Êxodo 16
ކިތާބުލް މުޤައްދަސް (DIV) vs NTLH
1 ދެން އިސްރާއީލީންގެ ޖަމާޢަތުގެ މީހުން ދަތުރުކޮށް ޠޫރުސީނާ ފަރުބަދައާއި އީލީމް އާ ދެމެދުގައި އޮންނަ ސަހަރާ ކަމަށްވާ ސީންއާ ދިމާއަށް މިޞްރާބު ޖަހައިފިއެވެ. އެމީހުންނަށް އެތަނަށް އާދެވުނީ މިޞްރުން ފުރިތާ ދެވަނައަށް ވީ މަހު ފަނަރަވަނަ ދުވަހުއެވެ.
1 O povo de Israel saiu de Elim e foi para o deserto de Sim, que fica entre Elim e o monte Sinai. Chegaram ali no dia quinze do segundo mês depois da sua saída do Egito.
2 އެތަނުގައި ވެސް އިސްރާއީލު ޖަމާޢަތުގެ އެންމެން ގޮސް މޫސާގެފާނާއި ހާރޫނުގެފާނަށް ޝަކުވާ ދެންނެވިއެވެ.
2 Ali, no deserto, todos eles começaram a reclamar contra Moisés e Arão,
3 ”އަހަރެމެން މިޞްރުގައި ތިއްބާ މާތްރަސްކަލާނގެ އަހަރެމެން މެރުއްވި ނަމަ ކޮންފަދަ.“ މިހެން ކިޔައި އެމީހުން ނުރުހުން ފާޅު ކުރިއެވެ. ”އެތަނުގައި އަހަރެމެން ތިބި އިރު ތެލިތެލީގައި އެއްގަމު މަސް ހުރޭ. ކާނެވަރަކަށް ކާނެ ކާއެއްޗެހި ހުރޭ. އެކަމަކު މިހާރު އަހަރެމެން ގޮވައިގެން ކަލޭމެން އައިސް މިތިބީ ހަނަފަސް ސަހަރާގެ ތެރޭ. ކަލޭ ތިއުޅެނީ މިތަނުގައި އަހަރެމެން ބަނޑަށް މަރަން.“
3 dizendo assim: — Teria sido melhor que o
4 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”އަހަރެން ކަލޭމެންނަށް ސުވަރުގޭގެ ކާނާ ވާރޭ ފަދައިން ވެއްސާނަން. ކޮންމެ ދުވަހަކު ވެސް އެމީހުން ގޮސް ކާނެ ވަރަކަށް ކާން ކާއެއްޗެހި ހިފައިގެން އަންނަންވީ. އަހަރެން ބަލާނަން އެމީހުންނަށް އަންގާ އެންގުންތަކަށް އެމީހުން ތަބާވާ ވަރެއް.
4 O Senhor Deus disse a Moisés: — Agora eu vou fazer chover do céu pão para vocês. E o povo deverá sair, e cada um deverá juntar uma porção que dê para um dia. Assim eu os porei à prova para saber se eles vão obedecer às minhas ordens.
5 ހަވަނައަށް ވާ ދުވަހު އެއެއްޗެހި ދެ ގުނައަށް ގެންނަން ވާނެ. އަދި އެމީހުން އެއިން ދެ ދުވަހަށް ވާ ވަރަށް ކާއެއްޗެހި ތައްޔާރު ކުރަން ވާނެ.“
5 No sexto dia deverão juntar e preparar o dobro do que costumam juntar nos outros dias.
6 އެހެންވެ މޫސާގެފާނާއި ހާރޫނުގެފާނު އިސްރާއީލީންގެ ގާތު ވިދާޅުވިއެވެ. ”މިއަދު ހަވީރުވާން ވާއިރަށް ކަލޭމެންނަށް އެނގޭނެ ކަލޭމެން މިޞްރުން ނެރުއްވައިގެން ގެންނެވީ މާތްރަސްކަލާނގެ ކަން.
