Êxodo 40

ކިތާބުލް މުޤައްދަސް (DIV) vs NTLH

Sair da comparação
NTLH Nova Tradução na Linguagem de Hoje 2000
1 މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ.
1 O Senhor Deus disse a Moisés:
2 ”⁠އާ އަހަރުގެ ފުރަތަމަ ދުވަހު ފޭލިގެކޮޅު ބަހައްޓައި ނިންމާ.
2 — No dia primeiro do primeiro mês, arme a Tenda da Presença de Deus .
3 ޢަހުދުނާމާ ފޮށިކޮޅު ބަހައްޓައި އެތެރޭގެ ފަރުދާ ދަމައި އެންމެ މުޤައްދަސް މަޤާމުފުޅުގައި ފަރުދާ ދަމައި ނިވާ ކުރޭ.
3 Coloque na Tenda a arca da aliança , onde estão guardadas as placas com os dez mandamentos; e ponha a cortina na frente da arca.
4 ދެން މޭޒުކޮޅު ގެނެސް ތަށި ކަންވާރު އަތުރައި، ބައްތިކޮޅުތައް ވެސް އެ ހަރު ކުރަމަށް ހެދުނު ހަރުގަނޑުގައި ބަހައްޓާ.
4 Ponha dentro da Tenda a mesa e coloque em ordem as coisas que estão sobre ela. Ponha dentro da Tenda o candelabro e monte as lamparinas.
5 ދެން ދުންއަޅާ ރަންއަށި ގެނެސް ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމަތީ ބަހައްޓާ. އަދި ވަންނަ ދޮރު ކުރިމަތީ ފަރުދާ ދަމާ.
5 Ponha o altar de ouro para queimar incenso na frente da arca da aliança e pendure a cortina na entrada da Tenda.
6 ޤުރުބާނީ އަންދާ އަށި ފޭލިގޭގެ ދޮރުން ބޭރުގައި ބަހައްޓާ.
6 E na frente da Tenda coloque o altar de queimar os sacrifícios .
7 އަތްފައި ދޮންނަ ތަށި އައްޓާއި ފޭލިގެކޮޅުގެ ދޮރާއި ދެމެދުގައި ބަހައްޓާ އެއަށް ފެން އަޅާ.
7 Ponha a pia entre a Tenda e o altar e encha com água.
8 ދެން ގޯތި ތެރެ ތައްޔާރުކޮށް ވަށައިގެންނާއި ދޮރުމަތީގައި ފަރުދާތައް ދަމާ.
8 Depois arme o pátio ao redor da Tenda e pendure a cortina na sua entrada.
9 މަޤާމަށް އިސްކުރަން އުނގުޅާ ތެޔޮ ފޭލިގެކޮޅުގެ ހުރިހާ ސާމާނު ފެހާމާނުތަކެއްގައި އުނގުޅައި އެތަން ކަރާމާތްތެރި ކުރޭ.
9 — Então pegue o azeite de ungir e unja a Tenda e tudo o que estiver nela; desse modo, você a separará para mim, e ela ficará sagrada.
10 ޤުރުބާނީ އަންދާ އައްޓާއި އޭގައި ބޭނުންކުރާ ތަކެތީގައި ވެސް ތެޔޮ އުނގުޅައި އެތައް ކަރާމާތްތެރި ކުރޭ. އެގޮތުން އެ އައްޓަކީ މާތް ތަނަކަށް ވެގެން ދާނެ.
10 Depois você ungirá o altar das ofertas a ser completamente queimadas e todos os seus utensílios; assim o altar ficará separado para mim e será muito sagrado.
11 އަދި ހަމަ އެފަދައިން އެ އަތްފައި ދޮންނަ ތައްޓާއި އެބަހައްޓާ ހަރު ވެސް ކަރާމާތްތެރި ކުރޭ.
11 Do mesmo jeito você ungirá a pia com o seu suporte e a separará para mim.
12 ހާރޫނު އާއި އޭނާގެ ދަރިން ފޭލިގެކޮޅުގެ ކުރިމައްޗަށް ގެނެސް އެތަނުގައި އެމީހުން އެ ފެނުން ތާހިރު ކުރޭ.
