Êxodo 10
ކިތާބުލް މުޤައްދަސް (DIV) vs NTLH
1 މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”އަލުން ފިރުޢައުނު ގާތަށް ގޮސް ކަލޭ ތިޔަ އެދޭ ކަންތައް ހުށަހަޅާ. އަހަރެން މިވަނީ އޭނާއާއި އޭނާގެ ވަޒީރުންގެ ބޯހަރު ކޮށްފަ. އެގޮތުން އަހަރެންގެ މުޢުޖިޒާތްތަކާއި ހެކިތައް އެމީހުންތެރޭގައި ދައްކާލެވޭނެ.
1 O Senhor Deus disse a Moisés: — Vá falar com o rei, pois eu fiz com que ele e os seus funcionários continuassem teimando, para que eu pudesse fazer esses milagres no meio deles.
2 އަހަރެން މި މުޢުޖިޒާތްތައް މި ދައްކަނީ ކަލޭގެ ދަރިންނާއި ކަލޭގެ ކާފަ ދަރިންނަށް ތިމަންކަލާނގެ ކުޅަދުންވަންތަ ޢަލާމާތްތަކުގެ ވާހަކަ ބުނެ ދެވޭނެ ގޮތް ވުމަށާއި މިޞްރުގެ މީހުން މޮޔަ ހެއްދުމުގެ ގޮތުން ވެސް މެ. މިގޮތުން ކަލޭމެން އެންމެންނަށް ފެނިގެންދާނެ މާތްރަސްކަލާނގެއަކީ އަހަރެންކަން.“
2 E também para que você pudesse contar aos seus filhos e aos seus netos como eu zombei dos egípcios e quantas coisas espantosas fiz no meio deles. Assim vocês ficarão sabendo que eu sou Deus, o Senhor .
3 ދެން މޫސާގެފާނާއި ހާރޫނުގެފާނު ފިރުޢައުނުގެ ގާތަށް ވަޑައިގެންފިއެވެ. ”މާތްރަސްކަލާނގެ، ޢިބްރާނީންގެ ވެރި އިލާހު އެންގެވީ މިހެން: ’ކަލޭމެން އަހަންނަށް ބޯނުލަނބައި ތިބޭނީ ކިހާ ދުވަހެއްވަންދެން ހޭ؟ ތިމަންކަލާނގެ މީހުން ދިއުމުގެ ހުއްދަ ދެއްވާށޭ. އޭރުން އެމީހުންނަށް ތިމަންކަލާނގެއަށް އަޅުކަން ކުރެވޭނެއޭ.
3 Moisés e Arão foram falar com o rei do Egito e lhe disseram: — O
4 މިފަހަރު ކަލޭމެން އިންކާރު ކޮށްފިނަމަ މާދަމައިން ފެށިގެން ކަލޭމެންގެ މައްޗަށް ގޮއްފުޅަނގީގެ މުސީބާތެއް ފޮނުއްވާނަމޭ.
4 Se não, amanhã eu vou trazer gafanhotos para o seu país.
5 އެއެއްޗެހި އައިސް މުޅި ބިމަށް ފެތުރިގަތުމުން ކަލޭމެންނަށް ބިން ވެސް ނުފެންނާނެޔޭ. އަދި ގަނޑުފެނުގެ ތޫފާނަށް ފަހު ސަލާމަތްވި ހުރިހާ ގޮވާމަކާއި ދަނޑުގައި ހުރިއްޔާ ހުރިހާ ގަހެއް، އެއެއްޗެހި އައިސް ކައި ހަފުސް ކޮށްފާނެއޭ.
5 O chão não poderá mais ser visto, pois eles cobrirão a terra do Egito. Eles comerão tudo o que a chuva de pedra não destruiu e até as árvores que sobraram.
