Êxodo 33

ކިތާބުލް މުޤައްދަސް (DIV) vs NTLH

Sair da comparação
NTLH Nova Tradução na Linguagem de Hoje 2000
1 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ކަލޭމެން މިޞްރުން އައި އެންމެން ދެން ދާން އުޅޭ. އަހަރެން އިބްރާހީމް އަށާއި އިސްޙާޤަށާއި ޔަޢުޤޫބަށް ދޭން ވަޢުދު ކުރި ބިމަށް ކަލޭމެން ދަތުރުކުރޭ! އަހަރެން އެމީހުން ގާތު ބުނެފައިވާނެ އެމީހުންގެ ދަރިކޮޅަށް އެ ބިން ދޭނަމޭ.
1 O Senhor Deus disse a Moisés: — Saiam deste lugar, você e o povo que você tirou do Egito, e vão para a terra que eu jurei dar a Abraão, a Isaque, a Jacó e aos seus descendentes.
2 ކަލޭމެން ދާން ވާއިރަށް އެ ބިންތަކުން ކަންޢާނީންނާއި އަމޫރީންނާއި ޙިއްޘީންނާއި ފިރިއްޒީންނާއި ޙިއްވީންނާއި ޔަބޫސީން ނެރުމަށް އަހަރެންގެ މަލާއިކަތު ފޮނުވާނަން.
2 Eu mandarei um anjo para guiar você e expulsarei os cananeus, os amorreus, os heteus, os perizeus, os heveus e os jebuseus.
3 ކަލޭމެން ތިޔަ ދަނީ މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމަކަށް. އެކަމަކު ކަލޭމެންނާއެކު އަހަރެނެއް ނުދާނަން. އެހެނީ ކަލޭމެންނަކީ ބަސް ގަބޫލުނުކުރާ ބޯހަރު ބައެއް. އަހަރެން ކަލޭމެންނާއެކު ދާން ވެއްޖެއްޔާ ދާ މަގުމަތީގައި އެ އެންމެން ނައްތާލެވިދާނެ.⁠“
3 Vocês irão para uma terra boa e rica. Porém eu não irei, pois vocês são um povo teimoso, e eu os poderia destruir no caminho.
4 މީސްތަކުންނަށް އެކަލާނގެ މި ހަރުކަށި ބަސްފުޅުތައް އިވުމުން އެމީހުން ރޮއި ހިތާމަކޮށް، ރީތި ހެދުންތަކާއި ގަހަނާ އެޅުން ހުއްޓާލިއެވެ.
4 Quando Moisés deu essa mensagem aos israelitas, eles começaram a chorar, e ninguém usou as suas joias.
5 އެހެނީ މާތްރަސްކަލާނގެ މޫސާގެފާނު ގާތު މިހެން ބުނާށޭ ވަޙީ ކުރައްވާފައިވެއެވެ. ”⁠ކަލޭމެންނީ ބޯހަރު ނުކިޔަމަންތެރި ބައެކޭ. އަހަރެން ކަލޭމެންނާއެކު ދަތުރު ކުރަން ވެއްޖެނަމަ ކަލޭމެން ނައްތާލެވިދާނެޔޭ. ކަލޭމެންގެ ޖަވާހިރާއި ރީތި ހެދުންތައް ބާލާށޭ. އޭރުން ކަލޭމެންނާ މެދު ކަންތައް ކުރަންވީ ގޮތެއް ތިމަންކަލާނގެ ހިންމަވާފާނަމޭ.⁠“
5 Então o Senhor mandou que Moisés dissesse a eles: — Vocês são um povo teimoso. Se eu fosse junto com vocês, mesmo que fosse por apenas um momento, eu os destruiria completamente. Agora tirem as suas joias, e eu vou resolver o que fazer com vocês.
6 އެހެންވެ ޠޫރުސީނާއާ ދުރަށް އެމީހުން ދިޔަފަހުން ރީތި ހެދުމެއް ޖަވާހިރެއް ގަހަނާއެއް އެއިން މީހަކު ނާޅައެވެ.
6 Assim, depois que os israelitas saíram do monte Sinai, não usaram mais joias.
7 އެމީހުން ތަނަކަށް ގޮސް ބަނޑަހަ ޖެހުމުން އެތަނާ ދުރުގައި މޫސާގެފާނުގެ ފޭލިގެކޮޅު ޖައްސަވައިފިއެވެ.
7 Sempre que o povo de Israel acampava, Moisés costumava armar a Tenda Sagrada a certa distância fora do acampamento. Ela era chamada de “Tenda da Presença de Deus”, e quem quisesse consultar o Senhor ia até lá.
8 އެ ފޭލިގެކޮޅަށް މޫސާގެފާނު ވަޑައިގަންނަވާ އިރު، ފޭލިގެތަކުގެ ކުރިމަތީގައި ތިބޭ އެންމެން ވެސް ކޮޅަށް ތެދުވެއެވެ. މޫސާގެފާނު އެ ފޭލިގެކޮޅަށް ވަދެ ވަޑައިގެން ނިވާ ވަންދެން އެމީހުން ބަލަން ތިބެއެވެ.
