Êxodo 2

ކިތާބުލް މުޤައްދަސް (DIV) vs BKJ

Sair da comparação
1 އެދުވަސްވަރު ލާވީ ގަބީލާގެ ފިރިހެނަކު އެގަބީލާގެއަންހެނަކާ ކައިވެނިކުރިއެވެ.
1 E foi um homem da casa de Levi, e tomou por esposa uma filha de Levi.
2 ދެން އެ އަންހެން މީހާ ބަލިވެ އިނދެ ފިރިހެން ކުއްޖަކު ވިހެއެވެ. އޭނާއަށް އެކުއްޖާގެ ފުރިހަމަކަން ފެނުމުން އެކުއްޖާ ފޮރުވައިގެން ތިން މަސް ދުވަހު ގެންގުޅެފިއެވެ.
2 E a mulher concebeu, e deu à luz um filho. E quando ela viu que ele era um menino formoso, ela o escondeu por três meses.
3 ނަމަވެސް އެ ގޮތަށް އެކުއްޖާ ފޮރުވައިގެން މާ ގިނަ ދުވަހަކު ނުގެންގުޅެވޭނެކަން އެނގުމުން އޭނާ ވިނަ ދަނޑިން ހަދާފައިވާ ވަށިގަނޑެއް ގެނެސް އޭގައި ތާރާއި ކަތުރާން ހާކައި ފެން ނުވަންނާނެހެން ހަދައިފިއެވެ. ދެން އޭނާ އެ ވަށިގަނޑަށް އެކުއްޖާ ލުމަށް ފަހު ނީލަކޯރު އައްސޭރީގައި ހެދިފައިހުރި ދިގު ވިނަގަސްތަކުގެ ތެރެއަށް ބައްސާލިއެވެ.
3 E quando já não podia escondê-lo, ela tomou para ele uma arca de juncos, e a revestiu com barro e piche, e pôs o menino nela. E ela a colocou nos juncos à beira do rio.
4 އޭރު އެކުއްޖާގެ ދައްތަ އެކުއްޖާއަށް ވާނުވާ ބަލަން ތަންކޮޅެއް ދުރުގައި ހުއްޓެވެ.
4 E sua irmã ficou à distância, para saber o que lhe seria feito.
5 އެ ވަގުތު ފިރުޢައުނުގެ އަންހެން ދަރިކަނބަލުން ނާނަފުޅު ފިއްލަވަން ކޯރަށް އެރި ވަޑައިގެންނެވި އެވެ. އޭރު އެކަމަނާގެ ބާނދީން ކޯރު އައްސޭރީގައި ކޮޅުކޮޅަށް ހިނގަހިނގާ ތިއްބެވެ. އެ ހިނދު އެކަމަނާއަށް ކޯރުގެ އައްސޭރިފަށުގައި ހުރި ދިގު ވިނަތަކެއްގެ ތެރޭގައި ވަށިގަނޑެއް އޮތްވާ ފެނި ވަޑައިގެންފިއެވެ. ދެން އެ ކަމަނާގެ ބާނދީއަކު ފޮނުއްވައިގެން އެ ވަށިގަނޑު ގެންނަވައިފި އެވެ.
5 E a filha de Faraó desceu para se lavar no rio. E suas servas caminhavam ao lado do rio. E quando ela viu a arca entre os juncos, enviou sua serva para buscá-la.
6 އެކަމަނާ އެ ވަށިގަނޑުގެ މަތި ނަންގަވައި ބެއްލެވި އިރު އޭގެ ތެރޭގައި ކުޑަކުޑަ ފިރިހެން ކުއްޖަކު އޮތްވާ ފެނި ވަޑައިގެންނެވިއެވެ. އޭރު އެ ކުއްޖާ ރޮނީއެވެ. އެހެންވެ އެކަމަނާގެ ހިތްޕުޅުގައި އެކުއްޖާގެ މައްޗަށް ކުލުނު އުފެދިއްޖެއެވެ. ”⁠މިވާނީ ޢިބްރާނީންގެ ދަރިއަކަށް.⁠“ އެކަމަނާ ވިދާޅުވިއެވެ.
6 E tendo-a aberto, ela viu o menino. E eis que o bebê chorava. E ela teve compaixão dele, e disse: Esta é uma das crianças dos hebreus.