12 — Leve Arão e os filhos dele para a entrada da Tenda e mande que se lavem.
13 ދެން ހާރޫނު ހައިބަވެތި ހެދުންކޮޅު ލައްވައި އަހަރެންގެ އިމާމެއްގެ މަޤާމަށް އިސްކުރުމަށް އޭނާ ގައިގައި ތެޔޮ އުނގުޅައި ކަރާމާތްތެރި ކުރޭ.
13 Vista Arão com as suas roupas de sacerdote, unja-o e o separe para mim a fim de que me sirva como sacerdote.
14 އޭގެ ފަހުން އޭނާގެ ދަރިން ގެނެސް އެމީހުން ވެސް ގަމީސް ލައްވާ.
14 Traga os filhos dele e vista neles as túnicas .
15 އެމީހުންގެ ބައްޕަ އިސްކުރި ފަދައިން އެމީހުން ވެސް މަޤާމަށް އިސްކުރޭ. މިހެން ކަންކުރަމުން އެމީހުން އެވަނީ ޖީލަކަށް ފަހު ޖީލަކާ ހަމަޔަށް އިމާމު ކަމަށް ޚާއްސަ ކުރެވިފައި.⁠“
15 Em seguida você os ungirá, como ungiu o pai deles, para que me sirvam como sacerdotes. Isso fará com que sejam sacerdotes para sempre.
16 އެހުރިހާކަމެއް މާތްރަސްކަލާނގެ އެންގެވި ފަދައިން މޫސާގެފާނު ކުރެއްވިއެވެ.
16 Moisés fez tudo como o Senhor havia ordenado.
17 މިގޮތުން ދެވަނަ އަހަރު ފުރަތަމަ މަހު ފުރަތަމަ ދުވަހު ފޭލިގެކޮޅު ބަހައްޓައި ނިންމާ ލެވިއްޖެއެވެ.
17 E assim, no dia primeiro do primeiro mês, quase um ano depois que os israelitas saíram do Egito, a Tenda da Presença de Deus foi armada.
18 މޫސާގެފާނު އެފޭލިގެކޮޅު ޖެއްސެވުމަށް ފުރަތަމަ ކުރެއްވި ކަމަކީ އޮނިގަނޑުތައް ބަހައްޓަން ހަދާފައިވާ ބުޑުތައް ބެހެއްޓެވީއެވެ. ދެން އޮނިގަނޑުތައް އެ ބުޑުތަކުގައި ހަރުކުރެއްވީއެވެ. އޭގެ ފަހުން ހުރަސް ދަނޑިތަށް އެފުރޭމުގައިވާ ބޮޅުތަކުގެ ތެރެއަށް ލައްވާ ތަނބުތައް ކޮއްޅަށް ޖެއްސެވީއެވެ.
18 Moisés colocou as bases, as armações e as travessas e levantou os postes.
19 އެއަށް ފަހު ބޭރުންލުމަށް ހަދާފައިވާ އުރަކޮޅު ފަތުރުއްވައި ފޭލިގެ ކޮޅުގެ ފުރާޅުމަތީ ދެމުމަށް ހަދާފައިވާ ސަނދުވާ އަޅުއްވައި މާތްރަސްކަލާނގެ އެންގެވި ގޮތުގެ މަތީން އެކަންތައް އެކަލޭގެފާނު ފުރިހަމަ ކުރެއްވީއެވެ.
19 Ele estendeu a cobertura sobre a Tenda e colocou a cobertura de fora por cima dela, como o Senhor havia ordenado.
20 އެއަށް ފަހު އަމުރުފުޅު ލިޔެވިފައިވާ ދެ ހިލަފޮތި ޢަހުދުނާމާ ފޮށިކޮޅު ތެރެއަށް ލެއްވިއެވެ. ދެން ފޮށިކޮޅު އުފުލުމަށް ހަދާފައިވާ ދަނޑިތައް ފޮށިކޮޅުގެ ބޮޅުތަކުގެ ތެރެއަށް ލައްވައި، ކައްފާރާގެ މަޤާމުފުޅު ކަމަށްވާ މަތިގަނޑު ޖެއްސެވިއެވެ.