6 Então Moisés e Arão disseram ao povo: — Hoje à tarde vocês ficarão sabendo que foi o
7 މާދަމާ ހެނދުނު މާތްރަސްކަލާނގެ ޖަލާލަތު ވަންތަކަން ކަލޭމެންނަށް ފެނިގެންދާނެ. އެހެނީ އެކަލާނގެ ކަލޭމެންގެ ޝަކުވާތައް އައްސަވައިފި. ކަލޭމެން އަހަރެމެންނާ ޝަކުވާ ކުރަން އަހަރެމެން މީ ކޮންބައެއް؟“
7 Amanhã de manhã vocês verão a glória do Senhor , pois o Senhor ouviu as reclamações de vocês contra ele. Foi contra ele, e não contra nós, que vocês reclamaram; pois, afinal de contas, quem somos nós?
8 އަދިވެސް މޫސާގެފާނު ވިދާޅުވިއެވެ. ”ކަލޭމެން އެކަލާނގެއާމެދު ކުރި ޝަކުވާތައް އެކަލާނގެ އައްސަވާ ވޮޑިގަންނަވާ. އިރުއޮއްސުމުން ކަލޭމެންނަށް މަސް ދެއްވާނެ. ހެނދުނު އެހެން ކާއެއްޗެއް ދެއްވާނެ. އާނ! ކަލޭމެންގެ ޝަކުވާ ރައްދުވަނީ މާތްރަސްކަލާނގެއަށް ކަން. އަހަރެމެންނަކަށް ނޫން ކަން ކަލޭމެންނަށް އެނގޭނެ.“
8 E Moisés continuou: — É Deus, o
9 ދެން މޫސާގެފާނު ހާރޫނުގެފާނަށް ވިދާޅުވިއެވެ. ”މިކަން ބަނީ އިސްރާއީލީންގެ ހުރިހާ ޖަމާޢަތްތަކަށް އަންގާ: ’މާތްރަސްކަލާނގެ ޙަޟްރަތަށް ކުއްތަންވޭ. އެކަލާނގެ ކަލޭމެންގެ ޝަކުވާތައް އައްސަވައިފި.‘“
9 Aí Moisés disse a Arão: — Diga a todo o povo que venha e fique diante de Deus, o
10 ހާރޫނުގެފާނު އިސްރާއީލީންގެ ޖަމާޢަތުގެ މީހުންނާ ވާހަކަ ދައްކަވަން ހުންނަވަނިކޮށް ސަހަރާގެ ތެރެއަށް އެމީހުން ބަލާލިއިރު ވިލާގަނޑެއްގެ ސިފައިގައި މާތްރަސްކަލާނގެ ޖަލާލަތުވަންތަ ކަމުގެ މަތިވެރިކަން ފެނިގެން ދިޔައެވެ.
10 Enquanto Arão estava falando a todo o povo, eles olharam para o deserto, e, de repente, a glória do Senhor apareceu numa nuvem.
11 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ.
11 E o Senhor disse a Moisés:
12 ”އަހަރެން އިސްރާއީލީން ކުރި ޝަކުވާގެ އަޑު އަހައިފިން. އެމީހުން ގާތު ބުނޭ، ’އިރުއޮއްސުމުން ކަލޭމެން ކާނެ މަސް ލިބޭނެޔޭ، އަދި ހެނދުނު ކަލޭމެން ކާނެ ކާއެއްޗެހި ލިބޭނެޔޭ. މިކަމުން ކަލޭމެންނަށް އެނގޭނެޔޭ ކަލޭމެންގެ ކަލާނގެއަކީ ތިމަންކަލާނގެކަން.‘“
12 — Eu tenho ouvido as reclamações dos israelitas. Diga-lhes que hoje à tarde, antes de escurecer, eles comerão carne. E amanhã de manhã comerão pão à vontade. Aí ficarão sabendo que eu, o Senhor , sou o Deus deles.
13 އެދުވަހު އިރުއޮއްސުނުތަނާ ގިނަ އަދައެއްގެ ސަލްވާ ދޫނިތައް އެމީހުން ޖަގަހަ ޖަހައިގެން ތިބިތަނަށް އަތުވެއްޖެއެވެ. އަނެއް ދުވަހު ހެނދުނު މުޅި އެ ސަރަހައްދަށް ވަނީ ތެތް ފިންޏެއް ފައިބާފައެވެ.
