Êxodo 4

ކިތާބުލް މުޤައްދަސް (DIV) vs NAA

Sair da comparação
NAA Nova Almeida Atualizada 2017
1 އެކަމަކު މޫސާގެފާނު އަނެއްކާވެސް ފަސްޖެހި ވަޑައިގަތެވެ. ”⁠އަޅުގަނޑު ބުނާ އެއްޗަކަށް އެމީހުން ބީރުކަންފަތެއް ދީ އެވާހަކަތައް ގަބޫލު ނުކޮށްފިއްޔާޔޯ؟ އެމީހުން ބުނެފާނެ: ’⁠މާތްރަސްކަލާނގެ ކަލޭގެ ކުރިމައްޗަށް ފާޅުވެވޮޑިއެއް ނުގަންނަވައޭ.⁠‘⁠“
1 Moisés respondeu: — Mas eis que eles não vão acreditar em mim, nem ouvirão o que vou dizer, pois dirão: “O
2 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ކަލޭގެ އަތުގައި ތިއޮތީ ކޮން އެއްޗެއް؟⁠“ މޫސާގެފާނު ވިދާޅުވިއެވެ. ”⁠މިއީ އަޅުގަނޑު އަސާއެއްގެ ގޮތުގައި ގެންގުޅޭ ދަނޑިބުރިއެއް.⁠“
2 Então o Senhor perguntou a Moisés: — Que é isso que você tem na mão? Ele respondeu: — Um bordão.
3 އެކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިޔަ އަސާ ބިންމައްޗަށް އެއްލާލަބަލަ.⁠“ މޫސާގެފާނު އެ ދަނޑިބުރި އެއްލާލުމާއެކު އޭތި ވިހަ ހަރުފައަކައް ބަދަލުވެއްޖެއެވެ. އެތަން ފެނި ވަޑައިގެން މޫސާގެފާނު ފުރަގަހަތަށް އެއްލިގެންދިޔައެވެ.
3 Então lhe disse: — Jogue-o no chão. Ele o jogou no chão, e o bordão virou uma serpente. E Moisés fugia dela.
4 އެ ހިނދު މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ކައިރިއަށް ގޮސް އޭތީގެ ނަގުލުގައި ހިފައި ނަގާ ބަލަ.⁠“ ދެން މޫސާގެފާނު އޭތީގެ ކައިރިއަށް ވަޑައިގެން އޭގައި ހިއްޕެވިއެވެ. ހަމަ އެ ހިނދު އެ އެތި އެއަސާއަށް ބަދަލުވިއެވެ.
4 Mas o Senhor disse a Moisés: — Estenda a mão e pegue-a pela cauda. Ele estendeu a mão, pegou-a pela cauda, e ela se transformou em bordão.
5 ދެން މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އެމީހުންގެ ކުރިމަތީގައި ތިޔަ މުޢުޖިޒާތް ދައްކާ. އޭރުން އެމީހުންގެ ކާބަފައިން އިބްރާހީމްއާއި އިސްޙާޤު އާއި ޔަޢުޤޫބުގެ އިލާހު، މާތްރަސްކަލާނގެ ކަލެއަށް ފާޅުވެވޮޑިގެންނެވިކަން އެމީހުންނަށް ގަބޫލުކުރެވޭނެ.⁠“
5 Então o Senhor disse: — Isto é para que creiam que o
6 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ކަލޭގެ އަތް ކަލޭ ލައިގެން ތިހިރަ ހެދުމުގެ ތެރެއަށް ލާބަލަ.⁠“ އެ ހިނދު މޫސާގެފާނު އެފަދައިން ކަންތައްކުރެއްވިއެވެ. މޫސާގެފާނު އަތްޕުޅު ނެންގެވިއިރު އެކަލޭގެފާނުގެ އަތްޕުޅަށް ވަނީ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ފަދަ ގޮތަކަށެވެ. މުޅި އަތްޕުޅުގައި ވަނީ ހުދު ލައްތަކެއް ޖަހާފައެވެ.