20 Depois pegou as duas placas de pedra e as colocou dentro da arca da aliança. Enfiou os cabos nas argolas da arca e colocou a tampa nela.
21 ދެން އެކަލޭގެފާނު ޢަހުދުނާމާ ފޮށިކޮޅު ފޭލިގޭތެރޭގައި ބަހައްޓަވައި އޭގެ ވަށައިގެން ދެމުމަށް ހެދިފައިވާ ފަރުދާކޮޅު ދެންމެވިއެވެ. މިގޮތުގެ މަތިން އެ ފޮށިކޮޅު މާތްރަސްކަލާނގެ އެންގެވި ގޮތުގެ މަތިން ނިވާކުރެއްވިއެވެ.
21 Então pôs a arca na Tenda e, como o Senhor havia ordenado, pendurou a cortina entre o Lugar Santo e o Lugar Santíssimo para que ninguém pudesse ver a arca.
22 އޭގެ ފަހުން މޭޒުކޮޅު ގެންދަވައި ފޭލިގެކޮޅުގެ އުތުރު ފަރާތުގައި މާތްވެގެންވާ މަޤާމުފުޅު ކާރީ ހުރި ފަރުދާގެ ބޭރުގައި ބަހައްޓަވައިފިއެވެ.
22 Moisés pôs a mesa na Tenda, no lado norte, do lado de fora da cortina,
23 އަދި މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހަޅާ ބޯރޮށިތައް ގެންދަވައި އެކަލާނގެ އެންގެވި ފަދައިން އެތަކެތި ބެހެއްޓެވިއެވެ.
23 e colocou sobre ela os pães oferecidos a Deus, o Senhor , como ele havia ordenado.
24 އޭގެ ފަހުން ބައްތިކޮޅު ގެންދަވައި މޭޒުކޮޅުގެ އަނެއްފަރާތުގައި ފޭލިގެކޮޅުގެ ދެކުނު ފަރާތުގައި ބެހެއްޓެވިއެވެ.
24 Moisés pôs o candelabro na Tenda, no lado sul, em frente da mesa
25 ދެން މާތްރަސްކަލާނގެ އެންގެވި ފަދައިން އެކަލާނގެ ޙަޟްރަތުގައި އެބައްތިކޮޅު ދިއްލެވިއެވެ.
25 e ali, na presença do Senhor , ele acendeu as lamparinas, como o Senhor havia ordenado.
26 އަދި ދުންއަޅާ ރަންއަށި ގެންދަވައި މާތްވެގެންވާ މަޤާމުފުޅުގެ ފަރުދާ ކާރީގައި ބެހެއްޓެވިއެވެ.
26 Pôs o altar de ouro na Tenda, em frente da cortina,
27 މާތްރަސްކަލާނގެ އެންގެވި ފަދައިން އެތަނުގައި މީރު ވަސްދުވާ ތަކެތި އަންދަވައި ދުން އެޅުއްވިއެވެ.
27 e queimou o incenso cheiroso, como o Senhor havia ordenado.
28 އޭގެ ފަހުން ފޭލިގެކޮޅުގެ ކުރިމަތީގައި ދަމާ ފަރުދާ ވެސް އެކަލޭގެފާނު ދަންމަވައިފިއެވެ.
28 Pendurou a cortina na entrada da Tenda
29 އަދި ޤުރުބާނީ އަންދާ އަށިވެސް ފޭލިގެކޮޅު ކުރިމަތީގައި ބަހައްޓަވައިފިއެވެ. އެތަނުގައި އެކަލޭގެފާނު ޤުރުބާނީއެއް އަންދަވައި ގޮދަން ވެދުން ކުރެއްވިއެވެ. އެއީ ވެސް މާތްރަސްކަލާނގެ އެންގެވި ފަދައިންނެވެ.
29 e ali, em frente da cortina, colocou o altar para as ofertas que seriam completamente queimadas. Em cima do altar ele apresentou as ofertas a serem queimadas e as ofertas de cereais, como o Senhor havia ordenado.
30 އެއަށް ފަހު އިމާމުން އަތްފައި ދޮވުމަށް ހުރި ބިލިގާ ގެންދަވައި ޤުރުބާނީ އައްޓާއި ފޭލިގެކޮޅާ ދެމެދު ބަހައްޓަވައި އެއަށް ފެން އަޅުއްވައިފިއެވެ.