13 À tarde apareceu um grande bando de codornas; eram tantas, que cobriram o acampamento. E no dia seguinte, de manhã, havia orvalho em volta de todo o acampamento.
14 ތެތް ފިނިކަން ހިކުނު އިރު ހުރީ ހިކިތޮށިތަކެއް ކަހަލަ ހިމުން އެތިކޮޅުތަކެއް މުޅި އެބިމަށް ފެތުރިފައެވެ.
14 Quando o orvalho secou, por cima da areia do deserto ficou uma coisa parecida com escamas, fina como a geada no chão.
15 މިއެއްޗެހި ފެނުމުން އިސްރާއީލީން ތިބީ ހަދާނެ ގޮތް ނޭނގިފައެވެ. ”މީ ކޯނޗެއް ތަ؟“ އެމީހުން އެކަކު އަނެކެއްގެ ކުރެން އެހިއެވެ.
15 Os israelitas viram aquilo e não sabiam o que era. Então perguntaram uns aos outros: — O que é isso? Moisés lhes disse: — Isso é o alimento que o
16 މާތްރަސްކަލާނގެ އެންގެވީ މިހެން: ’ކޮންމެ އާއިލާއަކުން ވެސް އެބަޔަކަށް ވާވަރަށް ގެންދާށޭ. ފޭލިގޭގައި އުޅޭ ކޮންމެ މީހަކަށް ދެ ނާޅި ގެންދާށޭ.‘“
16 Esta é a ordem que ele deu: “Cada um de vocês deverá juntar o que for necessário para comer, de acordo com o número de pessoas que houver na família, dois litros por pessoa.”
17 އިސްރާއީލީންގެ މީހުންނަށް އެންގެވުނު ގޮތަށް އެމީހުން ކަންތައް ކުރިއެވެ. އެއްބަޔަކު ގިނައިން ގެންދިޔައިރު އަނެއް ބަޔަކު ގެންދިޔައީ މަދުންނެވެ.
17 E assim fizeram os israelitas. Uns pegaram mais, e outros, menos.
18 އެކަމަކު އެމީހުން މިނާއިރު އޭގައި ހުންނަނީ މީހަކަށް ވާވަރަށެވެ. ގިނައިން ގެންދިޔަ މީހުންނަކަށް ވެސް ބާކީ އެއްޗެއް ނެތެވެ. މަދުން ގެންދިޔަ މީހުންނަކަށް ވެސް މަދެއް ނުވިއެވެ.
18 Quando mediram, aconteceu que os que haviam pegado muito não tinham demais; e não faltava nada para os que haviam pegado pouco. Cada um havia pegado exatamente o necessário para comer.
19 ދެން މޫސާގެފާނު ވިދާޅުވިއެވެ. ”ހެނދުނު ވަންދެން އެއްވެސް އެއްޗެއް ބާކީކޮށްފަ ނުބަހައްޓާތި.“
19 Então Moisés lhes disse: — Ninguém deverá guardar nada para o dia seguinte.
20 އެކަމަކު އެއްބަޔަކު އެ ބަސްފުޅު އަޑެއް ނޭހިއެވެ. އެމީހުން ހެނދުނަށް ބައެއް ބެހެއްޓިއެވެ. އެކަމަކު ހެނދުނު ވީއިރު އެއެއްޗެހި ހުރީ ކުނިވެ ފުޅައަޅާފައެވެ. ދުވާވަހުން ނުކުޅަދާނައެވެ. އެކަމާ މޫސާގެފާނު ވަރަށް ކޯފާވިއެވެ.
20 Mas alguns não obedeceram à ordem de Moisés e guardaram uma parte daquele alimento. E no dia seguinte o que tinha sido guardado estava cheio de bichos e cheirava mal. Aí Moisés ficou muito irritado com eles.
21 އޭގެ ފަހުން އެމީހުން ހެނދުނު ނަގަނީ އެދުވަހަށް ވާ ވަރަށެވެ. އިރުއަރައި ހޫނުވުމުން ބާކީ ހުރި އެތިކޮޅުތައް ވިރިގެން ދެއެވެ.
21 Todas as manhãs cada um pegava o necessário para comer naquele dia, pois o calor do sol derretia o que ficava no chão.