7 އެވަގުތު އެކުއްޖާގެ ދައްތަ އެތަނަށް އައިސް އެކަމަނާއަށް ދަންނަވައިފިއެވެ. ”⁠ތިޔަކުއްޖާއަށް ބުއްދޭން ޢިބްރާނީ އަންހެނަކު ގޮވައިގެން އަންނަންތޯ؟⁠“
7 Então disse sua irmã à filha de Faraó: Devo ir e chamar uma ama das mulheres dos hebreus, para que amamente o menino para ti?
8 ”⁠ދޭ! ގޮވައިގެން އާދޭ.⁠“ އެ ކަމަނާ ވިދާޅުވިއެވެ. ދެން އެކުއްޖާގެ ދައްތަ ދުވެފައި ގޮސް އެކުއްޖާގެ މަންމަ ގޮވައިގެން އަތުވެއްޖެއެވެ.
8 E a filha de Faraó lhe disse: Vai. E a serva foi e chamou a mãe do menino.
9 ”⁠މިކުއްޖާ ގެންގޮސް ބުއް ދީ ގެންގުޅެ ބަލަހައްޓާ!⁠“ ފިރުޢައުނުގެ ދަރިކަނބަލުން އެ އަންހެންމީހާ ގާތު ވިދާޅުވިއެވެ. ”⁠އަހަރެން ކަލެއަށް އެކަމުގެ އަގު ދޭނަން.⁠“ މިހެން އެކަމަނާ ވިދާޅުވުމުން އެ އަންހެން މީހާ އެކުއްޖާ ގެޔަށް ގެންގޮސް ގެންގުޅެން ފަށައިފިއެވެ.
9 E a filha de Faraó lhe disse: Toma este menino, e amamenta-o para mim, e eu te darei o teu salário. E a mulher tomou o menino, e o amamentou.
10 ދުވަސްކޮޅެއްގެ ފަހުން އެކުއްޖާ ތަންކޮޅެއް ބޮޑުވީމާ އެ ކުއްޖާ ގެ މަންމަ އޭނާ ގެނެސް ރަސްގެފާނުގެ ދަރިކަނބަލުންނަށް އަރުވައިފިއެވެ. ދެން އެކަމަނާގެ އަމިއްލަފުޅު ދަރިއަކަށް އެކުއްޖާ ހައްދަވައިފިއެވެ. އެކަމަނާ ހިތްޕުޅަށް އަރާ ވަޑައިގަތެވެ. ”⁠އަހަރެން މި ކުއްޖާ ނެގީ މޫދުން. އެހެންވީމާ މި ކުއްޖާއަށް އަހަރެން ކިޔާނީ މޫސާ.⁠“
10 E o menino cresceu, e ela o levou à filha de Faraó, e ele se tornou seu filho. E ela chamou seu nome Moisés, e disse: Porque o tirei da água.
11 އޭގެ އެތައް އަހަރެއްގެ ފަހުން މޫސާގެފާނު ބޮޑުފުޅުވެ އެކަލޭގެފާނުގެ މީހުން ކަމަށްވާ ޢިބްރާނީންނަށް ޒިޔާރަތް ކުރައްވަން ވަޑައިގެންނެވިއެވެ. އޭރު އެމީހުން ލައްވާ މިޞްރު މީހުން ގަދަކަމުން ބުރަ މަސައްކަތް ކުރުވަމުން ގެންދާތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. އަދި މިޞްރު މީހަކު އެކަލޭގެފާނު ބާގައިގެ ޢިބްރާނީ މީހެއްގެ ގައިގައި ތަޅާ އަނިޔާކުރަނިކޮށް ފެނިވަޑައިގަތެވެ.
11 E aconteceu naqueles dias, quando Moisés havia crescido, que ele saiu a seus irmãos e viu as suas cargas. E ele viu um egípcio ferir um hebreu, um de seus irmãos.
12 މޫސާގެފާނު ދެކޮޅު ހޯދާ ބައްލަވާފައި މީހަކު ފެންނަން ނެތްކަން އެނގިވަޑައިގަތުމުން އެ މިޞްރު މީހާއަށް ހަމަލާދީ މަރާލައްވައިފިއެވެ. ދެން އެކަލޭގެފާނު އޭނާ ވެލިގަނޑުގައި ވަޅުލައްވައިފިއެވެ.
