Êxodo 17
ކިތާބުލް މުޤައްދަސް (DIV) vs BKJ
1 މާތްރަސްކަލާނގެ އަމުރުފުޅަށް އިސްރާއީލީންގެ ޖަމާޢަތުގެ އެންމެން ސީން ދޫކޮށް ހަނަފަސްބިމުގައި އެއްތަނުން އަނެއް ތަނަށް ދަތުރުކުރަމުން ދިޔައެވެ. އެންމެ ފަހުން އެމީހުން ރަފީދީމު ކިޔާ ހިސާބަކަށް އައިސް އެތާނގައި ފޭލިގެ ޖަހައިފިއެވެ. އެކަމަކު އެމީހުން ބޯނެ ފެނެއް އެތާނކު ނެތެވެ.
1 E toda a congregação dos filhos de Israel partiu do deserto de Sim, segundo as suas jornadas, conforme a ordem do SENHOR, e acampou em Refidim. E não havia água para o povo beber.
2 އެހެންވެ އަނެއްކާވެސް އެމީހުން މޫސާގެފާނާ ޝަކުވާ ކުރިއެވެ. ”އަހަރެމެންނަށް ބޯފެން ދީ!“
2 Por isso o povo contendeu com Moisés, e disse: Dai-nos água para bebermos. E Moisés lhes disse: Por que contendeis comigo? Por que tentais o SENHOR?
3 އެކަމަކު ފެންބޮވައިގެންގޮސް ނުކުޅަދާނަ ވުމުން އެމީހުން މޫސާގެފާނާ އަރައިރުން ވަމުން ދިޔައެވެ. ”ކަލޭ އަހަރެމެން މިޞްރުން ނެރެގެން ތިޔަ ގެނައީ ކީއްވެ؟ ކަލޭ ތިޔަ އުޅެނީ އަހަރެމެންނާއި އަހަރެމެންގެ ކުދިންނާއި އަހަރެމެންގެ ޖަނަވާރުތަކަށް ފެން ނުދީ މަރާލަންތަ؟“
3 E o povo estava sedento por água; e o povo murmurou contra Moisés, e disse: Por que nos trouxeste do Egito, para nos matares de sede, a nós e aos nossos filhos, e ao nosso gado?
4 ދެން މޫސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އާދޭހާއެކު މުނާޖާ ދެންނެވިއެވެ. ”މިމީހުންނާ މެދު މިއަޅާ ހަދަންވީ ކިހިނެއްތޯ؟ އެމީހުން އެތިބަ ތައްޔާރުވަނީ މިއަޅާ ގަލުންތަޅައި މަރާލަން!“
4 E Moisés clamou ao SENHOR, dizendo: O que farei com este povo? Estão quase prontos para me apedrejar.
5 މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”އެމީހުންނާ ދުރަށް ކުރިއަށް ދޭ. އަދި އިސްރާއީލީންގެ ޖަމާޢަތުގެ ބޮޑުން ގެންދޭ. ދާއިރު ކަލޭ ނީލަ ކޯރު ފެންމަތީގައި ޖެހި އަސާ ގެންދާތި.
5 E disse o SENHOR a Moisés: Vai adiante do povo, e toma contigo os anciãos de Israel; e o teu cajado, com o qual feriste o rio, toma na tua mão e vai.
6 އަހަރެން އެވަގުތު ޙޫރީބު ފަރުބަދަ މަތީ ހުންނާނަން. އެ ފަރުބަދައިގެ ހިލައިގައި ކަލޭ ދަނޑިބުރިން ޖަހާ. އޭރުން އެހިލައިން ފެން އޮހިގެން އަންނާނެ. އަދި ކަލޭމެންގެ މީހުންނަށް އޭރުން ފެން ބޯން ލިބޭނެ.“
6 Eis que estarei em pé diante de ti sobre a rocha em Horebe, e tu ferirás a rocha, e dela sairá água para que o povo possa beber. E Moisés fez assim à vista dos anciãos de Israel.
7 މޫސާގެފާނު އެތަނަށް މައްސާއޭ ވިދާޅުވެ ނަން ދެއްވިއެވެ. އަދި މަރީބާއޭ ވެސް އެތަނަށް ކިޔާއުޅެއެވެ. އެހެނީ އިސްރާއީލުގެ މީހުން އެތަނުގައި އަރާރުންވެ މާތްރަސްކަލާނގެ އިމްތިޙާނު ކުރަން އުޅުނެވެ. އެމީހުން އެއްސެވެ. ”މާތްރަސްކަލާނގެ އަހަރެމެންނާ އެކު މިތަނުގައި ވޮޑިގެން ވޭތަ؟ ނޫނީ ނުވޭތަ؟“
7 E chamou o nome do lugar Massá e Meribá, porque contenderam os filhos de Israel, e porque tentaram ao SENHOR, dizendo: Está o SENHOR entre nós ou não?
8 ބަނީ އިސްރާއީލީން ރެފީދީމުގައި ތިއްބައި ޢަމާލީގީންގެ ހަނގުރާމަވެރިން އައިސް އެމީހުންނަށް ހަމަލަ ދީފިއެވެ.