22 ހަވަނަ ދުވަހު އެމީހުން ދެގުނަ އެއްކުރިއެވެ. އެއީ މީހަކަށް ހަތަރު ނާޅިއެވެ. ދެން އެ ޖަމާޢަތުގެ ވެރިން އައިސް މޫސާގެފާނު ގާތު މިވާގޮތެއް އޮޅުން ފިލުއްވައި ދެއްވުމަށް ދެންނެވިއެވެ.
22 No sexto dia pegaram o dobro, isto é, quatro litros para cada pessoa. Os líderes do povo foram e contaram a Moisés o que estava acontecendo.
23 އެކަލޭގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އެންގެވީ މިހެން: ’މާދަމައަކީ މުޅީން އަރާމުގެ ދުވަހެއް. އެއީ މާތްރަސްކަލާނގެއަށް ޚާއްސަ ކުރެވޭ ސަބަތުގެ ދުވަސް. ކަލޭމެން ބޭނުންވަރަކަށް މިއަދު ފިހެ ކައްކައި ހަދާފައި ބަހައްޓާ. ބާކީ ހުރި އެއްޗެއް މާދަމާ ހެނދުނަށް ބަހައްޓާ.‘“
23 E Moisés lhes disse: — Amanhã é dia de descanso, o sábado santo, separado para Deus, o
24 ދެން އެމީހުން މޫސާގެފާނު ވިދާޅުވި ފަދައިން އެއެއްޗެހި ހެނދުނަށް ބަހައްޓައިފިއެވެ. ހެނދުނު ބަލާލި އިރު އެއެއްޗެހި ހުރީ ނުހަނު ތާޒާކޮށް ރަނގަޅަށެވެ. ކުނިވަހެއް ފުޅައެއް ނެތެވެ.
24 Conforme a ordem de Moisés, todos guardaram para o dia seguinte o que havia sobrado. E não cheirou mal, nem criou bicho.
25 މޫސާގެފާނު ވިދާޅުވިއެވެ. ”މިއަދު މި ކާނާ ކައި. މިއަދަކީ މާތްރަސްކަލާނގެއަށް ޚާއްސަ ކުރެވޭ ސަބަތުގެ ދުވަސް. މިއަދަކު ކާނާއެއް ނުފައިބާނެ.
25 Moisés disse: — Comam isto hoje, pois é sábado, o dia de descanso separado para Deus, o
26 ކަލޭމެންނަށް ހަ ދުވަހު ކާނާލިބޭނެ. ހަތްވަނައަށް ވާ ދުވަހަކީ ސަބަތުގެ ދުވަސް. އެދުވަހަކު ކަލޭމެން ނަގާނެ ކާނާއެއް ބިންމައްޗަކު ނުހުންނާނެ.“
26 Recolham esse alimento durante seis dias; porém no sétimo dia, que é o dia de descanso, não haverá alimento no chão.
27 އެއްބަޔަކު ކާނާ ހުރިތޯ ބަލަން ދިޔަވެސް މެއެވެ. އެކަމަކު އެދުވަހަކު އެކައްޗެއް ވެސް ނެތެވެ.
27 No sétimo dia algumas pessoas saíram para pegar o alimento, porém não acharam nada.
28 މާތްރަސްކަލާނގެ މޫސާގެފާނު ކުރެން އެއްސެވިއެވެ. ”ކަލޭމެންގެ މީހުން އަހަރެން އަންގާ ބަސް ގަބޫލުކޮށް ކިޔަމަން ވާނީ ކޮން ދުވަހަކުން؟
28 Então o Senhor Deus disse a Moisés: — Até quando vocês vão desobedecer às minhas ordens e às minhas
29 ތިޔަ މީހުންނަށް މިހާރު އެނގެން ވެއްޖެއެއްނު ސަބަތަކީ އަހަރެން ކަލޭމެންނަށްދޭ ހަދިޔާއެއްކަން. ކަލޭމެންނަށް ހަވަނަ ދުވަހު، ދެދުވަހަށް ވާވަރަށް ކާނާ ދެނީ އެހެންވީމައެއް ނޫންތަ؟ ސަބަތުގެ ދުވަހު ކަލޭމެން ކާނާ ހޯދަން ނުގޮސް ތިބިތާނކު ތިބޭ. އެދުވަހު ކާނާ ހޯދަން ދާނެ ކަމެއް ނެތް.“
29 Lembrem que eu, o Senhor , dei a vocês um dia de descanso e foi por isso que no sexto dia eu lhes dei alimento para dois dias. No sétimo dia fiquem todos onde estiverem; ninguém deverá sair de casa.