12 E ele olhou para um lado e para o outro, e quando viu que não havia nenhum homem, matou o egípcio e o escondeu na areia.
13 އޭގެ އަނެއް ދުވަހު އެކަލޭގެފާނު އެތަނަށް ވަޑައިގެންނެވިއިރު ޢިބްރާނީންގެ ދެމީހަކު ތަޅާފޮޅަނިކޮށް އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. މޫސާގެފާނު އެދެމީހުންގެ ތެރޭން ދެކޮޅުވެރިކަން ފެށިމީހާއަށް ވިދާޅުވިއެވެ. ”⁠ކަލޭ ކީއްވެތަ އަމިއްލަ މީހެއް ގައިގައި ތިޔަ ތަޅަނީ؟⁠“
13 E quando saiu no segundo dia, eis que dois homens dos hebreus estavam contendendo. E ele disse ao que fazia a injustiça: Por que feres a teu companheiro?
14 އެމީހާ ބުންޏެވެ. ”⁠އަހަރެމެންގެ މައްޗަށް ކަލޭ ވެރި ކުރުވައި ފަނޑިޔާރުކަން ދިނީ ކާކު؟ ކަލޭ ތިޔަ އުޅެނީ އިއްޔެގަ އެ މިޞްރު މީހާ މަރާލިހެން އަހަރެން ވެސް މަރާލަންތަ؟⁠“ މޫސާގެފާނު ވަރަށް ބިރުފުޅުގެންފިއެވެ. އެކަލޭގެފާނު ހިތްޕުޅަށް އަރާވަޑައިގަތެވެ. ”⁠އަހަރެން ކުރި ކަންތައް އެންމެންނަށް އެނގިއްޖެ.⁠“
14 E ele disse: Quem te fez por príncipe e juiz sobre nós? Intentas matar-me como mataste o egípcio? E Moisés temeu e disse: Certamente este negócio já é conhecido.
15 ފިރުޢައުނަށް މި ޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނު ގަތުލުކުރައްވަން ހޯއްދެވިއެވެ. އޭރު މޫސާގެފާނު ފިރުޢައުނަށް ފިއްލަވައިގެން މިދްޔާނަށް ވަޑައިގެންފިއެވެ.
15 Então, quando Faraó soube disso, tentou matar Moisés. Mas Moisés fugiu da face de Faraó; e habitou na terra de Midiã. E se assentou junto a um poço.
16 އޭރު މިދްޔާންގެ އިމާމު ޔަސްރޫގެ ހަތް އަންހެންދަރިން ތިބެއެވެ. މި ކުދިން އައިސް އުޅުނީ އެކުދިންގެ ފެންގުރާބަށް ފެންފުރައި އެކުދިންގެ ބައްޕަގެ ކަންބަޅިބަކަރިތަކަށް ފެން ދޭންވެގެންނެވެ.
16 E o sacerdote de Midiã tinha sete filhas. E elas vieram e tiraram água, e encheram seus bebedouros para dar de beber ao rebanho de seu pai.
17 އެކަމަކު އެހެން ހުއިހައްޕާ ބަޔަކު އައިސް އެކުދިން ފައްސާލައިފިއެވެ. މިތަން ފެނިވަޑައިގެން މޫސާގެފާނު އެ ހުއިހައްޕާ މީހުންގެ ކިބައިން އެކުދިން ސަލާމަތް ކުރައްވައިފިއެވެ. އަދި އެކަލޭގެފާނު އެކުދިންގެ ކަންބަޅިބަކަރިތަކަށް ފެން ވެސް ދެއްވައިފިއެވެ.