8 Quando Moisés saía para ir à Tenda, o povo ficava na porta das suas barracas olhando Moisés até que ele entrasse.
9 މޫސާގެފާނު އެތެރެއަށް ވެދެ ވަޑައިގަތުމުން ވިލާގެ ތަނބު ތިރިޔަށް އައިސް ފޭލިގެކޮޅުގެ ދޮރުމަތީގައި ހުރެއެވެ. އަދި މާތްރަސްކަލާނގެ އެ ތަނބުގެ ތެރޭން މޫސާގެފާނަށް ބަސްފުޅު ވަޙީކުރައްވައެވެ.
9 Depois que ele entrava, uma coluna de nuvem descia e parava na porta da Tenda; e da nuvem o Senhor falava com Moisés.
10 މީސްތަކުންނަށް ފޭލިގެކޮޅުގެ ދޮރުކޮޅުމަތީގައި ވިލާގެ ތަނބުހުއްޓާ ފެނުމުން އެމީހުން ތެދުވެ އެމީހުންގެ ފޭލިގެކުރިމަތީގައި ސަޖިދަ ކުރެއެވެ.
10 Logo que o povo via a coluna de nuvem na porta da Tenda, todos se ajoelhavam.
11 ފޭލިގެކޮޅުގެ ތެރޭގައި މާތްރަސްކަލާނގެ މޫސާގެފާނަށް ބަސްފުޅު ވަޙީ ކުރައްވަނީ މީހަކު ރައްޓެއްސަކާ ވާހަކަ ދައްކާ ބީދައިން މޫނާމޫނު ކުރިމަތީގައެވެ. އެއަށް ފަހު މޫސާގެފާނު އެނބުރި ފޭލިގެތަކަށް ވަޑައިގަންނަވައެވެ. އެކަމަކު އެކަލޭގެފާނުގެ އެހީތެރިޔާ ނޫނުގެ ދަރި ޒުވާން ޔަޝޫޢު އެފޭލިގެކޮޅުގެ ޚިދުމަތުގައި އެތަނުގައި ހުރެއެވެ.
11 O Senhor Deus falava com Moisés face a face, como alguém que conversa com um amigo. Depois Moisés voltava para o acampamento. Porém Josué, filho de Num, o moço que era o auxiliar de Moisés, ficava na Tenda.
12 އެއްދުވަހަކު މޫސާގެފާނު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠އިނބަރަސްކަލާނގެ މިއަޅާގެ ގާތު ތިޔަ ވަޙީ ކުރައްވަނީ މި މީހުން ގޮވައިގެން ވަޢުދު ކުރެއްވި ބިމަށް ދާށޭ. އެކަމަކު އިނބަ ރަސްކަލާނގެ ވަޙީއެއް ނުކުރައްވާ މިއަޅާއާއެކު އިނބަރަސްކަލާނގެ ފޮނުއްވާނީ ކާކު ކަމެއް. އިނބަރަސްކަލާނގެ ވަޙީކުރެއްވި، މިއަޅާ ދެނެވޮޑިގަންނަވަމޭ، އަދި މިއަޅާދެކެ ރުހިވޮޑިގަންނަވަމޭ.
12 Moisés disse a Deus, o Senhor : — É verdade que me mandaste guiar este povo para aquela terra, porém não me disseste quem é que irá comigo. Disseste que me conheces bem e que estás contente comigo.
13 ހަމަ އަސްލުގައި ވެސް އިނބަރަސްކަލާނގެ މިއަޅާދެކެ ރުހިވޮޑިގަންނަވަނީ ނަމަ، އިނބަރަސްކަލާނގެ މިކަންތައް ކުރައްވާނެ ގޮތް މިއަޅާއަށް އަންގަވާ ދެއްވާ. އޭރުން އިނބަރަސްކަލާނގެ ގަސްތު ކުރައްވާގޮތް މިއަޅާއަށް އެނގި އިނބަރަސްކަލާނގެއަށް ޚިދުމަތްކޮށް، އިނބަރަސްކަލާނގެ ރުހިވޮޑިގަންނަވާނެ ގޮތުގެ މަތީގައި ދެމިހުންނަ ހިތް ވާނެ. އިނބަރަސްކަލާނގެ ހަނދުމަފުޅު ކުރައްވާ، މި ޤައުމަކީ އިނބަރަސްކަލާނގެ އަމިއްލަފުޅު ޤައުމު.⁠“
13 Agora, se isso é assim mesmo, fala-me dos teus planos para que eu possa te servir e continuar a te agradar. Lembra que escolheste esta nação para ser tua.
