra cheirou mal.
15 ބޮއްތަކުގެ މުސީބާތުން ސަލާމަތްވުމުން ވެސް ފިރުޢައުނުގެ ގޮތެއް ދުލެއް ނުކުރެއްވިއެވެ. މާތްރަސްކަލާނގެ ވަޙީކުރައްވާފައިވާ ފަދައިން މޫސާގެފާނާއި ހާރޫނުގެފާނު ގެ ބަސްފުޅެއް އެރަސްގެފާނު ނޭއްސެވިއެވެ.
15 Vendo, porém, Faraó que havia alívio, continuou de coração endurecido e não os ouviu, como o Senhor tinha dito.
16 މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ހާރޫނުގެފާނު ގާތު ބުނޭ. ’⁠ކަލޭގެ އަސާ އުފުލައި ބިމުގައި ޖަހާށޭ. އެތަނުން އަރާ ހިރަފުހުން ހަފާމެހީގެ ބައިގަނޑެއް އުފެދޭނެޔޭ. އަދި މިޞްރުގައި ހުރި ހުރިހާ ހިރަފުހެއް ހަފާމެއްސަށް ވާނެއޭ.⁠‘⁠“
16 O Senhor disse a Moisés: — Diga a Arão que estenda o seu bordão e bata no pó da terra, para que se transforme em piolhos por toda a terra do Egito.
17 ދެން މޫސާގެފާނާއި ހާރޫނުގެފާނު މާތްރަސްކަލާނގެ އަމުރުކުރެއްވި ފަދައިން ކަންތައް ކުރައްވައިފިއެވެ. ހާރޫނުގެފާނު އަސާކޮޅުން ބިމުގެ ހިރަފުހުގައި ޖެއްސެވުމާއެކު އެ ހިރަފުސްތައް މުޅި މިޞްރުގެ ބިމަށް ހަފާމެހިތަކެއް ފަދައިން ފެތުރިގެންފިއެވެ. އެއާއެކު މިޞްރު މީހުންނާއި ޖަނަވާރުތަކުގެ މައްޗަށް އޭގެ މުސީބާތް ފޯރަން ފަށައިފިއެވެ.
17 Eles assim fizeram. Arão estendeu a mão com seu bordão e bateu no pó da terra, e houve muitos piolhos nas pessoas e no gado; todo o pó da terra se transformou em piolhos por toda a terra do Egito.
18 ފިރުޢައުނުގެ ސިހުރުވެރިން ވެސް އެމީހުންގެ ސިހުރުގެ ބާރުން އެ ބާވަތުގެ މެހި އުފައްދަން އުޅެފިއެވެ. އެކަމަކު މިފަހަރު އެމީހުންނަކަށް ކާމިޔާބެއް ނުވިއެވެ. އެ މެހިތައް އައިސް އިންސާނުންނާއި ޖަނަވާރުންގެ ގަޔަށް އަރައިގެންފިއެވެ.
18 E os magos fizeram o mesmo com as suas ciências ocultas para produzirem piolhos, mas não conseguiram. E havia piolhos nas pessoas e no gado.
19 ރަސްގެފާނުގެ ސިހުރުވެރިން ފިރުޢައުނަށް ދެންނެވިއެވެ. ”⁠މިއީ މާތްކަލާނގެ އަތްޕުޅުގެ ކުޅަދުންވަންތަ ބާރުފުޅުކަން ޔަޤީން!⁠“
19 Então os magos disseram a Faraó: — Isto é o dedo de Deus. Porém o coração de Faraó se endureceu, e não os ouviu, como o
20 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފަތިހު ތެދުވެގެން ފިރުޢައުނު ނީލަކޯރަށް ވަޑައިގަންނަވާ މަގުމައްޗަށް ދޭ. ގޮސް ބުނޭ. ’⁠މާތްރަސްކަލާނގެ މިފަދައިން ވަޙީކުރެއްވިއޭ: ތިމަންކަލާނގެ މީހުން ތިމަންކަލާނގެއަށް އަޅުކަން ކުރަން ދިޔަދެއްވާށޭ.