17 Então vieram os pastores e as expulsaram, mas Moisés se levantou e as ajudou, e deu de beber ao seu rebanho.
18 އެކުދިން ގެޔަށް އައުމުން އެކުދިންގެ ބައްޕަ ރަޢޫއީލު އެއްސެވެ. ”⁠މިއަދު މިހާ އަވަހަށް ކަލޭމެން ތިޔަ އައީ ކީއްވެ؟⁠“
18 E quando elas vieram a Reuel, seu pai, ele disse: Por que vocês voltaram tão cedo hoje?
19 އެކުދިން ބުންޏެވެ. ”⁠އެތާހުރި މިޞްރު މީހަކު އެ ހުއިހައްޕާ މީހުންގެ ކިބައިން އަހަރެމެން ސަލާމަތް ކޮށްދިނީ. އަދި އަހަރެމެންނަށް ފެންފުރައިދީ ބަކަރިތަކަށް ފެން ދީހެދީވެސް އޭނާ.⁠“
19 E elas disseram: Um egípcio nos libertou da mão dos pastores, e também tirou água suficiente para nós, e deu de beber ao rebanho.
20 ރަޢޫއީލު ބުންޏެވެ. ”⁠މިހާރު އެމީހާ ކޮބައިތަ؟ ކަލޭމެން އޭނާ އެތަނަށް ދޫކޮށްލާފަ އައީ ކީއްވެތަ؟ ދޭ ގޮސް އޭނާ ގޮވައިގެން އާދޭ އަހަރެމެންނާ އެކީ ކެއުމުގައި ބައިވެރިވާން.⁠“
20 E ele disse a suas filhas: E onde ele está? Por que vós deixastes o homem partir? Chamai-o, para que ele coma pão.
21 ދެން އެގޭގައި ހުންނެވުމަށް ރަޢޫއީލު މޫސާގެފާނަށް ދެއްވި ދައުވަތު ގަބޫލު ކުރައްވައިފިއެވެ. އަދި އޭނާ ގެ އަންހެންދަރި ސޮފޫރާ ވެސް އެކަލޭގެފާނާއި ކައިވެނި ކުރުވިއެވެ.
21 E Moisés ficou contente em habitar com aquele homem. E ele deu a Moisés sua filha Zípora.
22 ދެން އެކަލޭގެފާނަށް ފިރިހެން ދަރިކަލަކު ލިބި ވަޑައިގަތުމުން އެކަލޭގެފާނު އެ ދަރިކަލުންނަށް ޖަރުޝޫމުގެ ނަމުން ނަން ދެއްވިއެވެ. އެނަން ދެއްވަމުން އެކަލޭގެފާނު ވިދާޅުވީ ”⁠އަހަރެން މީ ބީރައްޓެހި ރަށެއްގައި އުޅޭ ބީރައްޓެއްސަކީމު.⁠“
22 E ela lhe deu um filho, e ele chamou seu nome Gérson, pois ele disse: Fui estrangeiro em uma terra estranha.
23 އަހަރުތަކެއްގެ ފަހުން މިޞްރުގެ ރަސްގެފާނު އަވަހާރަވިއެވެ. އެހެން ނަމަވެސް ބަނީއިސްރާއީލު މީހުން އުޅެންޖެހިފައިވާ އަޅުވެތި ވޭނުގައި އެހީއަށް އެދި ރޮއިހޭރެމުން ދިޔައެވެ. މާތްކަލާނގެއާ ހަމަޔަށް އެ ރުއިމުގެ އަޑު ފޯރައިފިއެވެ.
23 E aconteceu, ao passar do tempo, que o rei do Egito morreu. E os filhos de Israel suspiraram por causa da servidão, e eles clamaram, e seu grito subiu a Deus por causa da servidão.
24 އެމީހުންގެ މިހިތްދަތި ރުއިމުގެ އަޑު މާތްކަލާނގެ އައްސަވާ ވޮޑިގެންފިއެވެ. އެ ހިނދު އެކަލާނގެ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނަށް ކުރެއްވި ވަޢުދުފުޅުގެ މަތިން ހަނދުމަވެ ވޮޑިގެންނެވިއެވެ.
24 E Deus ouviu os seus gemidos, e Deus lembrou-se do seu pacto com Abraão, com Isaque e com Jacó.
25 އެކަލާނގެ އިސްރާއީލީންނަށް ބައްލަވައި ހަމްދަރުދީވެ ވޮޑިގެންނެވި އެވެ. އަދި އެމީހުންގެ ހާލު ދެކެވޮޑިގެންފިއެވެ.
25 E Deus olhou para os filhos de Israel, e Deus atentou para eles.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Êxodo 2, comparar traduções ou montar um estudo — tudo direto pelo WhatsApp.