6 E o Senhor continuou: — Ponha, agora, a mão no peito. Ele o fez; e, tirando a mão do peito, eis que ela estava leprosa, branca como a neve.
7 ދެން އެކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ކަލޭގެ އަތް އަނެއްކާވެސް ހެދުމުގެ ތެރެއަށްލާ!⁠“ މޫސާގެފާނު އެއަތްޕުޅު ހެދުމުގެ ތެރެއަށް ލައްވާފައި ނެންގެވި އިރު އެއަތްޕުޅު ވަނީ އެކަލޭގެފާނުގެ ހަށިކޮޅުގެ އެހެން ގުނަވަންތަކެކޭ އެއްފަދައިން ދުޅަހެއި ކޮށެވެ.
7 Então o Senhor disse: — Ponha a mão no peito outra vez. Ele a pôs no peito novamente; e, quando a tirou, eis que se havia tornado como o restante de sua carne.
8 އެކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އެމީހުންނަށް ފުރަތަމަ މުޢުޖިޒާތް ދެއްކުމުން ވެސް ގަބޫލުނުކޮއްފިނަމަ ދެވަނަ މުޢުޖިޒާތް ދައްކާ.
8 O Senhor continuou: — Se eles não acreditarem em você, nem atenderem à evidência do primeiro sinal, talvez acreditarão na evidência do segundo.
9 އަދި އެމީހުން މި ދެ މުޢުޖިޒާތް ފެނި އެކަން ބަލައިނުގެން އަދި ކަލޭ ބުނި ބަސްތައް އަހައި ގަބޫލު ނުކޮށްފިނަމަ އެމީހުންގެ ކުރިމަތީގައި ނީލަކޯރުން ފެންފޮދެއް ނަގައި އެފެން ބިންމައްޗަށް އޮއްސާލާ. އެ ހިނދު އެފެން ލެޔަށް ބަދަލުވާނެ.⁠“
9 Se eles ainda não acreditarem mediante esses dois sinais, nem ouvirem o que você disser, pegue um pouco de água do rio e derrame na terra seca; e a água que você pegou do rio se transformará em sangue sobre a terra.
10 ނަމަވެސް މޫސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އާދޭސް ދެންނެވިއެވެ. ”⁠ސާހިބުވަންތަ ކަލާކޯ! މިއަޅާއަކީ ދޫ ނުފަރިތަ މީހެއް. ކުރިން ވެސް އަދި މިހާރު ވެސް މިއަޅާއަކީ ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެއް ނޫން. މިއަޅާއަކީ ދޫކޮށި މީހެއް.⁠“
10 Então Moisés disse ao Senhor : — Ah! Senhor! Eu nunca fui eloquente, nem no passado, nem depois que falaste a teu servo, pois sou pesado de boca e pesado de língua.
11 މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އިންސާނާއަށް އަނގަ ދެއްވީ ކޮންފަރާތަކުން؟ އަދި އިންސާނާ ބީރު މީހަކަށް ނުވަތަ މަންމަނަކަށް ހައްދަވަނީ ކޮން ފަރާތަކުން؟ އިންސާނާގެ ލޮލަށް އަލިކަން ދެއްވައި އަނދިރި ކުރައްވަނީ ކޮން ފަރާތަކުން؟ އެކަންތައް މެދުވެރި ކުރައްވަނީ ތިމަން މާތްރަސްކަލާނގެ ނޫންތަ؟
11 O Senhor respondeu: — Quem fez a boca do homem? Ou quem faz o mudo, ou o surdo, ou o que vê, ou o cego? Não sou eu, o
12 މިހާރު ދޭ! ކަލޭ ވާހަކަ ދައްކާއިރު އަހަރެން ކަލެއާ އެކުގައި ވާނަން. ކަލޭ ބުނަންވީ ބަސްތައް އަހަރެން ބުނެދޭނަން.⁠“