6 އެއެއްޗެހި އައިސް ރަސްގެފާނާއި ވަޒީރުންގެ ގަނޑުވަރުތަކަށާއި މަނިކުފާނުގެ މީހުންގެ ގޭގެއާއި ތަންތަނަށް ވަދެގަންނާނެޔޭ. މިޞްރުގެ ތާރީޚުގައި ވެސް އަދި ކަލޭމެންގެ ކާބަފައިންގެ ތާރީޚުގައި ވެސް މިފަދަ ތޫފާނެއް ދެކެފައެއް ނުވާނެޔޭ.‘“ މިހެން ވިދާޅުވެފައި މޫސާގެފާނު އެނބުރި ވަޑައިގެން ފިރުޢައުނުގެ ގާތުން ވަޑައިގެންފިއެވެ.
6 Eles encherão as suas casas, as casas de todos os seus funcionários e de todo o seu povo. E essa desgraça será pior do que tudo o que os seus pais e os seus antepassados já viram!” Moisés disse isso e saiu do palácio.
7 ފިރުޢައުނުގެ ވަޒީރުން ވަޑައިގެން ދެންނެވިއެވެ. ”މިމީހާ އަޅުގަނޑުމެންނަށް މި އާފާތް މެދުވެރި ކުރާނީ ކިހާ ދުވަހެއް ވަންދެންތޯ؟ އެމީހުންގެ އިލާހު، މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް ފޮނުއްވާދެއްވަންވީ ނޫންތޯ؟ މިޞްރު ފަނާވަމުން ދާތަނެއް މަނިކުފާނަކަށް ފެނި ވަޑައިއެއް ނުގަންނަވާތޯ؟“
7 Então os funcionários do palácio disseram ao rei: — Até quando esse sujeito vai ser um perigo para nós? Deixe que os homens vão embora, para adorarem o
8 އެހެންވެ ފިރުޢައުނު ވިދާޅުވެގެން މޫސާގެފާނާއި ހާރޫނުގެފާނު ހާޒިރު ކުރެވިއްޖެއެވެ. ”އެންމެ ރަނގަޅު.“ ފިރުޢައުނު ވިދާޅުވިއެވެ. ”ދޭ ކަލޭމެންގެ އިލާހު، މާތްރަސްކަލާނގެއަށް އަޅުކަން ކުރަން. އެކަމަކު ކަލޭމެން ގެންދާނީ ކޮންބައެއްތަ؟“
8 Aí Moisés e Arão foram levados de novo até a presença do rei, e este lhes disse: — Vocês podem ir adorar o
9 މޫސާގެފާނު ދެންނެވިއެވެ. ”އަޅުގަނޑުމެން އެންމެން. ޒުވާނުންނާއި މުސްކުޅިންނާއި އަޅުގަނޑުމެންގެ ފިރިހެން ދަރިންނާއި އަންހެން ދަރިންނާއި ގެންގުޅޭ ޖަނަވާރުތައް. އަޅުގަނޑުމެންގެ އެންމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރުމުގެ ޢީދުގައި ބައިވެރިވާނެ.“
9 Moisés respondeu: — Iremos todos nós, com as nossas crianças e os nossos velhos. Levaremos os nossos filhos e filhas, as nossas ovelhas e cabras e o nosso gado, pois temos de dar uma festa em honra de Deus, o
10 ފިރުޢައުނު ކޯފާވެފައި ވިދާޅުވިއެވެ. ”ކަލޭމެންގެ މާތްރަސްކަލާނގެ ގަންދީ މިބުނަނީ، ކަލޭމެންގެ ކުދި ދަރިންނާއި އަންހެނުންތައް އަހަރެން ދިޔަކަ ނުދޭނަން. ކަލޭމެން ތިޔަ އުޅެނީ ކޮންމެވެސް ނުބައެއް ހަދަން ކަން ވަރަށް ސާފުކޮށް އެބަ އެނގޭ.
