Êxodo 11

ކިތާބުލް މުޤައްދަސް (DIV) vs NTLH

Sair da comparação
NTLH Nova Tradução na Linguagem de Hoje 2000
1 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އަދި އެއް މުސީބާތް މިޞްރުގެ ރަސްގެފާނާއި އޭނާގެ މީހުންގެ މައްޗަށް ފޮނުވާނަން. އޭރުން ކަލޭމެންގެ މީހުން ދިއުމަށް ފިރުޢައުނު ހުއްދަ ދޭނެ. އޭނާ ކަލޭމެން އެންމެން ފޮނުވާލާނީ ގަދަކަމުން.
1 O Senhor Deus disse a Moisés: — Vou mandar só mais um castigo sobre o rei do Egito e sobre o seu povo. Depois disso ele os deixará ir. Na verdade ele expulsará todos vocês.
2 އިސްރާއީލީންގެ ފިރިހެނުންނާއި އަންހެނުންގެ ގާތު ބުނޭ އެމީހުންގެ އަވަށްޓެރި މިޞްރު މީހުން އަތުން ރަނާއި ރިހީގެ ތަކެއްޗަށް އެދޭށޭ.⁠“
2 Porém agora diga aos israelitas, homens e mulheres, que peçam aos seus vizinhos e vizinhas joias de prata e de ouro.
3 މިޞްރު މީހުން އިސްރާއީލީންގެ މީހުންނާ މެދު ޤަދަރު ކުރާނެ ގޮތް މާތްރަސްކަލާނގެ އެމީހުންގެ ހިތްތަކުގައި ލެއްވިއެވެ. އަދި މީގެ އިތުރުން މޫސާގެފާނަކީ ފިރުޢައުނުގެ ވަޒީރުންނާއި އެހެނިހެން މީހުންގެ ކުރިމަތީގައި ނިހާޔަތަށް ޤަދަރު އުފުލިގެންވާ ބޭކަލެއް ކަމުގައި ވެސް ވެއްޖެއެވެ.
3 E o Senhor fez com que os egípcios respeitassem os israelitas. De fato, os funcionários do rei e todo o povo consideravam Moisés um grande homem.
4 މޫސާގެފާނު ފިރުޢައުނަށް އެންގެވިއެވެ. ”⁠މާތްރަސްކަލާނގެ ވަޙީ ކުރެއްވީ މިހެންނެވެ: ’⁠މެންދަމު ވަގުތު ތިމަންކަލާނގެ މިޞްރު ތެރެއިން ލާފައި ދަތުރު ކުރައްވާނަމޭ.
4 Então Moisés disse ao rei: — O
5 އަދި މިޞްރުގެ ކޮންމެ އާއިލާއެއްގައި ހުރި އެންމެ ދޮށީ ފިރިހެން ދަރިފުޅުގެ ފުރާނަ ގެންދަވާނަމޭ. ރަސްގެފާނުގެ ވާރިސަކަށް ވާނެ ދަރިފުޅާއި ގޮދަން މުގުރާ އަޅު އަންހެނާގެ ދަރިޔާ ދެމެދުގެ ހުރިހާ ދަރިން މީގެ ތެރޭގައި ހިމެނޭނެޔޭ. ކޮންމެ ޖަނަވާރެއްގެ ދޮށީ ފިރިހެން އެތި ވެސް މަރުވާނެޔޭ.
5 e no país inteiro morrerá o filho mais velho de cada família, desde o filho do rei, que é o herdeiro do trono, até o filho da escrava que trabalha no moinho; morrerá também a primeira cria dos animais.
6 މުޅި މިޞްރުގައި އެއް އަޑަކަށް އިވިގެންދާނީ މީސްމީހުން އަޑުން އަޑުނަގާ ރޯ އަޑޭ. މިފަދަ ރުއިމެއްގެ އަޑު މީގެ ކުރީގައި ދުވަހަކު ވެސް އިވިފައެއް ނުވާނެޔޭ. އަދި ނުވެސް އިވޭނެޔޭ.
6 Em todo o Egito haverá gritos de dor, como nunca houve antes e nunca mais haverá.
7 އެކަމަކު ބަނީއިސްރާއީލުންނާ ދިމާއަށް ކުއްތާއެއް ރޮއިލާ އަޑު ވެސް ނީވޭނެޔޭ. އެހާ ވެސް އަމާން ވާނެޔޭ.⁠‘ އޭރުން ކަލޭމެންނަށް އެނގޭނެޔޭ މާތްރަސްކަލާނގެ އިސްރާއީލީންނާއި މިޞްރު މީހުންނާ ދެމެދު ތަފާތު ކުރައްވާކަން.
7 Mas, entre os israelitas, nem mesmo um cachorro latirá para uma pessoa ou um animal. E assim vocês ficarão sabendo que o Senhor faz diferença entre os egípcios e os israelitas.”
8 މިޞްރުގެ ހުރިހާ ވަޒީރުން އައިސް އަޅުގަނޑުގެ ކުރިމައްޗަށް ބިންމައްޗަށް ވެއްޓި ކުރުނީސްކޮށް މިހެން އާދޭސް ކުރާނެ. ’⁠މިރަށުން ކަލޭމެން އަވަހަށް ދާށޭ. ކަލޭމެން ދާއިރު ކަލޭމެންގެ މީހުން ވެސް ގެންދާށޭ.⁠‘ އޭރުން އަޅުގަނޑު މިރަށުން ފައިބައިގެން ހިނގައިދާނަން!⁠“ ދެން މޫސާގެފާނު ވަރަށް ކޯފާވެ ހުންނަވައިގެން އެތަނުން ވަޑައިގެންފިއެވެ.
8 E Moisés continuou: — Então todos estes seus funcionários virão me procurar e se ajoelharão diante de mim, pedindo que eu vá embora e leve todo o meu povo. Depois disso eu sairei. Moisés saiu muito zangado da presença do rei.
9 އޭގެ ކުރީގައި މާތްރަސްކަލާނގެ ވަނީ މޫސާގެފާނަށް މިފަދައިން ވަޙީ ކުރައްވާފައެވެ. ”⁠ފިރުޢައުނު ކަލޭ ބުނާ އެއްޗެއް އަޑެއް ނާހާނެ. އަހަރެން މިޞްރުގެ ބިމުގައި ވަރުގަދަ މުޢުޖިޒާތްތަކެއް ދައްކާނަން.⁠“
9 Então o Senhor Deus disse a Moisés: — O rei não vai dar atenção a vocês para que eu possa fazer coisas espantosas no Egito.
10 މޫސާގެފާނާއި ހާރޫނުގެފާނު މި މުޢުޖިޒާތްތަށް ފިރުޢައުނުގެ ކުރިފުޅުމަތީގައި ދެއްކެވިއެވެ. އެކަމަކު މާތްރަސްކަލާނގެ ވަނީ ފިރުޢައުނުގެ ހިތް ހަރު ކުރައްވާފައެވެ. އެހެންކަމުން އޭނާ އިސްރާއީލުންގެ މީހުން ދިޔަކަ ނުދިނެވެ.
10 Moisés e Arão fizeram todas essas coisas espantosas diante do rei do Egito. Porém o Senhor fez com que o rei continuasse teimando, e este não deixou que os israelitas saíssem do país.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Êxodo 11, comparar traduções ou montar um estudo — tudo direto pelo WhatsApp.