20 O Senhor disse a Moisés: — Levante-se de manhã cedo e apresente-se a Faraó. Eis que ele sairá às águas. Diga-lhe: Assim diz o
21 މަނިކުފާނު މިކަމާ ދެކޮޅު ހައްދަވާނަމަ މަނިކުފާނާއި މަނިކުފާނުގެ ވަޒީރުންނާއި މަނިކުފާނުގެ މީހުންގެ މައްޗަށް މެހީގެ ބައިގަނޑެއް ފޮނުއްވާނަމޭ. މިޞްރު މީހުންގެ ގޭގެއަށް މި މެހިތައް ވަދެ ފުރޭނެޔޭ. މުޅި މިޞްރުގެ ބިން މެހީން ފޮރުވޭނެޔޭ.
21 Se você não deixar o meu povo ir, eis que eu enviarei enxames de moscas sobre você, sobre os seus oficiais, sobre o seu povo e nas suas casas. As casas dos egípcios se encherão destes enxames, e também a terra em que eles estiverem.
22 އެކަމަކު މިފަހަރު ޖާސާންގެ ސަރަހައްދު ތިމަންކަލާނގެ ސަލާމަތް ކުރައްވާނަމޭ. އެއީ ތިމަންކަލާނގެ މީހުން އުޅޭ ހިސާބުގަނޑޭ. އެތަނަކަށް މެއްސެއް ނުދާނެޔޭ. އޭރުން މަނިކުފާނަށް އެނގިވަޑަގަންނަވާނެއޭ މާތްރަސްކަލާނގެއަކީ ތިމަން ކަލާނގެކަން. އަދި މަނިކުފާނުގެ ޤައުމުގެ ތެރޭގައި ތިމަންކަލާނގެ ވޮޑިގެންވާކަން.
22 Naquele dia, separarei a terra de Gósen, onde mora o meu povo, para que nela não haja enxames de moscas, e você saiba que eu sou o Senhor no meio desta terra.
23 ތިމަންކަލާނގެ މީހުންނާއި މަނިކުފާނުގެ މީހުން ތިމަންކަލާނގެ ތަފާތު ކުރައްވާނަމޭ. މިމުޢުޖިޒާތް މާދަމާ ފެންނާނެޔޭ.⁠‘⁠“
23 Farei distinção entre o meu povo e o seu povo; amanhã se dará este sinal.”
24 ދެން މާތްރަސްކަލާނގެ އެކަލާނގެ ވަޙީކުރެއްވި ފަދައިން ކަންތައް ކުރެއްވިއެވެ. މެހީގެ ބޮޑު ބައިގަނޑެއް އައިސް ފިރުޢައުނު ރަސްގެފާނާއި ވަޒީރުންގެ ގަނޑުވަރުތައް ފުރާލިއެވެ. އެއާއެކު މުޅި މިޞްރުގެ ބިން ހައިޖާނެއް ފަދައިން ފަނާވެގެން ދިޔައެވެ.
24 Assim fez o Senhor , e vieram grandes enxames de moscas à casa de Faraó, às casas dos seus oficiais e sobre toda a terra do Egito. E a terra ficou arruinada com estes enxames.
25 ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވެއްޖެއެވެ. ”⁠އެންމެ ރަނގަޅު. ދޭ ކަލޭމެންގެ އިލާހަށް ޤުރުބާނީ ވެދުން ކުރަން. އެކަމަކު އެކަންތައް ކުރަން ވާނީ މިތާ މިރަށުގައި.⁠“
25 Faraó chamou Moisés e Arão e disse: — Vão e ofereçam sacrifícios ao seu Deus, mas sem sair desta terra.
26 މޫސާގެފާނު ދެންނެވިއެވެ. ”⁠ތިޔަ ގޮތެއް ކަމަކު ނުދާނެ. އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުންކުރާ ގޮތާ މިޞްރު މީހުންނެއް ނުރުހޭނެ. މިޞްރު މީހުންނަށް އެތަން ފެނިގެން އަޅުގަނޑުމެން ގަލުން ތަޅާ މަރާލާނެ.