30 Pôs a pia entre a Tenda e o altar e a encheu com água.
31 މޫސާގެފާނާއި ހާރޫނުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުންތައް އެ ފެނުން އަތްޕުޅާއި ފައިންޕުޅު ދޮންނަވައިފިއެވެ.
31 Nela Moisés, Arão e os filhos de Arão lavavam os pés
32 އެބޭކަލުން ފޭލިގެކޮޅުތެރަށް ނުވަތަ އަށިކޮޅާ ކައިރިއަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު އެފެނުން އަތްޕުޅާއި ފައިންޕުޅު ދޮންނަވައެވެ. އެއީ މާތްރަސްކަލާނގެ އެންގެވި ފަދައިންނެވެ.
32 todas as vezes que entravam na Tenda ou iam até o altar, como o Senhor havia ordenado.
33 ދެން އެއަށް ފަހު މާތްވެގެންވާ ފޭލިގެކޮޅާއި ޤުރުބާނީ އަށީގެ ވަށައިގެން ފަރުދާ ދަންމަވައި ދޮރުކޮޅުމަތީގެ ފަރުދާ ވެސް ދަންމަވައިފިއެވެ. އެއާއެކު ފޭލިގެ ޖެއްސެވުމުގެ ހުރިހާކަމެއް ފުރިހަމަ ވެއްޖެއެވެ.
33 Moisés armou o pátio em volta da Tenda e do altar e pendurou a cortina na entrada do pátio. E assim ele terminou todo o trabalho.
34 އެވަގުތު ވިލާގަނޑު އައިސް ފޭލިގެކޮޅުގެ މައްޗަށް ފެތުރިއްޖެއެވެ. އަދި މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅުން އެ ފޭލިގެކޮޅު ދިއްލި ފުރިގެން އަތުވެއްޖެއެވެ.
34 Então a nuvem cobriu a Tenda , e ela ficou cheia da glória de Deus, o Senhor ;
35 އެވަގުތު މޫސާގެފާނަކަށް އެ ފޭލިގެކޮޅަކަށް ވެދެވަޑައެއް ނުގެންނެވުނެވެ. އެހެނީ އޭރު ފޭލިގެކޮޅު މައްޗަށް ވަނީ އެބޯ ވިލާގަނޑު ފެތުރި މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅުން ފުރިފައި ވެއެވެ.
35 por isso Moisés não pôde entrar nela.
36 އެވިލާނގަނޑު ފޭލިގެކޮޅު މަތިން އުފުލި ކުރިއަށް ދާ ދިމާއަކަށް ބަނީ އިސްރާއީލީން ދަތުރުކުރަމުން ދިޔައެވެ.
36 Os israelitas levavam o seu acampamento de um lugar para outro somente quando a nuvem se levantava de cima da Tenda.
37 ވިލާގަނޑު ނުއުފުލޭނަމަ އެމީހުން ތިބި ތަނެއްގައި ތިބެނީއެވެ.
37 Mas, se a nuvem não se levantava, os israelitas não saíam dali até o dia em que ela se levantava.
38 ދުވާލުގެ ވަގުތުގައި މާތްރަސްކަލާނގެ ފޮނުއްވި މިވިލާގަނޑު ފޭލިގެމަތީ ބުރުއަޅަމުން ދެއެވެ. ރޭގަނޑު ވިލާގަނޑުގެ ތެރޭގައި އަލިފާން ރޯވެފައި ހުރެއެވެ. މިތަން ބަނީ އިސްރާއީލުގެ ހުރިހާ އާއިލާތަކަށް ފެންނަން ހުރެއެވެ. އެމީހުން ކުރި ދަތުރު ނިމެންދެން ވެސް މިކަންތައް މިގޮތުގައި ހިނގަމުން ދިޔައެވެ.
38 Em todas as suas viagens, eles podiam ver, durante o dia, a nuvem da presença do Senhor em cima da Tenda; e, durante a noite, viam o fogo queimando em cima dela.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Êxodo 40, comparar traduções ou montar um estudo — tudo direto pelo WhatsApp.