10 Então o rei disse: — Pois que o
11 ކަލޭމެން ތިޔަ ކަންތައް ކުރަން އެދޭނަމަ ހުރިހާ ފިރިހެންވެރިން ގޮސް މާތްރަސްކަލާނގެއަށް އަޅުކަން ކުރޭ.“ މިހެން ވިދާޅުވެ ފިރުޢައުނު އެމީހުން ގަނޑުވަރުން ބޭރު ކުރައްވައިފިއެވެ.
11 Não! Somente os homens podem ir adorar ao Senhor , se é isso o que vocês querem. E Arão e Moisés foram expulsos da presença do rei.
12 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ކަލޭގެ އަތް އުފުލައި މިޞްރުގެ ބިމަށް ގޮއްފުޅަނގި އަރުވާ! އޭރުން މިޞްރުގެ ބިމުގައި ގަނޑުފެނުގެ ތޫފާނުން ސަލާމަތްވެފައިވާ ހުރިހާ ގަސްގަހާގެއްސެއް އެއެއްޗެހި ގޮސް ކައި ހުސްކުރާނެ.“
12 Aí o Senhor Deus disse a Moisés: — Estenda a mão sobre o Egito para que venham gafanhotos. Eles virão e comerão todas as plantas da terra, tudo o que a chuva de pedra não destruiu.
13 ދެން މޫސާގެފާނު މިޞްރުގެ ބިމުގެ މައްޗަށް އެކަލޭގެފާނުގެ އަސާކޮޅު އުފުއްލެވިއެވެ. އެދުވަހުގެ ހެނދުނުން ފެށިގެން މުޅިއެރޭ މިޞްރަށް އިރުމަތިން ވައިޖެހޭނެ ގޮތް މާތްރަސްކަލާނގެ މެދުވެރިކުރެއްވިއެވެ. ހެނދުނުވީ ތަނާ އިރުމަތިން ގޮއްފުޅަނގި ބައިގަނޑު އަތުވެއްޖެއެވެ.
13 Moisés estendeu o bastão sobre o Egito, e o Senhor mandou do Leste um vento que soprou sobre o país o dia inteiro e a noite inteira. Quando amanheceu, o vento tinha trazido os gafanhotos.
14 އަދި އެ ގޮއްފުޅަނގިތައް މުޅި މިޞްރުގެ ބިމަށް ފެތުރިގެންފިއެވެ. މިޞްރުގެ އެއްފަރާތުން އަނެއް ފަރާތަށް ގޮއްފުޅަނގި ފެތުރި ގަދަކޮށްފިއެވެ. އެއީ މިޞްރުގެ ތާރީޚުގައި ވެސް އައިސްފައި ނުވާ ވަރުގެ ބޮޑު ވަބާއެކެވެ. އެފަދަ ގިނަ ގޮއްފުޅަނގިތަކެއް ދުވަހަކު ވެސް ފެނިފައެއް ނުވެއެވެ. އަދި ނުވެސް ފެންނާނެ އެވެ.
14 Eles se espalharam sobre todo o Egito e invadiram toda aquela região em quantidades enormes, como nunca havia acontecido antes e nunca mais acontecerá.
15 ގޮއްފުޅަނގިތައް ފެތުރި މުޅި ރަށުގެ ބިންގަނޑު އަނދިރިވެއްޖެއެވެ. އެއެއްޗެހިތައް މިޞްރުގެ ބިމުގައި ގަނޑުފެނުގެ ތޫފާނުން ސަލާމަތްވިއްޔާ ވެފައި ހުރިހާ ގަސްގަހާ ގެއްސަކާއި ދަނޑުފަނގުތަކާއި ގަސްގަހުގައި ހުރިއްޔާ ހުރިހާ މޭވާއެއް ކައި ހަފުސްކޮށްލައިފިއެވެ. މުޅި މިޞްރުގެ ބިމުގައި ފެހިފަތެއް ހުރި އެންމެ ގަހެއް ވެސް ނެތެވެ.