26 Moisés respondeu: — Não convém que façamos assim porque ofereceríamos ao
27 އަޅުގަނޑުމެން ސަހަރާތެރެއަށް ތިން ދުވަހުގެ ދަތުރެއް ކުރަން ބޭނުން. އެއީ އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެ އެންގެވި ފަދައިން އެކަލާނގެއަށް ޤުރުބާނީ ވެދުން ކުރުމަށް.⁠“
27 Temos de ir caminho de três dias ao deserto e ofereceremos sacrifícios ao Senhor , nosso Deus, como ele nos disser.
28 ”⁠އެންމެ ރަނގަޅު. ދޭ!⁠“ ފިރުޢައުނު ވިދާޅުވިއެވެ. ”⁠ސަހަރާތެރެއަށް ކަލޭމެންގެ އިލާހު މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް ކަލޭމެން ދިއުމުގެ ހުއްދަ ދީފިން. އެކަމަކު މާ ދުރަށް ނުދާތި. މިހާރު އަހަރެންގެ މައްޗަށް ދުޢާ ކޮށްދީ.⁠“
28 Então Faraó disse: — Eu os deixarei ir, para que ofereçam sacrifícios ao
29 މޫސާގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑު ދާން ނުކުންނަމުން މާތްރަސްކަލާނގެއަށް ދުޢާ ދަންނަވައިދޭނަން. އޭރުން މާދަމާ ރަސްގެފާނާއި ވަޒީރުންނާއި އެހެން ވެސް މީހުންގެ މަތިން މެހީގެ އުނދަގޫ ފިލައިގެން ދާނެ. އެކަމަކު އަޅުގަނޑު ރަސްގެފާނަށް އިންޒާރުކޮށް ދަންނަވަން، އަނެއްފަހަރު އަޅުގަނޑުމެންނަށް އިތުރުފުޅު ނުހައްދަވާތި. އަޅުގަނޑުމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރަން ދިއުން ހުއްޓުވައިގެން ނުވާނެ.⁠“
29 Moisés respondeu: — Eis que saio da sua presença e orarei ao
30 ދެން މޫސާގެފާނު ރަސްގެފާނުގެ ގަނޑުވަރުން ވަޑައިގެން އެ މެހިތައް ދުރުކޮށް ދެއްވުން އެދި މާތްރަސްކަލާނގެއަށް ދުޢާ ދެންނެވިއެވެ.
30 Então Moisés saiu da presença de Faraó e orou ao Senhor .
31 ދެން މާތްރަސްކަލާނގެ މޫސާގެފާނު އެދި ވަޑައިގެންނެވި ފަދައިން މެހީގެ ބައިގަނޑު އެރަށުން ބޭރުކޮށް ލައްވައިފިއެވެ. އެ ހިނދު ރަސްގެފާނާއި ރަސްގެފާނުގެ ވަޒީރުންނާއި ރަސްގެފާނުގެ މީހުންގެ ތެރޭގައި އެންމެ މެއްސެއް ވެސް ނެތި ހުސްވެއްޖެއެވެ.
31 E o Senhor fez conforme a palavra de Moisés, e os enxames de moscas se afastaram de Faraó, dos seus oficiais e do seu povo; não ficou uma só mosca.
32 އެކަމަކު މިފަހަރު ވެސް ރަސްގެފާނުގެ ގޮތްކޮޅެއް ދުލެއް ނުކުރެއްވިއެވެ. ހަމަހިލާ އެމީހުން ދިޔަކަ ނުދެއްވިއެވެ.
32 Mas ainda desta vez Faraó endureceu o coração e não deixou o povo ir.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Êxodo 8, comparar traduções ou montar um estudo — tudo direto pelo WhatsApp.