12 Agora vá, e eu serei com a sua boca e lhe ensinarei o que você deve falar.
13 ނަމަވެސް މޫސާގެފާނު އަނެއްކާވެސް ދެންނެވިއެވެ. ”⁠ސާހިބުވަންތަ ކަލާކޮ! އާދޭސްކޮށްފައި ދަންނަވަން. އެހެން މީހަކު ފޮނުއްވަވާ!⁠“
13 Porém Moisés respondeu: — Ah! Senhor! Envia alguém outro que quiseres enviar, menos a mim.
14 މާތްރަސްކަލާނގެ މޫސާގެފާނުދެކެ ކޯފާވެވޮޑިގެންނެވިއެވެ. އަދި ވަޙީކުރެއްވިއެވެ. ”⁠ތިހެންވިއްޔާ ކަލޭގެ ބޭބެ ލާވީ ގަބީލާގެ ހާރޫނު އަކީ ކުޅަދާނަކަމާއެކު ވާހަކަ ދައްކާމީހެއްކަން އަހަރެން ދަންނަމު. ބަލާބަލަ! އޭނާ އެހެރަ އަންނަނީ ކަލޭގެ ގާތަށް. ކަލޭ ފެނުމުން އޭނާ ވަރަށް އުފާވާނެ.
14 Então a ira do Senhor se acendeu contra Moisés. O Senhor disse: — Arão, o levita, não é seu irmão? Eu sei que ele fala fluentemente. Eis que ele vem ao seu encontro e, ao ver você, se alegrará em seu coração.
15 އޭނާ ގާތު ކަލޭ ހުރިހާ ވާހަކައެއް ކިޔައިދީ ދައްކަންވީ ވާހަކަ އޭނާގެ ގާތު ބުނޭ. ކަލޭމެން ދެމީހުން ވާހަކަ ދައްކާއިރު އަހަރެން ކަލޭމެންގެ ގާތުގައި ވާނަން. އަދި ކަންތައް ކުރަންވީ ގޮތް އަހަރެން ކަލޭމެންނަށް އަންގައިދޭނަން.
15 Você falará com ele e lhe porá na boca as palavras; eu serei com a sua boca e com a dele e ensinarei a vocês o que devem fazer.
16 ހާރޫނު އެމީހުންގެ ކުރިމަތީ ހުންނާނީ ކަލޭގެ ތަރުޖަމާނެއްގެ ގޮތުގައި. ކަލޭ ހުންނާނީ ތިމަންކަލާނގެ އޭނާ ގާތު ބުނަންވާ ވާހަކަތައް ބުނެދޭ އިލާހެއް ފަދައިން.
16 Ele falará por você ao povo; ele será como se fosse a sua boca, e você será para ele como Deus.
17 ކަލޭ ދާއިރު އެމީހުންނަށް މުޢުޖިޒާތްތައް ދައްކަން ތިޔަ އަސާ ގެންދާތި.⁠“
17 Leve, pois, na mão este bordão, com o qual você fará os sinais.
18 ދެން މޫސާގެފާނު އެކަލޭގެފާނުގެ ބަފާކަލޭގެ ޔަޘްރޫ ގާތަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ. ”⁠މިޞްރުގައި ތިބި އަހަރެންގެ ތިމާގެމީހުންގެ ހާލު ބަލާލަން ގޮސްފައި އައުމުގެ ހުއްދަ ދެއްވާ. މިހާރު އެމީހުން ދުނިޔޭގައި ތިބި ނެތް ކަމެއް ވެސް ނޭނގެ.⁠“
18 Moisés voltou para Jetro, seu sogro, e lhe disse: — Deixe-me voltar aos meus irmãos que estão no Egito para ver se ainda vivem. Jetro respondeu: — Vá em paz.