30 އޭގެ ފަހުން ހަތްވަނަ ދުވަހު ކާނާ ހޯދަން ނުގޮސް އަރާމު ކުރީއެވެ.
30 Assim, o povo não trabalhou no sétimo dia.
31 އިސްރާއީލީން އެ ކާނާއަށް ކިޔަނީ މަންނާ އެވެ. އެއީ ކޮތަނބިރި އޮށްތަކެއް ކަހަލަ ހުދު އެއްޗެކެވެ. އޭގައި ދެނީ މާމުއި ލައިފައި ހުންނަ ތުނި ބިސްކޯދު ރަހައެވެ.
31 Os israelitas deram àquele alimento o nome de maná . Ele era parecido com uma sementinha branca e tinha gosto de bolo de mel.
32 މޫސާގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އެންގެވީ މިހެން: ’މީގެ ދެނާޅި ކަލޭމެން އެއްޗަކަށް އަޅާފައި ބަހައްޓާ. އެއީ ކަލޭމެންގެ އަންނަން އޮތް ދަރިކޮޅަށް ދައްކަން ފޮރުވާފައި ބަހައްޓަން. އޭރުން އެ ޖީލުގެ މީހުންނަށް ވެސް އެނގޭނެ ތިމަން ކަލާނގެ ކަލޭމެން މިޞްރުން މިންޖުކޮށް ސަހަރާތެރޭގައި ކާނާ ދިންކަން.‘“
32 Moisés disse: — O
33 ދެން މޫސާގެފާނު ހާރޫނުގެފާނަށް ވިދާޅުވިއެވެ. ”ގުޅިއެއް ހޯދައިގެން ގެނޭ. އެއަށް ދެނާޅި މަންނާ އަޅާފައި މާތްރަސްކަލާނގެއަށް ޚާލިސްކޮށް މާތްވެގެންވާ ތާނކު ބަހައްޓާ. އެއީ އަންނަން އޮތް ޖީލުތަކަށް ދެއްކުމަށްޓަކައި.“
33 Então Moisés disse a Arão: — Pegue uma vasilha, ponha nela dois litros de maná e coloque-a na presença de Deus, o
34 މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ފަދައިން ހާރޫނުގެފާނު ކަންތައް ކުރެއްވިއެވެ. އެކަލޭގެފާނު ފަހުން އެ ގުޅި ބެހެއްޓެވީ ޢަހުދުނާމާ ފޮށިކޮޅުގެ ކާރީގައެވެ.
34 Arão fez como o Senhor havia ordenado a Moisés e colocou a vasilha diante da arca da aliança para que ficasse guardada ali.
35 ބަނީ އިސްރާއީލީން ސާޅީސް އަހަރުފަހުން އެމީހުންގެ ބިމަށް އައިސް ވަޒަންވެރި ވަންދެން ކައިއުޅުނީ މަންނާ އެވެ. އެމީހުން ކަންޢާނުގެ ސަރަހައްދާ ހަމަޔަށް އާދެވެންދެން އެ ކެއުން ކައި ހެދިއެވެ.
35 Durante quarenta anos os israelitas tiveram maná para comer, até que chegaram a uma terra habitada, isto é, até que chegaram à fronteira de Canaã.
36 އެމީހުން މަންނާ މިނަން ގެންގުޅުނު ކަންވާރަށް ކިޔަނީ ޣުމްރު އެވެ. މިއީ ޤުއްފާއެއްގެ ދިހަބައިކުޅައެއްބައެވެ. އެއަށް ދެނާޅި މަންނާ އެޅެއެވެ.
36 A porção de maná para cada pessoa era a décima parte da medida padrão , que tinha vinte litros.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Êxodo 16, comparar traduções ou montar um estudo — tudo direto pelo WhatsApp.