14 މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ކަލެއާއެކުގައި ދާނީ ޚުދު އަހަރެން. އަހަރެން ކަލެއަށް އަރާމު ހޯދައިދޭނަން.⁠“
14 Deus disse: — Eu irei com você e lhe darei a vitória.
15 ދެން މޫސާގެފާނު ދެންނެވިއެވެ. ”⁠އިނބަރަސްކަލާނގެ އަޅަމެންނާއެކު ވޮޑިގެން ނުވާނެ ނަމަ އަޅަމެން މިތަނުން ފޮނުއްވާ ނުލައްވާ!
15 Então Moisés respondeu: — Se não fores com o teu povo, não nos faças sair deste lugar.
16 އިނބަރަސްކަލާނގެ މިއަޅާއާއި އިނބަރަސްކަލާނގެ މީހުންނާމެދު ރުހިވޮޑިގަންނަވާކަން މީހަކަށް އެނގޭނެ ގޮތަކީ ކޮބައިތޯ؟ އިނބަރަސްކަލާނގެ އަޅަމެންނާ އެކުގައި ވޮޑިގެން ނުވާނަމަ ބިންމަތީގައި އުޅޭ އެހެން މީހުންނާ އަޅުގަނޑުމެންނާ ދެމެދު ހުރި ތަފާތަކީ ކޮބައިތޯ؟⁠“
16 Como é que os outros povos poderão saber que estás contente com o teu povo e comigo, se não fores conosco? A tua presença é que mostrará que somos diferentes dos outros povos da terra.
17 މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ކަލޭ އެދުނު ފަދައިން އަހަރެން ހަމަ ރަނގަޅަށް ވެސް ކަންތައް ކުރާނަން. އެހެނީ އަހަރެންނަށް ކަލޭ ރަނގަޅަށް އެނގޭ. އަދި ކަލެއާމެދު އަހަރެން ރުހިގެން ވަމު.⁠“
17 O Senhor Deus disse a Moisés: — Vou atender o seu pedido porque conheço você bem, e você conseguiu a minha aprovação.
18 މޫސާގެފާނު ދެންނެވިއެވެ. ”⁠ތިހެން ކަމަށް ވާނަމަ މިއަޅާއަށް އިނބަރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅު ދައްކަވާ!⁠“
18 Aí Moisés suplicou: — Por favor, deixa que eu veja a tua
19 މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ކަލޭގެ ކުރިމަތިން އަހަރެންގެ ހުރިހާ އޯގާވެރިކަމެއް ހުރަސް ކުރާތަން ބަލަން ހުރޭ. އަދި އަހަރެންގެ ކަރާމާތްތެރި ނަން ކަމަށްވާ ޔަހޫވޭގެ ނަން ކަލެއަށް ހާމަ ކޮށްދޭނަން. އެހެނީ އަހަރެންގެ ރަޙުމަތާއި އޯގާވެރިކަން އަހަރެން ބޭނުން މީހަކަށް ދައްކަމު.
19 Deus respondeu: — Eu farei com que todo o meu brilho passe diante de você e direi qual é o meu nome sagrado. Eu sou o
20 އެކަމަކު ކަލެއަކަށް އަހަރެންގެ މޫނަށް ސީދާ ނުއެއްބެލޭނެ. އެހެނީ އަހަރެން ހަމަލޮލަށް ފެނިއްޖެ މީހަކަށް ދިރިއެއް ނުހުރެވޭނެ.⁠“
20 E disse ainda: — Não vou deixar que você veja o meu rosto, pois ninguém pode ver o meu rosto e continuar vivo.
21 މާތްރަސްކަލާނގެ އަދިވެސް ވަޙީކުރެއްވިއެވެ. ”⁠ނިކަން ބަލާ. މި ހިލައިގެ ކާރީގައި އަހަރެންގެ ކާރީގައި ކޮޅަށްހުރޭ.
21 Mas aqui há um lugar perto de mim, onde você poderá ficar em cima de uma rocha.
22 އަހަރެންގެ ޖަލާލަތުގެ ނޫރު މިތަން ހުރަސްކޮށް ގޮސް ނިމެންދެން އަހަރެން މިހިލައިގެ ކެންޑުމެއްގައި ކަލޭ ފޮރުވައި ކަލޭގެ ލޯމަތީ އަތް އަޅާނަން.
22 Quando a minha glória passar, eu porei você numa rachadura da rocha e o cobrirei com a minha mão até que eu passe.
23 ދެން އަހަރެން ކަލޭގެ ލޯމަތިން އަތް ނެނގުމުން ކަލެއަށް އަހަރެން ފުރަގަހުން ފެންނާނެ. އޭރަކުން ކަލެއަކަށް ސީދާ އަހަރެންގެ މޫނެއް ނުފެންނާނެ.⁠“
23 Depois tirarei a mão, e você me verá pelas costas, porém não verá o meu rosto.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Êxodo 33, comparar traduções ou montar um estudo — tudo direto pelo WhatsApp.