8 E veio Amaleque e lutou com Israel em Refidim.
9 މޫސާގެފާނު ޔަޝޫޢުގެފާނަށް ވިދާޅުވިއެވެ. ”ޢަމާލީގީންނާ ހަނގުރާމަ ކުރާނެ ބަޔަކު ހޯދައިގެން ގޮސް އެމީހުންނާ ދިމާ ކުރޭ. މާދަމާ އަހަރެން ފަރުބަދަ މައްޗަށް އަރައި މާތްކަލާނގެ އަސާކޮޅު ހިފަހައްޓައިގެން ހުންނާނަން.“
9 E Moisés disse a Josué: Escolhe para nós homens, e vai, luta contra Amaleque. Amanhã estarei no cume do outeiro com o cajado de Deus na minha mão.
10 އެހެންވެ ޔަޝޫޢުގެފާނު މޫސާގެފާނު އެންގެވި ގޮތަށް ޢަމާލީގީންގެ މީހުންނާ ހަނގުރާމަ ކުރަމުން ދިޔައެވެ. އޭރު މޫސާގެފާނާއި ހާރޫނުގެފާނާއި ޙޫރު އެތާ ކާރީގައި ހުރި ފަރުބަދައަކަށް އަރާ ވަޑައިގެން ތިއްބެވިއެވެ.
10 Então Josué fez como Moisés lhe dissera, e lutou contra Amaleque; e Moisés, Arão e Hur subiram ao cume do outeiro.
11 މޫސާގެފާނުގެ އަސާކޮޅު އުފުއްލަވާފައި ވާހައި ހިނދަކު އިސްރާއީލީންނަށް ފަހިކަން ލިބެމުން ދިޔައެވެ. އެކަމަކު އެކަލޭގެފާނުގެ އަސާކޮޅު ތިރިވާ އިރަށް ޢަމާލީގީންނަށް ފަތަޙަ ލިބެއެވެ.
11 E aconteceu que, quando Moisés levantava sua mão, Israel prevalecia; e quando ele baixava sua mão, Amaleque prevalecia.
12 މޫސާގެފާނުގެ އަތްޕުޅުން ވާގި ދޫވެ އަސާކޮޅު އުފުއްލަވައިގެން ހުންނަވަން ދަތިފުޅުވެ ވަޑައިގެންފިއެވެ. އެވަގުތު ހާރޫނުގެފާނާއި ޙޫރު އެކަލޭގެފާނު އިށީނދެ ވަޑައިގެން އިންނަވާނެ ގަލެއް ދެއްކެވިއެވެ. ދެން އެ ދެބޭކަލުން މޫސާގެފާނުގެ ދެފަރާތުގައި ތިއްބަވައިގެން މޫސާގެފާނުގެ އަތްޕުޅުގައި ހިފަހައްޓަވައިގެން ތިއްބެވިއެވެ. އެގޮތުގެ މަތިން އިރު އޮއްސެންދެން އެކަލޭގެފާނު އަތްޕުޅު ތިރި ވިޔަ ނުދީ އެބޭކަލުން ހިފެހެއްޓެވިއެވެ.
12 Mas as mãos de Moisés estavam pesadas; e tomaram uma pedra e a colocaram debaixo dele, e ele assentou-se nela. E Arão e Hur apoiaram suas mãos, um de um lado, e o outro, de outro lado; e suas mãos ficaram firmes até que o sol se pôs.
13 ނަތީޖާއެއްގެ ގޮތުން ޔަޝޫޢުއަށް އެހަނގުރާމައިގައި ފަތަޙަ ލިބި ޢަމާލީގީން ބަލިވެއްޖެއެވެ.
13 E Josué derrotou Amaleque e seu povo ao fio da espada.
14 އޭގެ ފަހުން މާތްރަސްކަލާނގެ މޫސާގެފާނަށް އިރުޝާދު ދެއްވިއެވެ. ”މި ނަސްރުގެ ހަނދާންތައް ދެމިހުންނާނެފަދަ ގޮތަކަށް ލިޔޭ. އަދި ޔަޝޫޢު ގާތު ބުނޭ: ’އަހަރެން ޢަމާލީގީންގެ ވަސް ވެސް މި އުޑުދަށުން ފިލުވާލާނަމޭ.‘“
14 E o SENHOR disse a Moisés: Escreve isto por memorial em um livro, e repita-o nos ouvidos de Josué, porquanto eu eliminarei totalmente a memória de Amaleque de debaixo do céu.
15 މޫސާގެފާނު އެތަނުގައި ޤުރުބާނީ އައްޓެއް ހެއްދެވިއެވެ. ”މާތްރަސްކަލާނގެއީ އަހަރެންގެ ކާމިޔާބީގެ ދިދަ.“ އަދި މިހެން ވިދާޅުވެ އެތަނަށް ނަންދެއްވިއެވެ.
15 E Moisés construiu um altar, e chamou seu nome Jeová Nissi,
16 އެކަލޭގެފާނު ވިދާޅުވިއެވެ. ”އެމީހުން މާތްރަސްކަލާނގެ އަރުޝިކޮޅާ ދިމާއަށް ގޮށްމުށް އުފުލި. މިހާރު އެމީހުންގެ ޖީލަކަށް ފަހު ޖީލަކަށް ދާނދެން މާތްރަސްކަލާނގެ އެމީހުންނާ ހަނގުރާމަ ކުރައްވާނެ.“
16 porque disse: Porque o SENHOR jurou que o SENHOR fará guerra contra Amaleque de geração em geração.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Êxodo 17, comparar traduções ou montar um estudo — tudo direto pelo WhatsApp.