19 މޫސާގެފާނު ވަޑައިގެން މިދްޔާނުގައި ހުންނަވަނިކޮށް މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރައްވާފައި ވެއެވެ. ”⁠މިޞްރަށް އެނބުރި ދޭ. އެހެނީ އެރަށުގައި ކަލޭ މަރާލަން އުޅުނު އެންމެން މިހާރު މަރުވެއްޖެ.⁠“
19 O Senhor disse a Moisés, em Midiã: — Volte para o Egito, porque já morreram todos os que queriam matar você.
20 ދެން މޫސާގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ދަރިކަލުންތައް ހިމާރެއްގެ މައްޗައް ލައްވައިގެން މިޞްރާ ދިމާއަށް ދަތުރު ކުރައްވަން ފެއްޓެވިއެވެ. އެކަލޭގެފާނު މާތްކަލާނގެ އަސާކޮޅު ގެންދެވިއެވެ.
20 Então Moisés tomou a mulher e os filhos, fez com que montassem num jumento e voltou para a terra do Egito. Moisés levava na mão o bordão de Deus.
21 މާތްރަސްކަލާނގެ މޫސާގެފާނަށް އަނެއްކާވެސް ވަޙީކުރެއްވިއެވެ. ”⁠ކަލޭ މިޞްރަށް ގޮސް އަހަރެން ކަލެއަށް ކުޅަދާނަކަށް ދީފައިވާ ހުރިހާ މުޢުޖިޒާތްތަކެއް ފިރުޢައުނަށް ދައްކާ. ނަމަވެސް އޭނާއަކީ ބޯހަރު ގޮތްދޫނުކުރާ މީހަކަށް އަހަރެން ހަދާނަން. އޭރުން އޭނާ އެމީހުން ދިޔަކަ ނުދޭނެ.
21 O Senhor disse a Moisés: — Quando você voltar ao Egito, trate de fazer diante de Faraó todos os milagres que pus em sua mão. Mas eu vou endurecer o coração de Faraó, para que não deixe o povo ir.
22 ދެން ކަލޭ ފިރުޢައުނު ގާތު މިހެން ބުނޭ: ’⁠މާތްރަސްކަލާނގެ ވަޙީކުރެއްވިއޭ އިސްރާއީލަކީ އަހަރެން ދޮށީ ފިރިހެންދަރިކަލުންނޭ.
22 Diga a Faraó: Assim diz o Senhor : “Israel é meu filho, meu primogênito.
23 އަހަރެން އެންގެވިޔޭ އެ ދަރިކަލުން އަހަރެންނަށް އަޅުކަން ކުރުމަށް ފޮނުއްވާދޭށޭ. އެކަމަކު ކަލޭގެފާނު އެ ހުއްދަ ނުދެއްވީތީ އަހަރެން މަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން އަވަހާރަކޮށްލައްވާނަމޭ!⁠‘⁠“
23 E eu digo a você: deixe o meu filho ir, para que me adore; mas, se você não quiser deixá-lo ir, eis que eu matarei seu filho, seu primogênito.”
24 އޭގެ ފަހުން މޫސާގެފާނު ދަތުރުކުރައްވަމުން ވަޑައިގަތް މަގުމަތީ ރޭގަނޑު ހޭދަ ކުރެއްވުމަށް ތަނެއްގައި މަޑުކުރައްވައިފި އެވެ. މާތްރަސްކަލާނގެ އެތަނުގައި މޫސާގެފާނާއި ބައްދަލު ކުރައްވައި އެކަލޭގެފާނު އަވަހާރަކޮށްލެއްވުމަށް އުޅުއްވިއެވެ.
24 Estando Moisés no caminho, numa estalagem, o Senhor o encontrou e quis matá-lo.
25 އެ ހިނދު މޫސާގެފާނުގެ އަނބިކަނބަލުން ސޮފޫރާ ތޫނު ހިލަގަނޑަކުން އޭނާގެ ފިރިހެން ދަރިކަލުން ޚިތާނު ކުރެއްވި އެވެ. އަދި އެހަންކޮޅު މޫސާގެފާނުގެ ފައިންޕުޅުގައި ޖައްސާފައި ބުންޏެވެ. ”⁠މިހާރު ކަލޭގެފާނަކީ ލޭގެ ގޮތުން އަހަރެންގެ ފިރިމީހާ!⁠“
25 Então Zípora pegou uma pedra afiada, cortou o prepúcio de seu filho e com ele tocou os pés de Moisés. E lhe disse: — Sem dúvida, você é para mim um marido de sangue.