15 Eles cobriram de tal maneira o chão, que este ficou preto. Devoraram toda a vegetação e todas as frutas das árvores que haviam sobrado da chuva de pedra. Em todo o Egito não sobrou nada verde nas árvores e nas plantas.
16 ފިރުޢައުނު އަވަސް އަވަހަށް މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައިފިއެވެ. ”އަނެއްފަހަރު ކަލޭމެންނަށާއި ކަލޭމެންގެ އިލާހަށް އަހަރެން ފާފަވެރި ވެއްޖެ.“ ފިރުޢައުނު އިޢުތިރާފު ވެއްޖެއެވެ.
16 Então o rei mandou chamar imediatamente Moisés e Arão e lhes disse: — Eu pequei contra o
17 ”ކަލޭމެންގެ އިލާހު، މާތްރަސްކަލާނގެއަށް ދަންނަވައިދީ އަހަރެންގެ ފާފަ މިފަހަރު ފުއްސަވައި ދެއްވާށޭ. މި މަރުގެ އަޒާބު އަހަރެންގެ މަތިން ފިއްލަވައި ދެއްވާށޭ.“
17 Agora peço que perdoem o meu pecado ainda esta vez e que orem ao Senhor , seu Deus, para que ele tire de mim este castigo terrível.
18 އެހެންވެ ރަސްގެފާނުގެ ގަނޑުވަރުން ވަޑައިގެން މާތްރަސްކަލާނގެ ކިބަފުޅަށް މޫސާގެފާނު ދުޢާ ދަންނަވައިފިއެވެ.
18 Moisés saiu do palácio e orou a Deus, o Senhor .
19 މާތްރަސްކަލާނގެ އެދުޢާ އިޖާބަ ކުރައްވައި ގަދަފަދަ ހުޅަނގު ރޯޅިއެއް ގެންނަވައި ގޮއްފުޅަނގި ބައިގަނޑު ރަތް ކަނޑަށް ގަންބަވާ ލައްވައިފިއެވެ. އެ ހިނދު މުޅި މިޞްރުގެ ބިމުގައި އެންމެ ގޮއްފުޅަނތްގެއް ވެސް ނެތެވެ.
19 Aí o Senhor fez soprar um vento oeste muito forte, que levantou os gafanhotos e os jogou no mar Vermelho; e não ficou um só gafanhoto em todo o Egito.
20 އެކަމަކު ވެސް މާތްރަސްކަލާނގެ ފިރުޢައުނުގެ ހިތް ހަރު ކުރައްވައިފިއެވެ. ފިރުޢައުނު އެމީހުން ދިޔަކަ ނުދެއްވިއެވެ.
20 Porém o Senhor fez com que o rei continuasse teimando, e este não deixou que os israelitas fossem embora.
21 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ކަލޭގެ އަތް އުޑާއި ދިމާއަށް އުފުލާ. އޭރުން މިޞްރުގެ ބިމަށް ކަނުއަނދިރިކަން ފެތުރޭނެ. އެ އަނދިރިކަމުގެ ބޯކަމުން އޭގައި އަތްލެވޭހެން ވެސް ހީވާނެ.“
21 Então o Senhor Deus disse a Moisés: — Levante a mão para o céu a fim de que em todo o Egito haja uma escuridão tão grossa, que possa até ser tocada.
22 ދެން މޫސާގެފާނުގެ އަތްޕުޅު އުޑާދިމާއަށް އުފުއްލެވުމާއެކު މުޅި މިޞްރަށް ވަރުގަދަ އަނދިރިކަމެއް ކުރިމަތި ވެއްޖެއެވެ. މި އަނދިރިކަން ތިން ދުވަސް ވަންދެން ދެމިއޮތެވެ.