26 އޭނާ ލޭގެ ގޮތުން ފިރިމީހާއޭ އެ ބުނީ އެ ޚިތާނު ކުރެވުމަށް ނިސްބަތް ކޮށެވެ. ދެން މާތްރަސްކަލާނގެ މޫސާގެފާނު ދޫކޮށްލައްވައިފިއެވެ.
26 Assim, o Senhor o deixou. Ela disse “marido de sangue” por causa da circuncisão.
27 މާތްރަސްކަލާނގެ ހާރޫނުގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ސަހަރާގެ ތެރެއަށް ގޮސް މޫސާގެފާނާ ބައްދަލު ކުރޭ!⁠“ ދެން ހާރޫނުގެފާނު ވަޑައިގެން މާތްކަލާނގެ ފަރުބަދަ ޠޫރުސީނާގެ ކައިރިން މޫސާގެފާނާއި ބައްދަލު ކުރައްވައި އެކަލޭގެފާނަށް ބޮސްދެއްވައި ސަލާން ކުރެއްވިއެވެ.
27 O Senhor disse a Arão: — Vá encontrar-se com Moisés, no deserto. Ele foi e, encontrando-o no monte de Deus, o beijou.
28 ދެން މޫސާގެފާނު މާތްރަސްކަލާނގެ ވަޙީކުރެއްވި ހުރިހާ ވާހަކަތަކެއް ހާރޫނުގެފާނު ގާތު ވިދާޅުވެއްޖެއެވެ. އަދި ދައްކަން ޖެހޭ ހުރިހާ މުޢުޖިޒާތެއްގެ ވާހަކަ ވެސް ވިދާޅުވެއްޖެއެވެ.
28 Moisés relatou a Arão todas as palavras do Senhor , com as quais o havia enviado, e todos os sinais que lhe havia mandado realizar.
29 ދެން މޫސާގެފާނާއި ހާރޫނުގެފާނު މިޞްރަށް ވަޑައިގެން ބަނީއިސްރާއީލުގެ ހުރިހާ ބޮޑުން އެއްކުރެއްވިއެވެ.
29 Então Moisés e Arão foram e reuniram todos os anciãos dos filhos de Israel.
30 އަދި ހާރޫނުގެފާނު މޫސާގެފާނަށް މާތްރަސްކަލާނގެ ވަޙީކުރެއްވި ހުރިހާ ވާހަކަތަކެއް އެމީހުންނަށް ވިދާޅުވެ ދެއްވައި އަދި ދެއްވި ހުރިހާ މުޢުޖިޒާތެއް ވެސް އެމީހުންގެ ކުރިމަތީގައި ދައްކަވައި ހައްދަވައިފިއެވެ.
30 Arão falou todas as palavras que o Senhor tinha dito a Moisés, e este fez os sinais diante do povo.
31 ދެން ބަނީއިސްރާއީލުގެ މީހުންނަށް މޫސާގެފާނާއި ހާރޫނުގެފާނު އެމީހުންގެ ގާތަށް ފޮނުއްވީ މާތްރަސްކަލާނގެ ކަން ޔަޤީންވެއްޖެއެވެ. އަދި އެމީހުންގެ ހިތްދަތި ހާލު މާތްރަސްކަލާނގެ ބައްލަވާ ވޮޑިގަންނަވައި އެކަމާމެދު އަޅާލައްވައިފި ކަން އެނގުމުން އެމީހުން ސަޖިދައަށް ތިރިވެ އެކަލާނގެއަށް އަޅުކަން ކޮށްފިއެވެ.
31 E o povo creu. E, quando ouviram que o Senhor havia visitado os filhos de Israel e visto a aflição deles, inclinaram-se e adoraram.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Êxodo 4, comparar traduções ou montar um estudo — tudo direto pelo WhatsApp.