22 Moisés levantou a mão para o céu, e durante três dias uma grande escuridão cobriu todo o Egito.
23 އެދުވަސްތަކުގައި މީހުންނަކަށް އެކަކު އަނެކަކު އެއްގޮތަކަށް ވެސް ނުފެނެއެވެ. އެކަކަށް ވެސް އެއްތަނުން އަނެއް ތަނަކަށް ނުދެވުނެވެ. އެކަމަކު އިސްރާއީލުގެ މީހުން ތިބި ހިސާބުގައި އަލިކަން ހުއްޓެވެ.
23 Os egípcios não podiam ver uns aos outros, e naqueles dias ninguém saiu de casa. Porém em todas as casas dos israelitas havia claridade.
24 އެންމެފަހުން ފިރުޢައުނު މޫސާގެފާނު ގެންނަވައިފިއެވެ. ފިރުޢައުނު ވިދާޅުވިއެވެ. ”ކަލޭމެން ދޭ މާތްރަސްކަލާނގެއަށް އަޅުކަން ކުރަން. އެކަމަކު ކަލޭމެންގެ ޖަނަވާރުތައް ބައިތިއްބާފައި ދޭ. ކަލޭމެންގެ އަނބި ދަރިން ގެންދިޔަކަސް ހެޔޮ.“
24 Aí o rei mandou chamar Moisés e lhe disse: — Vocês podem ir adorar a Deus, o
25 ”ނޫން!“ މޫސާގެފާނު ވިދާޅުވިއެވެ. ”އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާނީ އަންދައި ވެދުން ކުރާނެ ޖަނަވާރުތައް ދެއްވަން ޖެހޭނެ.
25 Moisés respondeu: — Nesse caso o senhor deveria nos dar os animais para oferecermos em
26 އަޅުގަނޑުމެންގެ ހުރިހާ ޖަނަވާރުތަކެއް ގެންދާނަން. އެންމެ އެއްޗެއް ވެސް ބަހައްޓާފައެއް ނުދާނަން. އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާން ކުރާނެ ޖަނަވާރެއް ޚިޔާރު ކުރާނީ އެ އެއްޗެހިތަކުގެ ތެރޭން. އެތަނަށް ދެވުމުގެ ކުރިއަކުން އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެއަށް އަޅުކަން ކުރަން ކަތިލާނެ ޖަނަވާރެއް ނޭނގޭނެ.“
26 Nós não queremos isso. Nós vamos levar também os nossos animais, e não ficará nenhum, pois temos de escolher alguns para usá-los na adoração a Deus, o Senhor . Enquanto não chegarmos lá, não saberemos quais os animais que deveremos oferecer em sacrifício ao Senhor .
27 އެކަމަކު މާތްރަސްކަލާނގެ ފިރުޢައުނުގެ ހިތް ހަރު ކުރައްވައިފިއެވެ. އެހެންވެ އޭނާ އެމީހުން ދިޔަކަ ނުދެއްވިއެވެ.
27 Porém o Senhor fez com que o rei continuasse teimando, e este não deixou que os israelitas saíssem do Egito.
28 ”މިތަނުން ދާން އުޅޭ!“ ފިރުޢައުނު ހަޅޭއްފުޅު ލައްވައިގެންފިއެވެ. ”ޚަބަރުދާރު! ދެން މީގެ ފަހުން ކަލޭ މިތަނަށް އައިސްގެން ނުވާނެ! ކަލޭގެ މޫނު ދެން މަށަށް ފެންނަ ދުވަހަކީ ކަލޭ މަރާލާނެ ދުވަސް!“
28 O rei disse a Moisés: — Saia da minha presença e nunca mais apareça aqui! Pois, no dia em que tornar a me ver, você morrerá!
29 ”އެންމެ ރަނގަޅު.“ މޫސާގެފާނު ދެންނެވިއެވެ. ”އަޅުގަނޑު މަނިކުފާނުގެ މޫނުފުޅުދެކޭކަށް ދެނެއް ނާންނާނަން.“
29 — O senhor está certo — respondeu Moisés. — Nunca mais eu o verei.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Êxodo 10, comparar traduções ou montar um estudo — tudo direto pelo WhatsApp.